ބުރާސްފަތި20181115

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް ތިމާވެށި ބަމް : ބިންހެލުމުގައި ހަލާކުވި ތާރީޚީ ރަށް..

ބަމް : ބިންހެލުމުގައި ހަލާކުވި ތާރީޚީ ރަށް..

bamއީރާނުގެ އިރުދެކުނުގައި، ކަރްމާން ސަރަޙައްދުގައި އޮންނަ ބަމް ކިޔާ ރަށަކީ، ތާރީޚީ ގޮތުން ވަރަށް މުހިއްމު ރަށެކެވެ. ކަދުރާއި ހުތްމޭވާގެ ބަޖީޗާތަކުން ފުރިފައިވާ މިރަށުގެ އާސާރީ ތަންތަނަކީ ވަރަށް އިހުގެ ތާރީޚުތަކާއި ގުޅިފައިވާ ތަންތަނެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްތަނަކީ، މަށިން ހަދާފައިވާ ކޯއްޓޭ އެކެވެ. މިކޯއްޓޭ އަކީ، މީގެ ގާތްގަނޑަކަށް 2000 އަހަރަށްވުރެވެސް ކުރިން ހަދާފައިވާ ތަނެކެވެ.

ވޭތުވެގޮސްފައިވާ އެކި ޒަމާންތަކުގައި، މިތަން ޙިޞާރުކުރެވި، އަޅުވެތިކުރެވިފައިވެއެވެ. އަދި އެތައް ފަހަރެއްގެ މަތިން، އަލުން މަރާމާތުވެސް ކުރެވިފައިވެއެވެ. މިގޮތުން، އެންމެފަހުން،މިތަން މަރާމާތުކުރެވުނު ކަމަށްވަނީ، ޞަފަވީންގެ ޒަމާނުގައި، މީލާދީން 16ވަނަ ޤަރުނާއި،19 ވަނަ ޤަރުނާއި ދެމެދުގައެވެ. މިރަށުގައި ހުރި ތާރީޚީ ބައެއް އެހެން ބިނާ ތަކުގެ ފެށުން، މީލާދީން 11 ވަނަ ޤަރުނާއި، 12 ވަނަ ޤަރުނާއި ހަމައަށް ދެއެވެ.

ބަމްގެ ކޯއްޓޭގެ ދިގުމިނަކީ، 300 މީޓަރެވެ. ހުރަސްމިނުގައި ހުންނަނީ، 200 މީޓަރެވެ. 1976ގައި ވެލިރިޔޯ ޒޫރްލީނީ ޑައިރެކްޓުކުރި، '' ތަތާރުންގެ ސަހަރާ'' ކިޔާ ފިލްމުގެ މަންޒަރުތައް ނެގުނީ މިތާގައެވެ. މިފިލްމުގެ ބަޠަލުންނަކީ، ޖެކް ބެރީން އާއި، ވިޓޯރިޔޯ ގެސްމާން އާއި ފިލިޕް ނުވާރިޔެ އާއި ޖާންލުވި ޓްރިނިޓިނިޔާންއެވެ.

މިކޯއްޓޭ ހުންނަނީ، އާސާރީ ޢިމާރާތްތައް ހުންނަ ކުރީގެ ބަމުގައެވެ. މިރަށް ކައިރީގައި ފަހުން ހެދުނު އާ ރަށަށްވެސް، ނަންދެވިފައިވަނީ ބަމްގެ ނަމުންނެވެ. މުސްކުޅި، ތާރީޚީ ބަމްއަކީ، ފާރިސީންގެ މަދަނީ ބިނާތައް ކުރުމުގެ ފަންނު ދައްކުވައިދޭ މިސާލީ ރަށެކެވެ.

ބޮޑުމިނުގައި 6 އަކަކިލޯމީޓަރ ހުންނަ، މުސްކުޅި ބަމްގައި ކުރިން، ދިރިއުޅުނު މީހުންގެ ޢަދަދަކީ 9000 އާއި 13000އާއި ދެމެދުގެ ޢަދަދެކެވެ. 20 ވަނަ ޤަރުނު ފެށުނުތަނާއިހެން، މިމީހުން، އެރަށް ދޫކޮށް އެހެން ސަރަޙައްދުތަކަށް ހިޖްރަކުރިއެވެ. އެކަމަކު، ބައެއްކަހަލަ މަސައްކަތްތެރިންނާއި، ހަނދާނީ ސްވެނިޔަރ ހަދާމީހުން، މަދު ގެ ކޮޅެއްގައި އެރަށުގައި ، މިހާރުވެސް ދިރިއުޅެމުން ގެންދެއެވެ.

