ކީރިތިރަސޫލާ އިތުބާރުހުރި ދީނީ މަޢްލޫމާތު، ޞިއްޙަތު، ޚަބަރު، އަދަބާއި ޘަޤާފަތް، ތަޢްލީމް، ޢާއިލާ، ކުޑަކުދިން، ޚިޔާލު އަދި މިނޫންވެސް ތަފާތު ދާއިރާތަކުގެ ލިޔުންތައް ، މި ސައިޓުން ވިދާޅުވެވޭނެ http://www.kavaasaa.com/kudakudhin/rasoolaa/ Thu, 13 Sep 2018 22:31:57 +0200 Joomla! - Open Source Content Management en-gb ކީރިތި ރަސޫލާގެ ބޭފުޅުންތައް http://www.kavaasaa.com/kudakudhin/rasoolaa/keerithi-rasoolage-beyfilhun.html http://www.kavaasaa.com/kudakudhin/rasoolaa/keerithi-rasoolage-beyfilhun.html

abnaa-1ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޚަދީޖަތު ބިންތު ޚުވައިލުދު އާ ކާވެނިބައްލަވައިގަތީ، އެކަލޭގެފާނުންގެ ޢުމުރުފުޅުން ފަންސަވީސް އަހަރުގައެވެ. މާނައަކީ ރަސޫލުކަމާއިގެން ފޮނުއްވުމުގެ ފަނަރަ އަހަރު ކުރިންނެވެ. ޚަދީޖަތުގެފާނަކީ، ޚުލްޤުފުޅާއި ހެޔޮފުޅުކަމުން، އެފަދަ ދެވަނައެއް ނެތް ބޭކަނބަލެކެވެ. އެކަމަނާ، ކީރިތި ރަސޫލާއަށް ވަރަސް ހެޔޮކޮށް ހިއްތަވައެވެ. އަދި ރަސޫލާގެ ޤަދަރުފުޅަށް ބަހައްޓަންޖެހޭ އިޙްތިރާމު ބަހައްޓަވައެވެ. އަދި އެކަމަނާ އުޅުއްވަމުން ދިޔައީ ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގެން، އުފާފުޅުގައެވެ. ކީރިތި ރަސޫލާއަށް ލިބިވަޑައިގަތީ ޖުމުލަ ހަތް ބޭފުޅުންނެވެ. އެއީ ފިރިހެން ތިން ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުންނެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ކީރިތިރަސޫލާ Sun, 16 Apr 2006 10:33:21 +0200
ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުގައި ކުޑަކުދިން http://www.kavaasaa.com/kudakudhin/rasoolaa/rasoola-arihuga-kudakudhina.html http://www.kavaasaa.com/kudakudhin/rasoolaa/rasoola-arihuga-kudakudhina.html

atfaalކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވެވަޑައިގެންފައިވަނީ، މީސްތަކުންނަށް ހެޔޮފުޅު، މީހުންނާ ހެޔޮކޮށް މުޢާމަލާތު ކުރައްވާ ބޭކަލެއް ކަމުގައެވެ. އެހެންވެ އެކަލޭގެފާނުގެ އަޚްލާޤަކީ އެއީ ހެޔޮ ނަމޫނާއެއްކަމުގެ މިސާލު ވެސް ޖެހެއެވެ. ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަޚްލާޤްފުޅަށް މަދަޙަ ކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވަނީ: وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ

މާނައަކީ: ''އަދި ހަމަކަށަވަރުން ކަލޭގެފާނީ މަތިވެރި ޚުލްޤެއްގެ ވެރި ބޭކަލެކެވެ.''( އަލްޤަލަމް:4)

ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުޑަކުދިންނަށް ވެސް ވަރަށް އޯގާތެރިވެވަޑައިގަތެވެ. އަދި އެ ކުދިން އުފާވާނެ ގޮތްގޮތަށް ކަންތައް ކުރެއްވިއެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ކީރިތިރަސޫލާ Sun, 16 Apr 2006 08:41:23 +0200