ހޯމަ20200629

އާކުރެވުނީ: 08:43:52

ޞިއްޙަތު

ބައްޕައަކަށް ވުމަށްޓަކައި... ކެއުމަށް ގެންނަން ޖެހޭ ބަދަލު

bappa-akai-badhalu-45ދަރިފަނި ފުރިހަމަކަން ގެނެސް ދިނުމަށް ރަނގަޅު ކާނާއަކީ ވަރަށް މުހިންމު އެއްޗެކެވެ. ރަނގަޅަށް ނުކެއުމާއި މަސްތުވާ ތަކެތި ބޭނުންކުރުމަކީ ދަރިފަނި އުފައްދާ މިންވަރު މަދުވެ އަދި އޭގެ ކޮލިޓީވެސް ދަށްކުރާ ކަމެކެވެ. ދަރިން ލިބުން ލަސްވުމުގައި އަނބިމީހާގެ ދައުރު ވާފަދައިން ފިރިމީހާގެ ދައުރަކީވެސް ކުޑަ ދައުރެއް ނޫނެވެ.ބަލިވެއިނުމަށްޓަކައި ކެއުމަށް ގެންނަންޖެހޭ ބަދަލުތައް

keumai-gennanjeheybadhalhu-137ބަލިވެއިނުމުގެ ކުރިން މައިމީހާގެ ކެއުމުގައި ބޭނުންކުރާ ހުރިހާ ބާވަތަކީ ހަޖަމްކުރުމުގެ ނިޒާމުގެ ތެރެއިންލާފައި ލޭގެތެރެއަށް ދާނެ އެއްޗެކެވެ. އަދި ލޭގެތެރެއަށް ދާ ކޮންމެ ބާވަތެއްގެ މާއްދާއަކީވެސް ހަށިގަނޑުގެ ހަތާތަކުގެ އެތެރެއަށް ވަންނާނަ މާއްދާއެކެވެ. އަދި ހަށިގަނޑުގެ ހޯމޯންތަކާއި ދަރިފުޅު އުފެއްދުމުގެ ނިޒާމަށް އަސަރު ކުރާނެ މާއްދާއެކެވެ. ވުމާއެކު ސަލާމަތް ސިއްހަތެއްގެ ދުޅަހެޔޮ ކުއްޖަކު ހޯދުމަށްޓަކައި ކެއުމުގެ އާދަކާދައަށް ނުވަތަ ވައްޓަފާޅިއަށް ބަދަލު ގެންނަން ޖެހެނީ ބަލިވެއިނުމަށްފަހުގައެއް ނޫނެވެ. އަދި ކިއެއްތަ ކައިވެނިކުރުމުގެވެސް ކުރިންނެވެ. އަންހެނުން ފުރާވަރަށް އެރުމާއެކުއެވެ.ރަހިމުގައި ގޮށްލުން ނުވަތަ ފައިބްރޮއިޑް އުފެދުން(Uterine Fibroid)

rahimuga-goh-lun-121ފައިބްރޮއިޑަކީ ރަހިމުގެ މަސްގަޑުގައި އުފެދޭ ޓިއުމަރގެ ވައްތަރެކެވެ. ރަހިމުގައި އުފެދޭ ފައިބްރޮއިޑަށް މަޔޯމާ އަދި ލިއޯމަޔޮމާވެސް ކިޔައެވެ. މިއުފެދި ބޮޑުވަނީ ރަހިމުގެ މަސްގަޑުގެތެރޭގައި ނުވަތަ ދެފުރާތުގައެވެ. މީގެ ބޮޑުމިން ތަފާތު މިންވަރަށް ހުރެއެވެ. ކުޑަ ފަސްއޮށެއްވަރުގެ ފައިބްރޮއިޑް ހުންނައިރު ބަރަބޮލެއްވަރު ފައިބްރޮއިޑްވެސް ހުރެއެވެ. ކިތައްމެ ބޮޑުވިޔަސް މިވައްތަރު ޓިއުމަރ ކެންސަރަކަށް ބަދަލެއް ނުވާނެއެވެ.

