އާދީއްތަ20201122

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް މަޢްލޫމާތު އުރަމަތީގެ ކެންސަރު އިތުރަށް ގޯސްކުރާ ޕްރޮޓީންއެއް ފެނިއްޖެ.

އުރަމަތީގެ ކެންސަރު އިތުރަށް ގޯސްކުރާ ޕްރޮޓީންއެއް ފެނިއްޖެ.

brst_cncerއުރަމަތީގެ ކެންސަރުގެ ދުޅަތައް އިތުރަށް ގޯސްކުރުވާ ޕްރޮޓިން އެއް ހޯދިއްޖެކަމަށް ޑޮކްޓަރުންގެ ޓީމަކުން ހާމަކޮށްފިއެވެ. ނަމަވެސް، އަލަށް ތައްޔާރުކުރެވޭ ، ބޭހެއްގެ ސަބަބުން، ކެންސަރުޖެހޭ މީހުން މިޕްރޮޓީނުން ފަހަރެއްގައި ޙިމާޔަތްކުރެވިދާނެކަމަށް، އެމީހުން ދެކެއެވެ.

ކުރުކޮށް ކިޔާނަމެއްގެ ގޮތުގައި އީ.ޖީ.އެފް.އާރު ގެ ނަންދެވިފައިވާ މިޕްރޮޓިންގެ ސަބަބުން، ކެންސަރުގެ އެހެން ވައްތަރުތައްވެސް އިތުރަށް ނުބައިކުރުވައެވެ.

ސޭން އެންޓޯނިޔާގައި، ކެންސަރުގެ ތަޖުރިބާކާރުން ބޭއްވި ބައްދަލުވުމެއްގައި، ޑޮކްޓަރުންގެ ޓީމުން ބުނެފައިވަނީ، މިއީ އުރަމަތީގެ ކެންސަރަށް މި ޕްރޮޓީނުންކުރާ އަސަރުތައް ދިރާސާ ކުރެވޭ ފުރަތަމަ ފަހަރުކަމަށެވެ.

އަލަށް ހޯދުނު ޕްރޮޓީންގެ މަސައްކަތަށް ހުރަސް އެޅުމަށްޓަކައި ބޭސްއުފެއްދުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ. އެގޮތުން، އެސްޓްރާޒެނިކާ ކުންފުނިން ، އެރީސާ ކިޔާ ބޭހެއް މިހާރުވަނީ އުފައްދާފައެވެ. ފުއްޕާމޭގެ ކެންސަރު ޖެހިފައިތިބި ބައެއް މީހުންނަށް މިބޭހުގެ ސަބަބުން، ވަރަށް ރަނގަޅު އަސަރުތަކެއް ކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

އީ.ޖީ.އެފް.އާރު ޕްރޮޓިން ހުރިތޯބެލުމަށް ކުރެވުނު ދިރާސާގައި، އުރަމަތީގެ ކެންސަރުޖެހިފައިވާ 82 މީހުންގެ ގައިން ތަޙްލީލުކުރުމަށްޓަކައި ޓިޝޫނެގިފައިވެއެވެ. މީގެތެރެއިން 14 މީހުންގެ ޓިޝޫގައި، ( %16) އެ ޕްރޮޓިން ހުއްޓެވެ.

މިޕްރޮޓީން ހުންނަ، އުރަމަތީގެ ކެންސަރުޖެހިފައިވާ މީހުންނަށް ދެވަނަ ފަހަރަށްވެސް ކެންސަރުޖެހުމުގެ ފުރުޞަތުބޮޑުކަމަށާއި، ފަހަރެއްގައި މަރުވުމަކީވެސް އެކަށީގެންވާކަމެއްކަމަށް، މިދިރާސާގެ ލީޑަރަކަށް ހުންނެވި، ހިއުސްޓަންގެ އެންޑަރސަން ސެންޓަރ ފޯ ކެންސަރ ޑިސީސަސްގެ ބޭފުޅެއްކަމުގައިވާ، ތޯމަސް ބުޝްހޯލްޓްސް އޭނާގެ ރިޕޯޓުގައި ހާމަކުރައްވާފައިވާވެއެވެ.

ތޯމަސްއާއި އޭނާގެ ޓީމުން ދަނީ، އެރީސާއާއި އެނޫންވެސް ބޭސްތައް، އުރަމަތީގެ ކެންސަރުޖެހިފައިވާ މީހުންނަށް ޓެސްޓުކުރުމަށް ރާވަމުންނެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ހާމަކުރާގޮތުގައި، ގާތްގަނޑަކަށް 1.2 މިލިއަން އަންހެނުންނަށް މިއަހަރު އުރަމަތީގެ ކެންސަރުޖެހޭނެކަމަށް ބެލެވެއެވެ.ހަމައެކަނި އެމެރިކާގައިވެސް ، މީގެތެރެއިން 40 ހާސްމީހުން ބަލީގެ ސަބަބުން މަރުވާނެކަމަށް ބެލެވެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.