ހޮނިހިރު20191012

އާކުރެވުނީ: 08:43:52

ޞިއްޙަތު

ދަރިން ނުލިބުން ނުވަތަ ލިބުން ލަސްވުން

lasvun-55އަހަރުވަންދެން އެކަށީގެންވާވަރަށް ޖިންސީ ގުޅުން ހިންގުމާއެކުވެސް ދަރިން ނުލިބުނު ނަމަ ދަރިން ލިބުން ލަސްވާފަދަ މައްސަލައެއް ހުރިކަމަށް ޝައްކު ކުރެވިދާނެއެވެ. ނަމަވެސް ޔަގީންކަމާއެކު އެފަދަ މައްސަލައެއް ހުރިކަން ކަޑައަޅާނީ ޑޮކުޓަރެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ 10 ދެމަފިރީންގެ ތެރެއިން ދެމަފިރިޔަކު މިފަދަ މައްސަލަ ތަކުގެ ޝަކުވާ ކުރެއެވެ. ނަމަވެސް އޭގެ މާނައަކީ މިފަދަ ޝަކުވާ ކުރާ ކޮންމެ މީހަކީ ދަރިން ނުލިބޭނެ މީހެކެ ނޫނެވެ.



ދަރިންހޯދުމަށް ޖިންސީ ގުޅުން ހިންގުމުގައި ވަގުތުގެ މުހިއްމުކަން

jinsee-gulhun-vaguthu-116ހުރިހާވެސް އެއްޗަކީ ވަގުތެވެ. ދަރިފަނި އަނބިމީހާގެ ފަރުޖަށް ދިއުމަށްފަހު ދެދުވަސް ނުވަތަ ތިންދުވަސް ވަންދެން ދިރިހުރެއެވެ. ނަމަވެސް އޯވަރީގައި ކޮއްޓާ ބިސް 12 ގަޑިއިރާ 24 ގަޑިއިރާ ދޭތެރޭ ހަލާކުވެދެއެވެ. ވުމާއެކު ބަލިވެއިނުމަށްޓަކައި ޖިމާއުވާނޭ ރަނގަޅު ދުވަހަކާއި ވަގުތު ކަޑައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އޯވަރީން ބިސް ކޮއްޓުމުގެ އެއްދުވަސް ނުވަތަ ދެދުވަސް ކުރިން ޖިމާއުވުމަކީ ބަލިވެ އިނުމުގެ ފުރުޞަތު ވަރަށް ބޮޑުވާނެ ކަމެކެވެ. އެއީ އެހާލަތުގައި ބިސް ކޮއްޓާއިރު ބަލިކަމެއްނެތި ސަލާމަތުން ހުރި ދަރިފަނިތައް ބިހާބައްދަލުކޮށް ބިހަށް ވަނުމަށް މަސައްކަތް ފަށާނެއެވެ.



ދަރިޔަކު ހޯދުމަށްޓަކައި ރޭކުރުމުގައި ވަކި ގޮތަކަށް ކަންތައް ކުރަން ޖެހޭތަ؟

vakigothakai-kanthai-95ގިނަ ތަޖުރިބާކާރުން ވިދާޅުވަނީ ޖިމާއުވާއިރު ފިރިމީހާ މަތީގައި އޮވެގެން ޖިންސީ ގުޅުން ހިންގުމަކީ ބއލިވެ އިނުމުގެ ފުރުޞަތު އެންމެ ބޮޑު ގޮތެވެ. މިގޮތަށް ތިބެ ޖިންސީ ގުލުން ހިންގުމުން ޒަކަރު ފަރުޖުގެ އެންމެ އެތެރެއެށް ވަދެގެން ދެއެވެ. ވުމާއެކު ދަރިފަނި ރަހިމާއި ވަރަށް ގާތަށް ގެންގޮސް ދެއެވެ. ހާއްސަކޮށް އަނބިމީހާ ފޫކޮޅު ދަށަށް ބާލީހެއް ލައްވައިގެން ޖިމާއު ވާނަމަ މި ފުރުސަތު ބޮޑަށް އިތުރު ވެގެންދެއެވެ.



ބަލިވެއިންކަން އެނގޭނީ ކިހިނެއް؟

baliveinkan-egeynee-kihiney-83ބަލިވއިންކަން އެނގޭނީ ކިހިނެއްހެއްޔެވެ؟ އާއްމުގޮތެއްގައި ގިނަފަހަރަށް މައްސަރުކަންތައް ވާންޖެހޭ ދުވަހަށް ނުވުމުގެ ކުރިން ބަލިވެ އިންކަމުގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. އަދި މައްސަރުކަންތައް ނުވެ ހަފުތާއެއް ދެހަފުތާއެއް ވަންދެން ނޭގުމަކީ ވަރަށް ގާތް ކަމެކެވެ. މައްސަރުކަންތައް އިންތިޒާމް ނޫންނަމަ މައްސަރު ކަންތައް ދެންވާނީ ކޮން ދުވަހަކުން ކަންވެސް ގިނަފަހަރަކު ނޭގޭނެއެވެ. ވުމާއެކު ބަލިވެ އިންކަމަށް ޝައްކު ކުރާކަށްވެސް ނޭގޭނެއެވެ. ނަމަވެސް ތިރީގައި އެވާ އަލާމާތްތަކުން ކުރެ އަލާމާތެއް ފެނިއްޖެނަމަ ބަލިވެއިންތޯ ޓެސޓު ކުރާށެވެ.



