Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް މަޢްލޫމާތު ނިއުޓަންގެ ޙަރަކާތްކުރުމާއި ބެހޭ 3 ޤާނޫނު

ނިއުޓަންގެ ޙަރަކާތްކުރުމާއި ބެހޭ 3 ޤާނޫނު

newton2އެއްވަނަ ޤާނޫނު

ކޮންމެ އެއްޗެއްވެސް އެއެއްޗެއް ހުންނަ ޙާލަތުގައި ( ޙަރަކާތްނުކޮށް ނުވަތަ ޙަރަކާތްކޮށްކޮށް)، ބޭރުން އެއަށް ބާރެއް ފޯރަންދެން ދެމިހުރެއެވެ.

މީގެ މާނައަކީ ހުއްޓިހުންނައެއްޗެއް އަބަދުވެސް ހުންނާނީ ހުއްޓިއެވެ. އަދި ޙަރަކާތްކުރާ އެއްޗެއް އަބަދުވެސް ހުންނާނީ ޙަރަކާތްކޮށްކޮށެވެ. ނަމަވެސް އެއީ ކޮންމެވެސް ބާރެއް އޭގެ ޙާލަތުބަދަލުނުކުރާހާ ޙާލެއްގައެވެ.

ދެވަނަ ޤާނޫނު

އެއްޗެއްގެ މާސް ( އެއްޗެއްގައި އޭގެ މާއްދާހުރިމިންވަރު ) އާއި އޭގެ އެކްސެލަރޭޝަން ( ސްޕީޑަށް ބަދަލުއަންނަ ރޭޓް ) އާއި އެއެއްޗަކަށް އަސަރުކުރުވާ ބާރާއި ހުރިގުޅުމަކީ ބާރު= މާސް ގުނަކުރަން އެކްސެލަރޭޝަން އެވެ.

އެކްސެލަރޭޝަންއާއި ބާރުއެއީ ވެކްޓަރ ތަކެކެވެ. މިޤާނޫނުގައި އެކްސެލަރޭޝަން ވެކްޓަރއާއި ބާރު ވެކްޓަރގެ މިސްރާބަކީ ހަމަ އެކައްޗެކެވެ.

ތިންވަނަ ޤާނޫނު

ކޮންމެކަމަކަށްވެސް އެއާއި އެއްވަރު އިދިކޮޅު ރައްދުކަމެއްވެއެވެ.

މީގެ މިސާލަކީ ބޯޅައަކުން ފާރެއްގައި ޖެހުމުން އޭތި އެނބުރި އަންނައައުންކަހަލަ ކަންކަމެވެ.

Comments