ހޮނިހިރު20201121

އާކުރެވުނީ: 08:43:52

ޞިއްޙަތު

ކުދިއޮރެންޖު

kudhi-orange-1ކުދި އޮރެންޖަކީ ހުތް ރަހަ އެކުލެވޭ މޭވާ އެވެ. މިއީ ހުތް މޭވާ އާއިލާގެ މެންބަރެކެވެ. މިއާއިލާއަށް ނިސްބަތްވާ އެހެން މޭވާތަކުގެ ތެރޭގައި، ލުނބޯ، ދޯޅަނބު، ގޮމަށި، ނިޔަދުރު، ބަނބުޅަބޮސް، ފޮނި ލުނބޯ ނުވަތަ އޮރެންޖު، ބޮޑު ލުނބޯ، ގްރޭޕްފުރުޓް، ޔޫސުފުއަފަންދީ، ނާރިނގު، އަދި ކުދި ލުނބޯ ހިމެނެއެވެ.ކުދިލުނބޯ

kudhi-lunboކުދި ލުނބޯ އަކީ ހުތްމޭވާގެ އާއިލާއަށް ނިސްބަތްވާ މަދުން ނަމަވެސް ކައިއުޅޭ އެއްޗެކެވެ. މިއީ ތަތްކަމެއް ހުންނަ އެއްޗެއްކަމުން ތެރަސްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ކުދި ލުނބޯ ބޭނުންކުރާކަން ފާހަގަކުރެވެއެވެ. އަދި މިއީ މޭވާއެއްގެ ގޮތުގައި ވެސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ. ކައްކައިގެންނާއި، ޖޭމު ތައްޔާރުކޮށްގެން ވެސް ބައެއް ހިސާބުތަކުގައި ކުދި ލުނބޯ ބޭނުންކޮށް އުޅެއެވެ.ޖަނބުރޯލު

jaburoaluޖަނބުރޯލަކީ ހުތް ފޮނި މޭވާއެކެވެ. ޖަނބުރޯލްގެ ތަފާތު ވައްތަރުތަކާއި ކުލަތައް ހުރެއެވެ. އެގޮތުން ރަތްކުލަ، ފެހިކުލަ، ހުދުކުލަ އަދި ފިޔާތޮށި ކުލައިގެ ޖަނބުރޯލު ހުންނަކަން ފާހަގަ ކުރެވެއެވެ. އާންމުކޮށް ޖަނބުރޯލް ކައި އުޅެނީ މޭވާއެއްގެ ގޮތުގައި ކަމަށް ވިޔަސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ތަފާތު ބާވަތްތަކުގެ ކާތަކެތި ތައްޔާރު ކުރުމުގައި ޖަނބުރޯލު ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.ހެލެނބެލި

helebeli-1ހެލެނބެއްޔަކީ ހުތް ރަހަދޭ އެއްޗެކެވެ. މިއީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި މޭވާއެއްގެ ގޮތުގައި ވެސް ބޭނުންކުރާ އެއްޗެކެެވެ. ދިވެހިރާއްޖޭގައި ހެލެނބެލި ބޮޑަށް ބޭނުންކުރެވެނީ ހެލެނބެލި ހުތުގެ ސިފައިގައެވެ. އެންމެ އާންމުކޮށް ބޭނުންކުރެވެނީ ކުންނާރު، ފަޅޯ، ކެރެޓް ފަދަ ތަކެތި ބޭނުންކޮށްގެން "މަޖާ" ތައްޔާރު ކުރުމުގައެވެ. ހެލެނބެލީގައި ވެސް ޞިއްޙަތަށް ފައިދާހުރި ކާނާގެ ތަފާތު ބާވަތްތައް ހިމެނޭކަން ފާހަގަ ކުރެވެއެވެ.ބިލިމަގު

