ހޮނިހިރު20170513

އާކުރެވުނީ: 06:25:19

Back ކަވާސާ ޚިޔާލު ޚިޔާލުގެ ބައިތައް ޚިޔާލު ތިބާގެ ރަނގަޅު ނަފްސުގެ ގޮވެލި އަޑު އަހާށެވެ. އަދި ތިބާގެ ހަވާނަފްސުގެ ގޮވުންތަކަށް އިޖާބަ ނުދޭށެވެ.

ތިބާގެ ރަނގަޅު ނަފްސުގެ ގޮވެލި އަޑު އަހާށެވެ. އަދި ތިބާގެ ހަވާނަފްސުގެ ގޮވުންތަކަށް އިޖާބަ ނުދޭށެވެ.

who-will-cryބައްޕައަކު އޭނާގެ ދަރިފުޅަށް ދިން މި ނަސޭހަތް އަޑު އަހައި، މިއާ މެދު ނިކަން ވިސްނައި، ފިކުރު ކޮށްލަމާތޯއެވެ. ބައްޕަ ވިދާޅުވިއެވެ. ދަރިފުޅާއެވެ! ދަރިފުޅު ދުނިޔެއަށް އައީ ރޮމުން، ދަރިފުޅު ދެކެ ލޯބިވާ އެންމެން އުފަލުން ރޮއްވައިލައިފައެވެ. އަދި ދަރިފުޅު މި ދުނިޔެ ދޫކޮށްދާ ދުވަހު، ދަރިފުޅަކީ ދުނިޔެއިން ގެއްލިގެން ދިޔަ ނުހަނު އަގުހުރި ފަރާތެއް ކަމަށް މީހުން ދެކޭފަދަ މީހަކަށްވެ، ދަރިފުޅު ދުނިޔެއިން ވަކިވިކަމަށްޓަކައި އެމީހުން ހިތާމަ ކުރަންތިބޭހާލު ދަރިފުޅު އުފަލުގައި މިދުނިޔެ އާއި އަލްވަދާއު ކިޔައި ދިއުމަށް އެދޭށެވެ.

މިޒަމާނުގައި ޓެކްނޮލޮޖީއަށް އައި ތަރައްޤީއާއި ތަޙުޒީބުގެ ސަބަބުން އިންސާނުން ވަނީ ހަނދަށްވެސް ގޮސްފައެވެ. އެހެންނަމަވެސް މިއަދުގެ ދުނިޔޭގައި އިންސާނުން ވަނީ އެބައިމީހުން ދުނިޔެއަށް އައި ހަގީގީ މަޤްސަދު ހަދާންނެތިފައެވެ. ނިކަން ވިސްނާބައްލަވާށެވެ. އަހުރެމެންވަނީ އަހުރެމެންގޭގެ މަގު ހުރަސްކޮށް މަގުގެ އަނެއްފަރާތުގައި އުޅޭ އަހުރެމެންގެ އަވަށްޓެރިޔާއަށް ޒިޔާރަތް ކުރުމަށް ނުކުޅެދިފައެވެ.

އަދި ހަމަމިއާއިއެކު އިންސާނުން ހޯދާފައިވާ ކުރިއެރުމުގެ ސަބަބުން ދުނިޔޭގެ އެއްބަރުން އަނެއްބައްރު ހުރަސްކޮށް،  ބޭނުން އަމާޒަކަށް ބޭނުން ވަގުތެއްގައި ހަމަލާދީ، މިސައިލެއް ފޮނުވާލުމުގެ ކުޅަދާނަކަން އިންސާނުންނަށް ވަނީ ލިބިފައެވެ. ނަމަވެސް އަހުރެމެންވަނީ ފޮތެއް ކިޔާލުމަށްޓަކައި އަހުރެމެންގެ ދަރިފުޅު ގޮވައިގެން ލައިބްރަރީއަށް ދާނެ ދުވަހެއް އެއްބަސް ވުމަށްފަހު، އެއެއްބަސްވި ވަގުތުގައި އެދަރިފުޅު ގޮވައިގެން ލައިބްރަރީއަށް ދިއުމަށް ނުކުޅެދިފައެވެ.

