ޞިއްޙަތު
މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން.... ނިދީގައި ނޭވާލާން އުދަގޫވުން ނުވަތަ ނޭވާ ނުލެވުމުގެ ބަލި (Obstructive Sleep Apnea)
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
މިހެން އާއްމުކޮށް ދިމާވަނީ ނިދީގައި ގުގުރިދަމާ މީހުންނަށެވެ. މިހެންދިމާވަނީ ނިދީގައި ނޭވާހޮޅި ބެދޭތީއެވެ. ވުމާއެކު ގަސްދަކާއި ނުލާ ނޭވާލާ ނޭވުލުން ހިދުކޮޅަކަށް ހުއްޓެނީއެވެ. މިގޮތަށް ނޭވާނުލެވި ދާނީ ވަރަށް ކުޑައިރުކޮޅަކަށެވެ. އަދިމިހެންވުމުން ނިދިން ހޭލެވި އަލުން ނޭވާލަވޭން ފަށައެވެ. ނިދީގައި މިގޮތަށް 100ވަރަކަށް ފަހަރުވެސް މިހެން ވެދާނެއެވެ. ނިދީގައި މިގޮތަށް ދިމާވާ ގިނަމީހުން ހެނދުނު ހޭލާއިރު މިކަމެއް ހަނދާނެއް ނުހުރެއެވެ.
މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން... މޭނުބައި ކުރުމާއި ހޮޑުލެވުން
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
މިހެން ދިމާވާ ސަބަބާއިމެދު ވަރަށްގިނަ ތިޔަރީތައް ވެއެވެ. ނަމަވެސް މިއިން އެއްވެސް ތިޔަރީއަކީ މުޅިން ފުރިހަމަ ތިޔަރީއެއް ނޫނެވެ. އެހެންގޮތަކަށް ބުނާނަމަ ބަލިވެއިނުމުން މޭނުބައިކުރުމާއި ހޮޑުލެވޭ ހަގީގީ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ.ނަމަވެސް ޖިސްމާނީގޮތުން ހަށިގަނޑަށް އަންނަ ގިނަގުނަ ބަދަލުތަކަކީ މިކަމުގެ ސަބަބެވެ. މިގޮތުން ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތަކަކީ މިހެން ދިމާވާން ޖެހޭ މައިގަނޑު ސަބަބު ކަމުގައި ވުމަކީ ވަރަށް ގާތް ކަމެކެވެ. އެހެނީ ހޯމޯނަށް އަންނަ މިބަދަލުތަކުގެ ސަބަބުން ރަހަޔާއި ވަހަށް އަދި ހަޖަމުކުރާ ނިޒާމަށް ވަރަށް ބޮޑެތި ބަދަލުތައް އާދެއެވެ.
މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން... ނިދިނައުން
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
އާއްމުގޮތެއްގައި ނިދިނާންނަނީ ނުވަތަ ނިދިން ހޭލެވެނީ ނިދަން އޮށޯވެ އޮންނަގޮތެއްގެ ސަބަބުން، ކުޑަކަމުދާން ޖެހިގެން، ފައިގަރިއްސާތީ ނުވަތަ މިފަދަ އެހެންވެސް ކަމެއް ދިމާވެގެންނެވެ. އަދި ބައެއްފަހަރު ފިކުރުބޮޑުވެ ނުތަނަވަސް ވުމަކީ ނިދިން ނައުމަށް ދިމާވާ އެއްސަބަބެވެ. ވުމާއިއެކު އާއްމުގޮތެއްގައި ނިދިނާންނަނީ ޖިސްމާނީގޮތުންނާއި ނަފުސާނީގޮތުން ދިމާވާ ނުތަނަވަސް ކަމެއްގެ ސަބަބުންނެވެ. ހާސްނުވާށެވެ. މާބަނޑުމީހުންގެ ތެރެއިން 78% މީހުންނަށް ނިދިނައުމާއި އަދިވެސް ނިދުމުގައިދިމާވާ މިފަދަ އުދަގޫތައް ދިމާވެއެވެ. އަދި މިކަމުގެ އުދާގޫ ގަޑީގެ ކަށްޓަށް ބަލަމުންދާނަމަ އިތުރަށް ބޮޑުވެގެންދާނެއެވެ. އެއީ ގަޑިއަށްބެލުމުން ނުތަނަވަސްކަން ދާނީ ހައްތަހާ އިތުރު ވަމުންނެވެ.
މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން.. މެއިން ގިނިނެގުން
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
މިއީ ބަލިވެއިނުމަށްފަހު ވަރަށްގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. ހާއްސަކޮށް ބަނޑަށް 4 މަސް ވުމަށްފަހުގައެވެ. މިގޮތުން ކަރުގެ އެތެރެއިން ފެށިގެން ގިނިނަގާގޮތް ވެއެވެ. މިހެންދިމާވަނި ބަލިވެއިނުމުން ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުގެ ސަބަބުންނެވެ. ވުމާއެކު ވިހަންދެންވެސް މިކަމުގެ އުދަގޫ ދޭތެރެދޭތެރެއިން ކުރަން ޖެހުމަކީ ވަރަށް ގާތް ކަމެކެވެ. ބަލިވެއިނުމުން ބަނޑުގައިވާ ދަރިފުޅުގެ މަހުން ގިނައަދަދަކަށް ޕްރޮޖެސްޓްރޯން ހޯމޯން އުފައްދައި މައިމީހާގެ ލޭގެތެރެއަށް ފޮނުވައެވެ.
މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެތެރެއިން.. އަވަސްއަވަހަށް ކުޑަކަމުދާން ތެދުވަން ޖެހުން.
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ބަލިވެއިނުމަށްފަހު އާއްމުގޮތެއްގައި ފާހާނާއަށް ދާންޖެހޭ ވަރަށްވުރެ އަވަސްއަވަހަށް ފާހާނާއަށް ދާން ޖެހުމަކީ ޠަބީޢީ ކަމެކެވެ. ސުވާލަކީ މިގޮތަށް އަވަސްއަވަހަށް ފާހާނާއަށް ދާންޖެހެނީ ކީއްވެގެންހެއްޔެވެ؟ މިހެންދިމާވާ މައިގަޑު ސަބަބަކީ ބަލިވެއިނުމުން އާދަޔާ ޚިލާފަށް ހަށިގަނޑުގައި އިތުރުވެގެންދާ ލޭގެސަބަބުންނެވެ. މިކަމުގެސަބަބުން ގުރުދާއިން ފުރާނައި ސާފުކުރާ ލެޔާއި މަސާނާއަށް ގެންދާ ކުޑަކަމުދާ އެއްޗެތީގެ މިންވަރުވެސް ވަރަށް ބޮޑުތަން އިތުރު ވެގެންދެއެވެ.
މާބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތައް
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ބަލިވެއިނުމަށްފަހު ނިދުމުގައި ވަރަށް ގިނަ ދަތިތަކާއި އުދަގޫތައް ދިމާވެއެވެ. ބަނޑު ބޮޑުވަނުންދާ ވަރަކަށް މިކަމުގެ އުދަގޫތައް ބޮޑުވާވަރު ދަނީ އިތުރުވަމުންނެވެ. ތިރީގައި އެވަނީ މިގޮތުން މާބަނޑު މީހުންނަށް ނިދުމުގައި ދިމާވާ ބައެއް އުދަގޫތަކެވެ.
