ބުރާސްފަތި20201126

އާކުރެވުނީ: 08:43:52

ރިޕޯޓު

އިސްލާމީ ސިޔާސީ ފިކުރާއި ސޫރިޔާގެ އިންޤިލާބު

Syria-revolutionލިޔުއްވީ: عبد الرحمن الحاج

ސޫރިޔާގެ އިންޤިލާބަށް ފަހުގައި އިސްލާމީން ވެރިކަމަށް އައުމަކީ ވަރަށް އެކަށީގެންވާކަމެއްކަމުގައި ވަރަށްގިނަ ބަޔަކަށް މިހާރު ޤަބޫލުކުރެވެއެވެ. އެއީ ޢަރަބި ރަބީޢުގައި ގިނަ ޑިކުޓޭޓަރުންތަކެއް ވެއްޓުމަށްފަހު، ނިމިދިޔަ އިންތިޚާބުތަކުގެ ނަތީޖާއިން ދޭހަވާ އަދި ފެންނަ މަންޒަރަކީ އެއީކަމުގައިވާތީއެވެ. ކޮންމެއަކަސް އައު ސޫރިޔާގައި އިންތިޚާބުގެ ނަތީޖާތައް ނުކުންނާނީ މިދެންނެވި ފަދައިން ކަމަށް ޤަބޫލުކުރެވޭތީ، މިހާރުވެސް ޢަލްމާނީންނާއި އިސްލާމީންނާ މެދުގައި ކޯލިޝަންތަކެއްދަނީ ބިނާކުރެވެމުންނެވެ. އެއީ ތޫނިސްގައި އިސްލާމީންގެ އަތްމަތީގައި ކުރެވުނު ކާމިޔާބު ތަޖުރިބާ ސޫރިޔާގައި އިޢާދަކުރުމަށެވެ. އެހެންނަމަވެސް ސޫރިޔާގައި ބިނާކުރެވުނު ކޯލިޝަންތައް އަދިވެސް ދެމެހެއްޓެނެވި ގޮތެއްގައި ބިނާވަމުން އަންނަކަމުގައި ދެންނެވޭކަށް ނެތެވެ.

ތަފްޞީލު...ޞިހުޔޫނީ ސަފީރު ތުރުކީއިން ބޭރުކޮށްލުން!

Israil safeeru beyrukurunތުރުކީއިން ވަނީ އިސްރާއީލުގެ ސަފީރާއި، އެދައުލަތުގެ އިސް މަސްއޫލުވެރިންތަކެއް ތުރުކީއިން ބޭރުކޮށްފައެވެ. އަދި އޭގެ އިތުރުން ދެޤައުމުގެ މެދުގައި ވެވިފައިވާ ހުރިހާ ޢަސްކަރީ އެއްބަސްވުންތަކަކަށް ޢަމަލުކުރުންވަނީ ހުއްޓާލާފައެވެ. މިފަދައިން ތުރުކީއިން ޢަމަލުކުރީ "މިނިވަންކަމުގެ ފުލީޓު"ގެ މައްސަލަ ދިރާސާކުރުމަށްފަހު، އ.ދއިން އެކުލަވައިލި ޤަރާރެއް ލީކުވިއިރު، އެޤަރާރުގައި މިނިވަންކަމުގެ ފުލީޓާ ދެކޮޅަށް، ޞިހުޔޫނީ ދައުލަތުން ބާރުގެ ބޭނުންކޮށްފައިވާކަން ސާބިތުވެފައިވާކަމަށް ބުނުމާއެކު، އިސްރާއީލުން ޣައްޒާ ޙިޞާރަކުރުން އެއީ ޤާނޫނީ ގޮތުން ހަމަޖެހޭ ކަމެއްކަމުގައި ބުނެފައިވުމުންނެވެ. ކޮންމެއަކަސް މިނިވަންކަމުގެ ފުލީޓާ ދެކޮޅަށް އިސްރާއީލުން ހިންގި ޢުދުވާނުގައި ތުރުކީގެ ހަތް ރައްޔިތެއް ޝަހީދުކޮށްލާފައިވެއެވެ.

