އަންގާރަ20201201

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް ޓެކްނޮލޮޖީ ވިންޑޯސްގެ ސެކިއުރިޓީގައި ބާގަނޑުތަކެއް..

ވިންޑޯސްގެ ސެކިއުރިޓީގައި ބާގަނޑުތަކެއް..

windows-xpސޮފްޓްވެއަރގެ ދާއިރާއިން ދުނިޔޭގެ އެއްވަނަ ކުންފުނިކަމަށް ބެލެވޭ މައިކްރޯސޮފްޓް ކުންފުނިން ވޭތުވެދިޔަ އަންގާރަ ދުވަހު ހާމަކޮށްފައިވާ ގޮތުގައި، ވިންޑޯސްގެ ފަހުގެ ވާރޝަންތަކުގައި (ވިންޑޯސް އެން ޓީ، ވިންޑޯސް 2000، ވިންޑޯސް އެކްސް ޕީ، ވިންޑޯސް ސަރވަރ 2003) ހުރި ހަމަ ނުޖެހޭ ކަންތައްތަކެއްގެ ސަބަބުން ނުވަތަ ފޫނުބެއްދުންތަކެއްގެ ސަބަބުން ވިންޑޯސް ސިސްޓަމްގެ ސަލާމަތަށް މަޢްލޫމާތުގެ ދާއިރާގައި ވައްކަން ކުރާމީހުންގެ ނުރައްކަލާ ކުރިމަތި ވެފައިވެއެވެ.

މައިކްރޯސޮފްޓުގެ ޑިޖިޓަލް ސެކިއުރިޓީ އާއި ބެހޭ ކުންފުނިން ހާމަ ކުރާގޮތުގައި ބޮޑު

ދެ "ބާގަނޑު" ވިންޑޯސްގެ ފަހުގެ ސިސްޓަމްތަކުގެ ސެކިއުރިޓީގައި އެބައުޅެއެވެ. މިކަމަށް ލުޔެއް ގެނައުމަށްޓަކައި ވިންޑޯސްގެ އެންމެފަހުގެ ސެކިޔުރިޓީ ޕެޗް ވަގުތުން އެޅުމަށް މައިކްރޯސޮފްޓް ކުންފުނިން އިލްތިމާސް ކޮށްފައިވެއެވެ. މިކަމަށް ޚާއްޞަ ޕެޗް މައިކްރޯސޮފްޓު ސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ޑިޖިޓަލް ސެކިއުރިޓީ ކުންފުނިން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި މިކަމުގެ ސަބަބުން ސޮފްޓުވެއަރ ވައްކަން ކުރާފަރާތްތަކަށް ކޮމްޕިޔުޓަރގެ ތެރެއަށް ވަދެ އޭގައި ހިމެނިފައިވާ ޕްރޮގްރާމްތަށް ހަލާކުކޮށްލުމުގެ ކުޅަދާނަކަން ލިއްބައިދެއެވެ.

ވޭތުވެދިޔަ ޖުލައިމަހު މިކަންތައް ހޯދުނީއްސުރެ މިކަމުގެ ޙައްލު ހޯދުމުގެ މަސައްކަތް މައިކްރޯސޮފްޓް ކުންފުއްޏާއި ގުޅިގެން ކުރެވެމުން އަންނަ ކަމަށާއި ނަމަވެސް އަދާއި ހަމައަށްވެސް ވަނީ މިކަމުގެ އެންމެ އެދެވޭ ނަތީޖާއާއި ހަމައަށް ވާޞިލް ނުވެވޭކަމުގައި ޑިޖިޓަލް ސެކިޔުރިޓީ ކުންފުނިން ހާމަކޮށްފައިވެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.