ބުރާސްފަތި20201203

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް ތިމާވެށި ވައިން ކަރަންޓް އުފެއްދުން ވައިގައި ހިފަނީ

ވައިން ކަރަންޓް އުފެއްދުން ވައިގައި ހިފަނީ

wind_energyތެލުގެ އަގު 70 ޑޮލަރަށް ވުރެ މަތިވިޔަސް ގިނަ އިޔާދަ ކުރަނިވި ހަކަތަ އުފައްދާ ކުންފުނި ތަކަށް ފައިދާ އެއްވަނީ ސަރުކާރުގެ ބޮޑަތި އެހީ ތަކާއި އިނާޔަތް ތަށް ލިބިގެންނެވެ. ވައިގެ ހަކަތަ އަކީ މިހާރުވެސް ސަރުކާރު ގެ އެހީ ލިބިގެން ތެލާ އެއްއަގެއްގައި ބާޒާރުގައި ވާދަ ކޮށް ލެވޭނެ މަދު އިއާދަ ކުރަނިވި ހަކަތައިގެ ތެރެއިން އެކައްޗެވެ. މީގެ ފަހަތުގައި ވަނީ ތެލުގެ އަގު ބޮޑުވުމާއި ބަދަލުވަމުންދާ ޓެކްނޮލޮޖީގެ އެހީ ގައި ބުރަފަތިގެ ފިޔަ އަށް އަންނަ ހެޔޮ ބަދަލެވެ. ނަތީޖާ އެއްގެ ގޮތުން އެމެރިކާގައި ވައިން ކަރަންޓް އުފައްދާ މިންވަރު ވަނީ ކުރީ އަހަރާ އަޅާ ބަލާ އިރު %33 އިތުރު ވެފަ އެވެ. ނަމަވެސް ވައިން ކަރަންޓް އުފެއްދުން ތަރައްގީ ކުރަން ބޭނުން ފަރާތް ތަކަށް މިވަނީ އިތުރު ގޮންޖެހުން ތަކާ ކުރިމަތި ވެފައެވެ.

މިސާލަކަށް އެމެރިކާގެ ޖިމް ޖޯޑަން ގެ ވާހަކަ ނަގަމާ ހިނގާށެވެ. އޭނާ އަކީ އަމިއްލަ ގޮތުން ވައިން ކަރަންޓް އުފައްދާ ނިޒާމު ތަރައްގީ ކުރަން ބޭނުން ވާ ފަރާތެކެވެ. މިހާރު އޭނާ ހުށަ އަޅުއްވައިގެން އުޅުއްވަނީ އެމެރިކާގެ ވައިން ކަރަންޓް އުފައްދާ އެންމެ ބޮޑު ޕްރޮ ޖެކްޓް އެވެ. 4 އަހަރު ގެ ފަރުމާ ކުރުމާއި ޕްލޭނުގެ ދަށުން މިހާރު ވަނީ 800 މިލިއަން ޑޮލަރުގެ 420 މެގަ ވޮޓްގެ ކަރަންޓް އުފައްދާ 130 ބުރަފަތި އެމެރިކާގެ މެސެޗުސެޓްސް ގެ ކޮޕްކޯޑް އަވަށުގައި ހަރުކުރާ ގޮތަށް ނިންމާ ފައެވެ. އޭނާ ގެ ކުންފުންޏަށް ކިޔަނީ ކޭޕް ވިންޑް އެވެ. މިކުންފުނިން ބުނާ ގޮތުގައި މިއަވަށަށް ބޭނުންވާ ކަރަންޓްގެ 4/3 މި ބުރަފަތި ތަކުން ފޯރު ކޮށްދޭނެއެވެ. އަދި 400 ޓަނުގެ ސަލްފަ ޑައި އޮކްސައިޑް އާއި 1000 ޓަނުގެ ނައިޓްރަސް އޮކްސައިޑް ގެ ވިހަ ގޭހުން ސަލާމަތް ކޮށް ދޭނެއެވެ. އަދި އެއްމިލިޔަން ޓަނުގެ ދުނިޔެ ހޫނުވާ ޒާރުގެ ގޭސް ތައް ގައްވަށް ދޫވެގެން ދިޔުން ހުއްޓޭނެ އެވެ. 3800 ސަފްހާގެ ތިމާވެއްޓަށް ވެދާނެ ގެއްލުމާބެހޭ ދިރާސާ އެކު އެމެރިކާގެ އާރމީ ކޯރޕްސް އޮފް އިނޖިނިއާރސް އިން ގަބޫލު ކުރުމުން މި ބޮޑު ޕްރޮޖެކްޓް ފައްޓަން ވީ އެވެ.