ބަލިވެއިންތޯ ބެލުމަށް ޓެސްޓު ކުރަންރަނގަޅީ ކޮންއިރަކު؟

balive-intho-testkuran-132އާއްމުގޮތެއްގައި މިކަން ބިނާވެގެންވަނީ ކުރާ ޓެސްޓެއްގެ ބާވަތަށެވެ. ބަލިވެއިންތޯ ބެލުމަށް އެންމެ އާއްމުގޮތެއްގައި ބޭނުންކުރަނީ ކުޑަކަމުދާއެއްޗެތި ބޭނުން ކޮށްގެން ކުރާ ޓެސްޓެކެވެ. ދެވަނަ ބާވަތަކީ ލޭ ބޭނުން ކޮށްގެން ކުރާ ޓެސްޓެކެވެ. މިއިން ކޮންމެ ޓެސްޓެއްގައިވެސް ބަލިވެއިންކަމަށް ބަލަނީ މާބަނޑު ހޯމޯން ނުވަތަ އެޗްސީޖީ (human chorionic gonadotropin) ހަށިގަނޑުގައި ހުންނަ މިންވަރެއްގެ މައްޗަށެވެ.



ފަލަވުމަކީ ބަލިވެއިނުމަށް ހުރަސްއަޅާ ކަމެއްތަ؟

falavumakee-hurasalhaa-kameitha-3ނޫނެކެވެ. ފަލަވުން އޭގެ ޒާތުގައި އެއީ ބަލިވެއިނުމަށް ހުރަސް އަޅާ ކަމެއް ނޫނެވެ. ގަވައިދުން އިންތިޒާމުކޮށް ކޮންމެ 28-35 ދުވަހަކުން މައްސަރުކަންތައް ދިމާވަމުން ދާނަމަ ފަލަވުމަކީ ބަލިވެއިނުމަށް ހުރަސް އަޅާނެ ކަމެއް ނޫނެވެ. ގަވައިދުން މައްސަރު ކަންތައް ދިމާވަމުންދާނަމަ ބިސް ބޭރުވަމުންދާނެއެވެ. އަދި ބަލިވެ އިނުމުގެ ފުރުޞަތު ކޮންމެ މަހަކުވެސް އޮންނާނެއެވެ.



ވަކިޖިންސެއްގެ ކުއްޖަކު ހޯދުން... ޑޮކުޓަރުން ބުނަނީ ކީކޭ؟

vaki-jinsege-40 ޒަމާނީ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ވަކި ޖިންސެއްގެ ކުއްޖަކު ހޯދިދާނެއެވެ. އަދި ބަލިވެއިންނަތަނުން ދަރިފުޅުގެ ޖިންސުވެސް ބެލިބާނެއެވެ. މިކަމުގައި ތަފާތު ވަސީލަތްތައް ބޭނުންކުރެވެއެވެ. އެކި ވަސީލަތްތަކުންދޭ ޔަގީންކަން ތަފާތެވެ. ވަކި ޖިންސެއްގެ ކުއްޖަކު ހޯދުމަށް ބޭނުން ކުރެވޭ އެންމެ ޔަގީންކަން ބޮޑު ވަސީލަތްތަކަކީ އެންމެ އަގުވެސް ބޮޑު ވަސީލަތްތަކެވެ.



ހިތާނުކުރުން

khithaanukurun-41ޚިތާނުކުރުމަކީ ޒަކަރުގެ ކުރީކޮޅުގައި އިންނަ ހަންކޮޅު ބުރިކޮށްލައި ވަކިކޮށްލުމެވެ. މިއީ ޖިންސީ ގުޅުމުގެ ޒަރީއާއިން ގައިން ގަޔަށް އަރާ ބަލިތައް ފެތުރުމުގެ ފުރުޞަތު ކުޑަކުރާ ކަމެކެވެ. އަދި ކުޑަކަމުދާ ނިޒަމަށް ޖެހޭ ބަލިތައް މަދުކުރާ ކަމެކެވެ. އަދި މިއީ މުސްލިމު ހުރިހާ ފިރިހެނުން ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ހިތާނު ކުރަނީ ހަމައެކަނި މުސްލިމުން އެކަންޏެއް ނޫނެވެ.



