ޓެކްނޮލޮޖީ
ޕްލެނެޓްތަކާއި އިރާ ހުރި ދުރުމިން ހަނދާނުގައި ބެހެއްޓިދާނެ ގޮތެއް
- އަޙްމަދު މުސްލިމް
- 14 ޖުލައި 2010
އިރުގެ ނިޡާމުގައި ހިމެނޭ ޕްލެނެޓް ތަކާއި އިރާ ހުންނަ ދުރުމިން އަހަރު ތެރޭގައި ބަދަލުވަމުންދާތީވެ، އާންމުކޮށް އެ ދުރުމިނުގެ ގޮތުގައި މާނަ ކުރެވެނީ އަހަރު ތެރޭގައި ހުންނަ އެވްރެޖް ދުރުމިނެވެ. މިޕްލެނެޓް ތަކާއި އޭގެ ތަރުތީބު މިއަދު ސްކޫލުތަކުން ނިމޭ ދަރިވަރުންގެ ހިތުގައި ވަރަށް ގިނަފަހަރަށް ހުރި ނަމަވެސް އިރާއި އެއިން ކޮންމެ ޕްލެނެޓަކާ ހުންނަ ދުރުމިން ހަނދާނުގައި ބެހެއްޓުމަކީ ގިނަމީހުންނަށް ފަސޭހަކަމަކަށް ނުވެދާނެއެވެ. ނަމަވެސް މީގެ 238 ވަރަކަށް އަހަރު ކުރިން 1772 ވަނަ އަހަރު ޖަރުމަނު ގެ ޖޯހަން އެލާޓްބޯޑް ލިޔުއްވި ޤާނޫނަކީ މިދުރުމިންތައް (ގާތްކުރާ މިނަކަށް) ހޯދާލެވޭ، ހަނދާނު ގައި ބަހައްޓަން ފަސޭހަ ޤާނޫނެއްކަމަށްފެނެއެވެ.
ވިސްޓާގެ ދުވެލި ހަލުވި ކުރުމަށް ކުރެވިދާނެ ބައެއް ކަންތައް
- ޢަލީ އަޙްމަދު
- 24 ޑިސެމްބަރު 2008
1
-މެމަރީ މަތިކުރުން
ވިންޑޯސްގެ މަސައްކަތް ހަލުވި ކުރުމަށް އެޅެން އޮތް އެންމެ ފަސޭހަ ފިޔަވަޅަކީ ކޮމްޕިޔުޓަރގެ މެމަރީ (ރޭމް) މަތިކުރުމެވެ. މަދުވެގެން 1 ގެގަ ބައިޓް (1024 މެގަބައިޓް) ގެ މެމަރީ ވިސްޓާ އަޅާފައިވާ ކޮމްޕިޔުޓަރެއްގައި ހުރުން މުހިއްމެވެ. ނަމަވެސް އެއް ގެގައިން ފުއްދާލުމުގެ ބަދަލުގައި މަތިކުރެވެން އެންމެ މަތީ އަދަދަކަށް މެމަރީ މަތިކުރުމަކީ ކޮމްޕިޔުޓަރެއްގެ ދުވެލި ހަލުވިކުރުމަށް ވަރަށް މުހިންމު ކަމެކެވެ.
'އާ އުދަރެސް' ގެ ދަތުރު ދެބައިވެއްޖެ
- އަޙްމަދު މުސްލިމް
- 22 ޖޫން 2008
19
ޖެނުއަރީ 2006 ވަނަ އަހަރު ޕުލުޓޯ އާއި ކައިރިއަށް ދިއުމުގެ ދަތުރު ފެށި، ނިވް ހޮރައިޒޯން (ނުވަތަ އާ އުދަރެސް) ގެ ނަމުން ނަން ދެވުނު އުޅަނދު މިހާރު ދަތުރު ދެބައިކޮށްފިކަމަށް، ނާސާއިން ހާމަކޮށްފިއެވެ. ސިކުންތަކު 16 ކިލޯ މީޓަރަށް ވުރެ ބާރު ސްޕީޑެއްގައި ބިމުން ދަތުރު ފެށި މިއުޅަނދު 2015 ވަނަ އަހަރު ޕްލުޓޯއާއި ކާރި ވަމުންދާ ވަގުތު ހިނދު ކޮޅެއްވެސް ނަގާލާން ބޭނުން ނުވާކަމަށާއި މިވަގުތު ހުރިހާ އިންސްޓްރޫމެންޓްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލަމުންދާ ކަމަށް ޕްރޮޖެކްޓްގެ ސައިންޓިސްޓް ހަލްވީވަރ ވިދާޅުވިއެވެ. މި އުޅަނދު ހޭދަ ކުރިވަގުތާއި ބާކީ ހުރި ވަގުތު ބަލާލުމަށް ތިރީގައިވާ ލިންކަށް ފިތާލައްވާށެވެ.
