ކުޑަކުދިންގެ އިތުބާރުހުރި ދީނީ މަޢްލޫމާތު، ޞިއްޙަތު، ޚަބަރު، އަދަބާއި ޘަޤާފަތް، ތަޢްލީމް، ޢާއިލާ، ކުޑަކުދިން، ޚިޔާލު އަދި މިނޫންވެސް ތަފާތު ދާއިރާތަކުގެ ލިޔުންތައް ، މި ސައިޓުން ވިދާޅުވެވޭނެ http://www.kavaasaa.com/kudakudhin/ Thu, 13 Sep 2018 21:58:47 +0200 Joomla! - Open Source Content Management en-gb އެންމެ ވަރުގަދަ ލަޝްކަރު http://www.kavaasaa.com/kudakudhin/islamdheen/enme-varugadha-lashkaru.html http://www.kavaasaa.com/kudakudhin/islamdheen/enme-varugadha-lashkaru.html

laskaruމުސްލިމުންގެ ހަތަރުވަނަ ޚަލީފާ ޢަލީ ރަޟިޔަﷲ ޢަންހު ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ ކޮބައިތޯ އެވެ؟ ޖަވާބުގައި ޢަލީގެފާނު ވިދާޅުވިއެވެ.

ތިމަން ކަލޭގެފާނު ދަގަނޑާ މެދު ވިސްނާލި އިރު ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ، ދަގަނޑު ކަމުގައި ދުށީމެވެ.

]]>
nooru@kavaasaa.com (އުސާމް މުޙައްމަދު ސަޢީދު) އިސްލާމްދީން Tue, 16 Aug 2011 07:12:40 +0200
ޖާބިރު ޢަޘަރާތިލްކިރާމް http://www.kavaasaa.com/kudakudhin/vaahaka/jaabir-asarathil-kiraam.html http://www.kavaasaa.com/kudakudhin/vaahaka/jaabir-asarathil-kiraam.html

jaabir-asarathil-kiraamޚަލީފާ ސުލައިމާން ބިން ޢަބްދުލްމަލިކް ގެ ޒަމާނުގައި، އައްރައްޤާ އޭ ނަމަކަށް ކިޔުނު ރަށުގައި ޚުޒައިމާ ބިން ބިޝްރު ކިޔާ ބަނީއަސަދު ވަންހައިގެ މީހަކު އުޅުނެވެ. މީނާއަކީ ނިކަން ނިޢުމަތް ލިބިފައިވާ މުއްސަނދި، ފައިސާވެރި، މަހުޖަނެކެވެ. އެކަމަކު މުރުއްވަތްތެރިކަމާއި ދީލަތިކަމާއި މީސްތަކުންނަށް ހެޔޮފޯރުވުމާއި ރަހުމަތްތެރީންނަށް ހެޔޮކޮށް ހިތުމުގެ މާތް ސިފަތަކުގެ އަހުލުވެރިއެކެވެ. ދޭށޭ ބުނެފި މީހަކު ހުސްއަތާ ރައްދުނުކުރާ، އެއްޗަކަށް އެދެފި މީހަކު މަޙްރޫމުނުކުރާ، ހެޔޮފޯރުވުމަކަށް ނަމަ ފުރަގަސްނުދޭ މާތް މީހެކެވެ. ދީލަތިކަން އޭނާގެ މުދާ ހުސްކޮށްފުމަށް ދާންދެން އެގޮތުގައި އޭނާ ދެމިހުރެއްޖެއެވެ.

]]>
nooru@kavaasaa.com (ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު) ވާހަކަ Thu, 04 Nov 2010 20:35:37 +0200
މުޖުރިމުކަލޭގެއާއި ފުލުހުންގެ ވެރިޔާ http://www.kavaasaa.com/kudakudhin/vaahaka/mujrim-kaleyge-aa-fuluhunge-veriya.html http://www.kavaasaa.com/kudakudhin/vaahaka/mujrim-kaleyge-aa-fuluhunge-veriya.html

