އަންގާރަ20181113

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް ޓެކްނޮލޮޖީ ލޭހޮޅިތަކަށް ފަރުވާކުރުމަށް ބޭނުންކުރެވޭ ބޭސްތަކުގެ ސަބަބުން، ހަށިގަނޑުގައި ޕޮޓޭސިއަމް އިތުރުވޭ

ލޭހޮޅިތަކަށް ފަރުވާކުރުމަށް ބޭނުންކުރެވޭ ބޭސްތަކުގެ ސަބަބުން، ހަށިގަނޑުގައި ޕޮޓޭސިއަމް އިތުރުވޭ

hyperkalemiaއެމެރިކާގެ ބާޙިޘުންތަކެއް ކުރި ދިރާސާއަކުން، ލޭހޮޅިތަކަށް ފަރުވާކުރުމަށް ބޭނުންކުރެވޭ ބޭސްތަކުގެ ސަބަބުން، ހައިޕަރ ކެލީމިޔާ ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ދައްކައިފިއެވެ. ހައިޕަރ ކެލީމިއާއަކީ ހަށިގަނޑުގައި ޕޮޓޭސިއަމް އިތުރުވުމެވެ.

މިދިރާސާގައި، ލޭހޮޅިތަކުގެ ބަލިމީހުންނަށް ފަރުވާކުރާއިރު، މިކަމަށް ސަމާލުވެ، ބޭހުގެ ސަބަބުން ނުކުންނަ ނަތީޖާ ރަނގަޅަށް ބަލަމުންގެންދިއުމަށް، ޑޮކްޓަރުންނަށް ނަޞޭޙަތްތެރިވެފައިވެއެވެ.

ޑަލަސްގައި ހުންނަ ޓެކްސާސް ޔުނިވަރސިޓީގެ ބާޙިޘެއްކަމުގައިވާ ބިފް ޕަލްމަރ ވިދާޅުވާގޮތުގައި، ލޭމައްޗަށްދާމީހުންނަށް ފަރުވާކުރުމަށްދެވޭ ބޭސްތަކުގެ ސަބަބުން، ބަލިމީހާގެ ހަށިގަނޑުގައި ޕޮޓޭސިއަމް ގާތްގަނޑަކަށް %10 އަށް އިތުރުވެއެވެ. ޚާއްޞަގޮތެއްގައި ބަލިމީހާއަކީ ގުރުދާގެ މައްސަލައެއް ކުރިމަތިވެފައިވާ މީހެއްނަމަ، މިކަމުގެ ނުރައްކާ އޭނާއަށް ބޮޑުވާނެއެވެ.

'' ހިތުގެ ބަލީގެ ގިނަ މީހުންނަކީ ގުރުދާގެ މައްސަލަތަކާއިވެސް ކުރިމަތިލާންޖެހޭ މީހުން. އެހެންވީމާ އެމީހުންނަކީވެސް ހައިޕަރ ކެލީމިޔާއަށް ހުށަހެޅުމުގެ ނުރައްކަލާއި ކުރިމަތިލާން ޖެހިދާނެބައެއް'' ޕަލްމަރ ވިދާޅުވިއެވެ.

ނިއުއިންގްލޭންޑް ޖޯރނަލް ނޫހުގައި އޭނާ ލިޔުއްވާފައިވާ ގޮތުގައި، ޕޮޓޭސިއަމްގެ ލެވެލް ހަށިގަނޑުގައި އިތުވަމުންދާކަމަށްވާނަމަ، ހިތުގެ ތެޅުމަށް އެކަމުން ލޮޅުމެއް އެރުމަކީ އެކަށީގެންވާކަމެކެވެ.

ޕޮޓޭސިއަމް އިތުރުވެދާނެކަމަށް ބެލެވޭ މީހުން، ގިނައިން ޕޮޓޭސިއަމް ހުންނަ ކާނާތަކާއި ދުރުވާންޖެހެއެވެ. އޮރެންޖާއި، ލުނބޯއާއި، ދޮންކެޔޮއަކީ ޕޮޓޭސިއަމް މުއްސަނދި ތަކެއްޗެވެ.

ޢާންމުގޮތެއްގައި ޕޮޓޭސިއަމްއަކީ ގުރުދާއިން ބޭރުކުރާ ކެމިކަލްއެކެވެ. ސެލްތަކުގެ ދުލީގެ ވަޒީފާއަށް ، މިމާއްދާ ލޭގައި ހުންނަ މިންވަރުގެ ސަބަބުން، އަސަރު ފޯރައެވެ. އަދި ހިތުގެ ޙަރަކާތާއި، ސިކުނޑިއާއި މަސްތަކާއި ގުޅުވައިދޭ ނާރވުތަކުގެ މަސައްކަތްތައް ޕޮޓޭސިއަމްއިން ކޮންޓްރޯލުކުރެއެވެ.

މައްލޫމާތު : އަލްޖަޒީރާ . ނެޓް

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.