ތިމާވެށި
އޭރަލް ކަނޑު: މިހާރު މުޞީބާތުގެ ކަނޑެއް
- ޢަލީ އިސްމާޢީލް
- 04 އޯގަސްޓު 2011

އޭރަލް ކަނޑަކީ އެއްދުވަސް ވަރެއްގައި މަސްވެރިންނާއި ބޮޑެތި އާގުބޯޓް ފަހަރު ދަތުރުކުރި ވަރަށް ފުން، ދަތުރުފަތުރުގެ ކާރޫބާރޫ ބޮޑު ކަނޑެކެވެ. ނަމަވެސް މިއަދު އޭރަލް ކަނޑުވަނީ އެތަނުގެ ކުރީގެ ސައިޒަށްވުރެ، ނުވަދިހަ ޕަސެންޓު ކުޑަވެފައެވެ. މިހެން ވާން ދިމާވީ ކަނޑު، އެއްގަމަށް ބަދަލުވުމުންނެވެ. ކަނޑުގެ ބޮޑުބައެއް ހިކުމުގެ ސަބަބުން، މުޅި ކަނޑު މިއަދު ބަދަލުވެފައިވަނީ ސަހަރާއަކަށެވެ. ކަނޑުގައި އަޅާފައި ހުރި އާގުބޯޓްފަހަރު މިއަދު އެހުރީ ވީރާނާވުމަށް އެއްގަމުގައެވެ. މަސްވެރިންނާއި އާގުބޯޓްފަހަރު އަވަދިނެތި ހަރަކާތްތެރިވި ކަނޑުގައި އެހުރީ ވިނަ ގަސްތައްފަޅާފައެވެ. މަސްމަހާމެހީގެ ބަދަލުގައި ކަނޑުގައި ދުވަނީ ޖަމަލުފަދަ ސަހަރާގައި އުޅޭ އެއްގަމު ޖަނަވާރެވެ.
ވައިން ކަރަންޓް އުފެއްދުން ވައިގައި ހިފަނީ
- އަޙްމަދު މުޙައްމަދު
- 25 އޮކްޓޯބަރު 2005
ތެލުގެ އަގު 70 ޑޮލަރަށް ވުރެ މަތިވިޔަސް ގިނަ އިޔާދަ ކުރަނިވި ހަކަތަ އުފައްދާ ކުންފުނި ތަކަށް ފައިދާ އެއްވަނީ ސަރުކާރުގެ ބޮޑަތި އެހީ ތަކާއި އިނާޔަތް ތަށް ލިބިގެންނެވެ. ވައިގެ ހަކަތަ އަކީ މިހާރުވެސް ސަރުކާރު ގެ އެހީ ލިބިގެން ތެލާ އެއްއަގެއްގައި ބާޒާރުގައި ވާދަ ކޮށް ލެވޭނެ މަދު އިއާދަ ކުރަނިވި ހަކަތައިގެ ތެރެއިން އެކައްޗެވެ. މީގެ ފަހަތުގައި ވަނީ ތެލުގެ އަގު ބޮޑުވުމާއި ބަދަލުވަމުންދާ ޓެކްނޮލޮޖީގެ އެހީ ގައި ބުރަފަތިގެ ފިޔަ އަށް އަންނަ ހެޔޮ ބަދަލެވެ. ނަތީޖާ އެއްގެ ގޮތުން އެމެރިކާގައި ވައިން ކަރަންޓް އުފައްދާ މިންވަރު ވަނީ ކުރީ އަހަރާ އަޅާ ބަލާ އިރު %33 އިތުރު ވެފަ އެވެ. ނަމަވެސް ވައިން ކަރަންޓް އުފެއްދުން ތަރައްގީ ކުރަން ބޭނުން ފަރާތް ތަކަށް މިވަނީ އިތުރު ގޮންޖެހުން ތަކާ ކުރިމަތި ވެފައެވެ.
