ހޮނިހިރު20201128

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް މަޢްލޫމާތު ކިޔުންތެރިއަކަށް ވުމަށްޓަކައި...!

ކިޔުންތެރިއަކަށް ވުމަށްޓަކައި...!

kiyunterikahކިޔަން ދަންނަ ކޮންމެ މީހަކީ ކިޔާ މީހެކެވެ. ނަމަވެސް ކިޔުންތެރިއަކަށް ވުމަށްޓަކައި އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުން ކޮންމެހެން ބޭނުންތެރިއެވެ.

ފައިދާ ހޯދުމަށްޓަކައި ކޮންމެހެން މާ އަވަހަށް ކިޔުން ލާޒިމެއް ނޫނެވެ.

ކިޔުމުގައި އެކި މީހުން ތަފާތެވެ. ބައެއް މީހުން ކިޔަނީ ވަރަށް ހަލުވިކޮށެވެ. އަނެއްބައި މީހުން މެދު މިނަކަށެވެ. އަނެއް ބައިމީހުން ހުރިހާ މަޢުލޫމާތެއް ހާސިލުކުރުމަށްޓަކައި ވަރަށް ލަސްލަހުންނެވެ. ޙަޤީޤަތުގައި ވެސް އަވަހަށް ހަލުވިކޮށް އެއްޗެހި ކިޔުމަކީ ކޮންމެހެން މުހިންމު ކަމެއް ނޫނެވެ. މުހިންމު ކަމަކީ ފައިދާ ލިބުމެވެ. މަގުސަދު ހާސިލުވުމެވެ. މަޒުމޫނެއް، ފޮތެއް ނުވަތަ މަޖައްލާއެއް ކީ ކަމުގައި ވީ ނަމަވެސް އެއިން ތިމާ ހޯދަން ބޭނުންވާ މަޢުލޫމާތު ޚަޒާނާކުރުމެވެ.

ފޮތުގެ ބާވަތުން ވެސް ކިޔުމުގެ މިންގަނޑަށް ބަދަލު ގެންނަންޖެހެއެވެ. މިސާލަކަށް ބޮޑެތި ފިކުރުތައް ހުންނަ ކަހަލަ ފޮތްފޮތް ލަސްލަހުން ކިޔުމަށް އެ ފޮތްފޮތުގެ ޠަބީޢަތް، ކިޔާމީހާއަށް މަޖުބޫރުކުރެއެވެ. އަބަދުވެސް ސަމާލުކަން ދޭންވީ "މުހިންމު ކަމަކީ ފައިދާ ހާސިލުކޮށްގަތުން ކަމުގައެވެ." އަވަސް މުއްދަތެއްގައި ފޮތް ކިޔާ ނިންމާލުން ނޫން ކަމުގައެވެ.

ކިޔުމުގެ މަޤުސަދަކީ ކޮބައިކަން ދަނެގަންނާށެވެ!

ލިޔުމެއް ކިޔަން ފެށުމުގެ ކުރިން އެ ލިޔުމެއް ކިޔުމުގެ ބޭނުމާއި މަޤްސަދަކީ ކޮބައިކަން އެގެންވާނެއެވެ. ކިޔަންޖެހޭ ފޮތް ނުވަތަ ލިޔުން އިޚްތިޔާރުކުރުންވެސް ބިނާވަނީ ކިޔާމީހާ ޤަސްދުކުރާ މަޤްސަދުގެ މައްޗަށެވެ.

ފެންނަހާ އެއްޗެއް ކިޔުން މުހިންމެއް ނޫނެވެ.

