އާދީއްތަ20200920

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް ޓެކްނޮލޮޖީ އެންމެފުރަތަމަ ހަނދުގައި ބެހެއްޓުނު ނިޒާމު އަދިވެސް މަސައްކަތްކުރަމުންދަނީ.

އެންމެފުރަތަމަ ހަނދުގައި ބެހެއްޓުނު ނިޒާމު އަދިވެސް މަސައްކަތްކުރަމުންދަނީ.

handhuމީގެ 35 އަހަރުކުރިން، އެންމެ ފުރަތަމަ ފަހަރަށް ހަނދަށް ދިޔަ އިންސާނާ، ނީލް އާމްސްޓްރޯންގ ހަނދަށް ދޫކޮށްފައި އައި އެންމެ މަޝްހޫރު އަސަރަކީ އޭނާގެ ފިޔަވަޅުގެ ނިޝާނެވެ. އެކަމަކު މިފިޔަވަޅުތަކުގެ 100 ވަރަކަށް ފޫޓުދުރުގައި އާމްސްޓްރޯންގ ވަރަށް މުހިންމު އެހެން އެއްޗެއްވެސްވަނީ ބަހައްޓާފައެވެ. މިއީ ކޮންއެއްޗެއްކަން އެނގިވަޑައިގަންނަވާތޯއެވެ؟

މިއެއްޗަކީ، ފުޅާމިނުގައި 2 ފޫޓު ހުންނަ ޕެނަލްއެއްގައި ބިމާއިދިމާއަށް

މިސްރާބުކުރެވިފައިވާ 100 ލޯގަނޑު ހަރުކުރެވިފައިވާ '' ލޫނަރ ލޭޒަރ ރޭންޖިންގ ރެޓްރޯރިފްލެކްޓޯރ އެރޭ '' ކިޔޭ ނިޒާމެކެވެ. އެޕޯލޯ 2 ގެ ދެފަޅުވެރިންކަމުގައިވާ ނީލް އާމްސްޓްރޯންގްއާއި ބަޒް އޯލްޑްރިން މިއާލަތް ހަނދުގެ ސަޠަޙައިގައި ބެހެއްޓީ 21 ޖުލައި 1969 ގައެވެ. އެއީ އެމީހުން ހަނދުގައި އެންމެ ފަހު ފަހަރަށް ހިނގާލަން ފެށްޓުމުގެ ބައިގަޑިއެއްހާއިރު ކުރިންނެވެ. މިއަދު، އާދެ އޭގެ 35 އަހަރު ފަހަށް ބަލާއިރު، އެއިރުއްސުރެ މިއަދާއި ހަމައަށްވެސް، އެޕޯލޯގެ ސައެންސް ތަޖުރިބާއެއްގެގޮތުން ކުރިއަށްދާ ހަމައެކަނި މަޝްރޫޢު ގުޅިފައިވަނީ މިއާލަތާއިއެވެ.

އެޕޯލޯގެ ދުވަސްވަރު މިމަޝްރޫޢުގެ ޕްރިންސިޕަލް އިންވެސްޓިގޭޓަރ އަކަށް ހުންނެވި ބޭފުޅަކީ، މެރީލޭންޑް ޔުނިވަރސިޓީގެ ފިސިކްސް ޕްރޮފެސަރ ކެރޯލް އެލީއެވެ. މިއަދުވެސް، މިކަންތައް ކުރިއަށްދާގޮތް އޭނާ ގެންދަވަނީ ބައްލަވަމުންނެވެ. '' މި ލޯގަނޑުތައް ބޭނުންކޮށްގެން، އަހަރެމެންނަށް ހަނދަށް ލޭޒަރ ސިގްނަލް ފޮނުވައިގެން، ބިމާއި ހަނދާއިދެމެދު ހުންނަ ދުރުމިން ވަރަށް ސީދާކޮށް ބަރާބަރަށް ބެލިދާނެ. މިއީ ހަނދުގެ ނާރެހާއި، ގްރެވިޓީ (އެކަތި އަނެކައްޗަށް ދަމާ ބާރު ) ގެ ނަޒަރިއްޔާތަކާއި ބެހޭކަންތައްތައް ޓެސްޓުކުރުމަށް އޮތް ވަރަށް ރަނގަޅު މަގެއް '' އޭނާ ވިދާޅުވިއެވެ.