ތަފްޞީލު...އިސްރާއީލް ދައުލަތުގެ ޔަހޫދީވަންތަކަން.

Israel_Palestine_Flagފަލަޞްޠީނާ އިސްރާއީލުގެ ދެމެދުގައި ދެކެވެމުންދާ ޞުލްޙައިގެ ވާހަކަތަކުގައި ފަލަޞްޠީނުގެ މައްސަލައަށް ހޯދާ ފަހު ޙައްލުގައި، ނުވަތަ މިހާރު ކުރިއަށްދާ އިސްތިޤުރާރު ޤާއިމުކުރުމުގެ މަސައްކަތްތަކުން ނުވަތަ ދެފަރާތުގެ ދެމެދުގައި ވަޝިންޓަންގެ ބެލުމުގެ ދަށުން ހިގަމުން އަންނަ ޞުލްޙައިގެ ވާހަކަތަކުން، ގެނެވޭ ޙައްލުގައި،އިސްރާއީލަކީ ޔަހޫދީވަންތަ ނުވަތަ ޔަހޫދީންނަށް ނިސްބަތްވާ ދައުލަތެއް ކަމުގައި، ފަލަޞްޠީނުން ބަލައިގަތުމަށް ނަތަންޔާހޫ ޝަރުޠުކުރަނީ ކީއްވެހެއްޔެވެ؟ އެކަމަށް އެހައި ބޮޑަށް ބާރު އަޅުމުންދާ ސަބަބަކީ ކޮބައިހެއްޔެވެ؟

ފަލަޞްޠީނުގެ ބިމާއި އިސްރާއީލުގެ ޔަހޫދީވަންތަކަން:

އިސްރާއީލު ދައުލަތުގެ ޔަހޫދީވަންތަކަން ޤަބޫލުނުކުރާހާ ހިނދަކު ޞުލްޙައިގެ ވާހަކަތައް ކުރިއަށް ނުދާނެކަމަށް ހަރުކަށި ގޮތެއްގައި ނަތަންޔާހޫ އެންގިއެވެ. އަދި ހަމައެފަދައިން އިސްރާއީލްގެ ޔަހޫދީވަންތަކަން ޤަބޫލުކުރުމަށް އެދޭއެދުން އެހެން ގޮތަކަށް މާނަކުރުމަށް އޮތް ހުރިހާ ފުރުޞަތެއްވެސް ބަންދުކުރިއެވެ. އެއީ މަޙުމޫދު ޢައްބާސް (ފަލަޞްޠީނުގެ ރައީސް) މިއެދުން މާނަކުރައްވާ ގޮތްކަމުގައިވާ، ދައުލަތުގެ ނަމަކަށް އިސްރާއީލްކިޔުމަށް ހުއްދަދިނުމުގެ އެދުމެއްކަމުގައި މާނަކުރައްވާ ކުރެއްވުމަށް ފުރުޞަތު ނުލިބޭނެ ގޮތުގައެވެ.

ތަފްޞީލު...ޢިރާޤުގެ އާ ރައީސް ޣާޒީ ޢުޖައިލް އަލްޔާވިރް

al_yaavirޢިރާޤުގެ މޫޞިލްގައި 1958 ވަނަ އަހަރު އުފަންވެވަޑައިގެންފައިވާ ސުންނީ މުސްލިމް ، ޣާޒީ ޢުޖައިލް އަލްޔާވިރް (46އ) ، އަކީ ސުޢޫދިއްޔާ އިން ފެށިގެން ސޫރިއާއާއި ދެމެދު ފެތުރިފައިވާ ، ވަރަށް މަޝްހޫރު، ބޮޑު ވަންހައެއް ކަމުގައިވާ '' ޝުއްމަރު '' ވަންހައަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާގެ ކާފާފުޅު ކަމުގައިވާ މުޙްސިން ޢުޖައިލް އަލްޔާވިރް އަކީ މިދިޔަޤަރުނުގެ ވިހީގެ ތެރޭގައި ހިނގި ޘައުރާގައި ވަރަށް މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޝުއްމަރު ވަންހައަކީ ސުޢޫދިއްޔާ ކުވައިތު ސޫރިއާގައި ފެތުރިފައިވާ ، 3 މިލިއަނަށްވުރެ ގިނަ ބަޔަކު ނިސްބަތްވާ ވަންހައެކެވެ.