ވިންޑޯސް 7 ބީޓާ : ތަޖުރިބާ ކޮށްލަން ރަނގަޅު ފުރުޞަތެއް
- ޢަލީ އަޙްމަދު
- 16 ޖަނަވަރީ 2008
މައިކްރޯ ސޮފްޓުން އެކުންފުނީގެ އާ އޮޕަރޭޓިންގ ސިސްޓަމް ތަޖުރިބާ ކޮށްލުމުގެ ދޮރު މިހާރު ވަނީ ޢާއްމުކޮށް ހުޅުވާލާފައެވެ. މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ދެހަފްތާގެ މުއްދަތަށް މައިކްރޯސޮފްޓް ވެބްސައިޓު އިން ވިންޑޯސް 7 ބީޓާ ހިލޭ ޑައުންލޯޑް ކުރުމުގެ ފުރުސަތު މިހާރު ވަނީ ތަނަވަސްވެފައެވެ.
ކުށްކުރާމީހުން ދެނެގަތުމުގައި ބަސް ބޭނުންކުރެވިދާނެތަ؟
- މުޙައްމަދު ޢުމަރު
- 17 ޖުލައި 2007
އަޅުގަނޑުމެން އުޅެމުން މިދާ މުޖުތަމަޢަކީ ވެސް ތަފާތު ބާވަތްތަކުގެ ކުށްކުރާމީހުން އުޅޭ ތަނެކެވެ. މިއީ މިއަދު އަޅުގަނޑުމެންނަށް ދެބަސްނުވެވޭނެ ޙަޤީޤަތެކެވެ. ވުމާއެކު، ކުށްކުރުން ހުއްޓުވުމުގައި އަޅުގަނޑުމެން ވާހަކަދައްކައި މިއުޅޭ ބަސް ބޭނުންކުރެވިދާނެތޯ މީހަކު އަހައިފިނަމަ، ބުނާނީ ކީކޭ ހެއްޔެވެ؟ އެއީ، ކުރެވިދާނެ ކަމެއް ކަމުގައި ހީވާނެ ހެއްޔެވެ؟ އަދި، ކުރެވިދާނެ ކަމެއް ނަމަވެސް، އެއީ، މާ މުހިއްމު ކަމެކޭ ބުނެވިދާނެ ހެއްޔެވެ؟
އަމިއްލަ ކޮމްޕިޔުޓަރގެ ސަލާމަތަށްޓަކަޢި ސްޕައިވެއަރ ދެނެގަނެ އެއިން ރައްކާތެރިވުން
- ޢަލީ އަޙްމަދު
- 17 ޖުލައި 2007
ޢާއްމުގޮތެއްގައި ސްޕައިވެއަރ ހުންނަނީ އިޝްތިހާރު ދައްކުވައިދޭ ސޮފްޓްވެއަރ (އެޑްވެއަރ) އަކާއި ނުވަތަ ކޮމްޕިޔުޓަރގެ ޕަރސަނަލް ނުވަތަ ނާޒުކު މަޢްލޫމާތަކާއި ގުޅިފައެވެ. އެހެން ނަމަވެސް އޮންލައިންގެ މަސައްކަތްތަކަށް ބަދަލުގެންނަ ނުވަތަ އެމަސައްކަތާއި ގުޅިގެން އިތުރުކަމެއް ކުރަން މެދުވެރިވާ ކޮންމެ ސޮފްޓްވެއަރ އަކީ ސްޕައިވެއަރ އަކަށް ނުވެ ހިގައިދާނެއެވެ. މިސާލަކަށް އިންޓަރނެޓްއިން ހިލޭ މިޔުޒިކް ޑައުންލޯޑްކުރުގެ ޚިދުމަތް ލިބިގަތުމަށްޓަކައި ހެދިފައިވާ އެއްބަސްވުމެއް ރަނގަޅަށް ކިޔާ އެ އެއްބަސްވުމެއްގައި
އަލްޓްރާ ސައުންޑް
- ޢަބްދުލް ޢަޒީޒު ޙަމީދު
- 01 މާރިޗު 2006
އަލްޓްރާ ސައުންޑް އަކީ ކޮބާ؟
އަލްޓްރާ ސައުންޑަކީ ''އަޑުގެ ރާޅުބާނި''(Sound waves) ތަކެއްގެ ސިފައިގައި ބޭނުންކުރެވޭ ބާރު ނުވަތަ ހަރަކާތެކެވެ. މިބުނި އަޑުގެ ރާޅުބާނި ތައް ދައުރުވަނީ އިންސާނުންގެ ކަންފަތަށް އިވޭވަރަށްވުރެ، މާ ބާރު ފްރެކްއެންސީ އެއްގައެވެ. މިއަޑުގެ ރާޅުބާނި ތައް އެތެރޭގެ ގުނަވަންތަކުގައި ޖެހިފައި އައުމުން ''ސްކޭނަރ'' އިން ''ރީޑް'' ކޮށް ދެއެވެ.
