ވާހަކަ
ޖާބިރު ޢަޘަރާތިލްކިރާމް
- ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު
- 04 ނޮވެމްބަރު 2010
ޚަލީފާ ސުލައިމާން ބިން ޢަބްދުލްމަލިކް ގެ ޒަމާނުގައި، އައްރައްޤާ އޭ ނަމަކަށް ކިޔުނު ރަށުގައި ޚުޒައިމާ ބިން ބިޝްރު ކިޔާ ބަނީއަސަދު ވަންހައިގެ މީހަކު އުޅުނެވެ. މީނާއަކީ ނިކަން ނިޢުމަތް ލިބިފައިވާ މުއްސަނދި، ފައިސާވެރި، މަހުޖަނެކެވެ. އެކަމަކު މުރުއްވަތްތެރިކަމާއި ދީލަތިކަމާއި މީސްތަކުންނަށް ހެޔޮފޯރުވުމާއި ރަހުމަތްތެރީންނަށް ހެޔޮކޮށް ހިތުމުގެ މާތް ސިފަތަކުގެ އަހުލުވެރިއެކެވެ. ދޭށޭ ބުނެފި މީހަކު ހުސްއަތާ ރައްދުނުކުރާ، އެއްޗަކަށް އެދެފި މީހަކު މަޙްރޫމުނުކުރާ، ހެޔޮފޯރުވުމަކަށް ނަމަ ފުރަގަސްނުދޭ މާތް މީހެކެވެ. ދީލަތިކަން އޭނާގެ މުދާ ހުސްކޮށްފުމަށް ދާންދެން އެގޮތުގައި އޭނާ ދެމިހުރެއްޖެއެވެ.
މުޖުރިމުކަލޭގެއާއި ފުލުހުންގެ ވެރިޔާ
- ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު
- 23 އޮކްޓޯބަރު 2010
އަދި ދެންނެވީމެވެ. މަނިކުފާނު ބޭނުން ގޮތެއް ހައްދަވާށެވެ. އޭނާއަކީ އަނިޔާލިބިފައިވާ މީހަކުކަމުގައި ދެކެވަޑައިގަންނަވާ ނަމަ އޭނާއަކީ އެމީހެއްގެ ކިބައިން އަނިޔާ ދުރުކޮށްދިނުން އެންމެ އައުލާވެގެންވާ މީހާއެވެ. އޭނާއީ މުޖުރިމެއް ކަމުގައި ދެކެވަޑައިގަންނަވާނަމަ އޭނާގެ ކަނދުރާގެ ބަދަލަށް އަހަރެން ގެ ކަނދުރާ މި އޮތީއެވެ. އަހަރެން ދިރިއުޅެ، އަމީރުލްމުއުމިނީންގެ ރުހުން ލިބި، މަނިކުފާނުގެ ފުލުހުންގެ ވެރިޔާކަމަށް ވުމަށް އަހަރެން ޤަތުލުވިޔަ ނުދީ ސަލާމަތްކޮށްދިނީ އޭނާއެވެ. އަހަރެން އަހަރެންގެ ދަރަނި އަދާކުރަނީއެވެ. އަހަރެން ސަލާމަތްކޮށްދިން ފަދައިން އަހަރެން އޭނާ ސަލާމަތްކޮށްދެނީއެވެ. އަހަރެން މިހުރީ ހުވަނދުލައި ތައްޔާރުވެގެން، ކަފުންވެސް ހިފައިގެން އައިހެވެ. ދަރީންނާއި އަހުލުވެރީންނަށް ވަދާޢުކިޔާފައި މަރާއި ކުރިމަތިލާން އައިހެވެ.
ކުޑަކުޑަ ސޯސަން
- ތަރުޖަމާ:އާދަމް ފަޔާޒު މުޙައްމަދު
- 16 އެޕްރީލް 2006
ކުޑަކުޑަ ސޯސަން ބިމުއަޑީގައި އޮތެވެ.
ކުޑަކުޑަ ސޯސަންގެ ހިތުގައި ވަނީ ޙައިރާންކަމެވެ. ބިމުއަޑީގެ އަނދިރިކަމާއި އެކަނިވެރިކަމެވެ. ފަޅުކަމާއި ނާމާންކަމެވެ.
އެއްދުވަހަކު ކުޑަކުޑަ ސޯސަން އޮތް ދިމާގެ ވެލިފަށަލާގައި ކޮންމެސް އެއްޗެއް ޓަކިޖަހާ އަޑު އިވުނެވެ.
'' ޓައް ޓައް ޓައް ''
ކުޑަކުޑަ ސޯސަން ހައިރާންކަމާއެކު ސުވާލުކުރިއެވެ.
