ޞިއްޙަތު
ޖަނބުރޯލު
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 10 މާރިޗު 2012
ޖަނބުރޯލަކީ ހުތް ފޮނި މޭވާއެކެވެ. ޖަނބުރޯލްގެ ތަފާތު ވައްތަރުތަކާއި ކުލަތައް ހުރެއެވެ. އެގޮތުން ރަތްކުލަ، ފެހިކުލަ، ހުދުކުލަ އަދި ފިޔާތޮށި ކުލައިގެ ޖަނބުރޯލު ހުންނަކަން ފާހަގަ ކުރެވެއެވެ. އާންމުކޮށް ޖަނބުރޯލް ކައި އުޅެނީ މޭވާއެއްގެ ގޮތުގައި ކަމަށް ވިޔަސް ދުނިޔޭގެ ބައެއް ހިސާބުތަކުގައި ތަފާތު ބާވަތްތަކުގެ ކާތަކެތި ތައްޔާރު ކުރުމުގައި ޖަނބުރޯލު ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ.
ހެލެނބެލި
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 10 މާރިޗު 2012
ހެލެނބެއްޔަކީ ހުތް ރަހަދޭ އެއްޗެކެވެ. މިއީ ދުނިޔޭގެ ބައެއް ހިސާބުތަކުގައި މޭވާއެއްގެ ގޮތުގައި ވެސް ބޭނުންކުރާ އެއްޗެކެެވެ. ދިވެހިރާއްޖޭގައި ހެލެނބެލި ބޮޑަށް ބޭނުންކުރެވެނީ ހެލެނބެލި ހުތުގެ ސިފައިގައެވެ. އެންމެ އާންމުކޮށް ބޭނުންކުރެވެނީ ކުންނާރު، ފަޅޯ، ކެރެޓް ފަދަ ތަކެތި ބޭނުންކޮށްގެން "މަޖާ" ތައްޔާރު ކުރުމުގައެވެ. ހެލެނބެލީގައި ވެސް ޞިއްޙަތަށް ފައިދާހުރި ކާނާގެ ތަފާތު ބާވަތްތައް ހިމެނޭކަން ފާހަގަ ކުރެވެއެވެ.
ބިލިމަގު
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 10 މާރިޗު 2012
ބިލިމަގު އަކީ ކާމަރަނގަ އާއި އެއް އާއިލާކަށް ނިސްބަތްވާ ހުތް ފޮނިމޭވާ އެކެވެ. އަސާރަ ހަދައިންގެންނާއި، ސަލަޑް ހަދައިގެން، އަދި މޭވާއެއްގެ ގޮތުގައި ވެސް ބިލިމަގު ކައިއުޅެއެވެ. މިއީ ވަރަށް ހުތް ގަދަ އެއްޗެއްކަމުން ބައެއް މީހުން މިމޭވާ ކެއުމަށް ދެކޮޅު ހަދާކަން ފާހަގަ ކުރެވެއެވެ.
ދަނޑިގަޑު އަތަ
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 10 މާރިޗު 2012
ދަނޑިގަޑު އަތަ އަކީ ދިވެހި އަތަ، ދަނޑިގަޑު އަތަ، އަދި އަނޯނާ، ނިސްބަތްވާ އަނޯނާ އާއިލާގެ މެންބަރެކެވެ. ދަނޑިގަޑު އަތަ އަކީ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މިއީ ދޮންވުމުން ބޭރުތޮށި މަޑުފެހިކުލައިގައި ނުވަތަ ރީނދޫ ކުލައިގައި ނުވަތަ ރަތްކުލައިގައި ހުންނަ މޭވާއެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަނިގިރައިގެންނާއި، ތަފާތު ކާތަކެތީގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ މޭވާ އެކެވެ.
ސްޓޯބެރީ
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 10 މާރިޗު 2012
ސްޓޯބެރީ އަކީ ހުތްފޮނި އަނގަޔަށް މީރު މޭވާ އެކެވެ. ސްޓޯބެރީ ހުންނަ ގަދަ ރަތްކުލައިގައެވެ. މިއީ މޭވާގެ ގޮތުގައާއި، ފަންޏާއި، ޖޫހުގެ ގޮތުގައި، އަދި ޖޭމު ހަދައިގެން ވެސް ބޭނުންކޮށް އުޅޭ މޭވާ އެކެވެ. ސްޓޯބެރީ އަކީ ހަށިގަނޑަށް ފައިދާހުރި ވިޓަމިންތަކާއި، މައުދަންތައް އަދިވެސް އެހެނިހެން ކާނާގެ ބާވަތްތަކުން މުއްސަދިވެފައިވާ މޭވާ އެކެވެ.