ކުލަތަކުގައި ހިމެނޭ ފަރުވާކުރުމުގެ ބާރު : ޙައިރާންކުރުވަނިވި ޙަޤީޤަތެއް
- ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު
- 30 ނޮވެމްބަރު 2004
ބަލިތަކާއި، ހާސްވުން ކަހަލަ ނަފުސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް، ކުލައިގެ ބޭނުންކުރެވޭ ކަމީ، ވަރަށް ޢަޖާއިބުކުރަނިވި، ކަމަކަށްވެދާނެއެވެ. ނަމަވެސް، ތަފާތު ހޯދުންތަކުން، އެނގޭގޮތުގައި މިއީ ހަމަ ޤަބޫލުކުރެވޭ، ޙަޤީޤަތެކެވެ. ނަމަވެސް، މިއީ މިޒަމާނަކަށްއައިސް ވަކި ފެށިގެން އުޅޭ ކަމެއްނޫނެވެ. ކުރީގެ، އެޓްލާންޓިސް ޒަމާނުއްސުރެވެސް، ކުލަތައް ބޭނުންކޮށްގެން، ތަފާތު ކަންކަމަށް، ފަރުވާ ދެވެމުން އައިސްފައިވާކަން އެނގެއެވެ.
އެންމެފުރަތަމަ ހަނދުގައި ބެހެއްޓުނު ނިޒާމު އަދިވެސް މަސައްކަތްކުރަމުންދަނީ.
- ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު
- 02 ސެޕްޓެމްބަރު 2004
މީގެ 35 އަހަރުކުރިން، އެންމެ ފުރަތަމަ ފަހަރަށް ހަނދަށް ދިޔަ އިންސާނާ، ނީލް އާމްސްޓްރޯންގ ހަނދަށް ދޫކޮށްފައި އައި އެންމެ މަޝްހޫރު އަސަރަކީ އޭނާގެ ފިޔަވަޅުގެ ނިޝާނެވެ. އެކަމަކު މިފިޔަވަޅުތަކުގެ 100 ވަރަކަށް ފޫޓުދުރުގައި އާމްސްޓްރޯންގ ވަރަށް މުހިންމު އެހެން އެއްޗެއްވެސްވަނީ ބަހައްޓާފައެވެ. މިއީ ކޮންއެއްޗެއްކަން އެނގިވަޑައިގަންނަވާތޯއެވެ؟
މިއެއްޗަކީ، ފުޅާމިނުގައި 2 ފޫޓު ހުންނަ ޕެނަލްއެއްގައި ބިމާއިދިމާއަށް
ލޭހޮޅިތަކަށް ފަރުވާކުރުމަށް ބޭނުންކުރެވޭ ބޭސްތަކުގެ ސަބަބުން، ހަށިގަނޑުގައި ޕޮޓޭސިއަމް އިތުރުވޭ
- ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު
- 26 މޭ 2004
އެމެރިކާގެ ބާޙިޘުންތަކެއް ކުރި ދިރާސާއަކުން، ލޭހޮޅިތަކަށް ފަރުވާކުރުމަށް ބޭނުންކުރެވޭ ބޭސްތަކުގެ ސަބަބުން، ހައިޕަރ ކެލީމިޔާ ޖެހުމުގެ ފުރުޞަތު ބޮޑުކަމަށް ދައްކައިފިއެވެ. ހައިޕަރ ކެލީމިއާއަކީ ހަށިގަނޑުގައި ޕޮޓޭސިއަމް އިތުރުވުމެވެ.
މިދިރާސާގައި، ލޭހޮޅިތަކުގެ ބަލިމީހުންނަށް ފަރުވާކުރާއިރު، މިކަމަށް ސަމާލުވެ، ބޭހުގެ ސަބަބުން ނުކުންނަ ނަތީޖާ ރަނގަޅަށް ބަލަމުންގެންދިއުމަށް، ޑޮކްޓަރުންނަށް ނަޞޭޙަތްތެރިވެފައިވެއެވެ.