މިއަދު އަހުރެމެން ވަނީ މުޢާސަލާތުކުރުމުގެ ވަޞީލަތްތަކަށް އައި ތަރައްޤީގެ ސަބަބުން އީ-މެއިލް، ފެކްސް އަދި ފޯނުގެ ޒަރީއާއިން ވަރަށް ބޮޑަށް ގުޅިފައެވެ. ނަމަވެސް އަހުރެމެންގެ މުޖުތަމައުގެ އަފްރާދުންގެ މެދުގައި އޮންނަންވާ ގުޅުންތައް މިހާރަށްވުރެ ނިކަމެތި ވެފައިވާ ޒަމާނެއް އައިސްފައި ނުވާނެކަން ކަށަވަރެވެ. މިހެންކަމުން ދަންނަވަންޖެހެނީ އަހުރެމެން ވަނީ ވަރަށް ބޮޑަށް އިންސާނިއްޔަތާއި ގުޅުން ކެޑިފައިކަމުގައެވެ. އަދި އަހުރެމެންވަނީ އަހުރެމެން ދުނިޔޭގައި އުޅެމުންދާ ހަގީގީ މަޤްޞަދު އޮޅި މަގުން ކައްސާލާފައެވެ. އަދި ދިރިއުޅުމުގައި އެންމެ މުހިއްމު ކަންތައްތަކާއި މެދު އަހުރެމެންނަށް އުޅެވެނީ ކަޅު އަނދިރީގެ ތެރޭގައެވެ.

ވުމާއެކު ތިބާއާއި މިކުރާ ދެތިން ސުވާލަށް ފުންކޮށް ވިސްނާލެއްވުމަށްފަހު އަމިއްލައަށް އެސުވާލުތަކަށް ދޭނެ ޖަވާބަކާއި މެދު ވިސްނާފިކުރުކޮއްލައްވާށެވެ. އެއީ ތިބާ މަރުވުމުން ރޯނީ ފަހެ ކާކުހެއްޔެވެ؟ ތިބާގެ ސަބަބުން ދިރިއުޅުން އާރާސްތުވެ، އެމީހެއްގެ ދިރިއުޅުމަށް އާރޯޝަންކަމެއް ގެނެސްދިނީ ކިތައްމީހުންގެ ދިރިއުޅުމަށްތޯއެވެ؟. ތިބާގެ މިދުނިޔޭގައި އުޅެ މަރުވެގެން މިދުނިޔެ ދޫކޮށް ދާއިރު ތިބާގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ކުރީ ކޮންފަދަ ހެޔޮ އަސަރު ތަކެއްތޯއެވެ. ތިބާ ދުނިޔެ ދޫކޮށް ދާއިރު އަންނަން އޮތް ޖީލުތަކަށް ހަދިޔާކޮށްފަ ދާނީ ކޮންފަދަ ތަރިކައެއްތޯއެވެ.

ހަމަ ޔަގީނުންވެސް އެނގޭއެއްޗަކީ އަހުރެމެން ދުނިޔޭގައި އުޅެމުން ދާއިރު، އަމިއްލަ ދިރިއުޅުމަށް އަމިލައަށް ބާރުފޯރުވައި ރަގަޅަށް އުޅެން މަސައްކަތް ނުކުރާނަމަ، ދުނިޔޭގެ އޮއިވަރުގައި ތިމާޖެހިގެން ހިގައިދާނެކަމެވެ. މިގޮތުގައި ދުވަސްތައް ހަފްތާތަކަށް ބަދަލުވެ، ހަފްތާތަށް މަސްތަކަކަށް ބަދަލުވެ، މަސްތައް އަހަރުތަކަށް ބަދަލުވެގެން ހިގައިދާނެކަމެވެ. އަދި ތިބާގެ އުމުރުގެ ގިނަދުވަސްތައް އެގޮތުގައި ދިއުމަށްފަހުގައި، ތިމާޔަށް އުޅެވުނު ގޮތާއި މެދު ދެރަވެ ހިތާމަ ކުރަންޖެހިފައިވާ ހިތެއްގެ ވެރިއަކަށް ތިބާ ވެގެން ހިގައިދާނެކަމެވެ. ޖޯޖް ބަރނަޑް ކިޔާ މީހަކު އޭނާގެ މަރުތަންމަތީގައި އޮއްވައި، ދުނިޔޭގައި އަދި އެއްފަހަރުއުޅުމަށް އޭނާއަށް ލިބިއްޖެނަމަ ކުރާނީ ކޮންކަމެއްތޯ މީހަކު އޭނާއާއި ސުވާލުކުރުމުން ދެންނެވިއެވެ. އަހުރެން ބޭނުންވަނީ އަހުރެން ވާންބޭނުންވެ އެހެންނަމަވެސް ނުވެވުނު މީހާއަށް ވުމަށެވެ.

