އަހަރެމެން ދިރިއުޅޭ ޕްލެނެޓް
- ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު
- 08 މޭ 2004
އަހަރެމެން ދިރިއުޅޭ ބިމަކީ، ސޯލަރ ސިސްޓަމްގައި ހިމެނޭ ޕްލެނެޓްތަކުގެ ތެރެއިން ޕްލެނެޓެކެވެ. އިރާއި ކައިރިން ދުރަށް ޕްލެނެޓްތައް އެތުރިފައިވާ ގޮތަށް ބަލާއިރު، ބިން އޮންނަނީ އިރާއި ތިންވަނަ އަށް އެންމެ ކައިރިޔަށެވެ. ޕްލެނެޓްތަކުގެ ސައިޒަށް ބަލާއިރު، 5 ވަނައަށް އެންމެ ބޮޑީ ބިމެވެ. އިރުގެ ވަށައިގެން، ބިން ދަތުރުކުރަނީ ވަކި އޯރބިޓެއް ނުވަތަ ނާރެހެއްގައެވެ. މިނާރެސް އިރާއި، 1496000000 ކިލޯމީޓަރ ދުރެވެ. ބިމުގެ ޑައިމީޓަރަކީ، 12756.3 ކިލޯމީޓަރެވެ. ބިމުގެ މާސްގައި ހުންނަނީ 1024× 5.9742 ކިލޯގްރާމެވެ.
އެހެން ޕްލެނެޓްތަކެކޭވެސް އެއްފަދައިން ބިމަކީވެސް ޕްލެނެޓެއްކަން މީހުންނަށް އެނގުނީ، މީލާދީން 16 ވަނަ ޤަރުނުގެ ތެރޭގައި، ކޯޕަރނިކްސް ކިޔާ ޢިލްމުވެރިއެއްގެ ފުށުންނެވެ. މުޅިބިމުގެ ޗާޓެއް ފުރަތަމަ ފަހަރަށް ކުރެހިފައިވަނީ، 20 ވަނަ ޤަރުނުގެ ތެރޭގައެވެ.
މިދުނިޔޭގައި ދިރުން ހުރިކަމަށް އަދި މިހާތަނަށް އެނގިފައިވާ ހަމައެކަނި ޕްލެނެޓަކީވެސް، ބިމެވެ. ބިމުގެ ވަށައިގެން ދަތުރުކުރަނީ އެންމެ ހަނދެކެވެ. މިހަނދާއި ބިމާއިދެމެދު ހުންނަ ދުރުމިނަކީ، 384400 ކިލޯމީޓަރެވެ. ހަނދުގެ ޑައިމީޓަރުގައި ހުންނަނީ 3474 ކިލޯމީޓަރެވެ.















