އާދީއްތަ20201018

އާކުރެވުނީ: 08:43:52

Back ކަވާސާ ޚަބަރު ޚަބަރުގެ ބައިތައް ރިޕޯޓު ސާމީ ދަރިކޮޅާއި ޢަދާވާތްތެރިވުން : އިޒްރޭލުގެ ދިފާޢީ ތަވީދު

ސާމީ ދަރިކޮޅާއި ޢަދާވާތްތެރިވުން : އިޒްރޭލުގެ ދިފާޢީ ތަވީދު

antisemiticދާދިފަހުން، ޔޫރަޕިއަން ކޮމިޝަނުން އެދިގެން، ޔޫރަޕުގެ އިއްތިޙާދުގައި ހިމެނޭ ޤައުމުތަކުގެ ރައްޔިތުންގެ ޚިޔާލު ހޯދުމެއް ނެގުނެވެ. މިޚިޔާލު ހޯދުމުގެ މަޢުޟޫޢަކީ، ދުނިޔޭގެ އަމާންކަމާއި ސަލާމަތަށް އެންމެ ނުރައްކާތެރި ޤައުމުތަކަކީ ކޮބައިތޯ ބެލުމެވެ.

ޔޫރަޕުގެ އިސް އިދާރާތަކާއި، އެމީހުންގެ ރަޙްމަތްތެރި އެމެރިކާއިން ހީކުރިގޮތާއި ޚިލާފަށް، މިޚިޔާލު ހޯދުމުގައި ބައިވެރިވެ އެންމެ ގިނަ މީހުންގެ ނަޒަރުގައި ދުނިޔޭގެ އަމާންކަމަށް އެންމެ ނުރައްކާ ކުރާ ޤައުމެއްގެ ގޮތުގައި ހޮވުނީ އިޒްރޭލެވެ. ދެވަނައަށް އައީ އެމެރިކާއެވެ.

މިނަތީޖާ އިޢްލާނުކުރެވުނުތާ މާގިނައިރެއް ނުވެއެވެ. މިއީ ޔޫރަޕުން 'ސާމީ ދަރިކޮޅާއި ޢަދާވާތްތެރިވާކަން '' ހާމަކޮށްދޭ ކަމެއްގެ ގޮތުގައިބުނެ އިޒްރޭލުން ވާހަކަދައްކަން ފެށިއެވެ. ސާމީ ދަރިކޮޅާއި ޢަދާވާތްތެރިވުން ނުވަތަ އެންޓި ސެމިޓިޒަމް އަކީ، އިޒްރޭލުމީހުން ހިތްހަމަ ނުޖެހޭ ގޮތަށް، ބަޔަކު ބަހެއް ބުނެފިނަމަ، އެކަމަކުން ރެކި ދަފަރާވުމަށް، އެމީހުން މިހާރަކަށް އައިސް މާގިނައިން ބޭނުންކުރަމުން އަންނަ '' އައްޑަނަ'' އެކެވެ.

މިމުޞްޠަލަޙުގެ ޙަޤީޤަތަށް ނަޒަރެއް ހިންގާލުމަށްޓަކައި، ތާރީޚުގެ ތަންކޮޅެއް އެހާރަށް ޖެހިލަންޖެހެއެވެ. ޔޫރަޕާއި ދުނިޔޭގައި ހަނގުރާމަ ޢާއްމުވެ، ތަޅާފޮޅުން އޮތް ދުވަސްވަރު، ޔަހޫދީންގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު، ހިޓްލަރގެ އަމުރަށް އަންދާލެވުނު ކަމަށްވެއެވެ. މިކަންތައްގަނޑަށް ކިޔާ އުޅޭ ނަމަކީ ''ހޮލޯކާސްޓް'' އެވެ. ނަމަވެސް ޙަޤީޤަތަށް ބަލާއިރު، މިފަދަ އަނިޔާވެރި ގޮތަކަށް، އެދުވަސްވަރު ކަންތައްކުރެވުނީ ހަމައެކަނި ޔަހޫދީންނަކަށް ނޫނެވެ. އެހެން ދީންތަކާއި، ނަސްލުތަކުގެ މީހުންނަށްވެސް، ވަރަށް އަނިޔާވެރި ހިތާމަވެރި ކަންކަމާއި، އެދުވަސްވަރު ކުރިމަތިލާން ޖެހުނެވެ.