sifiange_veryiyaއަދި ދެންނެވީމެވެ. މަނިކުފާނު ބޭނުން ގޮތެއް ހައްދަވާށެވެ. އޭނާއަކީ އަނިޔާލިބިފައިވާ މީހަކުކަމުގައި ދެކެވަޑައިގަންނަވާ ނަމަ އޭނާއަކީ އެމީހެއްގެ ކިބައިން އަނިޔާ ދުރުކޮށްދިނުން އެންމެ އައުލާވެގެންވާ މީހާއެވެ. އޭނާއީ މުޖުރިމެއް ކަމުގައި ދެކެވަޑައިގަންނަވާނަމަ އޭނާގެ ކަނދުރާގެ ބަދަލަށް އަހަރެން     ގެ ކަނދުރާ މި އޮތީއެވެ. އަހަރެން ދިރިއުޅެ، އަމީރުލްމުއުމިނީންގެ ރުހުން ލިބި، މަނިކުފާނުގެ ފުލުހުންގެ ވެރިޔާކަމަށް ވުމަށް އަހަރެން ޤަތުލުވިޔަ ނުދީ ސަލާމަތްކޮށްދިނީ އޭނާއެވެ. އަހަރެން އަހަރެންގެ ދަރަނި އަދާކުރަނީއެވެ. އަހަރެން ސަލާމަތްކޮށްދިން ފަދައިން އަހަރެން އޭނާ ސަލާމަތްކޮށްދެނީއެވެ. އަހަރެން މިހުރީ ހުވަނދުލައި ތައްޔާރުވެގެން، ކަފުންވެސް ހިފައިގެން އައިހެވެ. ދަރީންނާއި އަހުލުވެރީންނަށް ވަދާޢުކިޔާފައި މަރާއި ކުރިމަތިލާން އައިހެވެ.

]]>
nooru@kavaasaa.com (ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު) ވާހަކަ Sat, 23 Oct 2010 21:51:06 +0200
އަމާނާތްތެރިކަން http://www.kavaasaa.com/kudakudhin/akhlaaq/amaaatherkan.html http://www.kavaasaa.com/kudakudhin/akhlaaq/amaaatherkan.html

amaanai1އަވައްޓެރިއަކު ނުވަތަ ރައްޓެއްސަކު، ކޮއްކޮ އަތަށް ރައްކާކުރަން ފައިސާ ނުވަތަ އެހެން ވެސް އެއްޗެއް ދީފައި، ފަހުން އެ އަނބުރާ ދޭން ބުނުމުން، އެއިން އެއްވެސް އެއްޗެއް މަދު ނުކޮށް އަނބުރާ ދިނުމުން، ކޮއްކޮ ވާނީ ތެދުވެރި އަމާނާތްތެރި ކުއްޖަކަށެވެ.

އަމާނާތަކީ، މީހަކު ފަހުން އަތުލަން ކޮއްކޮ އަތުގައި ބަހައްޓާފައި ހުންނަ އެއްޗެއްސެވެ. ވީމާ މިފަދަ އެއްޗެއް ގެއްލުވާލާ ނުވަތަ ހަލާކުކޮށްގެން ނުވާނެއެވެ. އަދި ކުރަން ހަވާލުކޮށްފައިވާ

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) އަޚްލާޤު Mon, 04 Dec 2006 07:00:00 +0200
މައިންބަފައިންނަށް ކަމޭހިތުން http://www.kavaasaa.com/kudakudhin/akhlaaq/mainbafain-nah-kamey-hithun.html http://www.kavaasaa.com/kudakudhin/akhlaaq/mainbafain-nah-kamey-hithun.html

mainbafain1މައިންބަފައިންނަށް ކަމޭހިތުމަކީ ކޮބައިކަން ތިކުދިންނަށް އެނގޭހެއްޔެވެ؟ މައިންބަފައިންނަށް ކަމޭހިތުމަކީ މައިންބަފައިންގެ ބަސް އަހައި، އެ މީހުންނަށް އިޙްތިރާމްކޮށް، އެ މީހުން ދެކެ ލޯބިވެ، އަދި އެހީތެރިވެވޭ ހުރިހާ ގޮތަކުން މައިންބަފައިންނަށް އެހީތެރިވުމެވެ. އަދި މައިންބަފައިންނާ އެކު ވާހަކަ ދައްކާއިރު އަދަބުވެރިކަމާ އެކު ވާހަކަ ދައްކާ މާތްކޮށް ހިތުމެވެ. އަދި މައިންބަފައިން ވާހަކަ ދައްކަންޏާ އެ ވާހަކައެއް ކަނުލާ އަޑު އަހާ، އެ މީހުން ކުރިމަތީގައި ރުޅިވެރިކަމާއެކު ނުވަތަ ހަރު އަޑުން ވާހަކަ ނުދެއްކުމެވެ. އަދި މައިންބަފައިން ދެކެ ރުޅި ނައުމެވެ. އަދި މައިންބަފައިންނަށް ރުޅި މޫނު ނުދެއްކުމެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) އަޚްލާޤު Mon, 04 Dec 2006 07:00:00 +0200
ދީލަތިކަން http://www.kavaasaa.com/kudakudhin/akhlaaq/dheelathi-kan.html http://www.kavaasaa.com/kudakudhin/akhlaaq/dheelathi-kan.html