ފޮތެއްގެ ކޮންމެ ސަފުހާއަކީ މަޖައްލާއެއްގެ ކޮންމެ ގަނޑަކީ، އަންނަ ކޮންމެ އީމެއިލްއަކީ ކިޔަން ޖެހޭ އެއްޗެއް ނޫނެވެ. ގިނަ ފަހަރަށް ނެޓްގައި ދައުރުވަމުންދާ މެސެޖްތަކުގައި ފައިދާކުރަނިވި އެއްޗެއް ނުހިމެނިވެސް ހިނގައިދާނެއެވެ. އަބަދުވެސް ކިޔާ ލިޔުމާއި، ކިޔުމަށް ހޭދަވީ ވަގުތާއި މެދު ހުކުމްކޮށް ގޮތް ކަނޑައެޅުމަކީ ވަރަށް މުހިންމެ ކަމެކެވެ. އެންމެ އިސްކަމެއް ދޭންވީ ބޭނުންވެގެން އުޅޭ މަޤްސަދު ހާސިލްވާނެ ފަދަ ފޮތެއް ނުވަތަ ލިޔުމެއް އިޚްތިޔާރުކުރުމަށެވެ.

ކިޔަން ފެށުމުގެ ކުރީގައި ނަފުސާނީ ހާލަތު ދެނެގަންނާށެވެ!

ނަފްސާނީ ޙާލަތު ގެ ދައުރު ކިޔުންތެރިކަމުގައި ވަރަށް ބޮޑެވެ. ފުންވިސްނުމާއި ބޮޑެތި ފިކުރު ދޭން ޖެހޭ ފަދަ ލިޔުންތައް ސިކުނޑި ހަމަޖެހިފައި، ހަށިގަނޑު ތާޒާވެފައި ހުންނަ ވަގުތުތަކަށް ބެހެއްޓުން އެއީ އެންމެ ބުއްދިވެރި ގޮތެވެ. ވަރުބަލިވެފައި ހުންނަ ވަގުތުތަކުގައި އެހާ ބޮޑެތި ފިކުރަށް ބޭނުން ނުވާ ފަދަ ލުއި ލިޔުންތައް ކިޔާލުން ރަނގަޅެވެ.

މުހިންމުވެފައިވާ މިންވަރެއްގެ މައްޗަށް ކިޔަންޖެހޭ މައުލޫތައް ތަރުތީބުކުރާށެވެ!

އޭރަކަށް އެންމެ މުހިންމުވެފައި ބޭނުންތެރި މައުޟޫ އެންމެ ކުރިން ކިޔާށެވެ. މިސާލަކަށް ފޮތެއް އެކުލަވާލުމަށް ކަނޑައަޅައިގެން އުޅޭއިރު ނުވަތަ ބަހުސެއް ލިޔަަން ހިތުއަޅައިގެން އުޅޭ ދުވަސްވަރުގައި އެންމެ އިސްކަމެއް ދޭންވާނީ އެ ފޮތެއް ނުވަތަ ބަހުސެއް ލިޔުމަށް ނަގާފައިވާ މައުލޫޟޫ ގުޅުންހުރި ލިޔުންތަކަށެވެ. އެއީ ލިޔާ ލިޔުމުގައި އުފެއްދުންތެރިކަން ގެނެސްދޭނޭ ކަމެއްގެ އިތުރުން ކިޔުންތެރިކަމުގައި ދެމިހުރުމަށް އެޅޭ ވަރަށް ބޮޑު ބާރެކެވެ.

ކިޔާ ޖަގަހަ އަބަދުވެސް ރީތިކޮށް ތަރުތީބުކޮށްފައި ބާއްވާށެވެ.

ކިޔާ ޖަގަހަ ތައްޔާރުކުރަންޖެހޭނީ ކިޔުމަށްޓަކައި އެމީހަކަށް އެންމެ ފަސޭހަ ގޮތަކަށް އިށީނދެގެން އިނދެވޭނޭހެންނެވެ. އަދި ބޮލަށް އުނދަގޫ ނުވާނޭހެން ކިޔާ ޖަގަހަ އޮންނަންވާނީ ސާފުކޮށް ތަރުތީބުކުރެވިފައެވެ.