އިންސާނުން ދުނިޔޭގައި އުޅޭއުޅުމުގައި އެކިމީހުން ތަފާތު ވަޒީފާތަކާއި ތަފާތު މަގާމުގައިގައި ތިބިއެއްކަމަކު، އެންމެންވެސް އުޅެން ބޭނުންވާނީ އުފާވެރިކަމާއި އެކު ހިތްހަމަޖެހޭ ދިރިއުޅުމެއްކަމާއި މެދަކު އެއްވެސް މީހަކު ޝައްކެއް ނުކުރާނެވެ. އަދި ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހަކު ނެތް ދުނިޔެއެއްގައި، މީސްތަކުން އެމީހެއްގެ މަތިން ހަނދާންކޮށް އުޅޭ މީހަކަށް ވުމަށްކަން ޔަޤީނެވެ. އަދި ހަމައެފަދައިން މަރުވުމުގެ ކުރިން ދިރިއުޅުމުގެ އުފާ ހާސިލް ކުރުމާއި އެކު ދާއިމީ ދުނިޔޭގެ ބާއްޖަވެރިކަން ލިބި ތާއަބަދު އުފަލުގައި އުޅުމަށެވެ.

ވުމާއެކު އަހުރެން ތިބާއަށް ދޭނެ ނަސޭހަތަކީ ތިބާ ދުނިޔެއަށް އައި ހަޤީޤީ މަޤްޞަދު ހަދާން ނައްތާ ނުލުމުށެވެ. އަދި ތިބާ ދުނިޔެއަށް އައީ ނިކަން މާތް މަގުސަދެއްގައި ކަން ހަދާންކޮށް ދިރިއުޅުމުގެ މަޤްސަދު ހެޔޮގޮތުގައި އަދާކުރުމަށެވެ. އަދި ތިމާގެ ޤާބިލިއްޔަތުކަން ބޭކާރުނުކޮށް، އިންސާނެއްގެ މަތިވެރި މަގާމު ހަދާންކޮށް، އެހެން މީހުންނަށްވެސް ތިމާގެ ސަބަބުން ފައިދާތަކެއް ލިބޭފަދަ މީހަކަށް ވުމަށެވެ.

ނަމަވެސް އޭގެ މާނައަކީ ތިމާގެ އަމިއްލަ ވަޒީފާ އާއި ދުނިޔޭގައި ދިރިއުޅެމުންދާއިރު އަމިއްލައަށް ހޯދަންބޭނުންވާ ކުރިއެރުމާއި ފަސޭހަ ލިބުމަށް މަސައްކަތް ކުރުން ހުއްޓާލާ ވާހަކައެއްނޫނެވެ. އެހެނަސް މިދަންނަވާ ވާހަކައަކީ، ތިމާ ބޭނުންވާ ބަދަލުތައް އެހެން މީހުންގެ ފަރާތުން ދެކެން ހުރުމުގެ ބަދަލުގައި ތިމާ އެހެންމީހުންގެ ކިބައިން ދެކެން ބޭނުންވާ ބަދަލުތައް ތިމާގެ ނަފުސަށް ގެންނަން މަސައްކަތް ކުރާވާހަކައެވެ.

މަހާތުމާ ގާންދީވެސް ވިދާޅުވެފައިވަނީ މިފަދައިންނެވެ. "ތިމާ ދުނިޔެއިން ދެކެން ބޭނޫންވާ ބަދަލުގެނައުމަށް ތިމާގެ އަމިއްލަ ނަފްސުން ފަށައިގަންނާށެވެ."

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.