dheelathi1ދީލަތިކަމަކީ ވަރަށް ރީތި ވަރަށް ރަނގަޅު ސިފައެކެވެ. ދީލަތި މީހުން ދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ. އަދި ދީލަތި މީހުންދެކެ މީހުންވެސް ލޯބިވެއެވެ. ދީލަތިކަމަކީ ރަނގަޅު ސިފައަކަށް ވީމާ، އިސްލާމް ދީން ވަނީ އެންމެންވެސް ދީލަތި ވުމަށް ގޮވާލާފައެވެ. ދީލަތިކަމުގެ އިދިކޮޅު ސިފައަކީ ދަހިކަމެވެ. ދަހި ކަމަކީ ވަރަށް ހަޑި ސިފައެކެވެ. އަދި އިސްލާމް ދީން މަނާ ކުރާ ކަމެކެވެ.

ދީލަތި ވުމަށް އިސްލާމް ދީން ގޮވާލާފައި ވެއެވެ. އަދި ހޭދަ ކުރުމަށް ދީން ބާރު އަޅައެވެ. ސަބަބަކީ އެއް ބަޔަކު އަނެއް ބަޔަކަށް އެއްޗެހި ދީ ހެދުމުން، އެ މީހުންގެ ތެރެގައި ލޯތްބާއި އެކުވެރިކަން އުފެދެއެވެ. އޭރުން މުޅި މުޖްތަމަޢް ގައި ވެސް އޮންނާނީ ލޯތްބާއި

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) އަޚްލާޤު Mon, 04 Dec 2006 07:00:00 +0200
އިސްލާމް ދީނަކީ... http://www.kavaasaa.com/kudakudhin/islamdheen/islam-dheenakee.html http://www.kavaasaa.com/kudakudhin/islamdheen/islam-dheenakee.html

islam_dheenakee1''އިސްލާމް'' މިއީ ޢަރަބި ބަހެކެވެ. މި ބަހުގެ މާނައަކީ، ﷲ އަށް ކިޔަމަންވެ، ބޯލަނބައި، އެ ކަލާނގެ އަމުރުފުޅުތަކާ އެއްގޮތްވާގޮތުގެ މަތިން ކަންތައްތައް ކުރުމެވެ.

''އިސްލާމް'' ދީނުގެ އަހުލުވެރިންނަށް ކިޔަނީ ''މުސްލިމް'' އެވެ. މުސްލިމްގެ މާނައަކީ، ﷲ އަށް ކިޔަމަންގަންނަ މީހާއެވެ. އަދި އެ ކަލާނގެ އަށް ބޯލަނބައި އެ ކަލާނގެ އަމުރުފުޅުތަކާ އެއްގޮތަށް ކަންތައް ކުރާ މީހާއެވެ. ހަމައެކަނި މާތް ﷲ އަޅުކަން ކޮށް، އެ ކަލާނގެ ފޮނުއްވި ހުރިހާ ނަބީން ތެދުކޮށް، އެކަލާނގެ ޝަރީޢަތަށް ތަބާވެއްޖެނަމަ އެއީ މުސްލިމެކެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) އިސްލާމްދީން Mon, 04 Dec 2006 07:00:00 +0200
ﷲ އަށް އީމާންވުން http://www.kavaasaa.com/kudakudhin/islamdheen/allah-ah-eeman-vun.html http://www.kavaasaa.com/kudakudhin/islamdheen/allah-ah-eeman-vun.html

eman1ﷲ އަށް އީމާންވުމަކީ، އީމާންކަމުގެ ހަ ރުކުނުގެ ތެރެއިން ފުރަތަމަ ރުކުނެވެ. މީގެ އިތުރަށް ހިމެނޭ ރުކުންތަކަކީ: މަލާއިކަތްބޭކަލުންނަށް އީމާންވުން، ބާވައިލެއްވި ފޮތްތަކަށް އީމާންވުން، ރަސޫލުބޭކަލުންނަށް އީމާންވުން، އާޚިރަތް ދުވަހަށް އީމާންވުން، ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުން، މިއެވެ.

