އާދީއްތަ20181104

އާކުރެވުނީ: 08:43:52

ޞިއްޙަތު

އަޔޮޑިން..... ތައިރޮއިޑަށް ވަރަށް ބޭނުންތެރި މާއްދާއެއް

iodin-65އަޔޮޑިނަކީ ބަނޑުގައިވާ ދަރިފުޅުގެ ނާރުތައް އުފެދުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ހަމައެފަދައިން ތައިރޮއިޑު ގުލޭންޑުގެ ވަޒީފާ އިންތިޒާމު ކުރުމުގައިވެސް އަޔޮޑިން އަކީ ވަރަށް މުހިންމު ރޯލެއް އަދާކުރާ މާއްދާއެކެވެ. އަދި ތައިރޮއިޑު ގުލޭންޑުން އުފައްދާ ހޯމޯނެއް ކަމުގައިވާ ތައިރޮކްސިން އުފެއްދުމަށް ކޮންމެހެންވެސް ބޭނުން މާއްދާއެކެވެ. މިހޯމޯނަކީ ހަށިގަނޑުގެ ހުރިހާ ކާބޯތަކެއްޗެއް ހަޖަމްކުރުމާއި އެއިން ހަކަތަ އުފައްދައި ދިނުމުގައި ވަރަށް މުހިއްމު ރޯލެއް އަދާ ކުރާ ހޯމޯނެކެވެ.



މާބަނޑު ދުވަސްވަރު އަރާމުގައި ނިދާނީ ކިހިނެއް؟

nidhaanee-kihiney-63ބަނޑަށް ކުރީކޮޅު ނިދުމުގައި މާބޮޑު ދަތިތަކެއް ދިމާނުވުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެ ގޮތަކަށް އޮވެވެސް ފަސޭހަކަމާއި އެކު ނިދާލެވިދާނެއެވެ. ނަމަވެސް ބަނޑަށް 6 މަސްވުމަށްފަހު ބޮޑުވެފައިވާ ބަނޑަށް ފަސޭހަވާނެ ގޮތަކަށް ނިދުމަކީ ކުރަން އުދަގޫ ކަމެކެވެ. މިހިސާބަށް ދާއިރު އަރިޔަކަށް އޮވެގެން ނޫނީ ނިދަން ވަރަށް އުދަގީވާނެއެވެ. އަދި އެންމެ ސަލާމަތްކަން ބޮޑު ނިދަން އެންމެ ރަނގަޅު ގޮތަކީވެސް ވާތްފަރާތަށް ނިދުމެވެ.



މާބަނޑު ދުވަސްވަރު އުއްޑުންއޮވެ ނިދުމަކީ ރައްކާތެރިކަމެއްތަ؟

uddon-ove-nidhumakee-73ފުރަތަމަ ތިންމަހުގައި އުއްޑުން އޮވެ ނިދުމަކީ އެއްވެސް ނުރައްކަލެއް އޮތްކަމެއް ނޫނެވެ. ހާއްސަކޮށް އިތުރު އުދަނގުލެއް ނުވާ ސިއްހަތު ރަނގަޅު މައިންނަށް މިއީ މިދުވަސްވަރު އެއްގޮތަކަށްވެސް ކަންބޮޑުވާން ޖެހޭ ކަމެއްނޫނެވެ. އެއީ މިދުވަސްވަރު އެދި ރަހިމު އިންނާނީ ދަށްބަނޑުގައެވެ. އަދި މާބޮޑެއްވެސް ނުވާނެއެވެ. ނަމަވެސް ބަނޑަށް 20 ހަފުތާ ނުވަތަ 5 މަސް ވުމަށްފަހު އުއްޑުން އޮވެ ނިދުމަކީ ބޮޑުވެފައިވާ ރަހިމުން ހިތަށް ލޭގެންގޮސްދޭ ލޭހޮޅިތަށް ފިއްތާ ލޭ ހިތަށް ގެންދިއުން މަދުކުރާނެ ކަމެކެވެ.



