ތިބާގެ ޚިޔާލަށް މި 15ވަނަ ޤަރުނު ވަނީ ބޭނުންޖެހިފައެވެ. ތިބާގެ އުފެއްދުންތެރިކަމަށް މި އުއްމަތާއި ދުނިޔެ ވަނީ ބޭނުންޖެހިފައެވެ. ތިބާގެ މައްސަލަތަކާލައި މިއަދުގެ މުފައްކިރުންގެ ސިކުނޑިތައް ކަންފަތިވިޔަދޭށެވެ.
ޚިޔާލު
ތިން ހަމައިގެ ފަލްސަފާ
ދެމެހެއްޓެނިވި ތަރައްޤީއަކީ، ފަހެ މިއީތޯއެވެ؟
އިހަށް ދުވަހު އެ ނިމިގެން ދިޔަ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ދިވެހި ޤައުމީ ޓީމު އެވަނީ، ޓްރޮފީ ހޯދާފައެވެ. ވަރަށް އުފާވެރިކަމެކެވެ. ދިވެހި ޤައުމު މިކަމާއި އެބަ އުފާކުރެތެވެ. އަޅުގަނޑުވެސް އުފާކުރަނީއެވެ. ތިޔަ ބޭފުޅުންވެސް އުފާކުރަނީއެވެ. އެވެރިންވެސް އުފާކުރަނީއެވެ. ނަމަވެސް...
ނަމަވެސް، ދަންނަވަންތޯއެވެ؟ އުފާކުރުމުގައިވެސް ކޮންމެވެސް ހައްދެއް އޮންނަންވާނެއެވެ. މުސްލިމުންގެ ގޮތަކީ، އުފާކުރުމުގައިވެސް އަދި ހިތާމަ ކުރުމުގައިވެސް ހައްދު ފަހަނައަޅައި ނުދިޔުމެވެ. ކަމަކީ، އުފާކުރުން ޙައްޤު ކަމަކަށްވާތީ، މިކަމުގައިވެސް އުފާކުރުމަކީ ދީން މަނާކުރާ ކަމެއް ނޫނެވެ. ނަމަވެސް، އުފާކުރުމުގައި، އިސްރާފުކުރުމާއި، ހައްދު ފަހަނައަޅައިދާކަމީ ހިތާމަ ހުރިކަމެކެވެ.





