ބުރާސްފަތި20181018

އާކުރެވުނީ: 08:43:52

Back ކަވާސާ ޚަބަރު ޚަބަރުގެ ބައިތައް ރިޕޯޓު ބިން ލާދިންގެ އެންމެ ފަހުގެ ވީޑިޔޯ ފީތާގެ ދިވެހި ތަރުޖަމާ

ބިން ލާދިންގެ އެންމެ ފަހުގެ ވީޑިޔޯ ފީތާގެ ދިވެހި ތަރުޖަމާ

binladintape_octތެދުމަގަށް ތަބާވެއްޖެމީހަކަށް، އަމާންކަން ހުއްޓެވެ.

އެމެރިކާގެ ރައްޔިތުންނޭވެ.އަޅުގަނޑުގެ މިވާހަކަ އަމާޒުކުރަނީ ކަލޭމެންނަށެވެ. އެއީ ދެވަނަ މަންހާޓަންއެއް ތަކުރާރުވިޔަނުދިނުމަށް ކުރެވިދާނެ ލާމަސީލު ކަންތައްތަކެއްގެވާހަކަ ބުނުމަށެވެ. އަދި މިވާހަކަގުޅިފައިވަނީ، ހަނގުރާމައާއި، އޭގެ ސަބަބުތަކާއި ނަތީޖާތަކާއިއެވެ.

ވާހަކަފެށުމުގެކުރިން ބުނެލަން އޮތީ، އަމަންއަމާންކަމަކީ، އިންސާނީ ޙަޔާތުގެ މުހިންމު ތަނބެކެވެ. އަދި އަހަރެމެންނަކީ، މިނިވަންކަމަށް ނަފުރަތުކުރާބައެއްކަމަށް ބުޝްކުރަމުންދާ ދަޢްވާ އާއި ޚިލާފަށް ބުނަންޖެހެނީ، މިނިވަން މީހުންނަނީ އެމީހުންގެ އަމާންކަން ނަގާލާމީހުންނެއްނޫނެވެ.

އަހަރެމެން މިނިވަންކަމަށް ނަފުރަތުކުރާކަމަށްވާނަމަ، މިސާލަކަށް އަހަރެމެން ސްވިޑުންއަށް ހަމަލާނުދިނީ ކީއްވެގެންކަން ބުޝް ޝަރަޙަކޮށްދީބަލާށެވެ. އަދި މިނިވަންކަމަށް ނަފުރަތުކުރާ މީހުންނަކީ، އެ 19 މީހުންފަދައިން، ﷲ އެމީހުންނަށް ރަޙްމަތްލައްވާށިއެވެ! ދިފާޢީ ރޫޙު އެބައިމީހުންގެ ހިތުގައިވާބައެއް ނޫންކަންވެސް އަހަރެމެންނަށް އެނގެއެވެ.

ނޫނެކެވެ. އަހަރެމެން ހަނގުރާމަކުރަނީ، އަހަރެމެންނަކީ، ހަރުކަށިކަމާއި އަނިޔާވެރިކަމުގެ ދަށުގައި ނިދަން ބޭނުންނުވާ މިނިވަނުންނަށްވާތީއެވެ. އަހަރެމެންގެ އުއްމަތަށް މިނިވަންކަން އަނބުރާގެނައުމަށް އަހަރެމެން ބޭނުމެވެ.

ކަލޭމެން އަހަރެމެންގެ އަމުނު ނަގާލާފަދައިން، އަހަރެމެންވެސް ކަލޭމެންގެ އަމުނު ނަގާލާނަމެވެ. އެހެންމީހުންގެ އަމަންއަމާންކަމާއިކުޅެފައި، އޭނާއަށް އަމާންކަންމަތީ ދެމިހުރެވޭނަކަމަށް މޮޔަ ވަގަކު ނޫނީ ހީއެއް ނުކުރާނެއެވެ. ބުއްދިވެރިންނަކީ، މުޞީބާތެއްޖެހުމުން، އެމީހުންގެ އެންމެމުހިންމު މަސައްކަތަކީ، އެކަމެއްދެވަނަ ފަހަރަށް މެދުވެރިވިޔަ ނުދިނުމަށްޓަކައި، އޭގެ ސަބަބުތައް ހޯދާމީހުންނެވެ.

އެކަމަކު އަހަރެން މިވަނީ ކަލޭމެންނާއިމެދު ހައިރާންވެފައެވެ. އަހަރެމެން މިވަނީ، ސެޕްޓެމްބަރ 11 ގެ ކަންތައްތަކުގެފަހުން ހިނގަމުންދާ 4 ވަނަ އަހަރުގެތެރޭގައިކަމަށްވިޔަސް، ބުޝް އަދިވެސް އެގެންދަނީ، މަކަރު ހަދައި، ކަލޭމެންނަށް އެކަންތައްތައް ހިނގަންމެދުވެރިވި ހަޤީޤީ ސަބަބުތައް އޮޅުވާލުމަށް މަސައްކަތްކުރަމުންނެވެ. އެހެންވީމާ، އެކަންތައް ދެވަނަ ފަހަރަށް ތަކުރާރުވުމަށް މެދުވެރިވާނެ ސަބަބުތައް އަދިވެސް އެހުރިގޮތަށް އެބަހުއްޓެވެ.