20ވަނަ ޤަރުނު ފެށުމާއިއެކު، ދަތުރުފަތުރުކުރުމުގެ ވަސީލަތްތަކަށް އައި ކުރިއެރުންތަކާއި ހަމައަށް، މިރަށްވެފައިވަނީ، ދަތުރުވެރިންނަށް ވަރަށް މުހިއްމު ރަށަކަށެވެ. އަދި އީރާނަށް ފަތުރުވެރިން ޒިޔާރަތްކުރަން ފެށުމާއިއެކު، މިރަށުގެ މުހިއްމުކަން އަނެއްކާވެސް އިތުރުވާން ފެށިއެވެ. ވަރަށްފަހުން ، އިރާން ސަރުކާރުން، މިރަށާއި، ކޯއްޓޭގެ ބައެއް ތަންތަން މަރާމާތުކޮށްފައިވެސްވެއެވެ.

މިކޯއްޓޭގައި، ވަށައިގެންވާ ސަރަޙައްދުތައް ބެލުމަށްޓަކައި، 28 ޓަވަރު ހެދިފައިވެއެވެ. މިޢިމާރާތް ބޮޑަށް ވައްތަރީ، މެދުތެރޭ ޤަރުނުތަކުގައި، ޔޫރަޕްގައި ހަދާފައިވާ، ގަނޑުވަރުތަކާއިއެވެ. އެންމެ އުސްކޮށް، ކޯއްޓޭގައި ހުންނަ ދެޓަވަރުގެ ދެމެދުގައި 40 މީޓަރު ހުރެއެވެ. މިދެޓަވަރު ހަދާފައިވަނީ، މީގެ 5 ޤަރުނުގެ ކުރިންނެވެ.

ކޯއްޓޭ އެކުލެވިގެންވަނީ، މައިގަނޑު ދެ ޢިމާރާތަކުންނެވެ. ފުރަތަމަ ޢިމާރާތަށް ކިޔަނީ، ''ޖިހާރު ފަޞްލް '' ( ހަތަރު މޫސުން)އެވެ. އަނެއް ޢިމާރާތަށް ކިޔަނީ، ''މަންޒިލުލް އަސްޔާދް '' ( ސާހިބުންގެ ގެ) އެވެ. މިދެޢިމާރާތަކީ، އެޒަމާނުގެ ވެރިންނަށް ޚާއްޞަކުރެވިފައިވާ ދެބައެވެ. މީގެތެރެއިން ދެކުނަށްވާބައިގެ ވަށައިގެން، 18 މީޓަރުގެ އުސްމިނަށް ހަދާފައިވާ 4 ފާރުވެއެވެ. މިފާރުތަކުގެ ބޭނުމަކީ، ވަގުންގެ ކިބައިން ރަށުގެ ރައްޔިތުން ރައްކާކޮށް، ދަފަރާކުރުމެވެ. ފާއިތުވެ ދިޔަ ޤަރުނުގެ ފެށުމާއިޖެހެންދެން، ސިފައިންނާއި، ފުލުހުންގެ މަސްއޫލުވެރިންނާއި، މިޢިމާރާތުގައި ދިރިއުޅެމުން ގެންދިޔައެވެ.

އީރާނަށް އެންމެފަހުން އައި، ބާރުގަދަ ބިންހެލުން އައިސްފައިވަނީ މިރަށް އޮންނަ ސަރަޙައްދަށެވެ. މިބިންހެލުމުގައި، ކޯއްޓޭއާއި، ތާރީޚީ އެހެން ބިނާތައް ވަނީ ހަލާކުވެފައެވެ. މިއީ ދުނިޔޭގެ ތާރީޚީ ބިނާތަކުންކުރެ، ފާހަގަކޮށްލެވޭ މުހިއްމުތަނަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ގެއްލުމެއްކަން ކަށަވަރެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.