ހޯމަ20180910

އާކުރެވުނީ: 08:43:52

Back ކަވާސާ ޢިލްމު ޢިލްމުގެ ބައިތައް މަޢްލޫމާތު ގެލީލިއޯ : ޢިލްމީ ދުނިޔޭގައި ފަޑުވުމެއްނެތް ނަމެއް

ގެލީލިއޯ : ޢިލްމީ ދުނިޔޭގައި ފަޑުވުމެއްނެތް ނަމެއް

galileoފެށުން

ގެލީލިއޯއަކީ އޭނާގެ ޙަޔާތުގައި ފާހަގަ ކޮށްލެވޭފަދަ އެތައް ގިނަގުނަ ޢިލްމީ ޚިދުމަތްތަކެއް އިންސާނިއްޔަތަށް ފޯރުކޮށްދީފައިވާ ފަރާތެކެވެ. ގެލީލިއޯގެ އެންމެ ފާހަގަ ކުރެވޭ ޚިދުމަތަކީ އެއް އުސްމިނަކުން ވެއްޓިގެން އަންނަ ދޭއްޗެއް ބިމުގައި ޖެހޭނީ އެއްވަގުތެއްގައި ކަން ދުނިޔެއަށް ސާބިތުކޮށްދިން ކޮށްދިނުމެވެ. ގެލީލިއޯ މިކަން ދުނިޔެއަށް ސާބިތުކޮށްދެއްވުމުގެ ކުރިން މީހުން ޤަބޫލު ކުރަމުން އައީ އެރިސްޓޯޓްލްގެ ނަޒަރިއްޔާއެވެ. އެރިސްޓޯޓްލްގެ ނަޒަރިއްޔާ ބުނާގޮތުގައި އެއް އުސްމިނަކުން ވެއްޓިގެން އަންނަ ދޭތީގެ ތެރެއިން ފުރަތަމަ ބިމުގައި ޖެހޭނީ އޭގެތެރެއިން ބަރުދަން އިތުރު އެއްޗެކެވެ. އެހެން ކަމުން އެދޭތި ބިއްމައްޗަށް ވެއްޓޭ ވަގުތު ތަފާތު ވާނެއެވެ.

ވަނަވަރު

1564 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އިޓަލީގެ ޕީސާ އަށް އުފަންވި ގެލީލިއޯ ގެލީލީސް އަކީ ހަ މެންބަރުން ހިމެނޭ ޢާއިލާގެ އެންމެ ދޮށީ މެންބަރެވެ. އޭނާގެ ބައްޕަ ވިންކެންޒޯ ގެލީލީ އަކީ ކުޅަދާނަ މިޔުޒިކު ކުޅުންތެރިއެކެވެ. އޭނާގެ މަންމަގެ ނަމަކީ ގިއުލިއާ ޑެގްލީ އަމަނަޓީއެވެ. ގެލީލިއޯ ގެ ޢާއިލާއަކީ މެދުފަންތީގެ ޢާއިލާއެކެވެ.

ގެލީލިއޯ އޭނާގެ އަންހެނުން މެރީނާ އާއި ބައްދަލުވީ ވެނިސްއަށް އޭނާ ކުރި ދަތުރުތަކުގެ ތެރެއިން ދަތުރެއްގައެވެ. މެރީނާއާއި ގެލީލިއޯއަށް ތިން ކުދިން ލިބިފައިވެއެވެ. އެއީ އަންހެން ދެކުދިންނާއި ފިރިހެން ކުއްޖެކެވެ.

ގެލީލިއޯ ދުނިޔެ ދޫކޮށްފައިވަނީ މީލާދީން 1642 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުގައެވެ.

ތަޢްލީމީ ޙަޔާތް

ގެލީލިއޯ ގެލީލީގެ ފުރަތަމަ ޔުނިވަސިޓީއަކީ ޕީސާ ޔުނިވަރސިޓީއެވެ. އޭނާ ފުރަތަމަ އިޚްތިޔާރު ކުރީ މެޑިސިންގެ ރޮގުން ކުރިޔަށް ދިޔުމަށެވެ. 1581 ވަނަ އަހަރު މެޑިސިންގެ ރޮގުން ކުރިޔަށް ދިޔުމަށްޓަކައި ޕީސާ ޔުނިވަރސިޓީގައި ތަޢްލީމް އުގެނެން ފެށިއެވެ.