bilimagu-1ބިލިމަގު އަކީ ކާމަރަނގަ އާއި އެއް އާއިލާކަށް ނިސްބަތްވާ ހުތް ފޮނިމޭވާ އެކެވެ. އަސާރަ ހަދައިންގެންނާއި، ސަލަޑް ހަދައިގެން، އަދި މޭވާއެއްގެ ގޮތުގައި ވެސް ބިލިމަގު ކައިއުޅެއެވެ. މިއީ ވަރަށް ހުތް ގަދަ އެއްޗެއްކަމުން ބައެއް މީހުން މިމޭވާ ކެއުމަށް ދެކޮޅު ހަދާކަން ފާހަގަ ކުރެވެއެވެ.ދަނޑިގަޑު އަތަ

dhadigadu-atha-1ދަނޑިގަޑު އަތަ އަކީ ދިވެހި އަތަ، ދަނޑިގަޑު އަތަ، އަދި އަނޯނާ، ނިސްބަތްވާ އަނޯނާ އާއިލާގެ މެންބަރެކެވެ. ދަނޑިގަޑު އަތަ އަކީ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މިއީ ދޮންވުމުން ބޭރުތޮށި މަޑުފެހިކުލައިގައި ނުވަތަ ރީނދޫ ކުލައިގައި ނުވަތަ ރަތްކުލައިގައި ހުންނަ މޭވާއެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަނިގިރައިގެންނާއި، ތަފާތު ކާތަކެތީގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ މޭވާ އެކެވެ.ސްޓޯބެރީ

strawberry-1ސްޓޯބެރީ އަކީ ހުތްފޮނި އަނގަޔަށް މީރު މޭވާ އެކެވެ. ސްޓޯބެރީ ހުންނަ ގަދަ ރަތްކުލައިގައެވެ. މިއީ މޭވާގެ ގޮތުގައާއި، ފަންޏާއި، ޖޫހުގެ ގޮތުގައި، އަދި ޖޭމު ހަދައިގެން ވެސް ބޭނުންކޮށް އުޅޭ މޭވާ އެކެވެ. ސްޓޯބެރީ އަކީ ހަށިގަނޑަށް ފައިދާހުރި ވިޓަމިންތަކާއި، މައުދަންތައް އަދިވެސް އެހެނިހެން ކާނާގެ ބާވަތްތަކުން މުއްސަދިވެފައިވާ މޭވާ އެކެވެ.ޖަންބު

janbuޖަންބަކީ ޖަނބުރޯލު ފަދައިން ހުތް ފޮނި މޭވާއެކެވެ. ޖަންބުގެ ތަފާތު ވައްތަރުތަކާއި ކުލަތައް ހުރެއެވެ. އެގޮތުން ރަތްކުލަ، ހުދުކުލަ އަދި ފިޔާތޮށި ކުލައިގެ ޖަންބު ހުންނަކަން ފާހަގަ ކުރެވެއެވެ. އާންމުކޮށް ޖަންބު ކައި އުޅެނީ މޭވާއެއްގެ ގޮތުގައި ކަމަށް ވިޔަސް ތަފާތު ބާވަތްތަކުގެ ކާތަކެތި ތައްޔާރުކުރުމުގައި ވެސް ބޭނުންކުރެވިދާނެ އެވެ.ކަޅުހުއްތުމޭވާ

kalhu-huttu-meyvaaކަޅުހުއްތުމޭވާ އަކީ ވަރަށް ފޮނި މީރު މޭވާ އެކެވެ. މިމޭވާގައި ކާން ބޭނުންކުރަނީ އެތެރޭގެ އޮށްތަކުގެ ބޭރުން އޮންނަ ބައެވެ. ގިނައިން ބޭނުންކުރަނީ ފަނި ގިރަން ކަމަށްވި ނަމަވެސް މޭވާއެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ އެވެ. މިއީ ދޮންވުމުން މަޑު ރީނދޫ ކުލައިގައި ހުންނަ މޭވާ އެކެވެ. ކަޅުހުއްތުމޭވާ ކެއުމުގެ އިތުރުން ޖޭމު ތައްޔާރުކޮށްގެންނާއި،ފަނިގިރައިގެން ވެސް ބޭނުންކޮށް އުޅެއެވެ.ދިވެހި އަތަ