މާބަނޑު ދުވަސްވަރު ދަގަނޑު މަދުވުމުގެ ސަބަބުން ލޭމަދުވުން (Iron-deficiency anemia in pregnancy)

ley-madhuvun-66ބަލިވެއިނުމުން ހަށިގަނޑަށް ބޭނުންވާ ދަގަނޑުގެ މިންވަރު ވަރަށްބޮޑުތަން އިތުރުވެގެން ދެއެވެ. ދަގަނޑަކީ ހީމޮގުލޮބިން އުފެއްދުމަށްތަކައި ކޮންމެހެންވެސް ބޭނުންވާ މާއްދާއެކެވެ. ހީމޮގުލޮބިންއަކީ ލޭގެ ރަތްހަތާތަކުގައި ހުންނަ ޕްރޮޓީންއެކެވެ. ހަށިގަނޑުގެ ހަތާތަކަށް ބޭނުންވާ އޮކުސިޖން ގެންގޮސްދެނީ މިހީމޮގުލޮބިން އިންނެވެ. ބަލިވެއިނުމުން ހަށިގަނޑުގައި ވަރަށްގިނައިން ލޭއިތުރުވެގެން ދެއެވެ. މިގޮތުން ގާތްގަޑަކަށް ބަލިވެއިނުމުގެ ކުރިން ހުރި މިންވަރަށްވުރެ 50% އިތުރަށް ބަލިވެއިނުމުން ލޭ އުފައްދައެވެ.



މާބަނޑު ދުވަސްވަރު އެކްސްރޭ ނެގުމަކީ ރައްކާތެރި ކަމެއްތަ؟

xra-negun-kameitha-70މާބަނޑު ދުވަސްވަރު އެކްރޭ ނެގުމުގެ ރައްކާތެރިކަމާއި ނޫންކަން ބިނާވެގެންވަނީ ނަގާ އެކްސްރޭގެ ބާވަތާއި އެއިން ހަށިގަނޑަށް އަންނަ ރޭޑިއޭޝަނުގެ މިންވަރުގެ މައްޗަށެވެ. ހަށިގަނޑަށް އަންނަ ރޭޑިއޭޝަން އިތުރުވާ ވަރަކަށް އެކަމުގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށް ލިބޭ ގެއްލުން ބޮޑުވެއެވެ. ނަމަވެސް އާއްމުގޮތެއްގައި ނަގާ އާދައިގެ އެކްސްރޭއަކުން ދަރިފުޅަށް



މާބަނޑު ދުވަސްވަރު ކިހާ ފެނެއް ބޯން ޖެހޭތަ؟

kihaa-fenei-boanjehey-tha-61ފެނަކީ ހަށިގަނޑަށް ވަރަށް މުހިއްމު ބޭނުންތެރި އެއްޗެކެވެ. ހާއްސަކޮށް މާބަނޑު ދުވަސްވަރުގައެވެ. މައިމީހާ ކާ ކާނާ ދަރިފުޅަށް ރަހިމުންލާފައި ގެންގޮސްދެނީ ފެނުގެ އެހީގައެވެ. ގިނައިން ފެންބުއިމުން ކުޑަކަމުދާ ނިޒާމަށް ޖެހޭ ބަލިތައް މަދުވެގެންދެއެވެ. އެއީ ކުޑަކަމުދާ އެއްޗެތި ގިނަވުމުން މިނިޒާމަށް ވަންނަ ބެކުޓީރާ ފަދަ ތަކެތި ދޮވެލާތީއެވެ.