ﷲ އަށް އީމާންވުމުގެ މާނައަކީ، އެއްކައުވަންތަ އިލާހެއް ވާ ކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ. އެ ކަލާނގެ އަކީ، މިއޮތް ބޮޑު ކައުނު ހެއްދެވި ކަލާނގެއެވެ. ދުނިޔޭގައިވާހާ ކަނޑުތަކާއި ކޯރުތަކާއި، ފަރުބަދަތަކާއި ގަސްތަކާއި، ޖަނަވާރާއި ދޫނި ސޫފާސޫފި ހެއްދެވީ ވެސް އެ ކަލާނގެ ކަން ޤަބޫލު ކުރުމެވެ. އަދި އަހަރެމެން

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) އިސްލާމްދީން Mon, 04 Dec 2006 07:00:00 +0200
ޖަމަލު : ސަހަރާގެ ސަވާރީ http://www.kavaasaa.com/kudakudhin/mauloomath/jamalu-savaaree.html http://www.kavaasaa.com/kudakudhin/mauloomath/jamalu-savaaree.html

jamalu1ޖަމަލަކީ އޮޅު ޖަނަވާރެކެވެ. އިންސާނުން މީގެ އެތައް ހާސް އަހަރެއްގެކުރިން ފެށިގެން އަންނަނީ އޭގެ ބޭނުންކުރަމުންނެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ މިޖަނަވާރަށް، ޢަޖާއިބުކުރަނިވި ކުޅަދާނަކަން ދެއްވާފައިވެއެވެ. އޭގެ ސަބަބުން، ގަސްޖަހާގެއްސާއި ފެން، ވަރަށް މަދުންނޫނީ ނުހުންނަ، މުޅިން ވެލި ހުންނަ ބޮޑެތި ސަހަރާތަކުގައި، އެތައް ދުރުމިނަކަށް ދަތުރުކޮށް އުޅުމުގެ ޤާބިލުކަން ޖަމަލަށް ލިބިގެންވެއެވެ.

]]>
moorith@kavaasaa.com (ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު) މަޢްލޫމާތު Sat, 04 Nov 2006 07:00:00 +0200
ފަލަކީ ޢިލްމުގައި މުސްލިމުންގެ ބައިވެރިވުން http://www.kavaasaa.com/kudakudhin/mauloomath/falakee-ilmu-muslimunge-baiverivun.html http://www.kavaasaa.com/kudakudhin/mauloomath/falakee-ilmu-muslimunge-baiverivun.html

falakee-ilmu-muslimun1މުސްލިމުންގެ ގާތުގައި ފަލަކީ ޢިލްމު ކުރިއަރައިގެން ދިއުމުގައި އިސްލާމުދީންނަށް މުހިއްމު ދައުރެއް ލިބިގެންވެއެވެ. މުސްލިމުން އެންމެފުރަތަމަ އިރުއެރުމުގެ ކުރިން، ފަތިސް ނަމާދުކުރުމަށްޓަކައި ފަޖުރުގެ ވަގުތު ބަލައެވެ. އެއަށްފަހު ރޭގަނޑުވުމުން ޢިޝާ ނަމާދުކުރުމަށްޓަކައި އެކަމުގެ ޢަލާމާތްތަކަށް ބަލައެވެ. އެދެނަމާދުގެ ދެމެދުގައިވާ ވަގުތުތައް ބެލުމަށްޓަކައިވެސް، އިރުގެ ޙަރަކާތްތައް މުސްލިމުން މުތާބަޢާކުރެއެވެ. އެއީ މެންދުރުނަމާދާއި، ޢަޞްރުނަމާދާއި، މަޣްރިބު ނަމާދުގެ ވަގުތުތަކެކެވެ. ކޮންމެ ނަމާދެއްވެސް ވަގުތަށް އަދާކުރެވޭނީ މިވަގުތުތައް ރަނގަޅަށް އެނގިގެންކަމަށްވާތީއެވެ.

]]>
moorith@kavaasaa.com (ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު) މަޢްލޫމާތު Mon, 04 Sep 2006 15:35:38 +0300
ކުޑަކުޑަ ސޯސަން http://www.kavaasaa.com/kudakudhin/vaahaka/kuda-kuda-sausan.html http://www.kavaasaa.com/kudakudhin/vaahaka/kuda-kuda-sausan.html

kuda-kuda-sausanކުޑަކުޑަ ސޯސަން ބިމުއަޑީގައި އޮތެވެ.