ތަފްޞީލު...ބިން ލާދިން ވީތަނެއް އެމެރިކާއަށް އެނގޭބާ؟

bin_ladinބިން ލާދިން ހުރިތަނެއް އެނގޭނަމަ އެމެރިކާއިން ވަގުތުން އޭނާ ހައްޔަރުކުރީސް

ޓައިމް މަޖައްލާއަށް ދެއްވި ބަސްދީގަތުމެއްގައި، އުސާމާ ބިން ލާދިން ފިލާހުރި ތަނަކާއިބެހޭ ވަރަށް ރަނގަޅު މަޢްލޫމާތުތަކެއް އޭނާއަށް އެނގިވަޑައިގަންނަވާކަމަށް، ސީ.އައި.އޭގެ ޑިރެކްޓަރކަމާއި މިދިޔަ އަހަރު ޙަވާލުވެވަޑައިގެންނެވި ޕޯރޓަރ ގޮސް ވަރަށްފަހުން ވަނީ ވިދާޅުވެފައެވެ.

ތަފްޞީލު...ބިން ލާދިންގެ އެންމެ ފަހުގެ ވީޑިޔޯ ފީތާގެ ދިވެހި ތަރުޖަމާ

binladintape_octތެދުމަގަށް ތަބާވެއްޖެމީހަކަށް، އަމާންކަން ހުއްޓެވެ.

އެމެރިކާގެ ރައްޔިތުންނޭވެ.އަޅުގަނޑުގެ މިވާހަކަ އަމާޒުކުރަނީ ކަލޭމެންނަށެވެ. އެއީ ދެވަނަ މަންހާޓަންއެއް ތަކުރާރުވިޔަނުދިނުމަށް ކުރެވިދާނެ ލާމަސީލު ކަންތައްތަކެއްގެވާހަކަ ބުނުމަށެވެ. އަދި މިވާހަކަގުޅިފައިވަނީ، ހަނގުރާމައާއި، އޭގެ ސަބަބުތަކާއި ނަތީޖާތަކާއިއެވެ.

ވާހަކަފެށުމުގެކުރިން ބުނެލަން އޮތީ، އަމަންއަމާންކަމަކީ، އިންސާނީ ޙަޔާތުގެ މުހިންމު ތަނބެކެވެ. އަދި އަހަރެމެންނަކީ، މިނިވަންކަމަށް ނަފުރަތުކުރާބައެއްކަމަށް ބުޝްކުރަމުންދާ ދަޢްވާ އާއި ޚިލާފަށް ބުނަންޖެހެނީ، މިނިވަން މީހުންނަނީ އެމީހުންގެ އަމާންކަން ނަގާލާމީހުންނެއްނޫނެވެ.

ތަފްޞީލު...ބޯކަނޑާލި މަންޒަރުން ފައިދާކުރީ ކޮންބަޔަކަށްބާ؟

boburi_fotoޢިރާޤު އަތްދަށުލުމަށް އެމެރިކާއާއި އެމީހުންގެ ބައިވެރިން ކޮށްފައިވާ ހަނގުރާމައިގެ މައިގަނޑު ޢަމަލުތަކާއި މިހާރު ކުރިއަށްދާ ކަންތައްތަކުގައިވެސް، ޚަބަރު ފަތުރާ ވަސީލަތްތަކުގެ ބޭނުން އެމީހުންނަށް އެންމެ ފައިދާހުރި ގޮތަކަށް ހިފުމަށް، އެމެރިކާއިން މަސައްކަތްކުރަމުންދެއެވެ. އެގޮތުން، ގުޅިފައިވާ ލަޝްކަރުގެ ޙަމަލާތަކުގައި ޢާންމުން މަރުވާ މަންޒަރުތަކާއި، މިސްކިތްތަކާއި، މަދަނީ ބިނާތައް ހަލާކުވަމުންދާ މަންޒަރުތައް ޚަބަރު ފަތުރާ ވަސީލަތްތަކުން ފޮނުވާކަމަށްވާނަމަ، އެކަމާއި އެމެރިކާއިން ކަންބޮޑުވެ ހާސްވާކަމީ އޮޅުމެއް އޮތްކަމެއް ނޫނެވެ.