ކޮންމެއަކަސް މިކަންތައްގަނޑަށްފަހު، ޔޫރަޕުގައި ހިންގުނު ލާއިންސާނީ ޢަމަލުތަކުގެ މަތި އޮއްބުވުމަށްޓަކައި، ޔަހޫދީންނާއި ނުވަތަ އިޒްރޭލާއި އިދިކޮޅު ޚިޔާލުތައް ގެންގުޅޭ ފަރާތްތަކަށް އެއީ، ސާމީ ދަރިކޮޅާއި ޢަދާވާތްތެރި މީހެކޭ ކިޔެން ފަށައިފިއެވެ. މިހާތަނުން އުފެދޭ ސުއާލަކީ، ސާމީ ދަރިކޮޅުން އައި ހަމައެކަނި ބަޔަކީ ޔަހޫދީން ބާވައެވެ؟

ސާމީ ދަރިފަސްކޮޅު ނިސްބަތްވަނީ ނޫޙުގެ ފާނުގެ ދަރިކަލުން، ސާމުގެފާނަށެވެ. ސާމުގެފާނުގެ މަތިފުށުން އައި މީހުންގެ ތެރޭގައި ދެކޯރުގެ ރަށްތަކުގެ (ޢިރާޤުގެ) އަހްލުވެރިިންނާއި، ޝާމްކަރައާއި، ޢަރަބިކަރައާއި، ޙަބަޝްއާއި، އުތުރު އެފްރިކާގެ މީހުންނާއި، ޢާޝޫރީންނާއި، ބާބިލީންނާއި، އިބްލާރީންނާއި، ކަންޢާނުން (ޢަރަބިން) ހިމެނެއެވެ. ސާމީ ބަހަކީ ދުނިޔޭގެ އެންމެ ޤަދީމީ އެއް ބަހެވެ. ސާމީ ބަސްތަކުގެ ތެރޭގައި، ޢިބްރީ ބަހާއި، ޢަރަބި ބަސް ވެސް ހިމެނެއެވެ. އެހެން ކަމުން ، ޙަޤީޤަތުގައި މިމުޞްޠަލަޙުގެ މާނަ ހަމައެކަނި، ދަންމަރުކޮށްދޭން ޖެހޭނީ ޔަހޫދީންނަކަށް ނޫނެވެ. ނަމަވެސް އިޒްރޭލުން، އެމީހުންނަށް އެހެން މީހުންގެ ހަމްދަރުދީ ލިބޭނެހެން، ސާމީންނަކީ ހަމައެކަނި އެމީހުންކަމަށް ހަދަން މަސައްކަތްކުރަނީއެވެ.

އެންމެފަހުން ބޭއްވުނު އިސްލާމީ ޤައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި، މެލޭޝިޔާގެ އޭރުގެ ބޮޑުވަޒީރު، މަހާތީރު މުޙައްމަދު، ''ޔަހޫދީން މުޅިދުނިޔޭގައި ވެރިކަންކުރަނީ، އެހެން މީހުން އެމީހުންގެ ވަކީލުންގެ ގޮތުގައި ބައިތިއްބައިގެން'' ކަމަށް ވިދާޅުވުމުން، މަހާތީރަކީ ސާމީދަރިކޮޅާއި ޢަދާވާތްތެރި މީހެއްކަމަށްބުނެ، އިޒްރޭލާއި އެމީހުންނަށް ތާއީދުކުރާ އެމެރިކާއާއި ހުޅަނގުގެ ޤައުމުތަކުން، އޭނާއަށް ވަރަށް ފާޑުކިޔައި ކުށްވެރިކުރިއެވެ. ހަމަ މިދުވަސްކޮޅުގެ ތެރޭގައި، އެމެރިކާއިން މިހާރު ކުރަމުންނަ ''ޓެރަރިޒަމާއި އިދިކޮޅު ހަނގުރާމައިގެ'' މޭސްތިރިއެއްކަމުގައިވާ ޖެނެރަލް ވިލިއަމް ބޮއިކިން ، މުސްލިމުން އަޅުކަންކުރަނީ، ބުދަކަށްކަމަށްބުނެފައިވާ ބުނުމަކީ،ކުށްވެރިކުރުން ޙައްޤު ބަހަކަށް ނުވިއެވެ. އެބަސްވީ ''ޚިޔާލުފާޅުކުރުމުގެ މިނިވަންކަންލިބިފައިވާ'' ޤައުމެއްގައި ފާޅުކުރެވުނު ހަމައެކަނި މިނިވަން ޚިޔާލަކަށެވެ.

ހުޅަނގުގެ ސަރުކާރުތަކަށް އިޒްރޭލުގެ ޒަޔޮނިސްޓުންގެ ބާރު ފޯރާފައިވާ މިންވަރުން، އިޒްރޭލުގެ ސިޔާސަތާއި ފުށުއަރާގޮތަށް ޙަރަކާތްތެރިވާ ކޮންމެ މީހެއްގެ ނިތްކުރީގައި ''ސާމީދަރިކޮޅާއި ޢަދާވާތްތެރި'' ވުމުގެ ސިއްކަޖެހެއެވެ.

