ހުކުރު20201009

އާކުރެވުނީ: 08:43:52

Back ކަވާސާ ޚަބަރު ޚަބަރުގެ ބައިތައް ރިޕޯޓު ޢިރާޤުގެ އާ ރައީސް ޣާޒީ ޢުޖައިލް އަލްޔާވިރް

ޢިރާޤުގެ އާ ރައީސް ޣާޒީ ޢުޖައިލް އަލްޔާވިރް

al_yaavirޢިރާޤުގެ މޫޞިލްގައި 1958 ވަނަ އަހަރު އުފަންވެވަޑައިގެންފައިވާ ސުންނީ މުސްލިމް ، ޣާޒީ ޢުޖައިލް އަލްޔާވިރް (46އ) ، އަކީ ސުޢޫދިއްޔާ އިން ފެށިގެން ސޫރިއާއާއި ދެމެދު ފެތުރިފައިވާ ، ވަރަށް މަޝްހޫރު، ބޮޑު ވަންހައެއް ކަމުގައިވާ '' ޝުއްމަރު '' ވަންހައަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާގެ ކާފާފުޅު ކަމުގައިވާ މުޙްސިން ޢުޖައިލް އަލްޔާވިރް އަކީ މިދިޔަޤަރުނުގެ ވިހީގެ ތެރޭގައި ހިނގި ޘައުރާގައި ވަރަށް މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޝުއްމަރު ވަންހައަކީ ސުޢޫދިއްޔާ ކުވައިތު ސޫރިއާގައި ފެތުރިފައިވާ ، 3 މިލިއަނަށްވުރެ ގިނަ ބަޔަކު ނިސްބަތްވާ ވަންހައެކެވެ.

ސުޢޫދިއްޔާގެ ތެލާއި މަޢްދަން ކޮލެޖުން ، އިންޖިނޭރިން ދާއިރާއިން ތަޢުލީމު ޙާޞިލު ކުރައްވާފައިވާ އަދި އެތާގައި 15 އަހަރު އުޅުއްވާފައިވާ އަލްޔާވިރް ފަހުން ، ވޮޝިންޓަނުގައި ހުންނަ ޖޯޖްޓައުން ޔުނިވާސިޓީންވެސް ކިޔަވާ ވިދާޅުވިއެވެ. އެއަށްފަހު ސުޢޫދިއްޔާގެ މުވާސަލާތީ ކުންފުއްޏެއް ކަމުގައިވާ ހައިކެޕްގެ ނާއިބް ރައީސްކަން ކުރެއްވިއެވެ. ޢަރަބި ބަހަށް ފަޞާޙަތްތެރި އަދި އިގިރޭސި ބަސް ރަނގަޅަށް ދެނެވަޑައިގަންނަވާ އަލްޔާވިރް ސުޢޫދިއްޔާ އަދި އެމެރިކާގައި ތަޢުލީމު ޙާޞިލު ކުރެއްވުމުން ، ތަފާތު ދެ ޘަޤާފަތެއް ގެ ތަޖުރިބާ ލިބިވަޑައިގެންފައިވެއެވެ.

އެމެރިކާ ޢިރާޤު ހިފުމަށްފަހު ، އެކުލަވާލި ވެރިކަން ހިންގާ ވަގުތީ މަޖިލިހަށް އަލްޔާވިރު ހޮވިވަޑައިގަތެވެ. މީގެ ސަބަބަކީ، ޢިރާޤުގެ ވަންހަތަކުގެ ރުހުން ހޯދުން ކަމަށް ބެލެވިދާނެއެވެ. މަޖިލިހުގެ ދައުރުވާ ރިއާސަތުގައި އެންމެ ފަހުން ހުންނެވި ޢިއްޒުއްދީން ސަލީމް މިދިޔަ މަހު އަވަހާރަކޮށްލުމާ ގުޅިގެން ، މަޖިލިހުގެ ރައީސަކަށް އަލްޔާވިރް ހޮވިވަޑައިގަތެވެ.

ޢިރާޤުގެ ސިޔާދަތު ޢިރާޤާއި ހަވާލު ކުރުމަށް ކަނޑައެޅިފައިވާ 30 ޖޫން ކައިރިވަމުން އައިވަރަކަށް ، ޢިރާޤުގެ ރައީސްކަމަށް ހޮވުމަށް އަލްޔާވިރް ހޮވުމަށް ދެކެވެމުންދިޔަ ވާހަކަތަކުގެ އަޑުވެސް ގަދަވިއެވެ. އަލްޔާވިރްގެ އިތުރަށް މިމަޤާމަށް ޢަދްނާން ބާޖާޖީގެ ނަންވެސް ހުށައެޅުނެވެ. އެމެރިކާއާއި ، އ.ދ އިން ބާޖާޖިއަށް ތާއީދު ކުރިނަމަވެސް ، ވެރިކަން ހިންގާ މަޖިލިހުގެ ތާއީދު ބޮޑަށް ލިބުނީ އަލްޔާވިރްއަށެވެ. ހަމަ އެހެންމެ ޢިރާޤު ޢާއްމު ރައްޔިތުންގެ ގިނަބަޔަކުވެސް ޢަރަބި ހެދުން ތުރުކުރައްވައިގެން ހުންނަވާ އަލްޔާވިރްއަށް ރުހުމުގެ ލޮލަކުން ބަލައެވެ. ހަމަ އެހެންމެ ޢިރާޤުގެ އަވަށްޓެރި ޢަރަބި އަދި ޢަރަބި ނޫން ޤައުމުތަކުންވެސް ، އަލްޔާވިރް އާއި މެދު ހިތްހަމަޖެހެއެވެ.

ޢަދްނާން ބާޖާޖީ ، ރައީސްކަމުގެ މަޤާމް ފުރުއްވަން ބޭނުންފުޅު ނުވާކަމަށް އިޢްލާން ކުރައްވާ އަދި އަލްޔާވިރް އަމަޤާމް ފުރުއްވަން އެއްބަސްކަމަށް ވިދާޅުވުމުން މިއަދު ، 1 ޖޫން 2004 ގައި ، ޞައްދާމު ޙުސައިނަށްފަހު ޢިރާޤުގައި ރައީސްކަން ކުރައްވާ އެންމެ ފުރަތަމަ ، ބޭފުޅަކީ ޣާޒީ ޢުޖައިލް އަލްޔާވިރް އެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.