އެހެންވީމާ، މިޤަރާރުނެގުމަށް އަހަރެން ނިންމި ވަގުތުކޮޅުތަކާއި ބެހޭވާހަކަ ތެދުވެރިކަމާއިއެކު ކިޔައިދޭނަމެވެ. އެއީ އަހަރެން މިބުނާ އެއްޗަކާއިމެދު ކަލޭމެން ވިސްނާފިކުރުކުރުމަށްޓަކައެވެ. އެންމެ ފުރަތަމަ ޓަވަރަށް ޙަމަލާދޭން އަހަރެމެން ނުވިސްނާކަން ﷲ ދެނެވޮޑިގަންނަވާނެއެވެ. އެކަމަކު، މިޚިޔާލު އަހަރެންގެ ވިސްނުމަށްއައީ، އެމެރިކާއާއި އިސްރާއީލުގުޅިގެން، ފަލަސްޠީނާއި، ލުބުނާނުގައި އަހަރެމެންގެ އަހްލުވެރިންނަށް ދެމުންދިޔަ އަނިޔާތަކާއި ހަރުކަށި ޢަމަލުތައްފެނި، ކެތްނުކުރެވިގެންނެވެ.

ސީދާގޮތެއްގައި އަހަރެންގެ ނަފްސަށް އަސަރުކުރުވި ކަންތައްތައް އެނބުރިދަނީ، 1982 ވަނަ އަހަރާއި އޭގެފަހުން ހިނގައިދިޔަ ކަންތައްތަކަށެވެ.

އެއީ އިސްރާއީލުމީހުނަށް، ލުބުނާނަށްއަރައިގަތުމަށް ހުއްދަދީ، އެކަމުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ 6 ވަނަ ފްލީޓް އެހީވެދީ، ޙަމަލާދޭންފަށައި، އެތައްބަޔަކު މަރައި، ޒަޚަމުކޮށް، އެހެން އެތައް ބަޔަކު ބިރުގަންނުވައި، އެމީހުން ތިބި ތަންތަނުން ފޮނުވާލި ހިނދެވެ.

ލެޔާއި، ގައިންވަކިވެފައިވާ އަތްފަޔާއި، އެކިހިސާބުތަކަށް ބުރައިގެންގޮސްފައިވާ މަރުވެފައިވާ އަންހެނުންނާއި ކުޑަކުދިންގެ އަސަރުކުރަނިވި މަންޒަރުތައް އަދިވެސް އަހަރެންގެ ހަނދާނުގައި އެބަހުއްޓެވެ. ގެތަކާއި އުސް ޢިމާރާތްތައް އެތަންތަނުގައި އުޅޭ މީހުންނާއިއެކު ދިޔައީ ހަލާކުކުރެވެމުންނެވެ. އެއްވެސް ރަޙުމެއްނެތި، އަހަރެމެންގެ ގެތައް މައްޗަށް، ވާރޭވެހޭހެން ރޮކޮޓުތައް އޮހެމުންދިޔައެވެ.

އެދަނޑިވަޅަކީ، ރުއިން ފިޔަވާ އެއްވެސް އާރެއްބާރެއްނެތް ކުޑަކުއްޖެއް ކާލުމަށް، ކިނބުލެއް އަންނަކަހަލަ ޙާލަތެކެވެ. ފަހެ، ހަތިޔާރު ފިޔަވައި، ކިނބޫ ދަންނަ އެހެން ބަހެއް އެވަގުތު އޮންނާނެހެއްޔެވެ؟ މުޅިދުނިޔެވެސް މިމަންޒަރުތައް ދެކި އަޑުއެހިއެވެ. އެކަމަކު އެމީހުން އިޖާބައެއް ނުދިނެވެ.

އެއުނދަގޫ ދަތި ވަގުތުކޮޅުތަކުގައި، ބަޔާންކޮށްދޭން އުނދަގޫ ގިނަ ޚިޔާލުތަކެއް އަހަރެންގެ ނަފުސުގައި އުތުރިއަރައިގެންދިޔައެވެ. އެކަމަކު، އެންމެފަހުން ޚިޔާލުތަކުގެ ނިމުމަކަށްއައީ، އަނިޔާވެރިކަމާއި އިދިކޮޅުހެދުމުގެ ވަރުގަދަ ޝުޢޫރަކުންނެވެ. އަދި، އަނިޔާވެރިންނަށް ވަރުގަދަ އަދަބެއްދިނުމުގެ ފިކުރު އެހާ ހިސާބުން އުފަންވިއެވެ.