ކުޑަކުޑަ ސޯސަންގެ ހިތުގައި ވަނީ ޙައިރާންކަމެވެ. ބިމުއަޑީގެ އަނދިރިކަމާއި އެކަނިވެރިކަމެވެ. ފަޅުކަމާއި ނާމާންކަމެވެ.

އެއްދުވަހަކު ކުޑަކުޑަ ސޯސަން އޮތް ދިމާގެ ވެލިފަށަލާގައި ކޮންމެސް އެއްޗެއް ޓަކިޖަހާ އަޑު އިވުނެވެ.

'' ޓައް ޓައް ޓައް ''

ކުޑަކުޑަ ސޯސަން ހައިރާންކަމާއެކު ސުވާލުކުރިއެވެ.

'' ކާކު ޓަކިޖަހަނީ ؟ ''

ބޭރުން ޖަވާބު އައެވެ.

'' އަހަންނަކީ ވާރޭ .. .. އަހަރެން ވައްދާ ''

ކުޑަކުޑަ ސޯސަން ބިރުން އޮވެ ޖަވާބުދިނެވެ.

'' އޭ ވާރެއާ މިތަނުން ދޭ ! މަށަށް އުނދަގޫނުކޮށް މިތަނުން ދޭ ! ''

ވާރޭ މާޔޫސްވެގެން ހިނގައްޖެއެވެ.

އަނެއްކާ އެހެންދުވަހަކު އެއްޗެއްގެ ހިލަން ވެއްޖެއެވެ.

އެހެން އަޑެކެވެ.

'' ސީން ސީން ސީން ''

ކުޑަކުޑަ ސޯސަން ހައިރާން ކަމާއެކު ސުވާލުކުރިއެވެ.

'' ތީ ކާކު ؟ ''

ބޭރުން ޖަވާބު އައެވެ.

'' އަހަންނަކީ އަވި .. .. އަހަރެން ވައްދާ ''

ކުޑަކުޑަ ސޮސަން ބިރުން އޮވެފައި ޖަވާބުދިނެވެ.

'' އޭ އަތްވާ މިތަނުން ދޭ ! މަށަށް އުނދަގޫނުކޮށް މިތަނުން ދޭ ! ''

އަވި މާޔޫސްވެގެން ހިނގައްޖެއެވެ.

އަނެއްކާ ދުވަސްކޮޅެއްފަހުން ވާރެއާ އަތްވާ ދޭތި އައި އަޑު އިވުނެވެ.

'' ޓައް ޓައް ސީން ސީން ''

ކުޑަކުޑަ ސޯސަންގެ ޙައިރާން ކަމެއް ނެތެވެ. ބިރުވެތިކަމެއްވެސް ނެތެވެ.

ކުޑަކުޑަ ސޯސަން ވާރެއަށާއި އަތްވަށް މަރްޙަބާ ކިއެވެ. ވާރެއާ އަވި އެކީގައި އައުމުން ނޫނީ ކުޑަކުޑަ ސޯސަން އަކާ ބައްދަލެއް ނުކުރެވޭނެއެވެ.

ވާރެއާ އަވި ވަރަށް އުފަލުން، ކުޑަކުޑަ ސޯސަން އޮތް ވެލިގަނޑު ތެރެއަށް ވަނެވެ. އަދި ކުޑަކުޑަ ސޯސަން އާ ސަލާމްކުރިއެވެ.

ވާރެއާ އަވި އެކުއެކީގައި ބުންޏެވެ.

'' އަހަރެމެން މިއައީ ކުޑަކުޑަ ސޯސަން ބަލައި.. ހިނގާ އަހަރެމެންނާއެކު މައްޗަށް އަރަން. ''

ކުޑަކުޑަ ސޯސަން ވާރެއަށާއި އަތްވަށް ދެއަތް ދިއްކޮށްލިއެވެ.

ވާރެއާއި އަވި ކުޑަކުޑަ ސޯސަންގެ ދެއަތުގައި ހިފާ މައްޗަށް ނެގިއެވެ. ބިމުގެ މަތީ ވެލިފަށަލަ ކަހާލަމުންނެވެ.

ކުޑަކުޑަ ސޯސަން ދެލޯ ހުޅުވާލިއެވެ. ވަށައިގެންވާ މާހައުލަށް ބަލާލިއެވެ.

