ހޯމަ20200727

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް ޓެކްނޮލޮޖީ ނާސާގެ މަސްއޫލުވެރިން ސްޕިރިޓްއިން އެންމެފުރަތަމަ ފޮނުވި ފޮޓޯ ބަލަނީ.

ނާސާގެ މަސްއޫލުވެރިން ސްޕިރިޓްއިން އެންމެފުރަތަމަ ފޮނުވި ފޮޓޯ ބަލަނީ.

sprit_probދުނިޔެއާއި އެންމެކައިރި ޕްލެނެޓްކަމުގައިވާ މާރސްގެ ކަންތައްތައް ދިރާސާކުރުމަށް އެމެރިކާގެ ނާސާއިން، ފޮނުވި އުޅަނދު '' ސްޕިރިޓް'' ( ރޫޙު ) ކާމިޔާބުކަމާއިއެކު، މާސްގައި ޖެއްސުމަށްފަހު، އެތާގެ ފޮޓޯތައް ބިމަށް ފޮނުވައިފިއެވެ.

އެންމެ ފުރަތަމަ ފޮނުވި ފޮޓޯއިން ދައްކައިދެނީ، ސްޕިރިޓްގެ ބަޔަކާއި، މާރސްގެ އުފުޤާއި، މިއުޅަނދު ތިރިކުރި ތަނުގެ ބައެކެވެ. ފޮޓޯ ނެގިފައިހުރީ ކަޅާއި ހުދުންނެވެ.

މާރސްގެ ޖައްވުގެ ފަށަލަ ކަޑައްތުކުރުމަށްފަހު، މިއުޅަނދު ތިރިކުރީ، ޖޯސެފް ނަމަކަށްކިޔާ ވަރަށް ބޮޑު ތިރިބިންގަނޑެއް ނުވަތަ ވަޅުގަނޑަކަށެވެ. ބޮޑުމިނުގައި، 7500 އަކަކިލޯމީޓަރު ހުންނަ މިތަނަކީ، ކުރިން، ފެންގަނޑެއް އޮތްތަނެއްކަމަށް ބެލެވެއެވެ. މާރސް އިން ސްޕިރިޓްގެ އިޝާރާތްލިބުމާއިއެކު، މިމަޝްރޫޢުގެ ބައިވެރިން، އުފާފާޅުކޮށް އަތްތިލަ ބަޑަހަމުން ގެންދިޔައެވެ. ކެލިފޯރނިޔާގައި ހުންނަ، ނާސާގެ މަރުކަޒުގައި ، ނާސާގެ ރައީސް ޝޯން އޯކޭފް ވެސް ހުންނެވިއެވެ. މިބޮޑު ކާމިޔާބަށްޓަކައި، އޭނާ، ސްޕިރިޓް މަޝްރޫޢުގެ މެންބަރުންނަށް މަރުޙަބާ ވިދާޅުވިއެވެ. '' މިއީ ނާސާއަށް ވަރަށް ފާހަގަކޮށްލެވޭ، ޚާއްޞަރެޔެކެވެ. އަޅުގަނޑުމެންނަށް އަނެއްކާވެސް އަޅުގަނޑުމެންގެ މަޤާމު މިއޮތީ އަނބުރާ

ގެނެވިފައެވެ.'' އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން، 1998އާއި 1999 ގައި ، ނާސާއިން މާރސްއަށް ފޮނުވި ދެއުޅަނދެއްވަނީ ގެއްލިފައެވެ. މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި، މާރސްގެ ކަންތައްތައް ދިރާސާ ކުރުމަށް މިހާތަނަށް ކުރެވިފައިވާ، ޖައްވީ ދަތުރުތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ދަތުރުތައްވަނީ ނާކާމިޔާބުވެފައެވެ. އެގޮތުން، ދާދި ފަހުން، ޔޫރަޕުން ' ރަތް ޕްލެނެޓްގެ ނަމުން މަޝްހޫރުވެފައިވާ މިޕްލެނެޓަށް ފޮނުވި އުޅަނދަށް ވީނުވީއެއް އަދިވެސް ވަނީ ނޭނގިފައެވެ. އެހެން ކަމުން، މިއީ ނާސާއަށް މިދާއިރާގައި ލިބުނު ވަރަށް ބޮޑު ކާމިޔާބެއްކަމުގައި ބެލެވެއެވެ.