ލުބުނާގައި ހަލާކުކޮށްލެވިފައިވާ އެޓަވަރުތަކަށް ބަލަމުންދިޔައިރު، އަނިޔާވެރިޔާއަށް ހަމައެއްފަދައަކުން، އަދަބުދިނުމަށް އަހަރެންގެ ވިސްނުމަށް އައެވެ. އަދި އަހަރެމެން ބެލި ރަހައިގެ ބައެއް ދައްކާލުމަށާއި، އަހަރެމެންގެ ކުޑަކުދިންނާއި އަންހެނުންމެރުމަށް އެމީހުން ފަސްޖައްސާލުމަށްޓަކައި، އެމެރިކާގެ ޓަވަރުތަކެއް ހަލާކުކޮށްލުމަށް ޚިޔާލަށް އައެވެ. އެދުވަހު އަހަންނަށް ޔަޤީންވިގޮތުގައި، އަނިޔާވެރިކަމާއި، ޤަޞްދުގައި ކުށެއްނެތްމީހުންނާއި، ކުޑަކުދިންނާއި އަންހެނުން މެރުމަކީ އެމެރިކާއިން ޢަމަލުކުރާ ސިޔާސަތެވެ. މިސިޔާސަތުގައި، ބިރުދެއްކުމަކީ މިނިވަންކަންކަމާއި ، ޑިމޮކްރަސީއެވެ. އެކަމަކު، އަޅުވެތިކަމާއިއިދިކޮޅަށް ހަނގުރާމަކުރުމަކީ ޓެރަރިޒަމާއި، އެހެންމީހުންގެ ރައުޔަށް އިޙްތިރާމުނުކޮށް، ކެތްމަދުވެގެން އުޅުމެވެ.

މީގެމާނައަކީ، އަނިޔާވެރިކަމާއި، އެތައް މިލިއަން ބަޔަކު މަރުވަންދެން ޙިޞާރުކުރުމެވެ. ބޮޑު ބުޝް ކަންތައްކުރި ފަދައިންނެވެ. އިންސާނިއްޔަތު މިހާތަނަށްދުށް ކުޑަކުދިން ކަތިލުމުގެ އެންމެބޮޑު ޢަމަލު އޭނާ ޢިރާޤުގައި ހިންގިއިރުއެވެ. މީގެ މާނައަކީ، ކުރީގެ އެޖެންޓެއް ވަކިކޮށްފައި، އޭނާގެ ބަދަލުގައި އާ ޕަޕެޓެއްބަހައްޓައިގެން، ޢިރާޤުގެ ތެޔޮ ވަގަށް ނެގުމަށްޓަކައި،އެތައްމިލިއަން ޕައުންޑެއްގެ ބޮމާއި ގޮވާތަކެތި، އެތައް މިލިއަން ކުޑަކުދިންތަކަކާއިދިމާއަށް އުކުމެވެ. މިފަހަރުވެސްހަމަ ޢިރާޤުގައެވެ. ކުޑަ ބުޝްކުރި ފަދައިންނެވެ. އަދި މިނޫންވެސް އެހެނިހެން އަނިޔާވެރި ބިރުވެރި ކަންތައްތައްކުރުމެވެ.

ސެޕްޓެމްބަރ 11 ގެ ކަންތައްތައް އައީ، އެމަންޒަރުތަކާއި އެއާއިއެއްގޮތް އެހެން މަންޒަރުތައް އޭގެފަހަތުގައި ވާޙާލުގައެވެ. އެބޮޑެތި އަނިޔާތަކަށް ރައްދުދިނުމުގެ ގޮތުންނެވެ.

ފަހެ އެއްވެސް މީހަކު އެމީހެއްގެ ފުރާޅު ސަލާމަތްކުރަން އުޅުމުން ކުށްވެރިކުރެވޭނެހެއްޔެވެ؟ އަމިއްލަ ނަފްސުދިފާޢުކުރުމާއި، އަނިޔާވެރިޔާއަށް އޭނާގެ އަނިޔާއާއި އެއްގޮތަށް އަދަބުދިނުމަކީ، ކުށްވެރިކުރެވޭ ޓެރަރިޒަމްކަމަށްވާނެހެއްޔެވެ؟ އެހެންކަމަށްވާނަމަ، އެނޫންގޮތެއް އަހަރެމެންނަކަށް ނެތެވެ.

ބަހުންނާއި ޢަމަލުން، ތަކުރާރުކޮށް، ސެޕްޓެމްބަރ 11 ގެ އެތައް އަހަރެއްކުރިން، އަހަރެން ކަލޭމެންނަށް ފޯރުކޮށްދޭން ގަދައަޅައި މަސައްކަތްކުރި މެސެޖަކީ މިއީއެވެ. ބޭނުންނަމަ، 1996 ގެ ޓައިމް މެގަޒިންއަށް، ސްކޮޓްއަށް އަހަރެންދިން ބަސްދީގަތުން ކިޔާށެވެ. ނުވަތަ 1997 ވަނަ އަހަރު ސީއެންއެންގެ ޕީޓަރ އާރނެޓްއަށް، ނުވަތަ 1998 ވަނަ އަހަރު އަހަރެން ޖޯން ވެއިނަރ އަށް ދިން ބަސްދީގަތުން ބަލާށެވެ.

ކެންޔާއާއި، ޓެންޒޭނިއާއާއި، ޢަދަންއިން ކަލޭމެންނަށް ބޭނުންނަމަ، އެކަންތައް ޢަމަލީގޮތުން ފެންނާނެއެވެ. އަދި، ޢަބްދުލްބާރީ ޢަޠްވާންއާއި، ރޮބަރޓް ފިސްކްއާއި އަހަރެން ދެއްކިވާހަކަތައްވެސް ކަލޭމެންނަށް ކިއިދާނެއެވެ.