 

އާރމީ އިން އެޕްރޫވް ކުރިއަސް މިކަން އަދި އެހާ ފަސޭހައިން ކުރެވޭ ކަށް ނެތެވެ. ސަބަބަކީ މިއަވަށުގެ ރައްޔިތުން މިކަމާއި ގަބޫލު ނުވުމެވެ. އެމީހުން މިކަމާއި މާ ރުހޭގޮތެއް ނުދައްކަ އެވެ.

މި އަވަށުގެ މީހުން ބުނާ ގޮތުގައި މީހުން މިއަވަށަށް ދިރި އުޅެން އަންނަނީ މިތަނުގެ ޤުދުރަތީ ރިތިކަން ދެކިލާށެވެ. މިތާ އައްސޭރި ފަށުގައި ބޮޑެތި ބުރަފަތި ތަކެއް ހުރުމަކަށް މިމީހުން ނޭދެ އެވެ.

މި ޕްރޮޖެކްޓާއި އިދިކޮޅު ހެދުމަށް މި އަވަށުގެ ޖަމިއްޔާއެއް ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ. މިޖަމިއްޔާ އަކީ މި އަވަށުގެ މީހުންކޮޅެއް ހިންގާ ވަރަށް ރަނގަޅަށް އިންތި ޒާމު ކުރެވި އަދި ވަރަށް ފައިސާ ހުރި ޖަމާއަތެކެވެ. މިމީހުން ކުރަން އުޅޭ ކަމަކީ މި ޕްރޮޖެކްޓް ހިންގިޔަ ނުދިނުމެވެ. މިކަމާ ގުޅޭ ގޮތުން އާއްމު ބައްދަލުވުން ތަކުގަޔާއި ނޫސް ތަކުގައި އަދި ހަބަރު ފަތުރާ އެހެނިހެން ވަސީލަތް ތަކުގެ އެހީ ގައި މި ޖަމާ އަތުން މިކަމާ އިދިކޮޅު ހެދުންތައް އިންތިޒާމު ކުރެ އެވެ.

ގޯޑަން އޭނާ ގެ އަމިއްލަ ވެބްސައިޓް ގައި އޭނާ ގެ ޕްރްޖެކްޓް ގެ ދިފާއުގައި ވާހަކަ ދައްކަ އެވެ. އޭނާ ބުނާ ގޮތުން އެއީ އެއްވެސް ބިންގަލެއް ނެތް ވާހަކަ ތަކެކެވެ. 'އެއީ އައްސޭރި ފަށުގައި ދިރިއުޅޭ ވަރަށް މުއްސަނދި ބައެއްގެ ރޭވުމެއް އެމީހުންނަށް ހީވަނީ އެމީހުންގެ ދިރި އުޅުމަށް މިކަމުން އަސަރު ކުރާނެހެން' އޭނާ ބުންޏެވެ.