dhivehi-athaދިވެހި އަތަ އަކީ ދިވެހި އަތަ، ދަނޑިގަޑު އަތަ، އަދި އަނޯނާ، ނިސްބަތްވާ އަނޯނާ އާއިލާގެ މެންބަރެކެވެ. ދިވެހި އަތަ އަކީ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މިއީ ދޮންވުމުން ބޭރުތޮށި މަޑުފެހިކުލައިގައި ނުވަތަ ރީނދޫ ކުލައިގައި ހުންނަ މޭވާއެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަނިގިރައިގެންނާއި، ތަފާތު ކާތަކެތީގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ މޭވާ އެކެވެ.މުރާކި

muraaki-1މުރާކި އަކީ ހުތް ފޮނި ރަހައެއްލާ ކުޑަ ފަސް އޮށެއްގެ ސައިޒެއް އޮންނަ، މޭވާ އެކެވެ. މިއީ އާންމުކޮށް ރަށްރަށުގެ ޖަންގަލި ތެރޭގައި ހެދޭ ގަހެކެވެ. މިއީ ވެސް ކެއުމަށް ބޭނުންކުރެވިދާނެ މޭވާ އެކެވެ. ބޭރު ގައުމުތަކުގައި ޖޭމް ފަދަ ތަފާތު ވައްތަރުގެ ކާތަކެތި ތައްޔާރުކުރުމަށް ވެސް މުރާކި ބޭނުންކުރާ ކަމަށް ވެއެވެ. ދަނޑު ގޮވާންކުރާ އުޞޫލުން ދިވެހިރާއްޖޭގައި މުރާކި ހައްދައެއް ނޫޅެއެވެ.ޗެރީ

cherry-1ޗެރީ އަކީ ފޮނި އަނގަޔަށް މީރު މޭވާ އެކެވެ. ޗެރީ އަކީ ވެސް އޭގައި ވިޓަމިންތަކާއި، މަޢުދަންތައް އެކުލެވޭ އަދި އެހެނިހެން ކާނާގެ މުހިއްމު ބައިތައް ގުދުރަތީގޮތުން އެކުލެވިފައިވާ މޭވާ އެކެވެ. ތާޒާ މޭވާގެ ގޮތުގަޔާއި، ޖޫސް ގިރައިގެންނާއި، ޖޭމު ހަދައިގެން ވެސް ޗެރީ ބޭނުން ކުރެއެވެ. ޗެރީގެ ތެރޭގައި ފޮނިރަހަދޭ ޗެރީ އާއި، ހުތްރަހަދޭ ޗެރީ ހުރެއެވެ. ޗެރީއަށް އޭގެ ބޭރުގައި ހުންނަ މަޑު ރަތްކުލަ ލިބިފައިވަނީ އޭގައި ހުންނަ "އެންތޯސިއެނިން"ގެ މަތީ ތާސީރުގެ ސަބަބުންނެވެ.ގްރޭޕްފުރުޓް

grape-fruit-1ގުރޭޕްފުރުޓަކީ ހުތް ރަހަ އެކުލެވޭ މޭވާ އެވެ. އާންމުގޮތެއްގައި ގުރޭޕްފުރުޓް ބޭނުންކުރެވެނީ މޭވާއެއްގެ ގޮތުގައި ކެއުމަށާއި، ފަންޏާއި ޖޫސްފަދަ ތަކެތި ތައްޔާރުކޮށްގެން ބުއިމަށެވެ. ގްރޭޕްފުރުޓް ފަންޏަކީ ހަށިގަނޑަށް ފައިދާ ހުރި ބުއިމެކެވެ. ގްރޭޕްފުރުޓަކީ ހުތް މޭވާ އާއިލާގެ މެންބަރެކެވެ. މިއާއިލާއަށް ނިސްބަތްވާ އެހެން މޭވާތަކުގެ ތެރޭގައި، ލުނބޯ، ދޯޅަނބު، ގޮމަށި، ނިޔަދުރު، ބަނބުޅަބޮސް، ފޮނި ލުނބޯ ނުވަތަ އޮރެންޖު...ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.