
ތުރުކީއިން ވަނީ އިސްރާއީލުގެ ސަފީރާއި، އެދައުލަތުގެ އިސް މަސްއޫލުވެރިންތަކެއް ތުރުކީއިން ބޭރުކޮށްފައެވެ. އަދި އޭގެ އިތުރުން ދެޤައުމުގެ މެދުގައި ވެވިފައިވާ ހުރިހާ ޢަސްކަރީ އެއްބަސްވުންތަކަކަށް ޢަމަލުކުރުންވަނީ ހުއްޓާލާފައެވެ. މިފަދައިން ތުރުކީއިން ޢަމަލުކުރީ "މިނިވަންކަމުގެ ފުލީޓު"ގެ މައްސަލަ ދިރާސާކުރުމަށްފަހު، އ.ދއިން އެކުލަވައިލި ޤަރާރެއް ލީކުވިއިރު، އެޤަރާރުގައި މިނިވަންކަމުގެ ފުލީޓާ ދެކޮޅަށް، ޞިހުޔޫނީ ދައުލަތުން ބާރުގެ ބޭނުންކޮށްފައިވާކަން ސާބިތުވެފައިވާކަމަށް ބުނުމާއެކު، އިސްރާއީލުން ޣައްޒާ ޙިޞާރަކުރުން އެއީ ޤާނޫނީ ގޮތުން ހަމަޖެހޭ ކަމެއްކަމުގައި ބުނެފައިވުމުންނެވެ. ކޮންމެއަކަސް މިނިވަންކަމުގެ ފުލީޓާ ދެކޮޅަށް އިސްރާއީލުން ހިންގި ޢުދުވާނުގައި ތުރުކީގެ ހަތް ރައްޔިތެއް ޝަހީދުކޮށްލާފައިވެއެވެ.

ފަލަޞްޠީނާ އިސްރާއީލުގެ ދެމެދުގައި ދެކެވެމުންދާ ޞުލްޙައިގެ ވާހަކަތަކުގައި ފަލަޞްޠީނުގެ މައްސަލައަށް ހޯދާ ފަހު ޙައްލުގައި، ނުވަތަ މިހާރު ކުރިއަށްދާ އިސްތިޤުރާރު ޤާއިމުކުރުމުގެ މަސައްކަތްތަކުން ނުވަތަ ދެފަރާތުގެ ދެމެދުގައި ވަޝިންޓަންގެ ބެލުމުގެ ދަށުން ހިގަމުން އަންނަ ޞުލްޙައިގެ ވާހަކަތަކުން، ގެނެވޭ ޙައްލުގައި،އިސްރާއީލަކީ ޔަހޫދީވަންތަ ނުވަތަ ޔަހޫދީންނަށް ނިސްބަތްވާ ދައުލަތެއް ކަމުގައި، ފަލަޞްޠީނުން ބަލައިގަތުމަށް ނަތަންޔާހޫ ޝަރުޠުކުރަނީ ކީއްވެހެއްޔެވެ؟ އެކަމަށް އެހައި ބޮޑަށް ބާރު އަޅުމުންދާ ސަބަބަކީ ކޮބައިހެއްޔެވެ؟
ކޯލާ ހިމެނޭ ގޭހުގެ ބުއިންތައް ބޯ ފިރިހެނުންގެ ކިބައިގައި ދަރިފަނި އުފެއްދުމުގެ ނިސްބަތް ދަށްވުމަކީ އެކަށީގެންވާކަމެއްކަމަށް ދިރާސާއަކުން ދައްކައިފިއެވެ. ޑެންމާރކްގައި ކުރެވުނު މި ދިރާސާއިން ދައްކާގޮތުގައި، ކޯލާ ހިމެނޭ ބުއިންތައް ބޮއިނޫޅޭ މީހުންނާއަޅާ ބަލާއިރު، މި ބުއިންތައް ބޯ މީހުންގެ ކިބައިގައި މަނީގައި ހިމެނޭ ދަރިފަނި 30 އިންސައްތަ ދަށެވެ.
އިޤްތިޞާދީ ސިންގާއަކަށް ވުމުގެ އިތުރުން، ޢަސްކަރީގޮތުން ވެސް، ޗައިނާއަކީ، ބޮޑު ބާރަކަށް ވެދާނެތީ، އެކަމުގެ ބިރު، އެމެރިކާގެ ބައެއް މަސްއޫލުވެރިން ފާޅުކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.
ޢިރާޤުގެ މޫޞިލްގައި 1958 ވަނަ އަހަރު އުފަންވެވަޑައިގެންފައިވާ ސުންނީ މުސްލިމް ، ޣާޒީ ޢުޖައިލް އަލްޔާވިރް (46އ) ، އަކީ ސުޢޫދިއްޔާ އިން ފެށިގެން ސޫރިއާއާއި ދެމެދު ފެތުރިފައިވާ ، ވަރަށް މަޝްހޫރު، ބޮޑު ވަންހައެއް ކަމުގައިވާ '' ޝުއްމަރު '' ވަންހައަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާގެ ކާފާފުޅު ކަމުގައިވާ މުޙްސިން ޢުޖައިލް އަލްޔާވިރް އަކީ މިދިޔަޤަރުނުގެ ވިހީގެ ތެރޭގައި ހިނގި ޘައުރާގައި ވަރަށް މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ޝުއްމަރު ވަންހައަކީ ސުޢޫދިއްޔާ ކުވައިތު ސޫރިއާގައި ފެތުރިފައިވާ ، 3 މިލިއަނަށްވުރެ ގިނަ ބަޔަކު ނިސްބަތްވާ ވަންހައެކެވެ.
ޕެޓް ރޮބަރޓްސަންއޭ ކިޔޭ، މަސީޙީ ދީނަށް މީހުން ވެއްދުމަށް މަސައްކަތްކުރައްވާ ހަރުކަށި ސިޔާސަތެއްގެ ފާދިރީއަކު، ދާދިފަހުން، އޭނާގެ ޓީވީ ޕްރޮގުރާމެއްގައި، ވެނެޒުއޭލާގެ ރައީސް ހޫގޯ ޝާރވޭޒް އަވަހާރަކޮށްލުމަށް، އެމެރިކާ ސަރުކާރަށްވަނީ ޚިޔާލު އަރުވާފައެވެ.
ބިން ލާދިން ހުރިތަނެއް އެނގޭނަމަ އެމެރިކާއިން ވަގުތުން އޭނާ ހައްޔަރުކުރީސް
ސެޕްޓެމްބަރގެ ޙަމަލާއާއި ވިދިގެން، އެމެރިކާއިން އަފްޣާނިސްތާނަށް އަރައި، ޠާލިބާނުން ވެރިކަމުން ފަހާލައި، ޓެރަރިސްޓުންކަމަށް އެމެރިކާއިން ދެކޭ އެތައްބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އަފްޣާނިސްތާނުންނާއި ޕާކިސްތާނުންނާއި އަދި އެނޫން ޤައުމުތަކުން މިގޮތަށް ހައްޔަރުކޮށްފައިވާ ގާތްގަނޑަކަށް 600 އެއްހާ ޓެރަރިސްޓުންކަމަށް ބުނެވޭ މުސްލިމުން، އެމެރިކާއިން ހިފަހައްޓާފައިވާ ތަނަކީ ކިޔުބާގެ ގުއަންޓަނާމޯ ޖަލެވެ.