 އަޔަން ޑެފިސިއެންސީ އެނީމިއާ ( ދަނގަޑު އުނިވުމާއި ވިދިގެން ލޭމަދުވުން )

iron-def-anemiaއެނީމިއާގެ އެންމެ އާންމުވައްތަރަކީ މިއީއެވެ. އާބާދީގެ ގާތްގަނޑަކަށް %20 އަންހެނުންނަށް އަދި %3 ފިރިހެނުންނަށް ދަނގަޑު މަދުވުމުގެ މައްސަލަ ކުރިމަތިވެއެވެ. ހަށިގަނޑުގެ އެކިބައިތަކަށް އޮކްސިޖަން އުފުލާ ''ހީމޯގްލޯބިން'' ގެ އުފެދުމަށް ދަގަނޑަކީ މުހިއްމު އެއްޗެކެވެ.ހިކި ނުވަތަ ލުއި މީހުން މާބަނޑު ދުވަސްވަރު ބަރުދަން ހެއުވަރެއްގައި ބަހައްޓާނީ ކިހިނެއް؟

barudhan-kihiney-87އާދައިގެ މީހެއްގެ ހަށިގަނޑުގެ ބަރުދަން ހުންނަން ޖެހޭނި ބަރުދަން ދިގުމިން މީޓާރުން ދިގުމިނާއި ގުނަކޮށް ގެއްލުމުން (ބަރުދަން/ދިގުމިން X ދިގުމިން މީޓަރުން) 18.5-   24.9 އާއި ދޭތެރޭގައެވެ. 25 އާއި 29.9 އާއި ދޭތެރެއަށް އަރައިފިނަމަ ހަށިގަނޑު ހުންނަން ޖެހޭވަރަށްވުރެ ބަރުވީއެވެ. އަދި 30 އަށްވުރެ މައްޗަށް ގޮސްފިނަމަ ހުންނަންޖެހޭ ބަރުދަނަށްވުރެ މާބޮޑަށް ބަރުވީއެވެ. 18.5އަށްވުރެ ދަށަށް ގޮސްފިނަމަ ހަށިގަނޑު ހުންނަން ޖެހޭވަރަށް ވުރެ ދަށަށް ދިޔައީއެވެ.ބޭރަށްހިންގުން

beyrah-hingun-mainބޭރަށްހިންގުން (Diarrhea) ނިސްބަތްކުރެވެނީ ބޮޑުކަމުދެވޭ މިންވަރު އިތުރުވެ، ބޭރުވާ ނަޖިސް ދިޔާކޮށް ހުރުމަށެވެ. އެހެން ގޮތަކަށް ބުނާނަމަ ބޭރަށް ހިންގުމަކީ ވަރަށް ދިޔާކޮށް އަދި އަވަސް އަވަހަށް ބޮޑުކަމުދާންޖެހުމެވެ. ބޭރަށްހިންގުމަށް '''ބަނޑުދިޔާވުން''' މިހެން ވެސް ކިޔައި އުޅެއެވެ. ބައެއް މެޑިކަލް ރިފަރެންސް ތަކުގައި ބަނޑުދިޔާވުން ސިފަކޮށްފައިވަނީ '''24 ގަޑިއިރުގެ ތެރޭގައި 300މލ އަށްވުރެ ގިނައިން ދިޔާ ނަޖިސް ބޭރުވުން''' މިހެންނެވެ.ސައިނަސް

sinus-mainސައިނަސް އޭ ބުނެވެނީ ނޭފަތާއި، ވައިކޮތަޅު ތަކުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށް ތަކުގައި އިންފެކްޝަން އަށަގަނެ ދުޅަވުމަށް ނިސްބަތްކޮށެވެ. މިބުނި ވައިކޮތަޅު ތަކަކީ ލޮލާއި، ނޭފަތުގެ ވަށައިގެން ކައިރީގައި އަދި ކޯތާފަތުގައި ހުންނަ ކުދިކުދި ވައިކޮތަޅު ތަކެކެވެ. ސައިނަސް އާންމުކޮށް ޖެހެނީ ވައިރަހުން ޖެހޭ އިންފެކްޝަން އެއްގެ ސަބަބުންނެވެ. ވައިރަސް އިންފެކްޝަން އެއް ޖެހިއްޖެ ނަމަ ވައިކޮތަޅު ތަކާއި، ނޭފަތުގެ އެތެރެއިން ލެވިފައިވާ ތެތްދުލިފަށަލަތަކުގައި އިންފްލެމޭޝަން އުފެދިގެން ދެއެވެ.ބޯއެނބުރުމާއި، މޭނުބައިކޮށް ހޮނޑުލުން