ބަނޑުގައި ދަރިފުޅު އުފެދެނީ ކިހިނެއް؟

dharifulhu-ufedhenee-kihiney-59ދަރިފުޅު އުފެދެނީ ކިހިނެއްކަން އެނގޭ ހެއްޔެވެ؟ ކޮންމެ މީހަކަށްވެސް ދެމަފިރިން ރޭކުރުމަށްފަހު ނުވަމަހާއި ނުވަދުވަސް ފުރައި ކުއްޖަކު ލިބޭކަން އެނގެއެވެ. ނަމަވެސް އެހުރިހާ ކަންތައްތަކެއް ހިގާގޮތް ތަފުޞީލުކޮށް އެނގޭހެއްޔެވެ؟ ދަރިފަނި އުފެދެނީ ކޮންތާކުކަން އެނގޭހެއްޔެވެ؟ ބިސްއުފައްދައި ބޭރުކުރަނީ ކޮންތާކުކަން އެނގޭހެއްޔެވެ؟ ދަރިން އުފެދެނީ ލޮލަށް ނުފެންނަވަރުގެ މި ކުޑަކުޑަ ދޭތި ގުޅިގެންކަން އެނގޭހެއްޔެވެ؟ އަދި ކޮންމެ މަހަކު ބަލިވެ އިނުމުގެ ފުރުޞަތު އޮންނަނީ އެންމެ %20 އަށްކަން އެނގޭހެއްޔެވެ؟



މާބަނޑު އަނބިމީހާ ނިދުމުގައި ފިރިމީހާއަށް ދެވޭނީ ކޮންކަހަލަ އެހީތެރިކަމެއް؟

nidhumuga-firimeehaiehee-e-60މާބަނޑުއަނބިމީހާ ނިދުމުގައި ފިރިމީހާއަށް ވަރަށް ގިނަގޮތްގޮތަށް އެހީތެރިވެވިދާނެއެވެ. އާއްމުގޮތެއްގައި ނިދުމުގެ ކުރިން ވާހަކަފޮތެއް ކިޔާލުން ގުރުއާން ނުވަތަ ރީތިލަވައެއް އަޑުއަހައި ލުމަކީ ނިދަން ފަސޭހަވާ ކަމެކެވެ. ވުމާއެކު އަނބިމީހާއަށް އެފުރުޞަތު ދީފައި ގޭގައި އިތުރަށް ކުރަންހުރި ކަންތަކުގައި ފިރިމީހާއަށް އެހިތެރިވެވިދާނެއެވެ.



ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

nidhaairu-dhimaava-udhagoo-57މާބަނޑު ދުވަސްވަރު ނިދީގެ އުދަގޫވުމަކީ ވަރަށް ގިނަމައިންނަށް ދިމާވާ ކަމެކެވެ. ރޭގަނޑު ނިދި ނައުމާއި ދުވާލިގަޑީގައި ގިނައިން ނިދި އައުމަކީ ވަރަށް ގިނަ ފަހަރު ދިމާވާ ކަމެކެވެ. ރަނަގަޅު ގޮތަކީ ހަށިގަނޑުގެ ގޮވުމަށް އިޖާބަދީ ދުވާލު ގަޑީގައިވެސް މަދުވެގެން ދެގަޑިއިރުވަރު ނިދާލުމެވެ. އަދި ރޭގަނޑު މަދުވެގެން 8 ގަޑިއިރު ވަރު ނިދާލުމެވެ.



ފަލަ ނުވަތަ ބަރު މީހުން މާބަނޑު ދުވަސްވަރު ބަރުދަން ހެއުވަރެއްގައި ބަހައްޓާނީ ކިހިނެއް؟

-heyovaru-kuraanee-kihiney-86އާދައިގެ މީހެއްގެ ހަށިގަނޑުގެ ބަރުދަން ހުންނަން ޖެހޭނި ބަރުދަން ދިގުމިން މީޓާރުން ދިގުމިނާއި ގުނަކޮށް ގެއްލުމުން (ބަރުދަން/ދިގުމިން × ދިގުމިން މީޓަރުން) 18.5 – 24.9 އާއި ދޭތެރޭގައެވެ. 25 އާއި 29.9 އާއި ދޭތެރެއަށް އަރައިފިނަމަ ހަށިގަނޑު ހުންނަން ޖެހޭވަރަށްވުރެ ބަރުވީއެވެ. އަދި 30 އަށްވުރެ މައްޗަށް ގޮސްފިނަމަ ހުންނަންޖެހޭ ބަރުދަނަށްވުރެ މާބޮޑަށް ބަރުވީއެވެ. 18.5 އަށްވުރެ ދަށަށް ގޮސްފިނަމަ ހަށިގަނޑު ހުންނަން ޖެހޭވަރަށް ވުރެ ދަށަށް ދިޔައީއެވެ.