ވައިން ކަރަންތް އުފެއްދުމަކީ މިހާރު އިޔާދަ ކުރަނިވި ހަކަތަ އިގެ ތެރެއިން ތެލާ އެންމެ ވާދަ ކުރާ ބާވަތެވެ. ވައިން ކަރަންޓް އުފެއްދުމާ އިދިކޮޅު ހަދާ ފަރަތް ތަކުން ބުނާ ގޮތުގައި މިކަމުން ތިމަވެއްޓަށް ވަރަށް ނޭދެވޭ އަސަރު ކުރާ ނެއެވެ.

ފުރަތަމަ ކަމަކީ ބުރަފަތި ތަކުން ކިޔާ އަޑެވެ. ވައިން ކަރަންޓް އުފައްދަ ބުރަފަތި ތަކަކީ ވަރަށް ބޮލަށް އުނދަގޫ ކުރާ ޒާތެއްގެ 'ބޫން' އަޑެއް ހުންނަ އެއްޗެކެވެ. އެހެން ވެގެން އެކަކުވެސް މި އަޑަކާ ގަޔައެއް ނުވާނެއެވެ. އަދި މީގެ ސަބަބުން މިހިސާބު ގަނޑުގެ ގެދޮރުގެ އަގު ވަރަށް ބޮޑަށް ވެއްޓި އެތައްބަޔެއްގެ ދިރި އުޅުމަށް އަސަރު ކުރާނެއެވެ.

އަދި އެހިސާބުގެ މަސްވެރި ކަމަށާއި، ވަޔާއި، ކަނޑުގެ ދަތުރު ފަތުރު ކުރުމަށާއި އެހެނިހެން ކަންތައް ތަކަށްވެސް އަސަރު ކުރާނެއެވެ. އަދި ބުރަފަތީގައި ޖެހިފައި އެހިސާބުން ދަތުރުކުރާ ވަރަށް ގިނަ އަދަދެއްގެ ދޫނިވެސް މަރުވާނެ ކަމަށް މިމީހުން ބުނެއެވެ. މިސަބަބާ ހެދި އެމެރިކަގެ ބައެއް ސްޓޭޓް ތަކުގައި ބުރަފަތި ހުންނަ ހިސާބު ގަނޑުން ދޫނި ސޫފާސޫފި ހިޖްރަ ކުރާ ދުވަސްވަރު ބުރަފަތި ތައް ނުހިންގުމަށް އެންގިފައި ވެއެވެ.

ދޫނި މަރުވާ ވާހަކަ އަކީ އެއްވެސް ތާކުންތާކުން ޖެހޭާ ވާހަކަ އެއްނޫން ކަމަށް އެއްބަޔަކު ބުނެއެވެ. އެމެރިކާގެ ވިންޑް އެނާޖީ އެސޯސިއޭސަން އިން ހެދި ދިރާސާ އަކުން ދެއްކި ގޮތުގައި އެމެރިކާގައި މަރުވާ ދޫނީގެ 2/1 އަކީ އުސް އިމާރާތް ތަކުގައި ޖެހިފައި މަރުވާ ދުންޏެވެ. އެހެނިހެން ސަބަބު ތަކުގެ ތެރޭގައި ކަރަންޓްވައިރު ގައި ޖެހުމާއި ވެހިކަލްތަކުގައި ޖެހުން ހިމެނެއެވެ. ވައިން ކަރަންޓް އުފައްދާ ބުރަފަތި ތަކުގައި ޖެހިފައި މަރުވަނީ މަރުވާ ކޮންމެ 10,000 ދޫންޏަކުން 1 ދޫންޏެވެ.