މިނިޒާމުގެ ލޯގަނޑުތައް ފަރުމާކުރެވިފައިވާގޮތުން، އެއަށް ފޮނުވާލެވޭ ސިގުނަލްތައް ހަމަ އެއައި ދިމާއަކަށް އަނެއްކާ އަނބުރާ ފޮނުވާލެވެއެވެ. '' މިއީ ހަމަ ސްކޯޝް ކޯޓެއްގެ ކަނަކަށް ބޯޅައެއް ފޮނުވާލުން ފަދަ ކަމެއް '' ބިމުން ފޮނުވާލެވޭ ސިގުނަލްތައް އެނބުރި އަންނާނެގޮތް ޝަރަޙަކޮށްދެއްވަމުން ޕްރޮފެސަރ އެލީ ވިދާޅުވިއެވެ. އެނބުރި އަންނަ ސިގުނަލް ބިމުން ނަގަނީ އެކަމަށް ޚާއްޞަކުރެވިފައިވާ ޓެލެސްކޯޕުތަކުންނެވެ.

ހަނދުގައި ބެހެއްޓިފައި މިވާ އެއްޗަށް ސިގުނަލް ފޮނުވުނެއްކަމަކު، އެއަށް ސީދާވާގޮތަށް ސިގުނަލް ފޮނުވައި، ބަލައި ގަތުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. އެހެންނަމަވެސް، އެސްޓްރޯނޯޓުން 35 އަހަރުވީއިރުވެސް މިކަންތައް ދަނީ ކުރަމުންނެވެ. މިމަސައްކަތްކުރާ ތަންތަނުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއްތަނަކީ، އެމެރިކާގެ ޓެކްސާސްގައި ހުންނަ މެކްޑޮނަލްޑް އޮބްޒަވޭޓޮރީ އެވެ.

މިމުހިންމު މަސައްކަތުން ޢިލުމުވެރިންނަށް ވޭތުވެދިޔަ އަހަރުތަކުގައިވަނީ ވަރަށް އަގުބޮޑު މަޢްލޫމާތުތަކެއް ލިބިފައެވެ. ތިރީގައި އެވަނީ އެގޮތުން ލިސްޓުކޮށްލެވޭ ބައެއްކަންކަމެވެ.

1- އަހަރަކު 3.8 ސެންޓިމީޓަރުގެ ރޭޓެއްގައި، ހަނދު ބިމާއި ފެޔަށްޖެހެމުން އެބަދެއެވެ.

2- ހަނދުގެ އެތެރެއިން މެދުބައި ނުވަތަ ކޯ އުފެދިފައިވަނީ ދިޔާ މާއްދާއަކުންކަން އެނގެއެވެ.

3- މިކައުނުގައިވާ ދަމާބާރުވަނީ ވަރަށް ސާބިތުމިނެއްގައެވެ. ލޭޒަރ ތަޖުރިބާތައް ފެށްޓިފަހުން، އަދި މިހާތަނަށް، ނިއުޓަންގެ ދަމާބާރުގެ ސާބިތުމިންވަރު ޖީ ( ) އަށް ބަދަލުއައިސްފައިވަނީ 100 ބިލިއަން ބައިކުޅަ އެއްބަޔަށްވުރެވެސް މަދު ވަރަކަށެވެ.

