ހޯމަ20200629

އާކުރެވުނީ: 08:43:52

ޞިއްޙަތު

މާބަނޑު ދުވަސްވަރާއި ވިހެއުމަށްފަހު އުރަމައްޗަށް އަންނަ ބަދަލުތައް

uramachai-anna-badhalu-6މާބަނޑު ދުވަސްވަރު ބޮޑުވަމުންދަނީ ހަމައެކަނި ބަނޑެއް ނޫނެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަށްވެސް ބަދަލު އަންނަމުންދެއެވެ. ހާއްސަގޮތެއްގައި އުރަމައްޗަށެވެ. އަދިކިއެއްތަ ހަށިގަނޑުގެ އެހެން ހުރިހާ ގުނަވަންތަކަށް ވުރެ ބޮޑަށް އުރަމައްޗަށް ބަދަލު އާދެއެވެ. މިއީ ވަރަށް ގިނަފަހަރު ވަރަށް ގިނަމީހުންނަށް ފާހަގަ ނުކުރެވޭ ހަގީގަތެކެވެ.ދަރިޔަކު ބޭނުންވާ ދެމަފިރިޔަކު ހޫނު ފެނުން ފެންވެރުމަކީ ކޮންކަހަލަ ކަމެއް؟

hoonufenun-96ބައްޕައަކަށް ވާން ބޭނުންވާ ފިރިހެނަކު ގިނައިން ހޫނު ފެނުން ފެންވެރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އެއީ އުރަވަޅީގައިވާ ދެ އޮށަކީ ވަރަށް ނާޒުކު އެއްޗެކެވެ. އެދެއޮށް ހަށިގަނޑުން ބޭރު އުރަވަޅީގައި އޮތުމުގެ ބޭނުމަކީވެސް ދެއޮށުން ދަރިފަނި އުފެއްދުމަށް ބޭނުންވާ ހޫނު މިނަކީ 35 ޑިގުރިއަށްވާއިރު އެތެރެ ހަށީގެ ހޫނުމިނަކީ 37 ޑިގުރީއަށް ވާތީއެވެ.ގިނައިން ކަސްރަތު ކުރުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟

ginain-kasrathukurumakee-baliveinumai-huras-alhaakamaitha-2އާދަޔާ ޚިލާފަށް ކަސްރަތު ކުރުމަކީ އޭގެ ޒާތުގައި ބަލިވެއިނުމަށް ހުރަސް އަޅާ ކަމެއް ނޫނެވެ. ހާއްސަކޮށް އެއީ ދިރިއުޅުމުގެ އާއްމު އާދައެއްކަމުގައި ވާނަމައެވެ. އެހެންނަމަވެސް މާބޮޑަށް ހަށިގަނޑުން ހިކި އަންހެނުން ގިނައިން ކަސްރަތު ކުރުމަކީ ބަލިވެއިނުމަށް ހުރަސް އަޅާ ކަމެކެވެ. އެއީ މިފަދަ އަންހެނުން ގިނައިން ކަސްރަތު ކުރުމުން ސިކުޑީގެ ދަށްބޮލުގައި އުފައްދާ ގޮނާޑޯޓްރޮޕިން ރިލީޒިން ހޯމޯން އުފެއްދުމަށް ހުރަސްއަޅާއެވެ.ދަރިފުޅު އުފެދި ބޮޑުވުމަށް މާބަނޑު މީހާގެ ކެއުމުގައި ހިމަނަން ޖެހޭ މާއްދާތައް

keumuga-himananjehy-36ބަލިވެއިނުމުގެ ކުރިން މައިމީހާގެ ކެއުމުގައި ބޭނުންކުރާ ހުރިހާ ބާވަތަކީ ހަޖަމްކުރުމުގެ ނިޒާމުގެ ތެރެއިންލާފައި ލޭގެތެރެއަށް ދާނެ އެއްޗެކެވެ. އަދި ލޭގެތެރެއަށް ދާ ކޮންމެ ބާވަތެއްގެ މާއްދާއަކީވެސް ހަށިގަނޑުގެ ހަތާތަކުގެ އެތެރެއަށް ވަންނާނަ މާއްދާއެކެވެ. އަދި ހަށިގަނޑުގެ ހޯމޯންތަކާއި ދަރިފުޅު އުފެއްދުމުގެ ނިޒާމަށް އަސަރު ކުރާނެ މާއްދާއެކެވެ. ވުމާއެކު ސަލާމަތް ސިއްހަތެއްގެ ދުޅަހެޔޮ ކުއްޖަކު ހޯދުމަށްޓަކައި ކެއުމުގެ އާދަކާދައަށް ނުވަތަ ވައްޓަފާޅިއަށް ބަދަލު ގެންނަން ޖެހެނީ ބަލިވެއިނުމަށްފަހުގައެއް ނޫނެވެ.ބަލިވެއިނުން ލަސްވުމުން ނަފުސާނީގޮތުން ކުރާ އަސަރު