މިނިވަން މުޖުތަމަޢެއްގެ ގޮތުގައި ބުނެވޭ ފްރާންސްގައި، މަޝްހޫރު ފިލޯސަފަރ ރޯޖާ ގާރޫޑީ ލިއުއްވި ފޮތް ''އިޒްރޭލުގެ ސިޔާސަތުތައް އެމައްޗަށް ބިނާކުރެވިފައިވާ ފުލޯކުތައް'' މަނާކުރެވުނެވެ. މިއީ ފްރާންސްގައި، ފޮތެއް ނެރުން މަނާކުރެވުނު ފުރަތަމަ ފަހަރެވެ. ފަލަސްޠީނުގެ ޒުވާނުންނާއި ކުޑަކުދިންގެ ހުވަފެންތަކާއިބެހޭ ގޮތުން، މިޞްރު އަންހެންކުއްޖަކު ލިއުނު ފޮތަކަށްވެސް ކަންތައް ދިމާވީ ހަމަ މިފަދަ ގޮތަކަށެވެ.

ގްރީކްގެ މަޝްހޫރު ފަންނާނެއްކަމުގައިވާ، މިކީސް ތިއުދްރާކީސް ބުނެފައިވެއެވެ. ''މިކުޑަ ކުޑަ އުއްމަތަކީ، (ޔަހޫދީންނަކީ) ދުނިޔޭގެ ނުބައިކަމުގެ އަސާސެވެ.'' ތިއުދްރާކީސްއަކީ، ނާޒީންގެ ފަރާތުން ޔަހޫދީންނަށް ލިބިފައިވާ އަނިޔާތައް މީހުންގެ ހިތްތަކަށް ވަންނާނެފަދަ، އަސަރުގަދަ މިޔުޒިކްތަކެއް ތައްޔާރުކޮށްދީފައިވާ ފަންނާނެކެވެ. އިޒްރޭލުން އޭނާގެ ބަހަށް ރައްދުދިނުމުގެ ގޮތުން، ބުނެފައިވަނީ، އޭނާ ފާޅުކޮށްފައިވާ ޚިޔާލަކީ ނާޒީންގެ ޝިޢާރުތަކެއްކަމުގައެވެ. އިޒްރޭލުގެ ރައްދަށް ޖަވާބުދިނުމުގެ ގޮތުން، ތިއުދްރާކީސް ބުނެފައިވަނީ، އިޒްރޭލުގެ ސިޔާސަތާއިމެދު އޭނާ ދެކޭގޮތް، ބަދަލުނުވާކަމަށާއި، އެމީހަކު އަމިއްލައަށް އެމީހަކީ، ސާމީ ދަރިކޮޅާއި ޢަދާވާތްތެރި މީހެއްގެ ގޮތުގައި ސިފަކުރާނީ، ހަމައެކަނި ޝައިޠާނާ ކަމަށެވެ.

ޖަރުމަނުގެ ޕާރލަމެންޓުގެ މެންބަރު، މާރޓިން އޮމާން، ''ޔަހޫދީންނަކީ ކުއްވެރިންތަކެއްކަމަށް'' ވިދާޅުވުމާއި ގުޅިގެން، ކްރިސްޓިއަން ޑިމޮކްރެޓިކް ޕާރޓީން އޭނާ ވަކިކޮށް، ޕާރލަމެންޓުން ވަކިކުރުމަށް ގޮވާލައި، ފާޑުކިއުމުގެ ވަރަށްގިނަ ބަސްތައް އޭނާއަށް އަމާޒުކުރެވުނެވެ.

އެމެރިކާގެ ކޮންގްރެސްގެ މެންބަރުކަން ކުރެއްވި، ޕޯލް ވެންޑްލީވެސް، މަޤާމުން ވަކިވެވަޑައިގަންނަވަން ޖެހުނީ، އިޒްރޭލުގެ ޢަމަކުތަކާއިމެދު، އޭނާ ފާޅުކުރައްވަމުން ގެންދެވި ޝުޢޫރުތަކުގެ ސަބަބުންނެވެ.

ޒަޔޮނިސްޓުންގެ ރޭވުންތަކާއި، އެމީހުންގެ ޙަޤީޤަތްތައް ހާމަކޮށްދޭ، ބައެއް ފަންނީ މަސައްކަތްތަކަށްވެސް، އެއީ ސާމީދަރިކޮޅާއި އިދިކޮޅު ޢަމަލުތަކެއްކަމަށް އިޒްރޭލުން ބުނެފައިވެއެވެ. މިގޮތުން މިދިޔަ އަހަރު، މިޞްރު ޓީވީ އިން ރޯދަމަހު ފޮނުވި، ''ފާރިސް ބިލާ ޖަވާދު'' (އަހެއްނެތް އަސްވާރު) އާއި، މިއަހަރުގެ ރޯދަމަހު ލުބްނާނުގެ އަލްމަނާރު ޓީވީ އިން ދެއްކި ''ޝަތާތު'' (ވިއްސިވިހާލި) ސިލްސިލާއަށްވެސް، ސާމީދަރިކޮޅާއި އިދިކޮޅު އުފެއްދުންތަކޭ ކިޔައި، އެމެރިކާއާއި އިޒްރޭލުން، މިތަކެތި ނުދެއްކުމަށް ގޮވާލާފައިވެއެވެ.