ނަމަވެސް މެޑިސިން ކިޔެވުމަށް ޝައުޤުވެރިކަން ނެތުމުގެ ސަބަބުން އެރޮގު ދޫކޮށްލުމަށްފަހު 1583 ގައި ހަމަ މި ޔުނިވަރސިޓީގައި ހިސާބު ޢިލްމާއި ފިލޯސަފީގެ ރޮގުން ތަޢްލީމް ޙާޞިލް ކުރުމަށް ފެށިއެވެ. 1589 ވަނަ އަހަރު ގެލީލިއޯ ޕީސާ ޔުނިވަރސިޓީއިން ޕަޑޫއާއަށް ބަދަލުވިއެވެ. ޕަޑޫއާ ޔުނިވަރސިޓީގައި 1610ވަނަ އަހަރާއި ހަމައަށް ދެމިހުރިއެވެ.

ގެލީލިއޯއަކީ ޠަބީޢީ ފިލޯސަފަރެކެވެ. ފަލަކީ ޢިލްމު އަދި ހިސާބު ޢިލްމުގެ އަހުލުވެރިއެކެވެ. ޙަރަކާތާއި ބެހޭ ޢިލްމާއި ، ފަލަކީ ޢިލްމު ، އަދި އެއްޗެތީގެ ބާރު (ސްޓްރެންތް) އަންގައިދޭ ޢިލްމުގައި އޭނާ ދައުރަކީ ވަރަށް ކުލަގަދަ ދައުރެކެވެ. ޢިލްމީ މައިދާނުގައި ބޭނުންކުރެވޭ މައިކްރޯސްކޯޕްއާއި ޓެލެސްޚޯޕް ފަދަ ސާމާނު ތަރައްޤީކޮށް ކުރިއެރުވުގައި އޭނާ ވަނީ ބޮޑު އެހީތަކެއް ވެދީފައެވެ. އެއްޗެތި ވެއްޓޭގޮތާއި ބެހޭ ޤާނޫނާއި ގުޅުވައިގެން އޭނާ އެކުލަވާލި ފޯރމިޔުލާއަކީ އަދުގެ ދުނިޔޭގައި ވެސް ބޭނުންކުރެވެމުން އަންނަ ފޯރމިޔުލާއެކެވެ.

އެއްޗެތި ވެއްޓޭގޮތާއި ބެހޭ ޤާނޫނު

ގްރީކްގެ މަޝްހޫރު ފިލޯސަފަރ އެރިސްޓޯޓްލް ދުށްގޮތުގައި އެއްޗެތި ވެއްޓިގެން އަންނަ އަވަސްމިން ބިނާވެފައިވަނީ އޭގެ ބަރުދަނުގެ މައްޗަށެވެ. މިސާލަކަށް  ފުޓްބޯޅައެއް ޓެނިސްބޯޅައަކަށް ވުރެ އަވަހަށް ވެއްޓޭނެއެވެ. އެހެން ކަމުން މީހުން ޤަބޫލު ކުރަމުން އައީ އެއް އުސްމިނަކުން ވެއްޓިގެން އަންނަ ތަކެތީގެ ތެރެއިން އެންމެ ބަރު އެއްޗަކީ އެންމެ ފުރަތަމަ ބިމުގައި ޖެހޭނެ އެތިކަމެވެ. ގެލީލިއޯ ދުނިޔެއަށް ހާމަކޮށްދިނީ އެރިސްޓޯޓްލްގެ މިތިއަރީއަކީ ރަނގަޅު ތިއަރީއެއް ނޫންކަމެވެ. އޭނާގެ އާ ހޯދުން ބަޔާންކޮށްދިނީ އެއްޗެތި ވެއްޓެނީ ސާބިތު އެކްސަލަރޭޝަންއެއްގައި ކަމެވެ. މާނައަކީ ވައިބަންދުކުރެވިފައިވާ ތަނެއްގައި (ވެކިއުމްއެއްގައި) ހުރިހާ އެއްޗެއް ވެސް ވެއްޓިގެން އަންނާނީ އެއްބާރުމިނެއްގައެވެ. މިސާލަކަށް ފުޓުބޯޅައަކާއި ހޮކީ ބޯޅައެއް އެއް އުސްމިނަކުން ވައްޓާލައިފިނަމަ ދޭތިވެސް ބިމުގައި ޖެހޭނީ އެއްވަގުތެއްގައެވެ.

މިތިއަރީގައި ހިމެނޭ މުހިންމު އަނެއް ދެ ޕޮއިންޓަކީ:

1- ސާބިތު ފޯރސް އެއްގެ ސަބަބުން އުފެދޭނީ ސާބިތު އެކުސަލަރޭޝަނެކެވެ. ސްޕީޑެއް ނޫނެވެ.

2- އެއްޗެއް ވެއްޓެމުންދާއިރު އޭގެ ސްޕީޑް ޕަރަބޮލިކަލްކޮށް މަތިވަމުންދާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.