lasvumuun-nafsaaneegothu-kuraa-asaru-5މިއީ ވަރަށްގިނަ ދެމަފިރިންނަށް ދިމާވާ ކަމެކެވެ. ބަލިވެއިނަން ބޭނުންވެގެން ދެމަފިރިން ފަށާ ދުވަހުން ފެށިގެން ކޮންމެމަހެއް ފެށިގެންދަނީ ބަލިވެއިންނާނެ ކަމުގެ ފޮނި އުއްމީދުގައެވެ. ބަލިވެއިނުން ލަސްވުމަށްފަހު ބޭސްކުރަން ފެށުމާއެކު ކޮންމެ މަހެއްވެސް ފެށިގެންދާނީ ކުޑަ އުއްމީދަކާއެކުއެވެ. ނިމިގެންދާނީ ވަރަށް ބޮޑު ހިތްދަތިކަމަކާއި މާޔޫސް ކަމަކާއި އެކުއެވެ.ބަލިވެއިނުމުގެ ކުރިން ކެއުމަށް ގެންނަން ޖެހޭ 5 ބަދަލު

keumai-gennan-jehey-5-badhalu-118ކެއުން ރަނގަޅު ކުރިހާ އަވަހަކަށް ދަރިން ލިބުމުގެ ފުރުޞަތު އިތުރުވާނެއެވެ. ދަރިންހޯދަން ބޭނުންނަމަ ވީހާވެސް އަވަހަކަށް ކެއުން ރަނގަޅު ކުރާށެވެ. ދެމަފިރިންގެވެސް ކެއުމާއި ދަރިން ލިބުމާއި ވަނީ ވަރަށް ބޮޑަށް ގުޅި ލާމެހިފައެވެ. ވީމާ ހަމަހަމަ ކާނާއެއް ކާން ދެމަފިރިންވެސް އާދަކުރާށެވެ. ހަމަހަމަ ކާނާގެ މާނައަކީ ގިނައިން ކެއުމެއްނޫނެވެ. ރަނގަޅު ކާނާ ހަށިގަނޑަށް އެކަށިގެންވާ ވަރަށް ކެއުމެވެ. މިއީ ސިއްހަތު ރަނގަޅު ކުއްޖަކު ހޯދުމަށް ކޮންމެހެންވެސް ބޭނުންތެރި ކަމެކެވެ.ބަލިވެއިނުމާއި އުމުރާއި ހުރި ގުޅުން

baliveinumaa-umurua-gulhun-37ތިރީގައި އެވާ ކުރެހުމުން ދައްކައިދެނީ ކޮންމެ އުމުރެއްގެ މީހަކަށްވެސް ދަރިން ލިބުމުގެ ފުރުޞަތާއި ނުލިބުމުގެ ފުރުޞަތު އުމުރުގެ މިންގަޑުން އޮންނަ މިންވަރެވެ.ބައިގެން ގޮސްފައިވާ މީހަކު އަލުން ބަލިވެ އިނުމުގައި އުދަގުލަކާއި ކުރިމަތި ވެދާނެތަ؟

baigen-gosfaivaa-47ނޫނެކެވެ. ނަމަވެސް ބައިގެން ދިއުމުން ނުވަތަ ދަރިވައްޓާލުމަށް ރަހިމު ދޮންނައިރު (D&C ހަނދާއިރު) ރަހިމުގައި އަދި ރަހިމުގެ ކަރުގައި ކޮންމެވެސް ވަރަކަށް ލަކުނު ލުމަކީ އެކަށީގެންވާ ކަމެކެވެ. މިފަދަ ހާލަތުގައި ބަލިވެ އިނުމަށް ކޮންމެވެސް ވަރެއްގެ ދަތިތަކަކާ ކުރިމަތި ވުމަކީ ވެދާނެ ކަމެކެވެ. މިހެން ވެފައި ހުރިތޯ ބެލުމަށް ހިސްޓެރޮސްކޯޕް (ކުޑަ ކެމެރާއެއް ލައްވައިގެން ރަހިމުގެ އެތެރެ ބެލުން) ހަދައިގެން ޔަގީން ކުރެވިދާނެއެވެ.މާބަނޑުދުވަސްވަރު ވެކުސިން ޖެހުމަކީ ކޮންކަހަލަ ކަމެއް؟