ތަފްޞީލު...ހަނގުރާމަ ފެށިގެން، ހައްޔަރުކުރެވުމާއި ހަމައަށް ޞައްދާމު އުޅުއްވީ ކިހިނެއް؟

saddam_daysofwarޢިރާޤުގެ ކުރީގެ ރައީސް ޞައްދާމު ޙުސައިންގެ ހަވާސާވެރިއެއްކަމުގައިވާ، ޢައްމާރު ހާޝިމް ސުލްޠާން ހާމަކުރާގޮތުގައި، ޢިރާޤު ހަނގުރާމައިގެ ފުރަތަމަ 4 ދުވަހުގެ ކަންތައްތައް، ޞައްދާމު ހިންގަވަމުން ގެންދެވީ، ބަޣްދާދުގެ ދެކުނުގައި އޮންނަ ބާބިލް ކިޔާ ރަށުގައި ހުންނަ ގެޔެއްގައި ހުންނަވައިގެންނެވެ. އެގޭގައި ހުންނަވައިގެން، ހަނގުރާމަ ހިނގަމުންދާގޮތް ބެއްލެވުމުގެ އިތުރުން، ސިފައިންގެ ޤާއިދުންނާއި ބައްދަލުކުރައްވައި، އެމީހުންނާއި ޞައްދާމު ގުޅުއްވަމުން ގެންދެވިއެވެ.

ތަފްޞީލު...ބަދަހިވަމުން އަންނަ އިސްރާއީލް- އިންޑިޔާ ގުޅުމުގެ ނުރައްކާތައް

india_israelގާތްގަނޑަކަށް 40 އަހަރުދުވަސްވަންދެން، އިންޑިޔާއާއި އިސްރާއީލާއި ދެމެދު އުފެދިފައި އޮތް، ހިތްހަމަ ނުޖެހުމާއި، އިދިކޮޅުކަމަށް، 90ގެ އަހަރުތަކުންފެށިގެން އަންނަނީ، ލުއިކަން ލިބެމުންނެވެ. މިދެފަރާތުގެ ގުޅުން ބަދަހިވަމުން އައުމުގެ ސަބަބުތަކުގެ ތެރޭގައި، ރޫސީ ވިލާތް ރޫޅުމާއި، ޢަރަބިންނާއި އިސްލާމީ އުއްމަތުގެ ބާރުކެނޑި، ނިކަމެތިވުން ފާހަގަކޮށްލެވެއެވެ.

ތަފްޞީލު...އަހަރެންގެ ދިރިއުޅުން ނަރަކައަކަށް ހަދާލި ޒަޔަނިޒަމް

natanއިޒްރޭލުން ޢަރަބިންގެ ބިންތައް ހިފައި، އެތަންތާ ހިންގާ ވަޙުޝީ ޢަމަލުތަކަށް ދުނިޔެ ލޯމަރާލާފައި އޮތް އިރުވެސް، އިންސާނުންގެ ތެރޭގައި އަދިވެސް ޟަމީރުގެ އަހަލުވެރިން އެބަ ތިއްބެވެ. ދުވާލުގެ މެންދުރުވަގުތު ފާޅުގައި މިފަދަ ވަޙުޝީ ޢަމަލުތައް ހިންގާއިރު ގިނަމީހުންނަށް ރޭކައި ނުލަނީ ޙަޤީޤަތުގައި މީހުންގެ ކުށެއްވެސް ނޫނެވެ. ދުނިޔޭގެ ޚަބަރުފަތުރާވަސީލަތް ތައް ވަކިފަރާތަކަށް ޖެހިތިބެ ފަތުރާ ޚަބަރުތަކުގެ ސަބަބުން ގިނަ މީހުންނަށް އޮންނަނީ ޙަޤީޤަތް އޮޅިފައެވެ. ޚާއްސަކޮށް ހުޅަނގު މީހުންނަށެވެ.