ބަނޑު ދުވަސްވަރު ނިދުމުގައި ދިމާވާ އުދަގޫތަކުގެ ތެރެއިން.... އަރާމުގޮތަކަށް އޮށޯވެ އޮންނަން ދަތިވުން
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
އެނދުގައި އަރާމުގޮތަކަށް ހަމަޖެހިލައިގެން އޮށޯވެ އޮތުމަކީ ބަލިވެއިނުމަށްފަހު ދިމާވާ އެންމެ ބޮޑު އެއްއުދަގުލެވެ. ހާއްސަކޮށް ބަންޑުން ނުވަތަ އުއްޑުން ނިދަން އާދަވެފައިވާ މީހަކުނަމައެވެ. މިދެގޮތަކީވެސް މާބަނޑު ދުވަސްވަރު ނިދުމުގައި މައްސަލަތަކެއް ކުރިމަތި ކުރުވާ ގޮތްތަކެކެވެ. ބަލިވެއިންނަތާ ކުރީކޮޅުގައި ބަނޑުން އޮވެނިދާއިރު ބޮޑުވަމުންދާ އުރަމައްޗާއި ބަނޑުގެ ސަބަބުން ދަތިވާނެއެވެ.
މާބަނޑު މީހުންނަށް ނިދުމަށް އެހީއެއް.
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ބަނޑާއި ބުރަކަށްޓަށް ފަސޭހަވާގޮތަށް ބާލީސް ބޭނުން ކޮށްގެން މާބަނޑު ދުވަސްވަރުވެސް މައިމީހާއަށް އަރާމުކޮށް ނިދާލެވިދާނެއެވެ. އަރިއަކާސް ނިދަން އޮށޯވެ އޮންނައިރު ގުދުކޮށްލެވިފައިވާ ދެކަކޫ ހުޅުދޭތެރެއަށް ބާލީސް ލައިގެން ބުރިކަށީގައިވެސް ބާލީސް ޖެހޭގޮތަށް ބާއްވައިގެން ނިދާށެވެ. މިގޮތަށް ހަދައިފައިހުންނަ މާބަނޑުމީހުންނަށް ހާއްސަ ބާލީސް ހުރެއެވެ. އަމިއްލައަށްވެސް މިފަދަ ބާލީހެއް ތައްޔާރު ކުރެވިދާނެއެވެ. މިފަދަ ބައެއްބާލީހުގެ ނަމޫނާ ތިރީގައި އެވަނީއެވެ.
މާބަނޑު ދުވަސްވަރު ހަންގަޑު ކަޅުވަނީ ކީއްވެ؟
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
މޫނުގައި އަދި ހަށިގަނޑުގެ އެހެނިހެން ތަންތަނުގައިވެސް ހަންގަޑުގައި ކަޅުކުލައިގެ ނުވަތަ އަދިރި ލަފު ނެގުމަކީ ބަލިވެއިނުމުން ބައެއް އަންހެނުންނަށް ދިމާވާ ޠަބީޢީ ކަމެކެވެ. މިއީ ގާތްގަޑަކަށް ބަލިވެއިންނަ މީހުންގެ ތެރެއިން 70% މީހުންނަށް ދިމާވާ ކަމެކެވެ. އާއްމުގޮތެއްގައި ހަނގަޑުގެ ކުލަ ކަޅު ނުވަތަ އަދިރި މީހުންނަށް މިހެންދިމާވާލެއް ގިނައެވެ. އަދި ހަމުގެ ކުލަ އަލި ނުވަތަ ދޮން މީހުންނަށް މިހެންދިމާވާލެއް މަދެވެ.
ވިހެއުމުގެ އަލާމާތްތައް
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ވިހާނީ ކޮންއިރަކުންކަން އެނގޭނެ އެއްވެސް އަލާމާތެއް ހުރޭހެއްޔެވެ؟ ނޫނެކެވެ. ކަޑައެޅިގެން މިވެނިއަލާމާތަކާއި ގުޅިގެން ވިހަންފަށާނެއެކޭ ބުނާކަށް ނޭގެއެވެ. އަދި މިވެނި ގަދިއަކު ވިހާނެއޭ ބުނާކަށްވެސް ނޭގޭނެއެވެ. އާއްމުގޮތެއްގައި ވިހެއުމުގެ މަހެއްހާ ދުވަސްކުރިން ދަރިފުޅު ދާނީ ދުނިޔެއަށް އައުމަށް ތައްޔާރު ވަމުންނެވެ. ގިނަފަހަރު މީގެ އެއްވެސް ހިލަމެއް މައިމީހާއަކަށް ނުވާނެއެވެ. ނަމަވެސް ބައެއްމައިންނަށް ކުރިންދިމާނުވާ ބައެއް އަލާމާތްތައް ފެނުމަކީ ވެދާނެ ކަމެކެވެ.