މިކަމުގައި ދެކޮޅަށްވެސް ވާހަކަ ދެއްކި ދާނެއެވެ. ރަނގަޅީ ބުރަފަތި ހަރުކުރުންތޯ ނުވަތަ ނޫންތޯ މިއީ މިހާރު އުފެދޭ ސުވާލެކެވެ. ކޮންމެ ކޮޅަކަށް ވާހަކަ ދެއްކިޔަސް ހަގީގަތަކީ ދުނިޔޭގެ ގައުމުތަކުގައި ވައިން ކަރަންޓް އުއްދުން މިހާރު އަންނަނީ ކުރިއަރާ ފުޅާ ވަމުންނެވެ. ހާއްސަ ކޮށް ޔޫރަޕް ގެ ގައުމު ތަކުގައެވެ. މިކަހަލަ ބުރަފަތި ތައް އެންމެ ގިނަ އިން ހުންނަނީ ޖަރުމަން ސްޕެއިން އަދި ޑެންމާކު ގައެވެ. މުޅި ދުނިޔޭގައި ވައިން އުފައްދާ ކަރަންޓްގެ %60 ނުވަތަ 47 ގިގަ ވޮޓް އުފައްދަނީ ޔޫރަޕް ގައެވެ.

ހަމަ އެއާއެކު މިކަމުގައި އުތުރު އެމެރިކާ ވެސް އަންނަނީ ކުރި އަރަމުންނެވެ. ވަރަށް އަވަހަށް އެމެރިކާގެ ސްޓޭޓެ އެއް ކަމުގައިވާ މެއިން ގައި 520 މެގަ ވޮޓް ގެ ކަރަންޓް އުފައްދާ ބުރަފަތި ތަކެއް ހަރުކުރުމަށް ވަނީ ނިންމާ ފައެވެ. އަދި ކެނެޑާގެ ކިޔުބެކް ގައި 990 މެގަ ވޮޓްގެ ކަރަންޓް އުފައްދާ ބުރަފަތި ތަކެއް ހަރުކުރުމަށް ވަނީ ނިންމާ ފައެވެ. މީގެ ބުރަފަތި ހަދާ ކުންފުންޏެއް ކަމުގައިވާ ޖީއީ އެނާރޖީ އިން ހާމަ ކުރާ ގޮތުގައި މި ވިޔަފާރިން މި އަހަރު އެ ކުންފުންޏަށް ދެ ބިލިޔަން ޑޮލަރު ލިބޭނެ އެވެ.

މިހާވަރަށް ވައިގެ ހަކަތަ ވައިގައި ހިފައިގެން މިއުޅެނީ ތެލުގެ އަގު ބޮޑުވުމާއި ވައިން ކަރަންޓު އުފެއްދުމުގެ އަގު ހެޔޮ ވުމެވެ. ފާއިތު ވެ ދިޔަ 20 އަހަރުގެ ތެރޭގައި ވައިން ކަރަންޓް އުފެއްދުމުގެ ހަރަދު ވަނީ %80 ދަށް ވެފަ އެވެ. އެމެރިކާގެ ވިންޑް އެނާޖީ އެސޯސިއޭސަނުން ބުނާ ގޮތުގައި 1980 ގެ އަހަރުތަކުގައި އެންމެ ފުރަތަމަ ބޮޑެތި ބުރަފަތި ތައް ހަރުކުރި އިރު ވައިން ކަރަންޓް އުފެއްދެނީ ކިލޯވޮޓް އަވަރ އެއް 30 އެމެރިކާ ސެންޓަށެވެ. މިހާރު ރަނގަޅަށް ވައި ޖެހޭ ތަންތާންގައި ހަރުކުރާ ބުރަފަތި ތަކުން ކިލޯވޮޓް އަވަރ އެއް 5 އެމެރިކާ ސެންޓަށް ވުރެ ދަށްކޮށް އުފެއްދެއެވެ.

