ކުޑަކުދިންގެ
އެންމެ ވަރުގަދަ ލަޝްކަރު
- އުސާމް މުޙައްމަދު ސަޢީދު
- 16 އޯގަސްޓު 2011
މުސްލިމުންގެ ހަތަރުވަނަ ޚަލީފާ ޢަލީ ރަޟިޔަﷲ ޢަންހު ގެ އަރިހުގައި ސުވާލު ދެންނެވުނެވެ. ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ ކޮބައިތޯ އެވެ؟ ޖަވާބުގައި ޢަލީގެފާނު ވިދާޅުވިއެވެ.
ތިމަން ކަލޭގެފާނު ދަގަނޑާ މެދު ވިސްނާލި އިރު ކީރިތި ވަންތަ ﷲ ގެ އެންމެ ވަރުގަދަ ލަޝްކަރަކީ، ދަގަނޑު ކަމުގައި ދުށީމެވެ.
ޖާބިރު ޢަޘަރާތިލްކިރާމް
- ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު
- 04 ނޮވެމްބަރު 2010
ޚަލީފާ ސުލައިމާން ބިން ޢަބްދުލްމަލިކް ގެ ޒަމާނުގައި، އައްރައްޤާ އޭ ނަމަކަށް ކިޔުނު ރަށުގައި ޚުޒައިމާ ބިން ބިޝްރު ކިޔާ ބަނީއަސަދު ވަންހައިގެ މީހަކު އުޅުނެވެ. މީނާއަކީ ނިކަން ނިޢުމަތް ލިބިފައިވާ މުއްސަނދި، ފައިސާވެރި، މަހުޖަނެކެވެ. އެކަމަކު މުރުއްވަތްތެރިކަމާއި ދީލަތިކަމާއި މީސްތަކުންނަށް ހެޔޮފޯރުވުމާއި ރަހުމަތްތެރީންނަށް ހެޔޮކޮށް ހިތުމުގެ މާތް ސިފަތަކުގެ އަހުލުވެރިއެކެވެ. ދޭށޭ ބުނެފި މީހަކު ހުސްއަތާ ރައްދުނުކުރާ، އެއްޗަކަށް އެދެފި މީހަކު މަޙްރޫމުނުކުރާ، ހެޔޮފޯރުވުމަކަށް ނަމަ ފުރަގަސްނުދޭ މާތް މީހެކެވެ. ދީލަތިކަން އޭނާގެ މުދާ ހުސްކޮށްފުމަށް ދާންދެން އެގޮތުގައި އޭނާ ދެމިހުރެއްޖެއެވެ.
މުޖުރިމުކަލޭގެއާއި ފުލުހުންގެ ވެރިޔާ
- ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު
- 23 އޮކްޓޯބަރު 2010
އަދި ދެންނެވީމެވެ. މަނިކުފާނު ބޭނުން ގޮތެއް ހައްދަވާށެވެ. އޭނާއަކީ އަނިޔާލިބިފައިވާ މީހަކުކަމުގައި ދެކެވަޑައިގަންނަވާ ނަމަ އޭނާއަކީ އެމީހެއްގެ ކިބައިން އަނިޔާ ދުރުކޮށްދިނުން އެންމެ އައުލާވެގެންވާ މީހާއެވެ. އޭނާއީ މުޖުރިމެއް ކަމުގައި ދެކެވަޑައިގަންނަވާނަމަ އޭނާގެ ކަނދުރާގެ ބަދަލަށް އަހަރެން ގެ ކަނދުރާ މި އޮތީއެވެ. އަހަރެން ދިރިއުޅެ، އަމީރުލްމުއުމިނީންގެ ރުހުން ލިބި، މަނިކުފާނުގެ ފުލުހުންގެ ވެރިޔާކަމަށް ވުމަށް އަހަރެން ޤަތުލުވިޔަ ނުދީ ސަލާމަތްކޮށްދިނީ އޭނާއެވެ. އަހަރެން އަހަރެންގެ ދަރަނި އަދާކުރަނީއެވެ. އަހަރެން ސަލާމަތްކޮށްދިން ފަދައިން އަހަރެން އޭނާ ސަލާމަތްކޮށްދެނީއެވެ. އަހަރެން މިހުރީ ހުވަނދުލައި ތައްޔާރުވެގެން، ކަފުންވެސް ހިފައިގެން އައިހެވެ. ދަރީންނާއި އަހުލުވެރީންނަށް ވަދާޢުކިޔާފައި މަރާއި ކުރިމަތިލާން އައިހެވެ.
