ބުދަ20180912

އާކުރެވުނީ: 08:43:52

ޞިއްޙަތު

އަތްފައި ދުޅަވުން ނުވަތަ ފޮއްސިވުން

fossivun-112އާއްމުގޮތެއްގައި ފޮއްސިވަނީ ނުވަތަ ދުޅަވަނީ ހަތާތަކުގެ ދޭތެރޭގައި ދިޔާއެއްޗެތި ގިނަވުމުންނެވެ. މާބަނޑު ދުވަސްވަރު ފޮއްސިވުމަކީ ޠަބީޢީ ކަމެކެވެ. އެއީ ބަލިވެއިނުމާއި އެކު ހަށިގަނޑަށް އިތުރުވެގެންދާ ފެނުގެ ނިސްބަތް ވަރަށް ބޑުތަން މަތިވެގެން ދެއެވެ. ހަމައެއާއި އެކު ލޭވެސް ގިނަވެއެވެ. މީގެއިތުރުން ލޭގައި ހިމަނޭ މާއްދާތަކަށް އަންނަ ބަދަލު ތަކަކީވެސް މާބަނޑު ދުވަސްވަރު ދުޅަވުމަށް މެދުވެރިވާ ސަބަބު ތަކުގެ ތެރެއިން ސަބަބެކެވެ.



މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން.... ނިދީގައި ގުގުރި ދެމުން

nidheega-guguri-dhemun-111ނިދީގައި ގުގުރިދެމުމަކީ ބަލިވެއިނުމުން ވަރަށްގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. ހާއްސަކޮށް ބަނޑަށް 6 މަސް ވުމަށް ފަހުގައެވެ. ދިރާސާތަކުން ދައްކާގޮތުގައި މާބަނޑު މީހުންގެ ތެރެއިން %25 މީހުން މާބަނޑު ދުވަސްވަރު ދާއިމީގޮތެއްގައި ނިދާއިރު ގުގުރި ދަމައެވެ. އަދި އިތުރު %25 މީހުން ވިހަން ގާތްވުމުން ނިދީގައި ގުގުރި ދަމައެވެ. ބަލިވެއިނުމުން ނިދީގައި ގުގުރިދަމާމީހުންގެ ތެރެއިން ވަރަށް ގިނަމީހުން ވިހެއުމަށްފަހު އިތުރު އެހީއަކާއި ނުލައި ނުވަތަ ފަރުވާއަކާއި ނުލައި ރަނގަޅުވެއެވެ. 



މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން.... ނިދީގައި ނޭވާލާން އުދަގޫވުން ނުވަތަ ނޭވާ ނުލެވުމުގެ ބަލި (Obstructive Sleep Apnea)

nidhieega-neyvaalan-110މިހެން އާއްމުކޮށް ދިމާވަނީ ނިދީގައި ގުގުރިދަމާ މީހުންނަށެވެ. މިހެންދިމާވަނީ ނިދީގައި ނޭވާހޮޅި ބެދޭތީއެވެ. ވުމާއެކު ގަސްދަކާއި ނުލާ ނޭވާލާ ނޭވުލުން ހިދުކޮޅަކަށް ހުއްޓެނީއެވެ. މިގޮތަށް ނޭވާނުލެވި ދާނީ ވަރަށް ކުޑައިރުކޮޅަކަށެވެ. އަދިމިހެންވުމުން ނިދިން ހޭލެވި އަލުން ނޭވާލަވޭން ފަށައެވެ. ނިދީގައި މިގޮތަށް 100ވަރަކަށް ފަހަރުވެސް މިހެން ވެދާނެއެވެ. ނިދީގައި މިގޮތަށް ދިމާވާ ގިނަމީހުން ހެނދުނު ހޭލާއިރު މިކަމެއް ހަނދާނެއް ނުހުރެއެވެ.



މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން... މޭނުބައި ކުރުމާއި ހޮޑުލެވުން

meynubaikurun-109މިހެން ދިމާވާ ސަބަބާއިމެދު ވަރަށްގިނަ ތިޔަރީތައް ވެއެވެ. ނަމަވެސް މިއިން އެއްވެސް ތިޔަރީއަކީ މުޅިން ފުރިހަމަ ތިޔަރީއެއް ނޫނެވެ. އެހެންގޮތަކަށް ބުނާނަމަ ބަލިވެއިނުމުން މޭނުބައިކުރުމާއި ހޮޑުލެވޭ ހަގީގީ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.ނަމަވެސް ޖިސްމާނީގޮތުން ހަށިގަނޑަށް އަންނަ ގިނަގުނަ ބަދަލުތަކަކީ މިކަމުގެ ސަބަބެވެ. މިގޮތުން ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތަކަކީ މިހެން ދިމާވާން ޖެހޭ މައިގަނޑު ސަބަބު ކަމުގައި ވުމަކީ ވަރަށް ގާތް ކަމެކެވެ. އެހެނީ ހޯމޯނަށް އަންނަ މިބަދަލުތަކުގެ ސަބަބުން ރަހަޔާއި ވަހަށް އަދި ހަޖަމުކުރާ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތައް އާދެއެވެ.



މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން... ނިދިނައުން

nidhi-naun-107އާއްމުގޮތެއްގައި ނިދިނާންނަނީ ނުވަތަ ނިދިން ހޭލެވެނީ ނިދަން އޮށޯވެ އޮންނަގޮތެއްގެ ސަބަބުން، ކުޑަކަމުދާން ޖެހިގެން، ފައިގަރިއްސާތީ ނުވަތަ މިފަދަ އެހެންވެސް ކަމެއް ދިމާވެގެންނެވެ. އަދި ބައެއްފަހަރު ފިކުރުބޮޑުވެ ނުތަނަވަސް ވުމަކީ ނިދިން ނައުމަށް ދިމާވާ އެއްސަބަބެވެ. ވުމާއިއެކު އާއްމުގޮތެއްގައި ނިދިނާންނަނީ ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ދިމާވާ ނުތަނަވަސް ކަމެއްގެ ސަބަބުންނެވެ. ހާސްނުވާށެވެ. މާބަނޑުމީހުންގެ ތެރެއިން 78% މީހުންނަށް ނިދިނައުމާއި އަދިވެސް ނިދުމުގައިދިމާވާ މިފަދަ އުދަގޫތައް ދިމާވެއެވެ. އަދި މިކަމުގެ އުދާގޫ ގަޑީގެ ކަށްޓަށް ބަލަމުންދާނަމަ އިތުރަށް ބޮޑުވެގެންދާނެއެވެ. އެއީ ގަޑިއަށްބެލުމުން ނުތަނަވަސްކަން ދާނީ ހައްތަހާ އިތުރު ވަމުންނެވެ.



މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން.. މެއިން ގިނިނެގުން

mein-dhilanegun-106މިއީ ބަލިވެއިނުމަށްފަހު ވަރަށްގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. ހާއްސަކޮށް ބަނޑަށް 4 މަސް ވުމަށްފަހުގައެވެ. މިގޮތުން ކަރުގެ އެތެރެއިން ފެށިގެން ގިނިނަގާގޮތް ވެއެވެ. މިހެންދިމާވަނި ބަލިވެއިނުމުން ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުގެ ސަބަބުންނެވެ. ވުމާއެކު ވިހަންދެންވެސް މިކަމުގެ އުދަގޫ ދޭތެރެދޭތެރެއިން ކުރަން ޖެހުމަކީ ވަރަށް ގާތް ކަމެކެވެ. ބަލިވެއިނުމުން ބަނޑުގައިވާ ދަރިފުޅުގެ މަހުން ގިނައަދަދަކަށް ޕްރޮޖެސްޓްރޯން ހޯމޯން އުފައްދައި މައިމީހާގެ ލޭގެތެރެއަށް ފޮނުވައެވެ.



މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެތެރެއިން.. އަވަސްއަވަހަށް ކުޑަކަމުދާން ތެދުވަން ޖެހުން.

kudakamudhaan-jehun-105ބަލިވެއިނުމަށްފަހު އާއްމުގޮތެއްގައި ފާހާނާއަށް ދާންޖެހޭ ވަރަށްވުރެ އަވަސްއަވަހަށް ފާހާނާއަށް ދާން ޖެހުމަކީ ޠަބީޢީ ކަމެކެވެ. ސުވާލަކީ މިގޮތަށް އަވަސްއަވަހަށް ފާހާނާއަށް ދާންޖެހެނީ ކީއްވެގެންހެއްޔެވެ؟ މިހެންދިމާވާ މައިގަޑު ސަބަބަކީ ބަލިވެއިނުމުން އާދަޔާ ޚިލާފަށް ހަށިގަނޑުގައި އިތުރުވެގެންދާ ލޭގެސަބަބުންނެވެ. މިކަމުގެސަބަބުން ގުރުދާއިން ފުރާނައި ސާފުކުރާ ލެޔާއި މަސާނާއަށް ގެންދާ ކުޑަކަމުދާ އެއްޗެތީގެ މިންވަރުވެސް ވަރަށް ބޮޑުތަން އިތުރު ވެގެންދެއެވެ.



މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތައް

dhimaava-udhagootha-101ބަލިވެއިނުމަށްފަހު ނިދުމުގައި ވަރަށް ގިނަ ދަތިތަކާއި އުދަގޫތައް ދިމާވެއެވެ. ބަނޑު ބޮޑުވަނުންދާ ވަރަކަށް މިކަމުގެ އުދަގޫތައް ބޮޑުވާވަރު ދަނީ އިތުރުވަމުންނެވެ. ތިރީގައި އެވަނީ މިގޮތުން މާބަނޑު މީހުންނަށް ނިދުމުގައި ދިމާވާ ބައެއް އުދަގޫތަކެވެ.

 



ބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން.... އަރާމުގޮތަކަށް އޮށޯވެ އޮންނަން ދަތިވުން

-oshove-onnan-dhathivun-102އެނދުގައި އަރާމުގޮތަކަށް ހަމަޖެހިލައިގެން އޮށޯވެ އޮތުމަކީ ބަލިވެއިނުމަށްފަހު ދިމާވާ އެންމެ ބޮޑު އެއްއުދަގުލެވެ. ހާއްސަކޮށް ބަންޑުން ނުވަތަ އުއްޑުން ނިދަން އާދަވެފައިވާ މީހަކުނަމައެވެ. މިދެގޮތަކީވެސް މާބަނޑު ދުވަސްވަރު ނިދުމުގައި މައްސަލަތަކެއް ކުރިމަތި ކުރުވާ ގޮތްތަކެކެވެ. ބަލިވެއިންނަތާ ކުރީކޮޅުގައި ބަނޑުން އޮވެނިދާއިރު ބޮޑުވަމުންދާ އުރަމައްޗާއި ބަނޑުގެ ސަބަބުން ދަތިވާނެއެވެ.

 

 



މާބަނޑު މީހުންނަށް ނިދުމަށް އެހީއެއް.

nidhumai-ehee-eh-100ބަނޑާއި ބުރަކަށްޓަށް ފަސޭހަވާގޮތަށް ބާލީސް ބޭނުން ކޮށްގެން މާބަނޑު ދުވަސްވަރުވެސް މައިމީހާއަށް އަރާމުކޮށް ނިދާލެވިދާނެއެވެ. އަރިއަކާސް ނިދަން އޮށޯވެ އޮންނައިރު ގުދުކޮށްލެވިފައިވާ ދެކަކޫ ހުޅުދޭތެރެއަށް ބާލީސް ލައިގެން ބުރިކަށީގައިވެސް ބާލީސް ޖެހޭގޮތަށް ބާއްވައިގެން ނިދާށެވެ. މިގޮތަށް ހަދައިފައިހުންނަ މާބަނޑުމީހުންނަށް ހާއްސަ ބާލީސް ހުރެއެވެ. އަމިއްލައަށްވެސް މިފަދަ ބާލީހެއް ތައްޔާރު ކުރެވިދާނެއެވެ. މިފަދަ ބައެއްބާލީހުގެ ނަމޫނާ ތިރީގައި އެވަނީއެވެ.