ފަހުން މިބުނެވުނު މީހަކީ، ކަލޭމެންގެ ޤައުމުގެ ކަލޭމެންގެ ދީނުގެ މީހެކެވެ. އަދި އަހަރެން ދެކޭގޮތުގައި އޭނާއަކީ ވަކިފަރާތަކަށް ނުޖެހޭ މީހެކެވެ. އެހެންވީމާ މިނިވަންކަމަށް ލޯބިކުރާބައެއްކަމަށް ހެދިގެން އުޅޭ، އަދި ޓީވީ ޗެނަލްތައް އެބައެއްގެ ބާރުގެ ދަށުގައިވާ، ވައިޓްހައުސްގައި ތިބި މީހުންނަށް، އޭނާގެ ބަސްދީގަތުމެއް ހޯދަން ކެރިދާނެހެއްޔެވެ؟ އޭރުން، އަހަރެމެން ކަލޭމެނާއި ހަނގުމާމިކުރަނީ ކީއްވެގެންކަމާއިމެދު، އަހަރެމެންގެ ފުށުން އޭނާއަށް ވިސްނިފައިވާ އެއްޗެއް އެމެރިކާ މީހުންނަށް ކިޔައިދީފާނެއެވެ.

މިސަބަބުތަކާއި ދުރަށްދާން ބޭނުންނަމަ، ކަލޭމެން ހިނގީހީ ރަނގަޅުމަގުންނެވެ. އެއީ ސެޕްޓެމްބަރ 11 ގެ ކުރިން އެމެރިކާގައި އޮތް އަމާންކަމަށް އެޤައުމު ގެންގޮސްދޭނެމަގެވެ. ހަނގުރާމައާއި އޭގެ ސަބަބުތަކާއިބެހޭގޮތުން އަހަރެން ބުނަން ބޭނުންވި ވާހަކައަކީ މިއީއެވެ.

އަނެއްކޮޅުން އޭގެ ނަތީޖާއަށް ބަލާއިރު، ﷲ ގެ ފަޟްލުވަންތަކަމުން، އެއީ ވަރަށް އީޖާބީ ނަތީޖާތަކެކެވެ. އަހަރެމެން ހީކުރިގޮތާއި މިންވަރުތަކަށްވުރެ އެނަތީޖާތައް ރަނގަޅެވެ. އެއީ ވަރަށް ގިނަ ސަބަބުތަކާއިހުރެއެވެ. އޭގެތެރެއިން އެންމެ މުހިންމު ސަބަބުތަކަކީ :- ބުޝްއާއި އޭނާގެ އިދާރާއާއި މުޢާމަލާތުކުރުމަށް އަހަރެމެންނަކަށް އުނދަގުލެއްކުރިމައްޗެއް ނުވެއެވެ. އެއީ އޭނާގެ ވެރިކަމާއި އަހަރެމެންގެ ޤައުމުތަކުގައިވާ ، ވެރިކަމާއި ހުރި އެއްގޮތްކަމުންނެވެ. އަހަރެމެންގެ ޤައުމުތަކުގައިވާ ވެރިކަމުގެ ދެބައިކުޅަ އެއްބަޔަކީ ޢަސްކަރީންގެ ވެރިކަމެވެ. އަނެއްބަޔަކީ، ރަސްކަލުންނާއި، ރައީސުންގެ ދަރީން ވެރިކަން ކުރާ ޤައުމުތަކެވެ. އެމީހުންނާއިބެހޭގޮތުން އަހަރެމެންނަށް ލިބިފައިވާ ތަޖުރިބާއަކީ ދިގު ތަޖުރިބާއެކެވެ. މިދެބައިގައިވެސް ގިނައީ، ބޮޑާކަމާއި، ހަރުކަށިކަމާއި، ޙައްޤަކާއިނުލައި މުދާ ފޭރޭކަމަށް ސިފަކުރެވޭ މީހުންނެވެ.

އަހަރެމެންގެ ވެރިކަމާއި އެމެރިކާގެ ވެރިކަމާއި އެއްގޮތްވާން ފެށީ، ބައްޕަ ބުޝް މިހިސާބަށް ޒިޔާރަތްކުރަން ފެށުމުންނެވެ. އެމެރިކާއާއިހެދި އަހަރެމެންގެ ބައެއްމީހުންގެ ލޯތަރަތަރަ ޖަހަމުންދިޔަ ވަގުތެއްގައި، އަދި މިޒިޔާރަތްތަކުގެ ސަބަބުން އަހަރެމެންގެ ޤައުމުތަކަށް އަސަރުކުރާނެކަމަށް ތިއްބާ، ރަސްކަމާއި، ޢަސްކަރުންގެ ވެރިކަމުގެ ނިޒާމުތަކުން އަސަރުކުރާތަން ފެނިގެންދިޔައީ އޭނާއަށެވެ. އަދި، ބަލާނެ ހިސާބުކުރާނެ ފަރާތެއްނެތި، އުއްމަތުގެ މުދާތައް އަމިއްލައެއްޗަކަށް ހެދުމަށް މިވެރިންތަކުގެ ވެރިކަމުގެ ބާކީއޮތް އަހަރުތަކުގައި ތިބުމަށް އޭނާ ދޫކޮށްލިއެވެ.