އަމާނާތްތެރިކަން
- އިސްމާޢީލް ނާޖީ
- 04 ޑިސެމްބަރު 2006
އަވައްޓެރިއަކު ނުވަތަ ރައްޓެއްސަކު، ކޮއްކޮ އަތަށް ރައްކާކުރަން ފައިސާ ނުވަތަ އެހެން ވެސް އެއްޗެއް ދީފައި، ފަހުން އެ އަނބުރާ ދޭން ބުނުމުން، އެއިން އެއްވެސް އެއްޗެއް މަދު ނުކޮށް އަނބުރާ ދިނުމުން، ކޮއްކޮ ވާނީ ތެދުވެރި އަމާނާތްތެރި ކުއްޖަކަށެވެ.
އަމާނާތަކީ، މީހަކު ފަހުން އަތުލަން ކޮއްކޮ އަތުގައި ބަހައްޓާފައި ހުންނަ އެއްޗެއްސެވެ. ވީމާ މިފަދަ އެއްޗެއް ގެއްލުވާލާ ނުވަތަ ހަލާކުކޮށްގެން ނުވާނެއެވެ. އަދި ކުރަން ހަވާލުކޮށްފައިވާ
މައިންބަފައިންނަށް ކަމޭހިތުން
- އިސްމާޢީލް ނާޖީ
- 04 ޑިސެމްބަރު 2006
މައިންބަފައިންނަށް ކަމޭހިތުމަކީ ކޮބައިކަން ތިކުދިންނަށް އެނގޭހެއްޔެވެ؟ މައިންބަފައިންނަށް ކަމޭހިތުމަކީ މައިންބަފައިންގެ ބަސް އަހައި، އެ މީހުންނަށް އިޙްތިރާމްކޮށް، އެ މީހުން ދެކެ ލޯބިވެ، އަދި އެހީތެރިވެވޭ ހުރިހާ ގޮތަކުން މައިންބަފައިންނަށް އެހީތެރިވުމެވެ. އަދި މައިންބަފައިންނާ އެކު ވާހަކަ ދައްކާއިރު އަދަބުވެރިކަމާ އެކު ވާހަކަ ދައްކާ މާތްކޮށް ހިތުމެވެ. އަދި މައިންބަފައިން ވާހަކަ ދައްކަންޏާ އެ ވާހަކައެއް ކަނުލާ އަޑު އަހާ، އެ މީހުން ކުރިމަތީގައި ރުޅިވެރިކަމާއެކު ނުވަތަ ހަރު އަޑުން ވާހަކަ ނުދެއްކުމެވެ. އަދި މައިންބަފައިން ދެކެ ރުޅި ނައުމެވެ. އަދި މައިންބަފައިންނަށް ރުޅި މޫނު ނުދެއްކުމެވެ.