boa-eburun-hodu-lunހޮނޑުލުމުގެ މަސައްކަތް ނުވަތަ އެވަޒީފާ އަދާކުރުމުގެ ބާރު ކޮންޓްރޯލް ކުރަނީ ސިކުނޑީގައިވާ ''މެޑައްލާ އޮބްލޮންގާޓާ'' (Medulla oblongata) އޭ ކިޔޭ ހިސާބުގައިވާ ''ހޮނޑުލުން ކޮންޓްރޯލްކުރާ މަރުކަޒު''ންނެވެ. މިމަރުކަޒު ހީވާގިކުރުމުން ސިކުނޑިއާއި، ސްޕައިނަލް ކޯޑް އިން ނިކުމެފައިވާ ބައެއް ނާރުތަކުގެ އެހީގައި ހޮނޑުލުމުގެ މަސައްކަތް ފުރިހަމަވެގެން(ނިމިގެން) ދެއެވެ. މިގޮތުން މިބުނި މަރުކަޒު ހީވާގިކުރުމުން އަންނަނިވި ކަންތައްތައް ކުރިމަތި ވެއެވެ.

 އަލްޒައިމާ ބަލި:ބައްޔަށް ޢާއްމު ނަޒަރެއް

alzheimer-amunazararuއަލްޒައިމާ ބައްޔަކީ ސިކުނޑީގެ ހަދާނާއި ބެހޭ ބަޔަށް ޖެހޭ ބައްޔެކެވެ. މިބަލި ޖެހުމުން ސިކުނޑީގައިވާ ހަދާނާއި ގުޅޭ މަރުކަޒަށް އަސަރުކޮށް ހަދާން ހުރުމަށް ބަދަލު އައިސް ވިސްނުމަށް ބަދަލުގެނުވައެވެ. ގިނަ އިލްމުވެރިން އެއްބަސްވާގޮތުގައި އެޕޯލިޕޯޕްރޮޓީން-އީ (Apolipoprotein-E) އުފެއްދުން އިތުރުވުން، ނުވަތަ އެޕްރޮޓީން ސިކުނޑީގައި ޖަމާވުމަކީ އަލްޒައިމާ ބަލި ކުރިމަތިވުމަށް މަގުފަހިވާ ކަމެކެވެ. މިބުނި ޕްރޮޓީންގެ ބޭނުމަކީ ލޭގައި ކޮލެސްޓެރޯލް ދައުރުވުމަށް އެހީތެރިވުމެވެ. މިޕްރޮޓީން ކޮންމެ މީހެއްގެ ހަށިގަނޑުގައި ވެސް ހުރެއެވެ.ޑައުން ސިންޑްރޯމް އަދި އަލްޒައިމާ ބަލި

alzheimer-down-syndromeއުމުރުން ދުވަސްވަމުން އަންނަ ވަރަކަށް ޑައުން ސިންޑްރޯމްގެ އަހުލުވެރިންނަށް ޞިއްޙީ މައްސަލަތައް ފެންމަތިވަމުން އާދެއެވެ. ނަމަވެސް މި މައްސަލަތަކަކީ ގިނަފަހަރު ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެ މުސްކުޅިވަމުން އަންނަ މީހުންނަށް ވެސް ދިމާވެދާނެ ކަންކަމެވެ. ޑައުން ސިންޑްރޯމްގެ އަހުލުވެރިންގެ 21 ނަންބަރު ކްރޮމޯސޯމްގެ އިތުރު ކޮޕީއެއް އިނުމުގެ ސަބަބުން އެމީހުންގެ ދިފާޢީ ނިޒާމްގައި އައިބުތައް އުފެދުމަކީ ވެދާނެ ގޮތެކެވެ. މިގޮތަށް ދިމާވެއްޖެ ނަމަ ތަފާތު ބަލިތަކަށް ފަސޭހަކަމާއި އެކު ހުށަހެޅޭގޮތް ވެއެވެ.އަލްޒައިމާ ބަލި ޖެހިފައިހުރިތޯ ބަލައި ދެނެގަތުން