މާރސްއަށް ތިރިކުރުމުގެ މަރުޙަލާތައް

މާރސްގެ ޖައްވީ ފަށަލައަށް ވަނުމުގެ ކުރިން، އޭތި އުފުލާ، މައި އުޅަނދުން ސްޕްރިޓް ކާމިޔާބުކަމާއިއެކު ވަކިވިއެވެ. މިހާ ހިސާބަށް ސްޕިރިޓްއަށް ދެވުނީ، 7 މަސްދުވަހު ދަތުރުކޮށްގެން، ބިމާއި މާރސްއާއި ދެމެދު 487 މިލިޔަން ކިލޯމީޓަރ ކަޑައްތުކުރުމަށްފަހުގައެވެ. މާރސްގައި ޖެއްސުމުގެ 6 މިނެޓްކުރިން، ބިމުގައި ޖެހުމުން އެއަށް އަންނާނެ ލޮޅުންތައް ކުޑަކުރުމަށްޓަކައި، އޭގެ ވައިކުޑައާއި ، ވައިކޮތަޅުތައް މަސައްކަތްކުރަން ފެއްޓިއެވެ. އަދި، އުޅަނދުގެ ތިރީބައިގައިވާ، ބިންމަތީގައި އޭތި ސާބިތުކަމާއިއެކު ބެހެއްޓުމަށް ބޭނުންވާ ބައިތައް ވެސް މަސައްކަތް ކުރަން ފެއްޓިއެވެ. ބިމުގައި ޖެއްސުމަށް ދެމިނެޓަށް ވުމުން، މިކުޑަ އުޅަނދު ، އޭގެ ވައިކުޑަ ހުޅުވާލިއެވެ. އޭގެ 20 ސިކުންތުފަހުން، އެއިން ވަކިވާން ޖެހޭ ބަޔެއް، ބަރާބަރަށް ވަކިވިއެވެ. އެއީ މާރސްގެ ބިންގަނޑަށްވުރެ 15 މީޓަރު މަތީގައި ވަނިކޮށެވެ. ދެން ބިމަށް ތިރިވެ، ސްޕިރިޓް ބިމުގައި ރަނގަޅަށް ހަރުލުމާއިހަމައަށް، ގާތްގަނޑަކަށް، ކިލޯމީޓަރެއްގެ ދުރުމިނަށް، 15 ވަރަކަށް ފަހަރު ބިންމަތީގައި ފުރޮޅުނެވެ.

މާރސްގައި އެއްވެސް ޒަމާނެއްގައި ދިރުމެއް ހުރިތޯ ބެލުމަށްޓަކައި، ފެނުގެ އެއްވެސް އަސަރެއްވޭތޯ ސްޕިރިޓްއިން ބަލާނެއެވެ. މިކަމަށްޓަކައި، ބޭނުންކުރުމަށް ތަރައްޤީކުރެވިފައިވާ ޚާއްޞަ ސާމާނުތައް އޭގައި ވެއެވެ. ނާސާގެ މިމަޝްރޫޢަށް، 820 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ. އަދި ފުރަތަމަ ފަހަރަށް ،މުޅިން އާވަސީލަތްތަކެއް ބޭނުންކުރެވޭ މިޝްރޫޢުގައި، 250 ޢިލްމުވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. މި އުޅަނދާއި އެއްގޮތަށް ނާސާއިން ތައްޔާރުކޮށްފައިވާ އެހެން އުޅަނދެއްކަމުގައިވާ ، ''އޮޕޯޗުނިޓީ'' ( ފުރުޞަތު) ، ހަމަ މާސްގެ ކަންތައްތައް ދިރާސާކުރުމަށް، މިޖެނުއަރީމަހުގެ 5 ވަނަ ދުވަހު، މާސްގެ އަނެއް ފަޅިއަށް ތިރިކުރާނެކަމަށް ވަނީ ބެލެވިފައެވެ.

މަޢްލޫމާތު : އަލްޖަޒީރާ . ނެޓް

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.