ދީލަތިކަން
- އިސްމާޢީލް ނާޖީ
- 04 ޑިސެމްބަރު 2006
ދީލަތިކަމަކީ ވަރަށް ރީތި ވަރަށް ރަނގަޅު ސިފައެކެވެ. ދީލަތި މީހުން ދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ. އަދި ދީލަތި މީހުންދެކެ މީހުންވެސް ލޯބިވެއެވެ. ދީލަތިކަމަކީ ރަނގަޅު ސިފައަކަށް ވީމާ، އިސްލާމް ދީން ވަނީ އެންމެންވެސް ދީލަތި ވުމަށް ގޮވާލާފައެވެ. ދީލަތިކަމުގެ އިދިކޮޅު ސިފައަކީ ދަހިކަމެވެ. ދަހި ކަމަކީ ވަރަށް ހަޑި ސިފައެކެވެ. އަދި އިސްލާމް ދީން މަނާ ކުރާ ކަމެކެވެ.
ދީލަތި ވުމަށް އިސްލާމް ދީން ގޮވާލާފައި ވެއެވެ. އަދި ހޭދަ ކުރުމަށް ދީން ބާރު އަޅައެވެ. ސަބަބަކީ އެއް ބަޔަކު އަނެއް ބަޔަކަށް އެއްޗެހި ދީ ހެދުމުން، އެ މީހުންގެ ތެރެގައި ލޯތްބާއި އެކުވެރިކަން އުފެދެއެވެ. އޭރުން މުޅި މުޖްތަމަޢް ގައި ވެސް އޮންނާނީ ލޯތްބާއި
އިސްލާމް ދީނަކީ...
- އިސްމާޢީލް ނާޖީ
- 04 ޑިސެމްބަރު 2006
''އިސްލާމް'' މިއީ ޢަރަބި ބަހެކެވެ. މި ބަހުގެ މާނައަކީ، ﷲ އަށް ކިޔަމަންވެ، ބޯލަނބައި، އެ ކަލާނގެ އަމުރުފުޅުތަކާ އެއްގޮތްވާގޮތުގެ މަތިން ކަންތައްތައް ކުރުމެވެ.
''އިސްލާމް'' ދީނުގެ އަހުލުވެރިންނަށް ކިޔަނީ ''މުސްލިމް'' އެވެ. މުސްލިމްގެ މާނައަކީ، ﷲ އަށް ކިޔަމަންގަންނަ މީހާއެވެ. އަދި އެ ކަލާނގެ އަށް ބޯލަނބައި އެ ކަލާނގެ އަމުރުފުޅުތަކާ އެއްގޮތަށް ކަންތައް ކުރާ މީހާއެވެ. ހަމައެކަނި މާތް ﷲ އަޅުކަން ކޮށް، އެ ކަލާނގެ ފޮނުއްވި ހުރިހާ ނަބީން ތެދުކޮށް، އެކަލާނގެ ޝަރީޢަތަށް ތަބާވެއްޖެނަމަ އެއީ މުސްލިމެކެވެ.
ﷲ އަށް އީމާންވުން
- އިސްމާޢީލް ނާޖީ
- 04 ޑިސެމްބަރު 2006
ﷲ އަށް އީމާންވުމަކީ، އީމާންކަމުގެ ހަ ރުކުނުގެ ތެރެއިން ފުރަތަމަ ރުކުނެވެ. މީގެ އިތުރަށް ހިމެނޭ ރުކުންތަކަކީ: މަލާއިކަތްބޭކަލުންނަށް އީމާންވުން، ބާވައިލެއްވި ފޮތްތަކަށް އީމާންވުން، ރަސޫލުބޭކަލުންނަށް އީމާންވުން، އާޚިރަތް ދުވަހަށް އީމާންވުން، ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުން، މިއެވެ.