ދަމާބާރާއި ބެހޭގޮތުން، ނިއުޓަން ހަދާފައިވާ ނަޒަރިއްޔާ ޗެކުކުރުމަށްވެސް، ފިސިކްސް ޢިލްމުވެރިން، ހަނދުގައި ބަހައްޓާފައިވާ މި ނިޒާމުގެ ބޭނުންދަނީ ކުރަމުންނެވެ. މިހާތަނަށް މިގޮތުން ހޯދިފައިވާ މަޢްލޫމާތުތަކުން ދައްކާގޮތާއި، ދުނިޔެވަށައިގެން ހަނދުދަތުރުކުރާ ނާރެސްކަމަށް ނިއުޓަން ސިފަކޮށްފައިވާ ސިފަކުރުމާއި ތަފާތެއް ނެތެވެ. ނަމަވެސް، އެއިންސްޓެއިންގެ ނަޒަރިއްޔާގައި އުނިކަމެއް ހުރިކަމަށް ދެކޭ ޢިލްމުވެރިން ( އޭގެތެރޭގައި ޕްރޮފެސަރ އެލީވެސް ހިމެނިވަޑައިގަންނަވާ ) ބުނާގޮތުގައި، ލޭޒަރ ދޯދީގެ މިހޯދުންތަކުން، މުސްތަޤުބަލުގައި އެކަން ސާބިތުކޮށްދިނުމަކީ އެކަށީގެންވާ ކަމެކެވެ.

މިކަމަށްޓަކައި، ނިއުމެކްސިކޯގައި ހިންގޭ އާ މަޝްރޫޢަކަށް ނާސާއާއި ނެޝަނަލް ސައެންސް ފައުންޑޭޝަން އިން މިހާރުދަނީ ފައިސާ ޖަމާކުރަމުންނެވެ. މިމަޝްރޫޢަށް ދެވިފައިވާ ނަމަކީ '' ދި އެޕޭޗް ޕޮއިންޓް އޮބްޒަވޭޓޮރީ ލޫނަރ - ލޭޒަރ ރޭންޖިންގ އޮޕަރޭޝަން '' އެވެ. ކުރުނަމަކަށް، '' އެޕޯލޯ'' ކިޔޭ މިމަޝްރޫޢުގައި ބޭނުންކުރެވޭ ޓެލެސްކޯޕުގައި 3.8 މީޓަރ ހުންނާނެއެވެ. ދުނިޔެވަށައިގެން ހަނދު ދަތުރަމުންދާ ނާރެހަށް އަންނަ ބަދަލުތައް މިއޮބްޒަވޭޓޮރީގެ ދިރާސާކުރާފަރާތްތަކުން ބަލަމުންދާނީ މިލިމީޓަރުންނެވެ. މިއީ މިމަސައްކަތް ކުރިން ކުރެވުނު މިންވަރަށްވުރެ، 10 ގުނަ ހިމުން މިންވަރެކެވެ.

ހަނދުގައި ބަހައްޓާފައިވާ ލޯގަނޑުތައް މަސައްކަތްކުރުމަކަށް ހަކަތައެއް ބޭނުމެއް ނުވެއެވެ. އަދި އެޕޯލޯގެ ފަޅުވެރިން އެކަމާއިބިރުން ތިބި، ގިނިހިލައެއްކަހަލަ އެއްޗެއް ވެއްޓިގެން އޭތި ހަލާކުވުން، ނުވަތަ ހިރަފުސް އަރައިގެން ލޭޒަރ ރިފްލެކްސް ނުވުންފަދަ ކަމެއްވެސް އަދި ކުރިމަތިވެފައެއް ނުވެއެވެ. އެހެންކަމުން، ކުރިމަގުގައިވެސް، މި މުހިންމު މަސައްކަތް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދެވޭނެކަމަށް ޢިލްމުވެރިން އުންމީދުކުރެއެވެ.

.މިއީ ނާސާގެ ވެބްސައިޓުގައި ލިޔެފައިވާ ލިޔުމަކުން އެއްކޮށްލެވިފައިވާ މަޢްލޫމާތުކޮޅެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.