ފެހި ކުލައިގެ ވިނައެވެ. އާރޯ ތާޒާ ގަސްތަކެވެ. ފަރިވެ ފޮޅިފައިވާ އެކި ކުލަކުލައިގެ މާތަކެވެ. ރީތި ކުލަތައް އަރާ ކޮކާތަކާއި ބަޅިނދުތައް އެމާތަކަށް ޖައްސަ ޖައްސާފައި ފޮނިބޮނީއެވެ. އެކި ވައްތަރު ވައްތަރުގެ ދޫނިތައް ރީތި ރާގުރާގަށް ގޮވަނީއެވެ.

ކުޑަކުޑަ ސޯސަން އަށް ފެނުނީ ބަހާރު މޫސުމެއްގެ ހިތްގައިމު ބަގީޗާއެކެވެ.

ކުޑަކުޑަ ސޯސަން އުފަލުން ގޮސް ފޮޅިއްޖެއެވެ. ފޮޅިފައި އިން ރީތި މަލަކަށް ވެއްޖެއެވެ. ރީތި ފަރި ސޯސަންމަލަކަށެވެ.

]]>
adamfayaz@kavaasaa.com (ތަރުޖަމާ:އާދަމް ފަޔާޒު މުޙައްމަދު) ވާހަކަ Sun, 16 Apr 2006 10:36:10 +0200
ކީރިތި ރަސޫލާގެ ބޭފުޅުންތައް http://www.kavaasaa.com/kudakudhin/rasoolaa/keerithi-rasoolage-beyfilhun.html http://www.kavaasaa.com/kudakudhin/rasoolaa/keerithi-rasoolage-beyfilhun.html

abnaa-1ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޚަދީޖަތު ބިންތު ޚުވައިލުދު އާ ކާވެނިބައްލަވައިގަތީ، އެކަލޭގެފާނުންގެ ޢުމުރުފުޅުން ފަންސަވީސް އަހަރުގައެވެ. މާނައަކީ ރަސޫލުކަމާއިގެން ފޮނުއްވުމުގެ ފަނަރަ އަހަރު ކުރިންނެވެ. ޚަދީޖަތުގެފާނަކީ، ޚުލްޤުފުޅާއި ހެޔޮފުޅުކަމުން، އެފަދަ ދެވަނައެއް ނެތް ބޭކަނބަލެކެވެ. އެކަމަނާ، ކީރިތި ރަސޫލާއަށް ވަރަސް ހެޔޮކޮށް ހިއްތަވައެވެ. އަދި ރަސޫލާގެ ޤަދަރުފުޅަށް ބަހައްޓަންޖެހޭ އިޙްތިރާމު ބަހައްޓަވައެވެ. އަދި އެކަމަނާ އުޅުއްވަމުން ދިޔައީ ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގެން، އުފާފުޅުގައެވެ. ކީރިތި ރަސޫލާއަށް ލިބިވަޑައިގަތީ ޖުމުލަ ހަތް ބޭފުޅުންނެވެ. އެއީ ފިރިހެން ތިން ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުންނެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ކީރިތިރަސޫލާ Sun, 16 Apr 2006 10:33:21 +0200
ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުގައި ކުޑަކުދިން http://www.kavaasaa.com/kudakudhin/rasoolaa/rasoola-arihuga-kudakudhina.html http://www.kavaasaa.com/kudakudhin/rasoolaa/rasoola-arihuga-kudakudhina.html

atfaalކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވެވަޑައިގެންފައިވަނީ، މީސްތަކުންނަށް ހެޔޮފުޅު، މީހުންނާ ހެޔޮކޮށް މުޢާމަލާތު ކުރައްވާ ބޭކަލެއް ކަމުގައެވެ. އެހެންވެ އެކަލޭގެފާނުގެ އަޚްލާޤަކީ އެއީ ހެޔޮ ނަމޫނާއެއްކަމުގެ މިސާލު ވެސް ޖެހެއެވެ. ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަޚްލާޤްފުޅަށް މަދަޙަ ކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވަނީ: وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ

މާނައަކީ: ''އަދި ހަމަކަށަވަރުން ކަލޭގެފާނީ މަތިވެރި ޚުލްޤެއްގެ ވެރި ބޭކަލެކެވެ.''( އަލްޤަލަމް:4)

ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުޑަކުދިންނަށް ވެސް ވަރަށް އޯގާތެރިވެވަޑައިގަތެވެ. އަދި އެ ކުދިން އުފާވާނެ ގޮތްގޮތަށް ކަންތައް ކުރެއްވިއެވެ.

]]>
info@kavaasaa.com (އިސްމާޢީލް ނާޖީ) ކީރިތިރަސޫލާ Sun, 16 Apr 2006 08:41:23 +0200