ﷲ އަށް އީމާންވުމުގެ މާނައަކީ، އެއްކައުވަންތަ އިލާހެއް ވާ ކަން ހިތުގެ އަޑިން ޤަބޫލުކުރުމެވެ. އެ ކަލާނގެ އަކީ، މިއޮތް ބޮޑު ކައުނު ހެއްދެވި ކަލާނގެއެވެ. ދުނިޔޭގައިވާހާ ކަނޑުތަކާއި ކޯރުތަކާއި، ފަރުބަދަތަކާއި ގަސްތަކާއި، ޖަނަވާރާއި ދޫނި ސޫފާސޫފި ހެއްދެވީ ވެސް އެ ކަލާނގެ ކަން ޤަބޫލު ކުރުމެވެ. އަދި އަހަރެމެން
ޖަމަލު : ސަހަރާގެ ސަވާރީ
- ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު
- 04 ނޮވެމްބަރު 2006
ޖަމަލަކީ އޮޅު ޖަނަވާރެކެވެ. އިންސާނުން މީގެ އެތައް ހާސް އަހަރެއްގެކުރިން ފެށިގެން އަންނަނީ އޭގެ ބޭނުންކުރަމުންނެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ މިޖަނަވާރަށް، ޢަޖާއިބުކުރަނިވި ކުޅަދާނަކަން ދެއްވާފައިވެއެވެ. އޭގެ ސަބަބުން، ގަސްޖަހާގެއްސާއި ފެން، ވަރަށް މަދުންނޫނީ ނުހުންނަ، މުޅިން ވެލި ހުންނަ ބޮޑެތި ސަހަރާތަކުގައި، އެތައް ދުރުމިނަކަށް ދަތުރުކޮށް އުޅުމުގެ ޤާބިލުކަން ޖަމަލަށް ލިބިގެންވެއެވެ.
ފަލަކީ ޢިލްމުގައި މުސްލިމުންގެ ބައިވެރިވުން
- ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު
- 04 ސެޕްޓެމްބަރު 2006
މުސްލިމުންގެ ގާތުގައި ފަލަކީ ޢިލްމު ކުރިއަރައިގެން ދިއުމުގައި އިސްލާމުދީންނަށް މުހިއްމު ދައުރެއް ލިބިގެންވެއެވެ. މުސްލިމުން އެންމެފުރަތަމަ އިރުއެރުމުގެ ކުރިން، ފަތިސް ނަމާދުކުރުމަށްޓަކައި ފަޖުރުގެ ވަގުތު ބަލައެވެ. އެއަށްފަހު ރޭގަނޑުވުމުން ޢިޝާ ނަމާދުކުރުމަށްޓަކައި އެކަމުގެ ޢަލާމާތްތަކަށް ބަލައެވެ. އެދެނަމާދުގެ ދެމެދުގައިވާ ވަގުތުތައް ބެލުމަށްޓަކައިވެސް، އިރުގެ ޙަރަކާތްތައް މުސްލިމުން މުތާބަޢާކުރެއެވެ. އެއީ މެންދުރުނަމާދާއި، ޢަޞްރުނަމާދާއި، މަޣްރިބު ނަމާދުގެ ވަގުތުތަކެކެވެ. ކޮންމެ ނަމާދެއްވެސް ވަގުތަށް އަދާކުރެވޭނީ މިވަގުތުތައް ރަނގަޅަށް އެނގިގެންކަމަށްވާތީއެވެ.
ކުޑަކުޑަ ސޯސަން
- ތަރުޖަމާ:އާދަމް ފަޔާޒު މުޙައްމަދު
- 16 އެޕްރީލް 2006
ކުޑަކުޑަ ސޯސަން ބިމުއަޑީގައި އޮތެވެ.
ކުޑަކުޑަ ސޯސަންގެ ހިތުގައި ވަނީ ޙައިރާންކަމެވެ. ބިމުއަޑީގެ އަނދިރިކަމާއި އެކަނިވެރިކަމެވެ. ފަޅުކަމާއި ނާމާންކަމެވެ.
އެއްދުވަހަކު ކުޑަކުޑަ ސޯސަން އޮތް ދިމާގެ ވެލިފަށަލާގައި ކޮންމެސް އެއްޗެއް ޓަކިޖަހާ އަޑު އިވުނެވެ.
'' ޓައް ޓައް ޓައް ''
ކުޑަކުޑަ ސޯސަން ހައިރާންކަމާއެކު ސުވާލުކުރިއެވެ.