ތަފްޞީލު...އ. ދ .. އެމެރިކާގެ އަމިއްލަ މުއައްސަސާއެއް ބާ ؟

Us_Unއ. ދ ގެ އެއްވެސް ޤަރާރަކާއި ނުލައި، އެމެރިކާ ޢިރާޤާއިދެކޮޅަށްކުރި ހަނގުރާމަ ފެއްޓުމުގެ ދުވަސްކޮޅެއްކުރިން، އެޤައުމުގެ އާ ހިފެހެއްޓުންތެރި ސިޔާސަތުގެންގުޅޭ މީހުންގެ އެއް ރަމްޒުކަމުގައިވާ ރިޗާރޑް ޕާރލް، ގާޑިއަން ނޫހުގައި ''އ. ދ މަރުވުން'' މިނަމުގައި މަޒްމޫނެއް ލިޔެފައިވެއެވެ. ލިއުމުގައި ސިފަކޮށްފައިވާގޮތުން އ.ދ އަކީ މިހާރު އޭގެ އިތުބާރު ގެއްލިފައިވާ، ދުނިޔޭގެ ސުލްހަމަސަލަސްކަން ބެލޭނެ ޖަމްޢިއްޔާއެއް ނޫނެވެ.

ތަފްޞީލު...ސާމީ ދަރިކޮޅާއި ޢަދާވާތްތެރިވުން : އިޒްރޭލުގެ ދިފާޢީ ތަވީދު

antisemiticދާދިފަހުން، ޔޫރަޕިއަން ކޮމިޝަނުން އެދިގެން، ޔޫރަޕުގެ އިއްތިޙާދުގައި ހިމެނޭ ޤައުމުތަކުގެ ރައްޔިތުންގެ ޚިޔާލު ހޯދުމެއް ނެގުނެވެ. މިޚިޔާލު ހޯދުމުގެ މަޢުޟޫޢަކީ، ދުނިޔޭގެ އަމާންކަމާއި ސަލާމަތަށް އެންމެ ނުރައްކާތެރި ޤައުމުތަކަކީ ކޮބައިތޯ ބެލުމެވެ.

ޔޫރަޕުގެ އިސް އިދާރާތަކާއި، އެމީހުންގެ ރަޙްމަތްތެރި އެމެރިކާއިން ހީކުރިގޮތާއި ޚިލާފަށް، މިޚިޔާލު ހޯދުމުގައި ބައިވެރިވެ އެންމެ ގިނަ މީހުންގެ ނަޒަރުގައި ދުނިޔޭގެ އަމާންކަމަށް އެންމެ ނުރައްކާ ކުރާ ޤައުމެއްގެ ގޮތުގައި ހޮވުނީ އިޒްރޭލެވެ. ދެވަނައަށް އައީ އެމެރިކާއެވެ.

ތަފްޞީލު...ބުޝްގެ ދީނީ ފިކުރުތައް

bush_fikuruވަރަށް ފަހުން އެމެރިކާގައި ނުކުތް ފޮތެއްގައި، ރައީސް ބުޝް ވިދާޅުވިކަމަށް ލިޔެފައިވެއެވެ. ''އަހަރެން އެމެރިކާގެ ރައީސަކަށް ހުންނަން ކަލާނގެ ބޭނުންވެއެވެ.'' ހަމައެހެން ބުޝްގެ ދައުރުގައި ޤައުމަށް ބޮޑު މުސީބާތަކާއި ކުރިމަތިވާނެ ކަމަށް ހީފުޅުވާކަމަށްވެސް، މާކުރިން ބުޝް ވިދާޅުވެފައިވެއެވެ. މިފޮތުގައި ބުނާގޮތުން ސެކިއުލާރ އެމެރިކާގެ، ރައީސަށް ދީނީ ފިކުރުތަކާއި، ޢަޤިދާތަކުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ.

ތަފްޞީލު...ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.