އާދީއްތަ20200726

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް މަޢްލޫމާތު ގޮތްނޭނގޭ އުދުހޭ އެއްޗެތި.. ޙަޤީޤަތެއްތަ؟

ގޮތްނޭނގޭ އުދުހޭ އެއްޗެތި.. ޙަޤީޤަތެއްތަ؟

ufoޔޫ.އެފް.އޯ ނުވަތަ އަންއައިޑެންޓިފައިޑް ފްލައިންގް އޮބްޖެކްޓް އަކީ ބައެއްފަހަރު މިބިމުން ނުވަތަ އަލިފާންގުޅައެއްގެ ސިފައިގައި ޖައްވުގައި އުދިހިފާދަނިކޮށް ފެނިފައިވާ ކަމަށް ބުނެވޭ ގޮތްނޭނގޭ އެއްޗެތިތަކެކެވެ. މީގެ ވާހަކަ އެއްބަޔަކު ޤަބޫލުކުރާއިރު އަނެއްބަޔަކު ބުނަނީ އެއީ ޚިޔާލީވާހަކަތަކާއި ފިލްމީމަންޒަރުތަކުގެ ސަބަބުން މީހުންނަށް ފެންނަހެން ހީވާ އެއްޗެތިކަމަށެވެ.

ބުނެވޭގޮތުގައި ޔޫއެފްއޯ ބިމުގައި ދިރުންފެށުމާއި އެކުވަނީ އުފެދިފައެވެ. އެކަމަކު އިންސާނުންނަށް މި އެއްޗެތި ފެންނަންފެށީ 1939ން 1945 އަށް ހިނގި ދެވަނަބޮޑުހަނގުރާމައިގެ ތެރޭގައެވެ.

އަދި އެމެރިކާ އާއި ރަޝިޔާ އާއި ދެމެދުގައި ކުރެވުނު ފިނިހަނގުރާމައިގެ ދުވަސްވަރު ވަރަށް ގިނަ އަދަދެއްގެ ޔޫއެފްއޯ ޔޫރަޕުން ފެނުނު ކަމަށް ބުނެވެއެވެ.

އެމެރިކާއާއި ރަޝިޔާ އިން މިހަނގުރާމައިގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މޮޅެތި ސައިންޓިސްޓުން ހިފާހައްޔަރު ކޮށް ނުރައްކާތެރި ހަތިޔާރު އުފެއްދުމަށް ބޭނުން ކުރިއެވެ. މިދުވަސްވަރު މީހުން ތިބެނީ އެމީހުން ނައްތާލާފާނެ ފަދަ ގަދަފަދަ އީޖާދުތައް މިދެގައުމުން ކޮށްފާނެތީ ބިރުންނެވެ.

ޔޫއެފްއޯ އެއް ފުރަތަމަފަހަރަށް ފެނުނުކަމަށް ބުނެވެނީ 1947 ގައި އެމެރިކާގެ ޕައިލެޓެއް ކަމުގައިވާ ކެނެތު އާރނޯލްޑް އަށެވެ. މީނާ އަށް މިއެއްޗެތިތައް ފެނުނީ ވޮޝިންޓަންގެ އެމްޓީ ރެއިނަރކައިރިން ވަރަށްބާރުސްޕީޑެއްގައި އުދުހިފައިދަނިކޮށެވެ. އާރނޯލްޑް ނޫސްތަކަށްދީފައިވާ އިންޓަވިޔުގައި ބުނީ އެއީ އުދުހޭ ތަރިތަކެއްކަމަށެވެ.

ހަމަ އެގޮތަށް 8 ޖޫން 1947 ގައި ބީ-އެކްސް-48 ގެ މަތިންދާބޯޓުގެ ޓެސްޓް ދުއްވުންތައް ދުއްވަނިކޮށް އެބޯޓުގެ ކަނާތުފިޔައިގެ ވަރަށްކައިރިން މީގެ އުދުހޭ އެއްޗެއް ވަރަށް ބާރުސްޕީޑުގައި ދިޔަތަން ޕައިލޮޓަށް ފެނުނެވެ. މި އަލިގަދަ ބޯތަށިތައް އެމަސައްކަތުގައި އުޅުނު އެންމެންނަށް ފެނުނެވެ. އަދި މި އާދަޔާއި ޚިލާފުވާހަކަ އެމީހުންގެ ރިޕޯޓްތަކުގައި ލިޔުނެވެ. ނަމަވެސް އެވާހަކަ އޭރު އެކަކުވެސް ގަބޫލެއްނުކުރެއެވެ.