 



މާބަނޑު ދުވަސްވަރު ހަންގަޑު ކަޅުވަނީ ކީއްވެ؟

hangadu-kalhuvanee-keeve-99މޫނުގައި އަދި ހަށިގަނޑުގެ އެހެނިހެން ތަންތަނުގައިވެސް ހަންގަޑުގައި ކަޅުކުލައިގެ ނުވަތަ އަދިރި ލަފު ނެގުމަކީ ބަލިވެއިނުމުން ބައެއް އަންހެނުންނަށް ދިމާވާ ޠަބީޢީ ކަމެކެވެ. މިއީ ގާތްގަޑަކަށް ބަލިވެއިންނަ މީހުންގެ ތެރެއިން 70% މީހުންނަށް ދިމާވާ ކަމެކެވެ. އާއްމުގޮތެއްގައި ހަނގަޑުގެ ކުލަ ކަޅު ނުވަތަ އަދިރި މީހުންނަށް މިހެންދިމާވާލެއް ގިނައެވެ. އަދި ހަމުގެ ކުލަ އަލި ނުވަތަ ދޮން މީހުންނަށް މިހެންދިމާވާލެއް މަދެވެ.



ވިހެއުމުގެ އަލާމާތްތައް

viheumuge-alaamatha-97ވިހާނީ ކޮންއިރަކުންކަން އެނގޭނެ އެއްވެސް އަލާމާތެއް ހުރޭހެއްޔެވެ؟ ނޫނެކެވެ. ކަޑައެޅިގެން މިވެނިއަލާމާތަކާއި ގުޅިގެން ވިހަންފަށާނެއެކޭ ބުނާކަށް ނޭގެއެވެ. އަދި މިވެނި ގަދިއަކު ވިހާނެއޭ ބުނާކަށްވެސް ނޭގޭނެއެވެ. އާއްމުގޮތެއްގައި ވިހެއުމުގެ މަހެއްހާ ދުވަސްކުރިން ދަރިފުޅު ދާނީ ދުނިޔެއަށް އައުމަށް ތައްޔާރު ވަމުންނެވެ. ގިނަފަހަރު މީގެ އެއްވެސް ހިލަމެއް މައިމީހާއަކަށް ނުވާނެއެވެ. ނަމަވެސް ބައެއްމައިންނަށް ކުރިންދިމާނުވާ ބައެއް އަލާމާތްތައް ފެނުމަކީ ވެދާނެ ކަމެކެވެ.



މާބަނޑު ދުވަސްވަރު ރޭކުރުން.

maa-bandu-dhuvasvaru-reykurun-94އާއެކެވެ. ބަލިވެއިނުން ޠަބީޢީކޮށް ބަލިވެއިންނަމަ ވިހަންވަންދެންވެސް ޖިންސީ ގުޅުން ހިންގުމަކީ މައްސަލައެއް ނޫނެވެ. ވުމާއެކު ޖިންސީ ގުޅުން ހިންގުމުގެ ކުރިން ޑޮކުޓަރަށް ދައްކައިގެން ބަލިވެއިނީ ޠަބީޢީކޮށްތޯ ބަލާށެވެ. ނުވަތަ ބަލިވެއިނުމުން ޖިންސީގުޅުން ހިންގުމަށް ހުރަސްއެޅޭފަދަ ކަމެއް ނެތްކަން ޔަގީންކުރާށެވެ. ރަހިމުގެ ކަރު ކުރުވުމާއި ފުޅާވުމާއި، ކުރިން ފަހަރެއްގައި ދުވަސް ނުފުރައި ވިހައިފައި ވުމާއި، ކުރިމަތި ފަރާތުން ފެން ނުވަތަ ލޭފެއިބުމާއި، 



ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.