ދެން އޭނާ، ޑިކްޓޭޓަރުކަމާއި، މިނިވަންކަން އިނދަޖައްސާލުން، އޭނާގެ ދަރިއަށް ގެންގޮސްދިނުމުން، އެމީހުން އެއަށް ޕެޓްރިއެޓް އެކްޓްއޭ ކިޔައި ނަންދިނެވެ. އަދި އެއީ ޓެރަރިޒަމާއި އިދިކޮޅަށް ހަނގުރާމަކުރުމުގެ ޛަރީޢާއެއްކަމުގައި ހެދިއެވެ.

އަދި ސްޓޭޓްތަކުގެ ވެރިކަމަށް، ދަރިން އިސްކުރުމަކީ ރަނގަޅުކަމެއްކަމަށް ބުޝް ނިންމިއެވެ. އަދި ހަމަ އެފަދައިން، އެންމެފަހުގެ ނިންމުން ނިންމަންޖެހޭ ވަގުތުގައި އެކަމުން ފައިދާ ހޯދުމަށްޓަކައި، މިސަރަޙައްދުގެ ވެރިންގެ ފުށުން، މަކަރުހެދުމާއި އޮޅުވާލުން، ފްލޮރިޑާއަށް ގެންދިއުންވެސް އޭނާ ހަނދާން ނައްތައެއްނުލައެވެ.

މިބުނެވުނު ހުރިހާކަމެއްގެ ސަބަބުން، މިވެރިކަމުގެ ނިޒާމަށް ޖެއްސުންކޮށް، މަޅިއަށް ލަވަން އަހަރެމެންނަށް ފަސޭހަވެގެންދިޔައެވެ. އެމީހުންގެ ބައެއް އަމިއްލަ ކުންފުނިތަކަށްލިބުނު ބައެއް ފައިދާތައް ފިޔަވައި، ފާހަގަކުރެވޭފަދަ އެހެން ފައިދާއެއް ނުކުރާގޮތަށް، އެމެރިކާ އަށް މީހުންނާއި، ފައިސާއާއި، ސިޔާސީގޮތުން ގެއްލުންދިނުމަށް، ޖެނެރަލުންތައް އަވަހަށް އެތަނަށް އެއްވުމަށް، އެންމެ ދެމުޖާހިދުން، އެންމެ ދުރުއިރުމައްޗަށް ، އަލްޤާޢިދާގެ ނަންލިޔެފައިވާ ފޮތިކޮޅެއް އުފުލާލުމަށް ފޮނުވާލުމުން އަހަރެމެންނަށް ފުދުނެވެ.

އޭގެ އިތުރުން، އަހަރެމެންނަށް ލިބިފައިވާ ގެރިއްލާ ހަނގުރާމަކުރުމާއި، އަނިޔާވެރި ބޮޑެތި ބާރުތަކާއި އިދިކޮޅަށް ލޭއޮރުވުމުގެ ހަނގުރާމަކުރުމުގެ ތަޖުރިބާ މިކަމުގައި އެހީތެރިވިއެވެ. މުޖާހިދީންނާއިއެއް ސަފެއްގައި، ބާރުގެ ބޭނުންކޮށްގެން، އިފްލާސްވެ، ބަލިވެގެންވާ ޙާލުގައި ރަޝިޔާސިފައިން ބޭރުކޮށްލެވެންދެން، 10 އަހަރުދުވަސްވަންދެން، އަހަރެމެން ރޫސީންގެ ލޭއޮހުރުވަމުން ދިޔައިމެވެ. ހުރިހާ ޙަމްދަކާއި ތަޢްރީފެއް ހުރީ ﷲ އަށެވެ.

ވީމާ، އެމެރިކާ އިފްލާސްވަންދެން، އެމެރިކާގެ ލޭއޮރުވާލުމުގެ ސިޔާސަތު އަހަރެމެން މިގެންދަނީ ކުރިއަށެވެ. ﷲ ގެ އިރާދައާއިއެކުއެވެ. ﷲ އަށް އެއްވެސްކަމަކީ، ބޮޑު އުނދަގޫކަމެއްނޫނެވެ.

ވައިޓްހައުސްގެ އިދާރާގެ މައްޗަށް އަލްޤާޢިދާ ކާމިޔާބު ހޯދައިފިކަމަށް، ނުވަތަ ވައިޓްހައުސްގެ އިދާރާ މިހަނގުރާމައިން ބަލިވެއްޖެކަމަށް މީހަކު ބުންޏަސް އެއީ މުޅިންރަނގަޅުވާހަކައެއް ނޫނެވެ. އެއީ މިހަނގުރާމައިގެ ނަތީޖާއަށް ފުންކޮށް ވިސްނާލާއިރު، މިބޮޑެތި ފައިދާތަކުގެ ހަމައެކަނި ސަބަބަކީ އަލްޤާޢިދާކަމަކަށް ނުބުނެވޭނެއެވެ.

