އަންގާރަ20201013

އާކުރެވުނީ: 08:43:52

ޑީ.އެން.އޭ ޓެސްޓު

dna_testޑީ.އެން.އޭ ޓެސްޓަށް ޑީ.އެން.އޭ ޓައިޕިންގ ވެސް ކިޔާ އުޅެއެވެ.

މިއީ، ޑީ.އެން.އޭ ( ޑިއޮކްސީ ރައިބޯނިއުކްލިއެކް އެސިޑް) ގައި ވަކި ޚާއްޞަ ތަރުތީބަކުން އެތުރިފައިވާ ސާމާނުތައް އެކަތި އަނެކައްޗާއި ވަކިކުރުމެވެ.

އެންމެ ފުރަތަމަ ފަހަރަށް މިޓެކްނިކު ބޭނުންކުރެވިފައިވަނީ، 1984 ގައި އިނގިރޭސިވިލާތުގެ ވިރާޘީ ޢިލްމުވެރިއެއްކަމުގައިވާ އެލެކް ޖެފްރީސްގެ ފުށުންނެވެ.

އެއީ ޑީ.އެން.އޭގެ ޖީންގައި އެއްވެސް ވަޒީފާއެއް އަދާނުކުރާ، ސީކްއެންސެއް ( ޚާއްޞަތަރުތީބަކުން އެތުރިފައިވާ އެއްޗެއް) އޭނާއަށް ފާހަގަކުރެވުމަށްފަހުގައެވެ.

މިސީކްއެންސަށް އޭނާ ދިން ނަމަކީ، މިނީ ސެޓްލައިޓްސް އެވެ. މިމިނީ ސެޓެލައިޓްތަކަކީ، ޖީންގަޔާއި، އަދި އެހެން ޑީ.އެން.އޭ ސާމްޕަލްތަކުގައިވެސް، ތަކުރާރުވެފައި ހުންނަ ސީކްއެންސްތަކެކެވެ.

ޖެފްރީސްއަށް ފާހަގަކުރެއްވުނު ގޮތުގައި، ދިރޭ ކޮންމެ އެއްޗެއްގައިވެސް، ހުންނަނީ، އެއަށް ޚާއްޞަ މިނީ ސެޓެލައިޓްތަކެކެވެ. މީގެ ހަމައެކަނި އިސްތިސްނާއީ ޙާލަތަކީ، މުޅިން އެއްގޮތް، އެއްމާބަނޑު ދެކުދިންގެ ޙާލަތެވެ.

ޑީ.އެން.އޭ ފިންގަރ ޕްރިންޓެއް ނެގުމަށްޓަކައި، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ، ޑީ.އެން.އޭ ހިމެނޭ ސެލްއެއް ހޯދުމެވެ. މިސާލަކަށް، ހަމުގެ ތަންކޮޅެއް، ނުވަތަ ލޭ، ނުވަތަ އިސްތައްޓެއް ފަދަ އެއްޗެއް ހޯދުމެވެ. އެއަށްފަހު ޖެހޭނީ، އެއިން ޑީ.އެން.އޭ ވަކިކޮށް، ސާފުކުރާށެވެ.

 މިމަސައްކަތަށްފަހު، ޑީ.އެން.އޭ ވާފަށުގެ ވަކި ޚާއްޞަ ހިސާބުތަކަކުން، ބުރިބުރިކުރެވެއެވެ. މިކަންކުރުމަށް ބޭނުންކުރެވެނީ ރިސެކްޝަން އެންޒައިމްސް ކިޔާ އެންޒައިމް ތަކެކެވެ. މިކަމުގެ ސަބަބުން، އެކި ދިގުމިނުގައި ހުންނަ ޑީ.އެން.އޭގެ ބުރި ބުރި ހެދެއެވެ. މިއެއްޗެހިތައް، ޚާއްޞަ ޖެލްއެއްގެ ތެރެއަށްލުމަށްފަހު، އިލްކްޓްރިކް ކަރަންޓުއަށް ހުށަހެޅެއެވެ. މިކަމަށް ކިޔަނީ އިލެކްޓްރޯފޮރެސިސް އެވެ. ޑީ.އެން.އޭގެ އެތިކޮޅު ކުރުވި ވަރަކަށް، ކަރަންޓުގެ ޕޮސިޓިވް ތަނޑި ، އޭނޯޑްއާއި ދިމާއަށް އޭތި ދަމާ މިންވަރު ހަލުވި ވާނެއެވެ.