'' ކާކު ޓަކިޖަހަނީ ؟ ''
ބޭރުން ޖަވާބު އައެވެ.
'' އަހަންނަކީ ވާރޭ .. .. އަހަރެން ވައްދާ ''
ކުޑަކުޑަ ސޯސަން ބިރުން އޮވެ ޖަވާބުދިނެވެ.
'' އޭ ވާރެއާ މިތަނުން ދޭ ! މަށަށް އުނދަގޫނުކޮށް މިތަނުން ދޭ ! ''
ވާރޭ މާޔޫސްވެގެން ހިނގައްޖެއެވެ.
އަނެއްކާ އެހެންދުވަހަކު އެއްޗެއްގެ ހިލަން ވެއްޖެއެވެ.
އެހެން އަޑެކެވެ.
'' ސީން ސީން ސީން ''
ކުޑަކުޑަ ސޯސަން ހައިރާން ކަމާއެކު ސުވާލުކުރިއެވެ.
'' ތީ ކާކު ؟ ''
ބޭރުން ޖަވާބު އައެވެ.
'' އަހަންނަކީ އަވި .. .. އަހަރެން ވައްދާ ''
ކުޑަކުޑަ ސޮސަން ބިރުން އޮވެފައި ޖަވާބުދިނެވެ.
'' އޭ އަތްވާ މިތަނުން ދޭ ! މަށަށް އުނދަގޫނުކޮށް މިތަނުން ދޭ ! ''
އަވި މާޔޫސްވެގެން ހިނގައްޖެއެވެ.
އަނެއްކާ ދުވަސްކޮޅެއްފަހުން ވާރެއާ އަތްވާ ދޭތި އައި އަޑު އިވުނެވެ.
'' ޓައް ޓައް ސީން ސީން ''
ކުޑަކުޑަ ސޯސަންގެ ޙައިރާން ކަމެއް ނެތެވެ. ބިރުވެތިކަމެއްވެސް ނެތެވެ.
ކުޑަކުޑަ ސޯސަން ވާރެއަށާއި އަތްވަށް މަރްޙަބާ ކިއެވެ. ވާރެއާ އަވި އެކީގައި އައުމުން ނޫނީ ކުޑަކުޑަ ސޯސަން އަކާ ބައްދަލެއް ނުކުރެވޭނެއެވެ.
ވާރެއާ އަވި ވަރަށް އުފަލުން، ކުޑަކުޑަ ސޯސަން އޮތް ވެލިގަނޑު ތެރެއަށް ވަނެވެ. އަދި ކުޑަކުޑަ ސޯސަން އާ ސަލާމްކުރިއެވެ.
ވާރެއާ އަވި އެކުއެކީގައި ބުންޏެވެ.
'' އަހަރެމެން މިއައީ ކުޑަކުޑަ ސޯސަން ބަލައި.. ހިނގާ އަހަރެމެންނާއެކު މައްޗަށް އަރަން. ''
ކުޑަކުޑަ ސޯސަން ވާރެއަށާއި އަތްވަށް ދެއަތް ދިއްކޮށްލިއެވެ.
ވާރެއާއި އަވި ކުޑަކުޑަ ސޯސަންގެ ދެއަތުގައި ހިފާ މައްޗަށް ނެގިއެވެ. ބިމުގެ މަތީ ވެލިފަށަލަ ކަހާލަމުންނެވެ.
ކުޑަކުޑަ ސޯސަން ދެލޯ ހުޅުވާލިއެވެ. ވަށައިގެންވާ މާހައުލަށް ބަލާލިއެވެ.