alzheimer-dhenegathunއަލްޒައިމާ ބައްޔަކީ އޭގެ ކުރީކޮޅު ގިނަ ފަހަރު ދެނެގަނެވޭ ބައްޔެއް ނޫނެވެ. އެހެންގޮތަކަށް ބުނާނަމަ ބަލިހުރިކަން އެގުމަކާއި، ނުލައި އޭގެ އުދަގޫތައް އިތުރުވަމުން އަންނަ ބައްޔެކެވެ. ވަރަށް ގިނަ ޑޮކްޓަރުން، ނަރުހުން، އަދި ބަލިމީހުންނާއި، އެމީހާގެ ތިމާގެ މީހުން، އަލްޒައިމާ ބަލީގެ އުދަގޫތައް ކުރިމަތިވާން ފެށުމުން އެއީ މުސްކުޅިވުމުން ކުރިމަތިވާ ކަމެއް ކަމަށް ނިންމައި، އެކަމާއި އަޅާނުލައި ދޫކޮށްލާތަން އާދެއެވެ.އަލްޒައިމާ ބަލި: ބަލީގެ ވައްތަރުތައް

alzheimer-vattaruބޭސްވެރިކަމުގެ މާހިރުން ވަނީ އަލްޒައިމާ ބަލި އަންނަނިވި ވައްތަރުތަކަށް ބަހައިލާފައެވެ. އެއީ އަވަހަށް ކުރިމަތިވާ އަލްޒައިމާބަލި، ލަހުން ކުރިމަތިވާ އަލްޒައިމާ ބަލި، ވާރުތަވާ އަލްޒައިމާ ބަލި އެވެ. ލަހުން ކުރިމަތިވާ އަލްޒައިމާ ބަލި (Late-onset alzheimer's disease) މިއީ އަލްޒައިމާ ބަލީގެ އެންމެ އާންމު ވައްތަރެވެ. އުމުރުން 65 އަހަރު ވުމަށްފަހު ކުރިމަތިވާ މިވައްތަރު އަލްޒައިމާ ބަލީގެ %90 މީހުންނަށް ކުރިމަތި ކުރުވައެވެ. ހަމަ މިހެން އުމުރުން 85 އަހަރަށްވުރެ މައްޗަށް ގޮސްފައިތިބޭ މީހުންގެ ތެރެއިން %50 މީހުންނަށް މިވައްތަރު ކުރިމަތިވާކަމަށް ވަނީ ބެލެވިފައެވެ.އަލްޒައިމާ ބަލި: ބައްޔަށް މަގުފަހިކުރާ ކަންތައްތައް

alzheimer-magufahiއަލްޒައިމާ ބަލީގެ އަހުލުވެރިންގެ ސިކުނޑިން އާދަޔާ ޚިލާފު އައިބުތައް ވަނީ ފާހަގަކުރެވިފައެވެ. ނަމަވެސް މިގޮތުން ހުންނަ ކަންކަމަކީ ކަނޑައެޅިގެން ބަލި މެދުވެރިވުމުގެ އަސްލުކަން އަދި ބުނެދޭން ބަލި ދިރާސާކޮށް ހޯދާ ފަރާތްތައް ވެސް ވަނީ ނުކުޅެދިފައެވެ. އުމުރުން ދުވަސްވާ ވަރަކަށް އަލްޒައިމާ ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އިތުރު ކުރުވައެވެ. އަލްޒައިމާ ބަލި ފިރިހެނުންނަށް ވުރެ އަންހެނުންނަށް ޖެހޭ މިންވަރު އިތުރުކަން ވަނީ ފާހަގަ ކުރެވިފައެވެ. ވަރަށް މަދުން ނަމަވެސް މިބަލި ވާރުތަވާ ކަމަށްވަނީ ފާހަގަ ކުރެވިފައެވެ.ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.