ރަހިމުން ބޭރުގައި ގަރުބަގަތުން ނުވަތަ ދަރި އުފެދުން

rahumun-beyruga-garuba-gathun-48އޯވަރީގައި އުފެދޭބިސް (ދަރިފަނި) މަނަވީހައިވާނާއި ގުޅިއެކުވުމަށްފަހު އެ ރަހިމަށް ފެލޯޕިއަން ޓިއުބުގެ ތެރެއިންލާފާ ދަތުރު ކުރެއެވެ. ފެލޯޕިއަން ޓިއުބު ބަންދުވެފައިވާނަމަ ނުވަތަ ހަލަކުވެފައި ނުވަތަ ބަލިޖެހިފައިވާނަމަ އެ މަގަށް ހުރަސް އެޅެއެވެ. ވުމާއެކު އުފެދެން ފަށައިފާވާ ދަރި ރަހިމުން ބޭރުގައި ބޮޑުވާން ފަށައެވެ. މިގޮތަށް އެންމެ ގިނައިން އުފެދެނީ ފެލޯޕިއަން ޓިއުބުގެ ތެރޭގައެވެ. ނަމަވެސް އެހެން ބައެއް ތަންތަނުގައި އުފެދުމަކީވެސް އެކަށީގެންވާ ކަމެކެވެ.



ރަހިމުން ބޭރުގައި ރަހިމުގެ ހަތާހުރުން ނުވަތަ އެންޑޯމެޓްރިއޯސިސް

rahimuge-hathaa-hurun-a-49ހަށިގަނޑުގެ އެތެރޭގެ އެކި ގުނަވަންތަކުގައި ހުންނަ ހަތާތަކަކީ ތަފާތު ހަތާތަކެކެވެ. އެއީ އެގުނަވަނެއްގެ ވަޒީފާއާއި ގުޅޭގޮތުގެ މަތިންނެވެ. ރަހިމުގެ އެތެރޭގައި ހުންނަ ހަތާތަކަށް ކިޔަނީ އެންޑޯމެޓްރިއަމްއެވެ. އެންޑޯމެޓްރިއޯސިސް ކިޔަނީ މިހަތާތައް ރަހިމު ނޫން ތަނެއްގައި ހުރުމަށެވެ. މިގޮތުން މިހަތާތަށް ރަހިމުން ބޭރުގައި ހުންނަ ގުނަވަން ތަކަކީ އޯވަރީ، ފެލޯޕިއަން ޓިއުބު، ހިމަ ގޮހޮރު އަދި މަސާނާއެވެ.



ރަހިމުގައި ފެން (އެމްނިއޮޓިކު ފެން) ގިނަވުން (Polyhydraminos)

rahimuga-fen-ginavun-50އެމްނިއޮޓިކު ފެން އުފެއްދުމުގެ ދައުރުގައި މައިމީހާއާއި ކުޑަދަރިފުޅުވެސް ބައިވެރިވެއެވެ. ބަލިވެއިދެ ފުރަތަމަ 14 ހަފުތާގައި މިފެން އުފައްދަނީ މައިމީހާގެ ލެއިންނެވެ. އެއަށްފަހު މައިމީހާގެ ލޭގެ އިތުރުން ކުޑަދަރިފުޅުގެ ކުޑަކަމުދާ އެއްޗެތިންނެވެ. އަދި މިފެނުގެ ބޮޑުބަޔަކީވެސް ދަރިފުޅުގެ ކުޑަކަމުދާއެއްޗިއްސެވެ. މިފެން އަބަދުވެސް ހުންނަނީ ދައުރުވެ ދައިރުވެއެވެ. އަދި ދުވާލަކު އެތައްފަހަރަކު ހުންނަނީ އާވެއާވެއެވެ. މިކަމުގައި ދަރިފުޅު ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ.



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.