ޑީ.އެން.އޭ ޓެސްޓު
- ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު
- 01 އެޕްރީލް 2004
ޑީ.އެން.އޭ ޓެސްޓަށް ޑީ.އެން.އޭ ޓައިޕިންގ ވެސް ކިޔާ އުޅެއެވެ.
މިއީ، ޑީ.އެން.އޭ ( ޑިއޮކްސީ ރައިބޯނިއުކްލިއެކް އެސިޑް) ގައި ވަކި ޚާއްޞަ ތަރުތީބަކުން އެތުރިފައިވާ ސާމާނުތައް އެކަތި އަނެކައްޗާއި ވަކިކުރުމެވެ.
އެންމެ ފުރަތަމަ ފަހަރަށް މިޓެކްނިކު ބޭނުންކުރެވިފައިވަނީ، 1984 ގައި އިނގިރޭސިވިލާތުގެ ވިރާޘީ ޢިލްމުވެރިއެއްކަމުގައިވާ އެލެކް ޖެފްރީސްގެ ފުށުންނެވެ.
އެއީ ޑީ.އެން.އޭގެ ޖީންގައި އެއްވެސް ވަޒީފާއެއް އަދާނުކުރާ، ސީކްއެންސެއް ( ޚާއްޞަތަރުތީބަކުން އެތުރިފައިވާ އެއްޗެއް) އޭނާއަށް ފާހަގަކުރެވުމަށްފަހުގައެވެ.
މޮޑަމް
- ޢަލީ އަޙްމަދު
- 01 މާރިޗު 2004
މޮޑަމް އަކީ މޮޑިޔުލޭޓަރ ޑިމޮޑިޔުލޭޓަރ އަށް ކިޔޭ ކުރުނަމެވެ. މޮޑިޔުލޭޝަން އަކީ ޑިޖިޓަލް ކޮމްޕިޔުޓަރ ސިގްނަލްތައް އެނަލޮގް ސިގްނަލް ތަކަކަށް ބަދަލްކޮށްދިނުމެވެ. ޑިމޮޑިޔުލޭޝަން އަކީ މޮޑިޔުލޭޝަންގެ އިދިކޮޅެވެ. އެއީ އެނަލޮގް ސިގްނަލްތަށް ޑިޖިޓަލް ސިގްނަލް އަށް ބަދަލުކުރުމެވެ.
އެނަލޮގް ސިގްނަލްއަކީ ފޯންލައިން މެދުވެރިކޮށް ދަތުރުކުރެވޭ ސިގްނަލްތަކެކެވެ. މިބާވަތުގެ ސިގްނަލްގައި މަޢްލޫމާތު ހުންނާނީ ދައުރުވެ ދައުރުވެއެވެ. އެކަމަކު ޑިޖިޓަލްގައި ހުންނާނީ މަޢްލޫމާތުގެ ވަކިވަކި ފިޔަވަޅުތަކެކެވެ.
ކުލައިން ފަރުވާ ދިނުން
- ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު
- 26 ފެބްރުއަރީ 2004
ކުލައާއި އަލި ބޭނުންކޮށްގެން މީހުންނަށް ފަރުވާ ދިނުމަށް ކިޔާ ނަމަކީ ކަލަރތެރަޕީ ނުވަތަ ކޮރޯމޯތެރަޕީ އެވެ. މިކަން ބިނާވެފައި އޮންނަނީ ފަރުދުން ކުލަތަކަށް އިޖާބަދޭގޮތުން އެމީހުންގެ ޙާލަތު ދެނެގަނެވިދާނެ ކަމަށް ގަބޫލުކުރެވޭ ގަބޫލުކުރެވުމެއްގެ މައްޗަށެވެ.
ކުލަބޭނުން ކޮށްގެން ފަރުވާދިނުން ފެށިގެންއައިސްފައިވަނީ ގަދީމީ މިސްރު އަދި ގަދީމީ ޒަމާނުގެ ޗައިނާއިންނެވެ. މިދެ ޙަޟާރަތުގައި ވެސް ޑޮކްޓަރީ ނިޒާމުގައި ދެވޭ ދެވަނަ ދަރަޖައިގެ ފަރުވާތަކުގެ ތެރޭގައި ކުލައިން ފަރުވާދިނުން ހިމެނިފައިވިއެވެ.