ފެހި ކުލައިގެ ވިނައެވެ. އާރޯ ތާޒާ ގަސްތަކެވެ. ފަރިވެ ފޮޅިފައިވާ އެކި ކުލަކުލައިގެ މާތަކެވެ. ރީތި ކުލަތައް އަރާ ކޮކާތަކާއި ބަޅިނދުތައް އެމާތަކަށް ޖައްސަ ޖައްސާފައި ފޮނިބޮނީއެވެ. އެކި ވައްތަރު ވައްތަރުގެ ދޫނިތައް ރީތި ރާގުރާގަށް ގޮވަނީއެވެ.
ކުޑަކުޑަ ސޯސަން އަށް ފެނުނީ ބަހާރު މޫސުމެއްގެ ހިތްގައިމު ބަގީޗާއެކެވެ.
ކުޑަކުޑަ ސޯސަން އުފަލުން ގޮސް ފޮޅިއްޖެއެވެ. ފޮޅިފައި އިން ރީތި މަލަކަށް ވެއްޖެއެވެ. ރީތި ފަރި ސޯސަންމަލަކަށެވެ.
ކީރިތި ރަސޫލާގެ ބޭފުޅުންތައް
- އިސްމާޢީލް ނާޖީ
- 16 އެޕްރީލް 2006
ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޚަދީޖަތު ބިންތު ޚުވައިލުދު އާ ކާވެނިބައްލަވައިގަތީ، އެކަލޭގެފާނުންގެ ޢުމުރުފުޅުން ފަންސަވީސް އަހަރުގައެވެ. މާނައަކީ ރަސޫލުކަމާއިގެން ފޮނުއްވުމުގެ ފަނަރަ އަހަރު ކުރިންނެވެ. ޚަދީޖަތުގެފާނަކީ، ޚުލްޤުފުޅާއި ހެޔޮފުޅުކަމުން، އެފަދަ ދެވަނައެއް ނެތް ބޭކަނބަލެކެވެ. އެކަމަނާ، ކީރިތި ރަސޫލާއަށް ވަރަސް ހެޔޮކޮށް ހިއްތަވައެވެ. އަދި ރަސޫލާގެ ޤަދަރުފުޅަށް ބަހައްޓަންޖެހޭ އިޙްތިރާމު ބަހައްޓަވައެވެ. އަދި އެކަމަނާ އުޅުއްވަމުން ދިޔައީ ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގެން، އުފާފުޅުގައެވެ. ކީރިތި ރަސޫލާއަށް ލިބިވަޑައިގަތީ ޖުމުލަ ހަތް ބޭފުޅުންނެވެ. އެއީ ފިރިހެން ތިން ބޭފުޅުންނާއި ހަތަރު އަންހެން ބޭފުޅުންނެވެ.
ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުގައި ކުޑަކުދިން
- އިސްމާޢީލް ނާޖީ
- 16 އެޕްރީލް 2006
ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވެވަޑައިގެންފައިވަނީ، މީސްތަކުންނަށް ހެޔޮފުޅު، މީހުންނާ ހެޔޮކޮށް މުޢާމަލާތު ކުރައްވާ ބޭކަލެއް ކަމުގައެވެ. އެހެންވެ އެކަލޭގެފާނުގެ އަޚްލާޤަކީ އެއީ ހެޔޮ ނަމޫނާއެއްކަމުގެ މިސާލު ވެސް ޖެހެއެވެ. ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަޚްލާޤްފުޅަށް މަދަޙަ ކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައި ވަނީ: وَإِنَّكَ لَعَلَى خُلُقٍ عَظِيمٍ
މާނައަކީ: ''އަދި ހަމަކަށަވަރުން ކަލޭގެފާނީ މަތިވެރި ޚުލްޤެއްގެ ވެރި ބޭކަލެކެވެ.''( އަލްޤަލަމް:4)
ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުޑަކުދިންނަށް ވެސް ވަރަށް އޯގާތެރިވެވަޑައިގަތެވެ. އަދި އެ ކުދިން އުފާވާނެ ގޮތްގޮތަށް ކަންތައް ކުރެއްވިއެވެ.