އ.ދ އިން ފާސްކޮށްފައިވާ ބައެއް ޤަރާރުތަކަށްވެސް، ސާމީ ދަރިކޮޅާއި އިދިކޮޅު ޤަރާރުތަކެކޭ ބުނެ، އިޒްރޭލުން ފާޑުކިޔާފައިވެއެވެ.

އިޒްރޭލުން ޢަރަބިންނާއި މުސްލިމުންގެ ބިންތަކަށް ނުޙައްޤުން އަރައިތިބެ، އެތަންތާގެ އަހްލުވެރިންނަށް ދެމުންދާ އަނިޔާތައް ފޮރުވުމަށްޓަކައި، ކިތަންމެވަރަކަށް މަސައްކަތްކުރަމުން ދިޔަކަމުގައިވިޔަސް، މިކަންކަމުގެ ޙަޤީޤަތް ފޮރުވާފައި ނުބޭއްވޭނެކަން، އެމީހުންގެ ސިޔާސަތާއި އިދިކޮޅަށް، ހާމަކުރެވެމުންދާ ބަސްތަކުން ދަނީ ހާމަވަމުންނެވެ.

ޔޫރަޕުގެ ޚިޔާލުހޯދުމުގެ ނަތީޖާއަކީ، ޔޫރަޕުގެ އިއްތިޙާދުން، އެހާ ސަމާލުކަންދޭ ކަމެއް ނޫންކަމަށާއި، އަދި އެއީ ޔޫރަޕުން އިޒްރޭލާއިމެދު ދެކޭގޮތް ނޫންކަމަށް، މަސްއޫލުވެރިން ހާމަކުރައްވަމުންދިޔަ ނަމަވެސް، ޢާއްމުން، އިޒްރޭލާއިމެދު ދެކޭގޮތް ދަނީ ވަރަށް ބޮޑަށް ބަދަލުވަމުންނެވެ. މިއީ ޚަބަރު ޚަބަރުފަތުރާ ވަސީލަތްތަކުން، އިޒްރޭލުގެ ސޫރަ ޢާއްމުންނާއި ހަމައަށް ފޯރުކޮށްދޭގޮތުން، ދިމާވިކަމެއްކަމަށްބުނެ، ފުއްދާލަން އުޅުނަސް، ޙަޤީޤަތަކީ، މިޝުޢޫރުތަކަކީ، އިޒްރޭލުގެ ހަމައެއްލަމައެއްނެތް، އަނިޔާވެރި، ޢަމަލުތަކުގެ ސަބަބުން، އުފެދޭ ޝުޢޫރުތަކަކަށްވާކަމެވެ.

އަނިޔާވެރިބައެއްގެ ބަދަލުގައި، އަނިޔާ ލިބިފައިވާ ބައެއްގެ ގޮތުގައި އިޒްރޭލުގެ ''ޒަޔޮނިސްޓު'' ސަރުކާރުން، އެމީހުން ދުނިޔޭގެ ޢާއްމު ރައުޔުގެ ކުރިމައްޗަށް ނެރެންވެގެން، ހުރިހާ ދާއިރާއެއްގައިވެސް ދަނީ މަސައްކަތްކުރަމުންނެވެ. ސާމީދަރިކޮޅާއި ޢަދާވާތްތެރިވުމޭ ކިޔައިގެން ބޭނުންކުރެވޭ މުޞްތަލަޙުގެ ފަހަތުގައިވެސް ވަނީ މިބޭނުމެވެ.

އިޒްރޭލަށް ރައްދުވާ ބަސްތަކަކީ، އެއްވެސް ޙާލެއްގައި ޔަހޫދީ ދީނަށް ބުނެވޭ ބަސްތަކެއް ނޫނެވެ. އަދި އެއީ ސާމީ ދަރިކޮޅަށް އަމާޒުކުރެވޭ ބަސްތަކެއްވެސް ނޫނެވެ.

ޖެނެރަލް ޑިގޯލްއަކީ، އިޒްރޭލަށް ހަތިޔާރުދީ، އެމީހުންނަށް ވަރަށް އެހީތެރިވެދިން މީހެކެވެ. އޭނާވެސް '' ޔަހޫދީންނަކީ، އެހެންމީހުންގެ މައްޗަށް ބާރުހިންގުމަށް ބޭނުންވެގެން އުޅޭ ބައެއް'' ކަމަށް 1968މ. ގައި ވިދާޅުވެފައިވެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.