އަހަރެމެން ދިރިއުޅޭ ޕްލެނެޓް
- ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު
- 08 މޭ 2004
އަހަރެމެން ދިރިއުޅޭ ބިމަކީ، ސޯލަރ ސިސްޓަމްގައި ހިމެނޭ ޕްލެނެޓްތަކުގެ ތެރެއިން ޕްލެނެޓެކެވެ. އިރާއި ކައިރިން ދުރަށް ޕްލެނެޓްތައް އެތުރިފައިވާ ގޮތަށް ބަލާއިރު، ބިން އޮންނަނީ އިރާއި ތިންވަނަ އަށް އެންމެ ކައިރިޔަށެވެ. ޕްލެނެޓްތަކުގެ ސައިޒަށް ބަލާއިރު، 5 ވަނައަށް އެންމެ ބޮޑީ ބިމެވެ. އިރުގެ ވަށައިގެން، ބިން ދަތުރުކުރަނީ ވަކި އޯރބިޓެއް ނުވަތަ ނާރެހެއްގައެވެ. މިނާރެސް އިރާއި، 1496000000 ކިލޯމީޓަރ ދުރެވެ. ބިމުގެ ޑައިމީޓަރަކީ، 12756.3 ކިލޯމީޓަރެވެ. ބިމުގެ މާސްގައި ހުންނަނީ 1024× 5.9742 ކިލޯގްރާމެވެ.
ގިނިހިލައެއް ވެއްޓުމުން ލިބޭނެ ގެއްލުން ބަލާލަން ބޭނުންތަ؟
- ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު
- 14 އެޕްރީލް 2004
އެމެރިކާގެ އެރިޒޯނާ ޔުނިވަރސިޓީގެ ދެ ޕްރޮފެސަރުންނާއި، ދަރިވަރެއް ގުޅިގެން، ބިމަށް ގިނިހިލައެއް ވެއްޓިއްޖެކަމަށްވާނަމަ، ލިބޭނެ ގެއްލުންތަކާއި، އޭގެ އަސަރުތައް ފޯރާނެ ސަރަޙައްދުތައް، ބަލާލެވޭނެ ޕްރޮގްރާމެއް ނުވަތަ ކަލްކިއުލޭޓަރ އެއް އުފައްދައިފިއެވެ.
'އިމްޕެކްޓް އިފެކްޓް '' ނަމުން ނަންދެވިފައިވާ މިޕްރޮގްރާމް ދާދިފަހުން ވަނީ، އިންޓަރ ނެޓަށް ލެވިފައެވެ. ސައިޓަށް ޒިޔާރަތްކުރާ މީހުންނަށް، ބިމުގައި ޖެހޭނެކަމަށް އެމީހުން ލަފާކުރާ ހިލައެއްގެ ބޮޑުމިނާއި، ބިމުގައި ޖެހޭނެކަމަށް އެމީހުންނަށް ފެންނަ ތަނެއް މިކަލްކިއުލޭޓަރގައި ޖެހުމުން،
ބަމް : ބިންހެލުމުގައި ހަލާކުވި ތާރީޚީ ރަށް..
- ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު
- 29 ޑިސެމްބަރު 2003
އީރާނުގެ އިރުދެކުނުގައި، ކަރްމާން ސަރަޙައްދުގައި އޮންނަ ބަމް ކިޔާ ރަށަކީ، ތާރީޚީ ގޮތުން ވަރަށް މުހިއްމު ރަށެކެވެ. ކަދުރާއި ހުތްމޭވާގެ ބަޖީޗާތަކުން ފުރިފައިވާ މިރަށުގެ އާސާރީ ތަންތަނަކީ ވަރަށް އިހުގެ ތާރީޚުތަކާއި ގުޅިފައިވާ ތަންތަނެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްތަނަކީ، މަށިން ހަދާފައިވާ ކޯއްޓޭ އެކެވެ. މިކޯއްޓޭ އަކީ، މީގެ ގާތްގަނޑަކަށް 2000 އަހަރަށްވުރެވެސް ކުރިން ހަދާފައިވާ ތަނެކެވެ.