މާބަނޑު ދުވަސްވަރު ރޭކުރުން.
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
އާއެކެވެ. ބަލިވެއިނުން ޠަބީޢީކޮށް ބަލިވެއިންނަމަ ވިހަންވަންދެންވެސް ޖިންސީ ގުޅުން ހިންގުމަކީ މައްސަލައެއް ނޫނެވެ. ވުމާއެކު ޖިންސީ ގުޅުން ހިންގުމުގެ ކުރިން ޑޮކުޓަރަށް ދައްކައިގެން ބަލިވެއިނީ ޠަބީޢީކޮށްތޯ ބަލާށެވެ. ނުވަތަ ބަލިވެއިނުމުން ޖިންސީގުޅުން ހިންގުމަށް ހުރަސްއެޅޭފަދަ ކަމެއް ނެތްކަން ޔަގީންކުރާށެވެ. ރަހިމުގެ ކަރު ކުރުވުމާއި ފުޅާވުމާއި، ކުރިން ފަހަރެއްގައި ދުވަސް ނުފުރައި ވިހައިފައި ވުމާއި، ކުރިމަތި ފަރާތުން ފެން ނުވަތަ ލޭފެއިބުމާއި،
އާއްމުގޮތެއްގައި ކުޑަދަރިފުޅު ރޯ ސަބަބުތައް
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ކުޑަކުދިން ރުއިމަކީ ކަންބޮޑުވާން ޖެހޭކަމެއްނޫނެވެ. މިއީ އެކުދިންނަށް ދިމާވާ ތަފާތު އުދަނގޫތައް މަންމައަށް ބުނެދެވޭ ހަމައެކަނި ގޮތެވެ. ނަމަވެސް ސުވާލަކީ ދަރިފުޅު އެރޮނީ ކޮންކަމެއް ބޭނުން ވެގެންކަން ދެނެގަންނާނީ ކިހިނެއް ހެއްޔެވެ؟ ކުރީކޮޅުގައި މިކަން ދެނެގަތުމަކީ ފަސޭހަކަމެއްނޫނެވެ. ނަމަވެސް ދުވަސްތަކާއިއެކު ދަރިފުޅުގެ އެދުންތައް މައިމީހާ ދެނެގަތުމުގައި އެއްވެސް ދަތިކަމެއް ކުރިމައްޗެއް ނުވާނެއެވެ.
ވިލާތު ހިމަބިހި German measles (Rubella)
- ޑރ. މުޙައްމަދު ފައިޞަލް
- 01 ޖަނަވަރީ 2010
ވިލާތު ހިމަބިއްސަކީ ވައިރަސްއެއްގެ ސަބަބުން ގައިންގަޔަށް އަރާ ބައްޔެކެވެ. މިބަލިން ރައްކާތެރިވުމަށްޓަކައި ދެވައްތަރެއްގެ ވަކުސިނެއްދެވެއެވެ. އެއީ އެމްއާރު ނުވަތަ އެމްއެމްއާރު އެވެ. ނަމަވެސް ދެރައީ މިދެވެކުސިނުން ކުރެ އެއްވެސް ވެކުސިނަކީ މާބަނޑު ދުވަސްވަރު ދިނުން ހުއްދަ ވެކުސިނެއް ނޫނެވެ. ވުމާއެކު ކުރިން ވެކުސިން ޖަހައިފައި ނެތްނަމަ މިބަލި ޖެހިފައިވާ މީހުންނާއި މުޅިން ދުރުހެލިވާށެވެ. އަދި ބަލިން ރަނގަޅުވާތާ ހަފުތާއެއް ނުވަނީސް ގެޔަށް ނުވައްދާށެވެ. އަދި އެފަދަ މީހަކު އުޅޭ ހިސާބަށް ނުދާށެވެ.