އެމެރިކާގައި ވައިން ކަރަންޓް އުފެއްދުން ކިތަންމެ މައްޗަށް ދިޔަޔަސް ބޭރު ގައުމުތަަކުގެ ތެލަށް ބަރޯސާ ނުވެއެއް އެމެރިކާއަކަށް ނޫޅެވޭނެ އެވެ. ސަބަބަކީ އެމެރިކާގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރެވެނީ ވަރަށް މަދު ތެޔޮ ފޮދެކެވެ. ގިނަ ތެޔޮ އެމެރިކާއި ބޭނުން ކުރެވެނީ ދަތުރު ފަތުރު ކުރުމަށެވެ. ވައިން އުފައްދާ ހަކަތަ އަކުން ކާރު އެއްޗިއްސެއް ނުދުއްވޭނެ އެވެ. އެމެރިކާ ގައި ދުވާލެއްގެ މައްޗަށް 20 މިލިޔަންފީފާ ތެޔޮ ބޭނުންކުރާއިރު ކަރަންޓު އުފެއްދުމަށް ބޭނުންކުރަނީ 500000 ފީފާ ތެލެވެ. މިއީ ގާތްގަނޑަކަށް އެމެރިކާގައި ބޭނުންކުރެވޭ ތެލުގެ %3 އެވެ. ކަރަންޓު އުފެއްދުމަށް އެމެރިކާ ގައި އެންމެ ގިނަ އިން ބޭނުންކުރެވެނީ ބޯޓު ދެއްޔެވެ. ދެން ނިއުކުލިޔާ ހަކަތަ %20، ގުދުރަތީ ގޭސް %18، ހައިޑްރޯ އިލެކްޓްރިކް %7 އެވެ. އިޔާދަ ކުރަނިވި ހަކަތަ އާއި އެހެންނިހެން ވެސް އެއްޗެހި ހިއްސާ ކުރާ އަދަދަކީ ހަމަ އެއްމެ %2 އެވެ.

އެމެރިކާގެ ވިންޑް އެނާޖީ އެސޯސިއޭސަނުން އިން ބުނާ ގޮތުގައި އެ ގައުމުގައި ވައިން ކަރަންޓް އުފައްދާ މިންވަރު އަދިވެސް ހުރީ އެމެރިކާގައި ޖުމްލަ ކަރަންޓް ބޭނުންކުރާ މިންވަރުގެ %1 އަށް ވުރެ ދަށުގަ އެވެ. ނަމަވެސް 2020 ގައި މިއަދަދު %6 އަށް އިތުރުވާނެ ކަމަށް ލަފާ ކުރެވެއެވެ. އެހާބޮޑަށް މިކަން ކުރިނާރާ ސަބަބު ތަކެއް ވެއެވެ.

ފުރަތަމަ ކަމަކަށް ވައިން ހަކަތަ އުފެއްދުމަށް އިތުރަށް އިންވެސްޓް ކުރާނީ ތެލުގެ އަގު ދަށަށް ނުދާނަމަ އެވެ. ވައިން ހަކަތަ އުފައްދާ ފަރާތްތައް މިހާރުވެސް ބަލަނީ 30-40 އަހަރުގެ ދިގު އިންވެސްޓް މެންޓް އަކަށެވެ. މި މުއްދަތުގެ ތެރޭގައި ތެލުގެ އަގު ވެއްޓިއްޖެނަމަ މިއަދު ފައިދާވާ ވައިން ހަކަތަ އުފައްދާ ކުންފުނިތައް މުސްތަގުބަލުގައި އިނދަ ޖެހޭނެ އެވެ. އެހެންވެ ގިނަ ކުންފުނި ތަކުން މިހާ ބޮޑު ރިސްކެއް ނަގާކަށް ބޭނުމެއް ނުވެއެވެ.

ވައިގެ ހަކަތަ އާއި މިހާރު ގެންގުޅޭ ތެލުން ކަރަންޓް އުފައްދާ އިންޖީނާއި އެކަތި އަނެކައްޗައި އަޅުވާ ކިޔުމަކީ ވަރަށް ދަތި ކަމެކެވެ. ވައިން ހަކަތަ އުފެއްދޭ އަގު ބިނާ ވެގެން ވަނީ ވައިޖެހޭ މިންވަރެއްެ ގެ މައްޗަށެވެ. ރަނގަޅަށް ވައިނުޖެހޭ ސަރަހައްދެއްގައި ވައިން ހަކަތަ އުފެއްދާ ބުރަފައްޗަކަށް ވުރެ ރަނގަޅީ ތެލުންހިންގާ އިންޖީނެކެވެ.