1948ގެ ޖެނުއަރީ ގައި އުދިހިފައި ދިޔަބޯޓެއް ގޮވާ އޭގެ ޕައިލެޓް މަރުވީ ޔޫއެފްއޯ އެއްގައި ޖެހިގެން ކަމަށް ޚަބަރު ފެތުރުނެވެ. އެމެރިކާގެ ސަރުކާރުން މިކަން ބެލުމަށް ޚާއްޞަ ކޮމީޓީ އެއް ޢައްޔަން ކުރިއެވެ. އަދި މީހުން ގެ މެދުގައި ޔޫއެފްއޯގެ ވާހަކަ މަޝްހޫރުވާން ފެށިއެވެ.

ޔޫއެފްއޯގެ އެންމެ މަޝްހޫރު ހާދިސާ އަކީ 3 ސެޕްޓެމްބަރ 1969 ގައި ޓެކްސަސްގެ އޮފިސަރ އެއްކަމަށްވާ ހާރބަޓް ޝާރމަރ އަށް ދިމާވި ކަމަށް ބުނެވޭ ހާދިސާ އެވެ. މެންދުރު ގާތްގަނޑަކަށް 30:12 ވާން ކައިރިވެފައި ހުއްޓާ އޭނާގެ ދަނޑުގައި ތިބި ޖަނަވާރު ތައް ވަރަށް ބާރަށް އަޑުލައްވަން ފެށިއެވެ. އެހެންވެ ކޮންމެވެސް އާދަޔާ ޚިލާފު ކަމެއް ވާން އުޅޭކަން އޭނާއަށް ޝައްކުވިއެވެ. މިވާ ގޮތެއްބެލުމަށް އޭނާގެ ކާރުގައި ދަނޑުގެ ވަށައިގެން ބުރެއްޖަހާލުމަށް ނިކުމެއްޖެއެވެ. އިރުކޮޅަކުން އޭނާ އަށް ފެނުނީ ދެދަނޑު ދޭތެރޭގައި ތިބި، ބިޔަ މީހުންތަކެއްގެ މެދުގައި ވަނިކޮށެވެ. މީނާ ޕޮލިސް ސްޓޭޝަން އަށް ގޮސް އޭނާ އަށް ޔޫއެފްއޯ އެއް ފެނިއްޖެކަމަށް ޚަބަރުދިނެވެ.

އެއަށްފަހު އޭނާ، ގެޔަށް އައުމާއިއެކު ވަރަށް ބާރަށް ބޮލުގައި ރިހެން ފެށިއެވެ. އަދި ކަރުދަށުގައި ވަރަށް ފުންކޮށް ޒަޚަމް ވެފައިވާތީ ފެނުނެވެ. އެއީ ނިޔުކްލިއަރ ރޭޑިއޭޝަން އަކުން އުފެދިފައިވާ ޒަޚަމް އެއްކަމަށް ޑޮކްޓަރުން ބުންޏެވެ. މިތަނަށް ފަރުވާ ކުރުމަށް މަސް ދުވަސް ނެގިއެވެ.

ޝާރމަރ ބުނާގޮތުގައި އޭނާ އަށް ފެނުނީ ނުދަންނަ ޒާތުގެ ބަޔަކު އުދުހޭ ބޯތަށި ތަކެއްގައި އައި ތަނެވެ. ދެން މިޔަށް އޭނާ ނެގުމަށް ފަހު މީނާ ކައިރީގައި ކަރަންޓް ޝްޓޭޝަން ތަކާއި ފެން ލިބޭނެ ތަންތަނާއި ބެހޭ ގޮތުން ސުވާލު ކުރިއެވެ. އެމީހުންނަކީ ކައިރި ގެލެކްސީ އެއްގައި ތިބޭ ބައެއްކަމަށާއި އެމީހުންގެ ބޭސްތައް ދުނިޔޭގެ އެކި ހިސާބުތަކުގައި ހުންނާނެ ކަމަށް ބުނި ކަމަށްވެސް ވެއެވެ. ދެން އެމީހުން އޭނާ އިން ކާރަށް ލުމަށް ފަހު އަނބުރާދިޔައީ އެވެ.

މިނޫނަސް ވަރަށް ގިނަ ޔޫއެފްއޯގެ ވާހަކަތައް އެދުވަސް ވަރު ވަނީ އަޑު އިވިފައެވެ. ސުވާލަކީ އެއީ ހަމަ ޙަޤީޤަތުގައިވެސް އުޅޭ އެއްޗެއްބާވައެވެ. އެ އެއްޗިތި އުޅޭނަމަ މިހާރު އެތިބީ ކޮންތާކަށް ވަދެ ހެއްޔެވެ؟

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.