ޖަންބު
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 10 މާރިޗު 2012
ޖަންބަކީ ޖަނބުރޯލު ފަދައިން ހުތް ފޮނި މޭވާއެކެވެ. ޖަންބުގެ ތަފާތު ވައްތަރުތަކާއި ކުލަތައް ހުރެއެވެ. އެގޮތުން ރަތްކުލަ، ހުދުކުލަ އަދި ފިޔާތޮށި ކުލައިގެ ޖަންބު ހުންނަކަން ފާހަގަ ކުރެވެއެވެ. އާންމުކޮށް ޖަންބު ކައި އުޅެނީ މޭވާއެއްގެ ގޮތުގައި ކަމަށް ވިޔަސް ތަފާތު ބާވަތްތަކުގެ ކާތަކެތި ތައްޔާރުކުރުމުގައި ވެސް ބޭނުންކުރެވިދާނެ އެވެ.
ކަޅުހުއްތުމޭވާ
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 10 މާރިޗު 2012
ކަޅުހުއްތުމޭވާ އަކީ ވަރަށް ފޮނި މީރު މޭވާ އެކެވެ. މިމޭވާގައި ކާން ބޭނުންކުރަނީ އެތެރޭގެ އޮށްތަކުގެ ބޭރުން އޮންނަ ބައެވެ. ގިނައިން ބޭނުންކުރަނީ ފަނި ގިރަން ކަމަށްވި ނަމަވެސް މޭވާއެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ އެވެ. މިއީ ދޮންވުމުން މަޑު ރީނދޫ ކުލައިގައި ހުންނަ މޭވާ އެކެވެ. ކަޅުހުއްތުމޭވާ ކެއުމުގެ އިތުރުން ޖޭމު ތައްޔާރުކޮށްގެންނާއި،ފަނިގިރައިގެން ވެސް ބޭނުންކޮށް އުޅެއެވެ.
ދިވެހި އަތަ
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 10 މާރިޗު 2012
ދިވެހި އަތަ އަކީ ދިވެހި އަތަ، ދަނޑިގަޑު އަތަ، އަދި އަނޯނާ، ނިސްބަތްވާ އަނޯނާ އާއިލާގެ މެންބަރެކެވެ. ދިވެހި އަތަ އަކީ އަނގަޔަށް މީރު ފޮނި މޭވާއެކެވެ. މިއީ ދޮންވުމުން ބޭރުތޮށި މަޑުފެހިކުލައިގައި ނުވަތަ ރީނދޫ ކުލައިގައި ހުންނަ މޭވާއެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ފަނިގިރައިގެންނާއި، ތަފާތު ކާތަކެތީގައި ހިމަނައިގެން ވެސް ބޭނުންކުރެވިދާނެ މޭވާ އެކެވެ.
މުރާކި
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 10 މާރިޗު 2012
މުރާކި އަކީ ހުތް ފޮނި ރަހައެއްލާ ކުޑަ ފަސް އޮށެއްގެ ސައިޒެއް އޮންނަ، މޭވާ އެކެވެ. މިއީ އާންމުކޮށް ރަށްރަށުގެ ޖަންގަލި ތެރޭގައި ހެދޭ ގަހެކެވެ. މިއީ ވެސް ކެއުމަށް ބޭނުންކުރެވިދާނެ މޭވާ އެކެވެ. ބޭރު ގައުމުތަކުގައި ޖޭމް ފަދަ ތަފާތު ވައްތަރުގެ ކާތަކެތި ތައްޔާރުކުރުމަށް ވެސް މުރާކި ބޭނުންކުރާ ކަމަށް ވެއެވެ. ދަނޑު ގޮވާންކުރާ އުޞޫލުން ދިވެހިރާއްޖޭގައި މުރާކި ހައްދައެއް ނޫޅެއެވެ.