އެކަމަކު، އެމީހުންގެ އެކިއެކި ކޯޕަރޭޝަންތައް، އެއީ ހަތިޔާރުވިއްކުމުގެ ދާއިރާގައި މަސައްކަތްކުރާ ބައެއްކަމުގައިވިޔަސް، ނުވަތަ ތެލުގެ މަސައްކަތްކުރާ މީހުންކަމުގައިވިޔަސް ނުވަތަ އަލުން ތަންތަން ޢިމާރާތްކުރާ މީހުންކަމުގައިވިޔަސް، ވިޔަފާރީގެތެރޭގައި ބޭތިއްބުމަށްޓަކައި، ވައިޓްހައުސްއިން ގެންގުޅޭ ސިޔާސަތުގެ ސަބަބުން އަލްޤާޢިދާއަށް، މިހާބޮޑު ނަތީޖާތަކެއް ލިބުމަށްވަނީ އެހީލިބިފައެވެ.

ބައެއް މުޙައްލިލުންނާއި، ޑިޕްލޮމެޓުންނަށް ހީވާގޮތުގައި، އަހަރެމެންނާއި ވައިޓްހައުސްއާއި ކުޅެމުން މިދަނީ އެއްޓީމެއްގެ ގޮތުގައެވެ. އަދި އެމީހުން ދެކޭގޮތުގައި، އަހަރެމެންގެ އަމާޒަކީ، ނިޔަތް ތަފާތުވިއެއްކަމަކު، ހަމަ އެމެރިކާގެ ގޯލެވެ.

ބައިނަލް އަޤުވާމީ ކަންކަމާއިބެހޭ ޝާހީ މަޢްހަދުގައި، މުޙާޟަރާއެއް ދެމުން، އިނގިރޭސިވިލާތުގެ ޑިޕޮލޮމެޓުވަނީ މިމޭރުމުން ވާހަކަދައްކާފައެވެ. މިސާލެއްގެގޮތުން ބުނާނަމަ، ސެޕްޓެމްބަރ 11 ގެ ކަންތަކަށް، އަލްޤާޢިދާއިން 500 ހާސް ޑޮލަރު ހޭދަކުރިއެވެ. މިކަމުގެތެރޭގައާއި އެއާއިވިދިގެން ދިމާވި ކަންކަމުގައި އެންމެ މަދުވެގެންވެސް އެމެރިކާއަށް 500 ބިލިއަން ޑޮލަރު ގެއްލުންވިއެވެ. މީގެމާނައަކީ، އަލްޤާޢިދާގެ ކޮންމެ ޑޮލަރަކުން، ﷲ ގެ ފަޟްލުވަންތަކަމުން، އެމެރިކާގެ އެއްމިލިއަން ޑޮލަރު ބަލިކޮށްލިއެވެ.

އޭގެއިތުރުން، އެމެރިކާއަށް، އެތައްބައިވަރު ވަޒީފާތަކެއް ގެއްލުނެވެ. ފައިސާގެ ނުކުޅެދުމަށް( ޑެފިސިޓް ) ބަލާއިރު، ކުރިން ދުވަހަކުވެސް ދަށަށްނުދާހާ މިންވަރަށް، ގާތްގަނޑަކަށް ޓްރިލިއަނަކަށްވުރެ މައްޗަށް ގޮސްފައިވެއެވެ.

އެމެރިކާއަށް ދިމާވި މިއަށްވުރެވެސް ނުރައްކާތެރިކަމަކީ، އަފްޣާނިސްތާނާއި، ޢިރާޤުގައި ހަނގުރާމަކުރިއަށް ގެންދިއުމަށް، ކުއްލިޙާލަތްތަކުގައި ބޭނުންކުރަން އޮތް ބަޖެޓުގެ ބޭނުންކުރަން، މުޖާހިދުން ބުޝްއަށް މަޖުބޫރުކުރުވިކަމެވެ. މިއިން އަންގައިދެނީ، ﷲގެ އިރާދައާއިއެކު، އިފްލާސްވުމާއި ހަމައަށް އެމެރިކާގެ ލޭއޮރުވާލުމަށް ރޭވިފައިވާ ރޭވުން ކާމިޔާބުކަމެވެ.

މަޢްލޫމާތަށްޓަކައި ބުނަމެވެ. އަމީރު ޢާއްމު މުޙައްމަދު ޢަޠާ އާއިއެކު އަހަރެމެން އެއްބަސްވީ، ހުރިހާ ކަމެއްވެސް، ބުޝްއާއި އޭނާގެ އިދާރާއިން މިކަމަށް ހޭއެރުމުގެ ކުރިން، 20 މިނެޓުގެތެރޭގައި މުޅިން ނިންމާލުމަށެވެ. އެމެރިކާގެ ސިފައިންގެ އެންމެމަތީވެރިޔާ، އޭނާގެ ޤައުމުގެ 50 ހާސްމީހުން، ދެޓަވަރުގައި، އެބިރުވެރިކަމާއިއެކު، އެމީހުން އެކަނިމާއެކަނި، އެމީހުން އޭނާއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ހިނދު ދޫކޮށްލާނެކަމަކަށް އަހަރެމެން ހީއެއްނުކުރަމެވެ.