ފާނަބަސަނދު

faana-basandhu-38މިއީ ވެރިސެއްލާ ޒޮސްޓަރ ކިޔާ ވައިރަހެއްގެ ސަބަބުން ގައިންގަޔަށް އަރާ ހަމުގެ ބައްޔެކެވެ. މިބަލި ގަޔަށް އެރުމަށްފަހު ބަލީގަ އަލާމާތްތައް ފެނުމާއި ދޭތެރޭ 2-3 ހަފުތާވެއެވެ. މިބަލި ޖެހިފައިވާ މީހަކު މިބަލި އެހެންމީހުންނަށް ފަތުރަމުން ގެންދާނީ މިބަލީގެ ބިހިތައް ނެގަންފެށުމުގެ އެއްދުވަސް ކުރިން ފެށިގެންގޮސް ބިހިތައް އެއްކޮށް ރަނގަޅުވެ ނިމެންދެނެވެ.



އިސްލާމީ ނަޒަރަކުން.... ދޭތެރެ ދުރުކުރުމާއި ދަރިން ނުލިބޭގޮތް ހެދުން.

islamee-dheythere-dhurukurun-13ދަރިންގިނަވެ އާބާދީ އިތުރު ވުމަކީ ފަގީރުކަމާއި ޖާހިލުކަން ބޮޑުވާ ކަމެއް ކަމުގައި އިސްލާމްދީން ގަބޫލެއް ނުކުރެއެވެ. އަދި މިއަދު އިސްލާމީ ގިނަ ގައުމުތަކަށް ވެރިވެފައިވާ ފަގީރުކަމަކީ އެއްގޮތަކަށްވެސް މިކަމާ ގުޅުން ހުރި ކަމެއް ކަމަށް އިސްލާމް ދީން ގަބޫލެއް ނުކުރެއެވެ. އަދި ކިއެއްތަ މިއަދު މިފަދައިން ދިމާވެފައިވާ ގިނަ ގައުމުތަކަށް މިހެން ދިމާވެފައިވަނީ މީސްތަކުންގެ ކައްނެތްކަމާއި



ވަކިޖިންސެއްގެ ކުއްޖަކު ހޯދުން... ތަޖުރިބާކާރު މައިން ބުނަނީ ކީކޭ؟

vaki-jinsege-40ތަޖުރިބާކާރު ބައެއް މައިން ބުނާގޮތުގައި ބަލިވެއިނުމުގެ ކުރިން މައިމީހާ ކާ ކާނާއާއި 9 މަސް ފަހުން ވިހާ ދަރިފުޅުގެ ޖިންސާއި ވަރަށް ބޮޑު ގުޅުމެއްވެއެވެ.



އިތުރު ކުއްޖަކު ހޯދުމަށް ތައްޔާރުތަ؟

ithuru-kujjaku-hodhumai-thayyarutha-24މިއީ ޖަވާބުދޭން ދަތި ސުވާލެކެވެ. ބައެއް ބެލެނިވެރިން ބުނާގޮތުގައި މިއީ ފުރަތަމަ ކުއްޖާ ހޯދުމަށް ވިސްނަން ޖެހޭވަރަށް ވުރެ މާބޮޑަށް ވިސްނަން ޖެހޭ ކަމެކެވެ. އެއި އިތުރު ދަރިއަކު ހޯދުމަށް ވިސްނަ ވިސްނުމަކީ ހަމައެކަނި ދަރިއަކު ހޯދުމަށްޓަކައި ވިސްނާ ވިސްނުމެއް އެކަންޏެއް ނޫނެވެ. މިއީ މުޅި ދިރިއުޅުމަށް ބަދަލުތަކެއް ގެނައުމަށް ވިސްނާ ވިސްނުމެކެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށެވެ.



ގިނަދުވަހަށް ޖެހިފައި ހުންނަ ކޮންކޮން ބަލިތަކެއްގެ ސަބަބުން ދަރިން ލިބުމުގެ ފުރުޞަތު ކުޑަވަނީ؟ އަދި އެއީ ކީއްވެ؟

kon-kon-bayyei-128އާއްމުގޮތެއްގައި ގިނަދުވަހަށް ޖެހިފައި ހުންނަ ބަލިތަކަކީ އެބަލިތަކުގެ ސަބަބުން ނުތަނަވަސްކަން ގެނެސްދޭ ބަލިތަކެކެވެ. ހާއްސަކޮށް އެބައްޔެއްގެ ސަބަބުން އަނަރޫފަވާ ނުވަތަ ހަށިގަނޑު ހިކޭފަދަ ބަލިތަކެވެ. މިފަދަ ބަލިތަކުގެ ސަބަބުން އަންހެނާގެ އޯވަރީގައި ބިސް އުފެދުމަށް ހުރަސް އަޅައެވެ. މިސާލަކަށް ތައިރޮއިޑު ގުލޭންޑަށް ޖެހޭ ގްރޭވްސް ބަލި ހަށިމޯޓޯ ތައިރޮއިޑައިޓިސް ފަދަ ބަލިތަކަކީ ބިސް އުފެދުން ހުއްޓުވާ ބަލިތަކެކެވެ.



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.