ޗެރީ
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 10 މާރިޗު 2012
ޗެރީ އަކީ ފޮނި އަނގަޔަށް މީރު މޭވާ އެކެވެ. ޗެރީ އަކީ ވެސް އޭގައި ވިޓަމިންތަކާއި، މަޢުދަންތައް އެކުލެވޭ އަދި އެހެނިހެން ކާނާގެ މުހިއްމު ބައިތައް ގުދުރަތީގޮތުން އެކުލެވިފައިވާ މޭވާ އެކެވެ. ތާޒާ މޭވާގެ ގޮތުގަޔާއި، ޖޫސް ގިރައިގެންނާއި، ޖޭމު ހަދައިގެން ވެސް ޗެރީ ބޭނުން ކުރެއެވެ. ޗެރީގެ ތެރޭގައި ފޮނިރަހަދޭ ޗެރީ އާއި، ހުތްރަހަދޭ ޗެރީ ހުރެއެވެ. ޗެރީއަށް އޭގެ ބޭރުގައި ހުންނަ މަޑު ރަތްކުލަ ލިބިފައިވަނީ އޭގައި ހުންނަ "އެންތޯސިއެނިން"ގެ މަތީ ތާސީރުގެ ސަބަބުންނެވެ.
ގްރޭޕްފުރުޓް
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 10 މާރިޗު 2012
ގުރޭޕްފުރުޓަކީ ހުތް ރަހަ އެކުލެވޭ މޭވާ އެވެ. އާންމުގޮތެއްގައި ގުރޭޕްފުރުޓް ބޭނުންކުރެވެނީ މޭވާއެއްގެ ގޮތުގައި ކެއުމަށާއި، ފަންޏާއި ޖޫސްފަދަ ތަކެތި ތައްޔާރުކޮށްގެން ބުއިމަށެވެ. ގްރޭޕްފުރުޓް ފަންޏަކީ ހަށިގަނޑަށް ފައިދާ ހުރި ބުއިމެކެވެ. ގްރޭޕްފުރުޓަކީ ހުތް މޭވާ އާއިލާގެ މެންބަރެކެވެ. މިއާއިލާއަށް ނިސްބަތްވާ އެހެން މޭވާތަކުގެ ތެރޭގައި، ލުނބޯ، ދޯޅަނބު، ގޮމަށި، ނިޔަދުރު، ބަނބުޅަބޮސް، ފޮނި ލުނބޯ ނުވަތަ އޮރެންޖު...
ފާގަ
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 10 މާރިޗު 2012
ފާގަ އަކީ މަޑު ފޮނި ރަހައެއް ދޭ އެއްޗެކެވެ. މިއީ މޭވާއެއްގެ ގޮތުގައި ވެސް ބެލެވިދާނެ އަދި ތަރުކާރީއެއްގެ ގޮތުގައި ވެސް ބެލެވިދާނެ ބާވަތެކެވެ. ފާގައިގެ ތަފާތު ވައްތަރުތައް ހުރެއެވެ. ދޮންވުމުން ރީނދޫ އަދި ރަތް ކުލައިގައި ފާގަ ހުންނަކަން ފާހަގަ ކުރެވެއެވެ. އެކި ސައިޒުގެ ފާގަ ވެސް ހުރެއެވެ. މިއީ ވެސް ހަށިގަނޑަށް ފައިދާހުރި ކާނާގެ ބާވަތްތައް ހިމެނޭ އެއްޗެކެވެ.
ބަނބުޅަބޮސް
- ޑރ. ޢަބްދުލް ޢަޒީޒު ޙަމީދު
- 10 މާރިޗު 2012
ބަނބުޅަބޮސް އަކީ ނާރިނގު، ނިޔަދުރު، ލިބޯ، ބޮޑު ލުބޯ، އަދި ފޮނި ލުބޯ ނިސްބަތްވާ ހުތްމޭވާ އާއިލާގެ މެންބަރެކެވެ. މިއީ ރޯމޭވާގެ ގޮތުގަޔާއި، ފަނިގިރައިގެން، އަދި ސަލަޑް އާއި، ފޮނިކާތަކެތީގައި ހިމަނައިގެން ބޭނުންކޮށް އުޅޭ މޭވާ އެކެވެ.