އެކަމަކު، އެއުސްޢިމާރާތްތަކުގައި މަތިންދާބޯޓުތަކުން ޖައްސައި ހަލާކުކޮށްލުމުގެ ކަންތަކަށްވުރެ، ކުޑައަންހެން ކުއްޖާއަށް ގެރިއާއި އޭގެ ދަޅުން ތެޅުމުގެ ވާހަކައާއި ބެހޭގޮތުން ވާހަކަދައްކަން އިނުން އޭނާއަށް މުހިންމުހެން ހީވުމުގެ ސަބަބުން، އެޙަމަލާތައްދިނުމަށް ބޭނުންވި ވަގުތުގެ 3 ގުނަ އިތުރަށް އަހަރެމެންނަށް ފަހިވެގެންދިޔައެވެ. ހުރިހާ ޙަމްދަކާއި ތަޢްރީފެއް ހުރީ ﷲ އަށެވެ.

ހަނގުރާމައާއިބެހޭގޮތުން، އެމެރިކާގެ މުފައްކިރުންނާއި، ބުއްދިވެރިން އެހަނގުރާމަފެށްޓުމުގެ ކުރިން ބުޝްއަށް އިންޒާރުދީ މިފަދައިން ބުނިކަންވެސް ކަލޭމެނަކަށް ސިއްރުވެފައެއް ނޯންނާނެއެވެ. ހީއެއްގެ މައްޗަށް ބަލައިގެންވިޔަސް، ނުރައްކާތެރިކަން ބޮޑު ހަތިޔާރުތައްހުރިކަމަށްވާނަމަ، އެހަތިޔާރުތައް ނައްތާލައިގެން އެމެރިކާ އަމާންކުރުމަށް ބޭނުންވާ ހުރިހާކަމެއް މަނިކުފާނަށްވަނީ ފަހިވެފައެވެ. ދުނިޔޭގެ ޤައުމުތައް އެތިބީ ހަތިޔާރުހުރިތޯބަލައި ފާސްކުރުމަށް މަނިކުފާނާއި އެއްކޮޅަށެވެ. ނުކުންނާނެ ނަތީޖާއެއް ނޭނގޭ ، ހުއްދަލިބިފައިނުވާ ހަނގުރާމައެއްގެ ތެރެއަށް ނުވަނުމަކީ އެމެރިކާއަށް ރަނގަޅުގޮތެވެ.

އެކަމަކު ކަޅު ރަނުގެ އަނދިރިކަން އޭނާގެ ލޮލުގެ އަލިކަމާއި ފެނުން ފުސްކޮށްލިއެވެ. އަދި އެމެރިކާގެ ޢާންމުންގެ މަޞްލަޙަތުތަކަށްވުރެ އަމިއްލަ މަޞްލަޙަތުތަކަށް އިސްކަންދިނެވެ.

އެހެންވީމާ، ހަނގުރާމަކުރިއަށް ދިޔައެވެ. މަރުވާމީހުންގެ ޢަދަދު މައްޗަށް ދިޔައެވެ. އެމެރިކާގެ އިޤްތިޞާދުން ލޭއޮހުރުނެވެ. އަދި އޭނާގެ މުސްތަޤުބަލަށް ނުރައްކާކުރާ، އިރާޤުގެ އަނދަވަޅަށް ވެއްޓުނެވެ. ބިމުގެ އަޑީގައިވާ ވަޅިއެއްނެގުމަށްޓަކައި، ފައިން ވަޅުކޮށްނަން އުޅޭ އަންހެންގެރިއެއްގެ މިސާލުބަސް ބުޝްއަށް ފެތެއެވެ.

އަހަރެން ކަލޭމެންގާތު ބުނަމެވެ. އަހަރެމެންގެތެރެއިން 15000 އަށްވުރެ ގިނަ މީހުން މަރުވެ، އެތައްހާސް ބަޔަކަށް އަނިޔާވެފައިވާ ފަދައިން، ކަލޭމެންގެތެރެއިން 1000އަށްވުރެ ގިނަ މީހުންމަރުވެ، 10 ހާހަށްވުރެ ގިނަ މީހުންނަށް ހާނިއްކަވެފައިވެއެވެ. ތެލާއި، އެމީހުންގެ އަމިއްލަ ކުންފުނިތައް ހިންގުމަށްޓަކައި އޭނާކުރި ކަންތައްތަކުގެ ސަބަބުން، ދެފަރާތުން މަރުވެފައިވާ މިހުރިހާ އެންމެންގެ ލެއިން، ބުޝްގެ ދެއަތްވަނީ ތަތްތެޅިފައެވެ.

އަދި ސަމާލުވާށެވެ. ނިކަމެތިމީހަކު ފައިސާއަށްޓަކައި، އެޤައުމުގެ އެންމެ މީހަކު މަރާލިޔަސް މުޅިޤައުމު އޭނާއަށް އަދަބުދެއެވެ. އެކަމަކު، ފައިސާއަށްޓަކައި، ބާރުގަދަ މީހަކު، ހަމައެޤައުމުގެ 1000 މީހުންމަރާލާފައިވެސް ސަލާމަތްވެއެވެ.

ފަލަސްޠީނުގައިވާ ކަލޭމެންގެ އެކުވެރިންވެސް މިކަންދަންނާށެވެ. އެމީހުންދަނީ، އަންހެނުންނާއި ކުޑަކުދިންނަށް ބިރުދައްކައި ފިރިހެނުންމަރައި ހައްޔަރުކުރަމުންނެވެ.