ކިޔަން ފަށައިފިއްޔާ ނުހުއްޓާށެވެ! އަދި އުފެދޭ ސުވާލަށް ޖަވާބުދޭށެވެ!

ކިޔާ ގަޑީގައި ވަރަށް މުހިންމު ކަމެއް ދިމާވެގެން މެނުވީ ކިޔުން މެދުކަނޑާލައިގެން ނުވާނެއެވެ. އަދި ކިޔަމުންދާއިރުގައި ހިތުގައި އުފެދޭ ސުވާލުތައް ނޯޓުކުރެވެންވާނެއެވެ. ކިޔާ ނިމުމުން ނޯޓުކުރެވުނު ސުވާލުތަކުގެ ޖަވާބު ފެނޭތޯ ހަމަ އެލިޔުން އަލުން ބަލާލަންވާނެއެވެ. އެނޫނީ އެހެން ފޮތަކުން ނަމަވެސް ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ހޯދަން މަސައްކަތްކުރަންވާނެއެވެ. ސުވާލަކީ އުފެއްދުންތެރިކަމުގެ ތަޅުދަނޑިއެވެ. އުފެއްދުންތެރިކަން ކުރިއަރުވަން އެދޭ މީހާ އަބަދުވެސް "ކޮން އެއްޗެއް؟، ކީއްވެ؟، ކިހިނެއް؟، ކޮންއިރަކު؟، ކޮބައި؟، އެހެންނަމަ؟، ހޭ؟" މި ފަދަ ސުވާލުތަކުގެ ޖަވާބު ލިބުން އެދިގެން މަސައްކަތްކުރަންވާނެއެވެ.

ކިޔާއިރުގައި އަބަދުވެސް ސަމާލުވެގެން އިންނާށެވެ!

ކިޔަމުންދާ ވަގުތުގައި މިކުރެވެނީ ކީއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ. ކިޔުމުގައި ބޭނުމަކާއި ލަނޑުދަނޑިއެއް ވާކަން ހަނދާނުގައި ހަރުލައްވައިގެން އިންނާށެވެ. އޭރުން ކިޔާ އެއްޗަކަން ސަމާލުކަން ދިނުން ލާޒިމުކުރާނެއެވެ. ސަމާލުކަން ގެއްލޭގޮތްވުމުން އަރާމުކުރުމުގެ ވަގުތުކޮޅެއް ނަގާށެވެ. ނުވަތަ އެހެން ލުއި ލިޔުމެއް ކިޔާލާށެވެ. ޢިލްމީ ދިރާސާތަކުން ސާބިތުވެފައިވާ ފަދައިން ތަޢުލީމުގެ އެންމެ މުހިންމު ވަސީލަތަކީ ކިޔުންތެރިކަން ކަމުގައި ހަނދާން ނައްތާނުލާށެވެ.

އަޖުމަބަލާ ތަމްރީންހޯދާށެވެ! ތަޖުރިބާގެ އަލީގައި ކުރިއަށްދާށެވެ!

މޮޅެތި ކިޔުންތެރިން، ބޮޑެތި ޢިލްމުވެރިން، ހާސިލުކުރި ދަރަޖަތަކާއި ވާސިލުވީ ކުރިބޯށިތަކަށް ވާސިލުވީކީ އެންމެ ދުވާލަކުން އެންމެ ރޭގަނޑަކުން ނޫނެވެ. އެތަކެއް ސަބަބުތަކެއްގައި ހިފައިގެންނެެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުންނެވެ. ފޮތް ކިޔުމުގައްޔާއި ފޮތް އިޚްތިޔާރުކުރުމުގައި ހެދޭ ގޯސްތައް ދެނެގަނެގެންނެވެ. ތަޖުރިބާގެ އަލީގައި ހިންމަތްތެރިކަމާއެކު ހީވާގިވެގެންނެވެ.

-ނިމުނީ-

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.