'' ކާކު ޓަކިޖަހަނީ ؟ ''
ބޭރުން ޖަވާބު އައެވެ.
'' އަހަންނަކީ ވާރޭ .. .. އަހަރެން ވައްދާ ''
ކުޑަކުޑަ ސޯސަން ބިރުން އޮވެ ޖަވާބުދިނެވެ.
'' އޭ ވާރެއާ މިތަނުން ދޭ ! މަށަށް އުނދަގޫނުކޮށް މިތަނުން ދޭ ! ''
ވާރޭ މާޔޫސްވެގެން ހިނގައްޖެއެވެ.
އަނެއްކާ އެހެންދުވަހަކު އެއްޗެއްގެ ހިލަން ވެއްޖެއެވެ.
އެހެން އަޑެކެވެ.
'' ސީން ސީން ސީން ''
ކުޑަކުޑަ ސޯސަން ހައިރާން ކަމާއެކު ސުވާލުކުރިއެވެ.
'' ތީ ކާކު ؟ ''
ބޭރުން ޖަވާބު އައެވެ.
'' އަހަންނަކީ އަވި .. .. އަހަރެން ވައްދާ ''
ކުޑަކުޑަ ސޮސަން ބިރުން އޮވެފައި ޖަވާބުދިނެވެ.
'' އޭ އަތްވާ މިތަނުން ދޭ ! މަށަށް އުނދަގޫނުކޮށް މިތަނުން ދޭ ! ''
އަވި މާޔޫސްވެގެން ހިނގައްޖެއެވެ.
އަނެއްކާ ދުވަސްކޮޅެއްފަހުން ވާރެއާ އަތްވާ ދޭތި އައި އަޑު އިވުނެވެ.
'' ޓައް ޓައް ސީން ސީން ''
ކުޑަކުޑަ ސޯސަންގެ ޙައިރާން ކަމެއް ނެތެވެ. ބިރުވެތިކަމެއްވެސް ނެތެވެ.
ކުޑަކުޑަ ސޯސަން ވާރެއަށާއި އަތްވަށް މަރްޙަބާ ކިއެވެ. ވާރެއާ އަވި އެކީގައި އައުމުން ނޫނީ ކުޑަކުޑަ ސޯސަން އަކާ ބައްދަލެއް ނުކުރެވޭނެއެވެ.
ވާރެއާ އަވި ވަރަށް އުފަލުން، ކުޑަކުޑަ ސޯސަން އޮތް ވެލިގަނޑު ތެރެއަށް ވަނެވެ. އަދި ކުޑަކުޑަ ސޯސަން އާ ސަލާމްކުރިއެވެ.
ވާރެއާ އަވި އެކުއެކީގައި ބުންޏެވެ.
'' އަހަރެމެން މިއައީ ކުޑަކުޑަ ސޯސަން ބަލައި.. ހިނގާ އަހަރެމެންނާއެކު މައްޗަށް އަރަން. ''
ކުޑަކުޑަ ސޯސަން ވާރެއަށާއި އަތްވަށް ދެއަތް ދިއްކޮށްލިއެވެ.
ވާރެއާއި އަވި ކުޑަކުޑަ ސޯސަންގެ ދެއަތުގައި ހިފާ މައްޗަށް ނެގިއެވެ. ބިމުގެ މަތީ ވެލިފަށަލަ ކަހާލަމުންނެވެ.
ކުޑަކުޑަ ސޯސަން ދެލޯ ހުޅުވާލިއެވެ. ވަށައިގެންވާ މާހައުލަށް ބަލާލިއެވެ.
ފެހި ކުލައިގެ ވިނައެވެ. އާރޯ ތާޒާ ގަސްތަކެވެ. ފަރިވެ ފޮޅިފައިވާ އެކި ކުލަކުލައިގެ މާތަކެވެ. ރީތި ކުލަތައް އަރާ ކޮކާތަކާއި ބަޅިނދުތައް އެމާތަކަށް ޖައްސަ ޖައްސާފައި ފޮނިބޮނީއެވެ. އެކި ވައްތަރު ވައްތަރުގެ ދޫނިތައް ރީތި ރާގުރާގަށް ގޮވަނީއެވެ.
ކުޑަކުޑަ ސޯސަން އަށް ފެނުނީ ބަހާރު މޫސުމެއްގެ ހިތްގައިމު ބަގީޗާއެކެވެ.
ކުޑަކުޑަ ސޯސަން އުފަލުން ގޮސް ފޮޅިއްޖެއެވެ. ފޮޅިފައި އިން ރީތި މަލަކަށް ވެއްޖެއެވެ. ރީތި ފަރި ސޯސަންމަލަކަށެވެ.