vaccine-71ނުރައްކާތެރި ބަލިތަކުން މައިމީހާއާއި ދަރިފުޅު ހިމާޔަތް ކުރުމަށްޓަކައި ވެކުސިން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ. ވުމާއެކު ދައްކަވަމުން ގެންދަވާ ޑޮކުޓަރާއި މަޝްވަރާ ކުރުމަށް ފަހު ވެކުސިން ޖެހުން ރަނގަޅުވާނެއެވެ. ނަމަވެސް ވެކުސިން ޖެހުމުގެ ކުރިން އެއިން ލިބޭ ފައިދާ އާއި ގެއްލުމުގެ މައްޗަށް ބެލުން ވަރަށް މުހިއްމެވެ.ބަލިވެއިނުން ލަސްވާ އަންހެނުންނަށް ދެވޭ ބައެއްބޭސް

lasvaa-anehunna-dhevey-beys-54ބަލިވެއިނުން ލަސްވުމުން ވަރަށް ގިނަ އަންހެނުންނަށް ދެވޭ ފުރަތަމަ ފަރުވާއަކީ ގުޅަބޭސް ނުވަތަ އިންޖެކުޝަނެވެ. ކޮންމެ އަހަރަކު ދުނިޔޭގެ އެތައްމިތަނުގައި އެތައް މިލިޔަން މީހުންނަށް މިގޮތަށް ފަރުވާ ކުރެވެއެވެ. މިހުރިހާ ބޭހަކީވެސް ޖުމުލަގޮތެއްގައި ބިސް އުފެދުމާއި ފުރިހަމަ ކުރުމަށް ފުރުޞަތު އިތުރުކޮށްދޭ ބޭސްތަކެކެވެ.ހެނދުނު ޖިންސީ ގުޅުން ހިންގުމަކީ ބަލިވެ އިނުމުގެ ފުރުޞަތު އިތުރުވާ ސަބަބެއްތަ؟

baliveinun-ithuruva-kamei-tha-22ރޭގަނޑަށްވުރެ ހެނދުނު ގަޑީގައި ދަރިފަނި އުފައްދާ މިންވަރު ނިސްބަތުން އިތުރު ވެއެވެ. ރޭގަނޑު ގަޑިތަކުގައި ޖިންސީ ގުޅުން ހިންގާ ފަހަރަކު ގާތްގަޑަކަށް 87 މިލިއަން ދަރިފަނި އުފައްދައި ބޭރުކުރާއިރު ހެނދުނު ގަޑީގައި މިއަދަދު ގާތްގަޑަކަސް 88 މިލިއަނަށް އަރައެވެ. ނަމަވެސް މިއީ ނިސްބަތުން އެހާ ތަފާތު ބޮޑު އަދަދެއް ނޫނެވެ. އެއީ ހަމައެކަނި އިތުރު ކުރެވޭ ފެތުންތެރިންތަކެކެވެ.ކޮފީ ބުއިމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟

cofee-hurasalhaa-31ކޮފީ ބުއިމުން ބަލިވެއިނުމަށް ހުރަސް އެޅުން ނުވަތަ ފުރުޞަތު ކުޑަކުރުން ބިނާވެގެންވަނީ ކޮފީ ބޯމިންވަރެއްގެ މައްޗަށެވެ. ކޮފީ ބުއިމުން ގެއްލުން ލިބެނީ އޭގައި ހުންނަ މާއްދާއެއްކަމަށްވާ ކެފެއިންގެ ސަބަބުންނެވެ. ދުވާލަކު 300 މިލިގުރާމަށްވުރެ މަދުން ކެފެއިން ބޭނުން ކުރާނަމަ (ގާތްގަޑަކަށް ކޮފީ ތައްޓެއްގެ މިންވަރު) މިއީ ބަލިވެއިނުމަށް ފުރުޞަތު ކުޑަކުރާ ކަމެއްކަން ޔަގީން ކުރެވިފައެއް ނުވެއެވެ.ބިސްބޭރުވާ ދުވަސް ދެނެގަންނާނީ ކިހިނެއް؟

bisbeyruvaa-vaguthu-1ބިސްބޭރުވުމަކީ އޯވަރީގައި ނުވަތަ ބިސްރަވައިގައިވާ ބިސްތަކުގެ ތެރެއިން ބިހެއް މަހަކު އެއްފަހަރު ބޮޑުވެ ފުރިހަމަ ވުމަށްފަހު ބިސްރަވައިން ބިސްބޭރުވެ ބިސްހޮޅީގެ ކައިރިއަށް ބިސްދިއުމެވެ. ބައެއްފަހަރު މިގޮތަށް ބޭރުވާއިރު އެއްބިހަށްވުރެ ގިނަބިސް ބޭރުވުމަކީވެސް ވެދާނެ ކަމެކެވެ. އަދި ބިސްރަވައިން ބިސްބޭރުވަނީ ވަކިވަރަކަށް ބިސް ބޮޑުވެ ފުރުހަމަ ވުމަށްފަހުގައެވެ.ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.