މިވާހަކަތަކަށް ސަމާލުވުމަށް މިބުނަނީ، ކޮންމެކަމަކަށްވެސް އެކަމުގެ ރައްދުއޮންނާނެކަން ހަނދާންކޮށްދިނުމަށެވެ.

އެންމެފަހުން، 11 ސެޕްޓެމްބަރގައި ކަލޭމެންނާއި ވަކިވެގެންދިޔަ އެތައް ހާސްބަޔެއް، މާޔޫސްކަމާއިއެކު ޙަރަކާތުން ކުރަމުންދިޔަ ވަޞިއްޔަތްތަކާއިމެދު ވިސްނާފިކުރުކުރުން ރަނގަޅުވާނެކަމަށްބުނަމެވެ. މިއީ ދަސްކޮށް، ދިރާސާކުރުމަށް ރަނގަޅު ވަޞިއްޔަތްތަކެކެވެ.

ޢިމާރާތް ވެއްޓުމުގެކުރިން، އެމީހުން ކިޔަމުންދިޔަ އެއްޗިހީގެ ތެރެއިން އެންމެ މުހިންމު އެއްޗެއްކަމަށް އަހަރެން ކިޔާފައިވަނީ އެމީހުންބުނަމުންދިޔަ އަންނަނިވި ބަހެވެ. '' އެއްވެސް ބެލުމެއްނެތި ނިކަމެތިންނާއިމެދު ވައިޓްހައުސްއިން، އެމީހުންގެ އެ ޢުދުވާނީ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމަށް ދޫކޮށްލެވުމަކީ އަހަރެމެންނަށް ހެދުނު ކިހާބޮޑު ގޯހެއް ހެއްޔެވެ؟''

އެމީހުން ކަލޭމެންނަށް، އެމެރިކާގެ ރައްޔިތުންނަށް، ބުނަމުންދިޔަ ފަދައެވެ. އަހަރެމެންގެ މަރުކުރިމަތިވުމަށް މެދުވެރިވި ފަރާތްތަކަށް އަދަބުދޭށެވެ. އަދި އުފާވެރިމީހަކީ، އެހެން މީހުން ނުބައިކޮށް ކުރާ ކަންތައްތަކުން ދަސްކޮށް ދަރެސްހޯދާމީހުންނެވެ.

އެމީހުންގެ ޙަރަކާތްތަކުން ބުނަމުންދިޔަވާހަކަތައް އަންނަނިވި ޅެންބައިތުގައިވެސް ވެއެވެ. ''ބޭއިންސާފު އޭގެ އަހްލުވެރިން ފަހާ ދުވާނެއެވެ. އަދި އަނިޔާވެރިކަމުގެ އެނދަކީ ކިހާ ބަލި އެނދެއްހެއްވެ؟''

އަދި މިސާލުބަހެއްގައި ބުނެވޭ ފަދައިންނެވެ. '' ރައްކާތެރިކަމުގެ އެއް އައުންސް، ފަރުވާގެ ޕައުންޑަކަށްވުރެ ރަނގަޅެވެ''.

އަދި ދަންނާށެވެ. ޙައްޤަށް ރުޖޫޢަވުން، ބާޠިލުކަމުގައި ދެމިހުރުމަށް މަސައްކަތްކުރުމަށްވުރެ ރަނގަޅުވާނެއެވެ. ހަމަޖެހޭމީހަކު، އޭނާގެ އަމާންކަމާއި، ފައިސާއާއި، ގެޔެއް، ވައިޓްހައުސްގެ ދޮގުވެރިޔާއަށްޓަކައި ދޫކޮށެއްނުލާނެއެވެ.

ނިންމާލަމުން ތެދުވެރިކަމާއިއެކު އަހަރެން ބުނަމެވެ. ކަލޭމެންގެ އަމާންކަމާއި ރައްކާތެރިކަން އޮތީ ކެރީގެ އަތުގައެއް، ބުޝްގެ އަތުގައެއްއަދި އަލްޤާޢިދާގެ އަތުގައެއްވެސް ނޫނެވެ. ނޫނެކެވެ.

ކަލޭމެންގެ ރައްކާތެރިކަން އޮތީ ހަމަ ކަލޭމެންގެ އަތުގައެވެ. އަހަރެމެންގެ އަމަންއަމާންކަމާއި ނުކުޅޭ ކޮންމެ ސްޓޭޓެއްވެސް އޮޓަމެޓިކުން އެވަނީ، އެސްޓޭޓެއްގެ އަމަންއަމާންކަން ލިބިގަނެފައެވެ.

އަދިﷲއަކީ އަހަރެމެންނަށް މަގުދައްކަވާ އަހަރެމެންނަށް ވާގިދެއްވާ ފަރާތެވެ. އެކަމަކު ކަލޭމެންނަށް މަގުދައްކައިދޭނެ ވާގިވެރިއަކުނެތެވެ. ތެދުމަގަށް ތަބާވާމީހަކަށް ސަލާމަތްކަމާއި ރައްކާތެރިކަން ހުއްޓެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.