ނަބީބޭކަލުން
އާދަމް ޢަލައިހިއްސަލާމް ... އެންމެންގެ ބައްޕަ
- އިސްމާޢީލް ނާޖީ
- 16 އެޕްރީލް 2006
ހުރިހާ ޒަމާނެއްގައި، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި ތިބި، ހުރިހާ އިންސާނުންނަކީ ވެސް އެއް ބައްޕައަކާއި އެއް މަންމައެއްގެ ދަރިންނެވެ. އެއީ ''އާދަމްގެފާނު'' އަދި ''ޙައްވާގެފާނު'' އެވެ.
އާދަމްގެފާނަކީ މާތް ﷲ އުފެއްދެވި އެންމެ ފުރަތަމަ މަޚްލޫޤެއް ނޫނެވެ. އާދަމުގެފާނަށް ވުރެ ކުރިން، މާތް ﷲ، އުޑުތަކާއި ބިންތަކާއި މަލައިކަތުންނާއި ޖިންނީން އުފެއްދެވިއެވެ. ﷲ މަލާއިކަތުން ހައްދަވާފައި ވަނީ ނޫރުންނެވެ. ޖިންނީން އުފެއްދެވީ އަލިފާނުންނެވެ.













