އިސްލާމްދީން
އެންމެ ވަރުގަދަ ލަޝްކަރު
- އުސާމް މުޙައްމަދު ސަޢީދު
- 16 އޯގަސްޓު 2011
މުސްލިމުންގެ ހަތަރުވަނަ ޚަލީފާ ޢަލީ ރަޟިޔަﷲ ޢަންހު ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ ކޮބައިތޯ އެވެ؟ ޖަވާބުގައި ޢަލީގެފާނު ވިދާޅުވިއެވެ.
ތިމަން ކަލޭގެފާނު ދަގަނޑާ މެދު ވިސްނާލި އިރު ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ، ދަގަނޑު ކަމުގައި ދުށީމެވެ.
އިސްލާމް ދީނަކީ...
- އިސްމާޢީލް ނާޖީ
- 04 ޑިސެމްބަރު 2006
''އިސްލާމް'' މިއީ ޢަރަބި ބަހެކެވެ. މި ބަހުގެ މާނައަކީ، ﷲ އަށް ކިޔަމަންވެ، ބޯލަނބައި، އެ ކަލާނގެ އަމުރުފުޅުތަކާ އެއްގޮތްވާގޮތުގެ މަތިން ކަންތައްތައް ކުރުމެވެ.
''އިސްލާމް'' ދީނުގެ އަހުލުވެރިންނަށް ކިޔަނީ ''މުސްލިމް'' އެވެ. މުސްލިމްގެ މާނައަކީ، ﷲ އަށް ކިޔަމަންގަންނަ މީހާއެވެ. އަދި އެ ކަލާނގެ އަށް ބޯލަނބައި އެ ކަލާނގެ އަމުރުފުޅުތަކާ އެއްގޮތަށް ކަންތައް ކުރާ މީހާއެވެ. ހަމައެކަނި މާތް ﷲ އަޅުކަން ކޮށް، އެ ކަލާނގެ ފޮނުއްވި ހުރިހާ ނަބީން ތެދުކޮށް، އެކަލާނގެ ޝަރީޢަތަށް ތަބާވެއްޖެނަމަ އެއީ މުސްލިމެކެވެ.
ﷲ އަށް އީމާންވުން
- އިސްމާޢީލް ނާޖީ
- 04 ޑިސެމްބަރު 2006
ﷲ އަށް އީމާންވުމަކީ، އީމާންކަމުގެ ހަ ރުކުނުގެ ތެރެއިން ފުރަތަމަ ރުކުނެވެ. މީގެ އިތުރަށް ހިމެނޭ ރުކުންތަކަކީ: މަލާއިކަތްބޭކަލުންނަށް އީމާންވުން، ބާވައިލެއްވި ފޮތްތަކަށް އީމާންވުން، ރަސޫލުބޭކަލުންނަށް އީމާންވުން، އާޚިރަތް ދުވަހަށް އީމާންވުން، ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުން، މިއެވެ.
ﷲ އަށް އީމާންވުމުގެ މާނައަކީ، އެއްކައުވަންތަ އިލާހެއް ވާ ކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ. އެ ކަލާނގެ އަކީ، މިއޮތް ބޮޑު ކައުނު ހެއްދެވި ކަލާނގެއެވެ. ދުނިޔޭގައިވާހާ ކަނޑުތަކާއި ކޯރުތަކާއި، ފަރުބަދަތަކާއި ގަސްތަކާއި، ޖަނަވާރާއި ދޫނި ސޫފާސޫފި ހެއްދެވީ ވެސް އެ ކަލާނގެ ކަން ޤަބޫލު ކުރުމެވެ. އަދި އަހަރެމެން