'މިސާލަކަށް ކަލޭ ކައިރީ ބޭނުންއިރަކު ހިންގާފައި ބޭނުންއިރަކު ނިއްވާލެވޭ ފަދަ ޖެނެރޭޓަރެއް ނުވަތަ ވައިޖެހޭ ނިސްބަތަކުން ކަރަންޓް އުފައްދާ ބުރަފައްޗަކާ ދޭތިންކުރެ އެއްޗެއްނަގާށޭ ބުނެފިނަމަ އަބަދުވެސް ކަލޭ ނަގާނީ ޖެނެރޭޓަރެވެ.' ލޯރެންސް ބާކްލީ ނެސަނަލް ލެބޯޓަރީ ގައި މަސައްކަތް ކުރައްވާ އިޔާދަ ކުރަނިވި ހަކަތަ އާއި ބެހޭގޮތުން ދިރާސާ ކުރައްވާ ސައިންޓިސްޓެއް ކަމުގައިވާ ރާޔަން ވައިސާ ވިދާޅުވިއެވެ.

ދެން އޮތީ މީހުން އުޅޭ ހިސާބު ތަކަށް ކަރަންޓް ފޯރުވައި ދިނުމެވެ. މިހާރު އެމެރިކާގައި މީހުން އާބާދު ވެފައިވާ ސަރަހައްދު ތަކަކީ މާރަނގަޅަށް ވައި ޖެހޭ ސަރަހައްދު ތަކެއް ނޫނެވެ. އަދި ރަނގަޅަށް ވައި ޖެހޭ ސަރަހައްދު ތަކުގައި މީހުން އާބާދު ވެފައެއް ނެތެވެ.

މީގެ މާނަ އަކީ ވައިޖެހޭ ސަރަހައްދު ތަކުގައި ބުރަފަތި ތައް ބަހައްޓައިގެން މީހުން އުޅޭ ސަރަހައްދު ތަކަށް ކަރަންޓު ފޯރުވައިދިނުމަށް ޓަކައި ވަރަށް ދިގު ޓްރާންސްމިޝަން ޕަވަރ ލައިންސް ތަކެއް އަޅަން ޖެހޭ ކަމެވެ. މިކަމަށް ބޮޑެތި ކުންފުނި ތަކުން އިންވެސްޓް ކުރިއަސް ފަހުން ދިގު މުއްދަތަކަަށް ބަލާ އިރު މި ހަރަދު ހިނގާނީ ހަމަ އަމިއްލަ މީހުން ގެ ޖީބުންނެވެ. އެހެންކަމުން ވައިންހަކަތަ އުފައްދާ ދާ ހަރަދުގެ ތެރޭގައި ބޮޑެތި ޕަވަރ ލައިންސް ގެ ހަރަދު ވެސް ހިމަނަން ޖެހުމުން މިކަމުގަ ހަރަދު އިތުރަށް ބޮޑުވެއެވެ.

ވަރަށް ވަރުގަދަ އަދި ލުއި އެއްޗިހި ބޭނުންކޮށްގެން މިހާރު އުފައްދާ ބުރަފަތި ފިޔަ އެއްގެ ދިގުމިނުގައި 34 މީޓަރު ހުރެ އެވެ. ދެންއުފައްދާ ބުރަފަތި މިއަށް ވުރެވެސް ދިގު ވާނެއެވެ. އެއީ ގާތްގަނޑަކަށް 50 މީޓަރެވެ. ޢޭރުން މުޅި ބުރަފަތި ބޮޑުމިން ފުޓު ބޯޅަ ދަނޑަކާއި އެއްވަރު ވާނެއެވެ. ބުރަފަތި ބޮޑުވި ވަރަކަށް ބުރަފަތި ގައި ވައި އަޅާލެއް ބޮޑުވާނެއެވެ. އޭރުން ގިނަ އިން ކަރަންޓް އުފެއްދޭނެ އެވެ. މިހާރަކަށް އައިސް 1.5މެގަވޮޓް ގެ ކަރަންޓް އުފައްދާ ބުރަފަތިވެސް ހުރެ އެވެ.