 އެއަށްފަހު، ދެވާފަށް ހުންނަ ( ޑަބަލް ސްޓްރޭންޑެޑް ) މި ޑީ.އެން.އޭގެ ބައިތައް ކަޑައްތުކުރަން ޖެހެނީ، ބްލޮޓިންގ ކިޔާ ޓެކްނިކް އަކަށެވެ. ބްލޮޓިންގް ޓެކްނިކު ގައި، ދެވާފަށުގެ ބަދަލުގައި، އެންމެ ވާފަށަކަށް، ޑީ.އެން.އޭގެ އެތިކޮޅުތައް ބަދަލުކޮށްލުމަށްފަހު، ނައިލޯން ޝީޓު އަކަށް ގެންދެވެއެވެ.

 އޭގެފަހުން، ކުރެވޭ މަސައްކަތަށް ކިޔަނީ، އޮޓޯރޭޑިއޯގްރަޕީ އެވެ. އޮޓޯ ރޭޑިއޯ ގްރަފީގައި، ހަދާގޮތަކީ، ޑީ.އެން.އޭގެ އެތިކޮޅުތައް، ރޭޑިއޯއެކްޓިވްވާގޮތަށާއި، މިނިސެޓެލައިޓްތަކާއި ގުޅޭގޮތަށް ތައްޔާރުކުރެވިފައިވާ ސިންތެޓިކް ޑީ.އެން.އޭގެ އެތިކޮޅުތަކަކަށް ހުށަހަޅަނީއެވެ. ދެން އެކްސްރޭ ފިލްމެއްގެ އެތިކޮޅެއް، މިޑީ.އެން.އޭ ތަކަށް ހުށަހެޅެއެވެ. މިކަމުގެ ސަބަބުން، ރޭޑިއޯއެކްޓިވް ޑީ.އެން.އޭގެ އެތިކޮޅެއް ތަތްވެފައިވާ ކޮންމެ ޕޮއިންޓެއްގައި، އަނދިރި ފާހަގައެއް ލެވެއެވެ. އެއަށްފަހު، މިމާކުގެ ބައްޓަން ރަނގަޅަށް ތަޙްލީލުކޮށް، އެކެއްގެ ޑީ.އެން.އާއި. އަނެކެއްގެ ޑީ.އެން.އޭގައި ހުރި ތަފާތު ދެނެގަނެވެއެވެ.

ޓެސްޓުހެދުމަށްޓަކައި. ލިބިފައިވާ ޑީ.އެން.އޭގެ މިންވަރުމަދުކަމުގައިވާނަމަ، ޕޮލިމަރޭސް ޗެއިން ރިއެކްޝަން ކިޔާ ، ކެމިކަލް ރިއެކްޝަންއަކުން، ޑީ.އެން.އޭގެ އެތައް ހާސް ކޮޕީއެއް ތައްޔާރުކުރެވިދާނެއެވެ.

ޑީ.އެން.އޭ ޓެސްޓުތަކުގެ ވާހަކަ، އަޅުގަނޑުމެންނަށް އެންމެ ޢާއްމުކޮށް އިވެނީ، ޖަރީމާތަކުގައި، ކުއްވެރިން ހޯދުމަށް ހިންގޭ، ތަޙްޤީޤުތަކުގައެވެ. ނަމަވެސް، މީގެ އިތުރުން، ވިރާސީ ބަލިތައް ޖެއްސުމަށް މެދުވެރިކުރާ، ޖީންތައް ދެނެގަތުމަށާއި، އިންސާނުންގެ ޖީނޯމްގެ ޗާޓުކުރެހުމަށާއި، ވާރޭމަދުވެގެން ގަސްތައް ނުހެދުން ޙައްލުކުރުމުގެ އިންޖިނިއަރިންގެ އަށާއި، ވިރާސީގޮތުން، ބަދަލުވެފައިވާ ބެކްޓީރީއާތަކަށް، ބައޮލޮޖިކަލް ބޭސް އުފެއްދުންފަދަ ކަންކަމުގައިވެސް، ޑީ.އެން.އޭ ޓެސްޓުތައް ފުޅާ ދާއިރާއެއްގައި، ބޭނުންކުރެވެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.