ވައިން ކަރަންޓް އުފެއްދުން ޚަރަދު ކުޑަކުރާ އަނެއްގޮތަކީ އެއްސަރަހައްދެއްގައި ގިނަ ބުރަފަތި ތަކެއް ހަރު ކުރުމެވެ. 200 ބުރަފަތި ހަރު ކޮށްފައި ހުންނަ ތަނެއްގައި އުފައްދާ ކަރަންޓަށް ވުރެ 5 އެތި ހަރު ކޮށްފައި ހުންނަ ތަނެއްގައި އުފައްދާ ކަރަޏްޓު ގެ އަގު ބޮޑެވެ.

އަގު ގެ ގޮތުން ވާދަވެރި ހިސާބު ތަކުގައި ވައިން ކަރަންޓް އުފެއްދުން މިހާރު އަންނަނީ އާންމު ވަމުންނެވެ. އަދި ސަރުކާރު ގެ އެހީ މިކަމަށް އިތުރު ކޮށްފި ނަމަ މިކަމަށް އިތުރު އާރޯ ކަމެއް އަންނާނެ ކަމީ ޝައްކެއް ހުރި ކަމެއްނޫނެވެ.

އެމެރިކާގައި މިހާރު ވައިން ކަރަންޓް އުފައްދާ ފަރާތް ތަކަށް ޕްރްޑަކްޝަން ޓެކްސް ކްރެޑިޓް ގެ ގޮތުގައި އުފައްދާ ކޮންމެ ކިލޯވޮޓަކަށް 1.8ސެންޓް ދެއެވެ. ދުނިޔޭގެ އެންމެ ގިނައިން ވައިން ކަރަންޓް އުފައްދާ ގައުމު ކަމުގައިވާ ޖަރުމަނުގައި ދުނިޔޭގައި ވައިން އުފައްދާ ކަރަންޓް ގެ 3/1 އުފައްދަ އެވެ. އެގައުމުގެ ސަރުކާރުން މިހާރު ވިސްނަނީ 2010 ވަނަ އަހަރު އަންނަ އިރު މި އަދަދު %15 އަށް އިތުރު ކޮށް 2020 ވަނަ އަހަރު %20 އަށް އިތުރު ކުރާށެވެ.

މިހާރުވެސް ވައިން ކަރަންޓް އުފެއްދުމަކީ އެހެން އިޔާދަ ކުރަނިވި ހަކަތަ ތަކަށް ބަލާ އިރު ތެލާ އެންމެ ވާދަ ކޮށްލެވޭ އެއްޗެވެ.

ތެލުން ކަރަންޓް އުފެއްދުމުގެ ހަރަދު އެކި ސަހަރު ތަކުގައި އެކި ވަރެވެ. އެހެންކަމުން ބައެއްސަރަހައްދު ތަކުގައި ތެލައްވުރެ ވައިން ކަރަންޓް އުފައްދާ ނިޒާމް ތައް އަގު ހެވެވެ. އަދި ވައިން ކަރަންޓް އުފެއްދުން ތަކަށް ތިމާވެށި ތަޢައްޠަރު ކުރާ އެއްވެސް މާއްދާ އެއް ނު އުފައްދާތީ މުސްތަގުބަލުގައި ވެސް ވައިން ކަރަންޓް އުފެއްދުން ބިނާ ވެގެންވަނީ މިކަމަށް ހިނގާ ހަރަދެއްގެ މައްޗަށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.