މަޢްލޫމާތު
ކިޔުންތެރިއަކަށް ވުމަށްޓަކައި...!
- ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު
- 09 ސެޕްޓެމްބަރު 2011
ކިޔާ ގަޑީގައި ވަރަށް މުހިންމު ކަމެއް ދިމާވެގެން މެނުވީ ކިޔުން މެދުކަނޑާލައިގެން ނުވާނެއެވެ. އަދި ކިޔަމުންދާއިރުގައި ހިތުގައި އުފެދޭ ސުވާލުތައް ނޯޓުކުރެވެންވާނެއެވެ. ކިޔާ ނިމުމުން ނޯޓުކުރެވުނު ސުވާލުތަކުގެ ޖަވާބު ފެނޭތޯ ހަމަ އެލިޔުން އަލުން ބަލާލަންވާނެއެވެ. އެނޫނީ އެހެން ފޮތަކުން ނަމަވެސް ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ހޯދަން މަސައްކަތްކުރަންވާނެއެވެ. ސުވާލަކީ އުފެއްދުންތެރިކަމުގެ ތަޅުދަނޑިއެވެ. އުފެއްދުންތެރިކަން ކުރިއަރުވަން އެދޭ މީހާ އަބަދުވެސް "ކޮން އެއްޗެއް؟، ކީއްވެ؟، ކިހިނެއް؟، ކޮންއިރަކު؟، ކޮބައި؟، އެހެންނަމަ؟، ހޭ؟" މި ފަދަ ސުވާލުތަކުގެ ޖަވާބު ލިބުން އެދިގެން މަސައްކަތްކުރަންވާނެއެވެ.
ޤާނޫނު އަސާސީ
- ޝިފްޒާން އަޙްމަދު
- 16 އޯގަސްޓު 2011
ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިޚުތިޞާޞުގެ އެންމެ މުހިއްމު ބަޔަކީ ޤާނޫނުތަކުގެ ދުސްތޫރިއްޔަތު ކަނޑައެޅުމެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީތަކުގެ ތެރެއިން 2008ވަނަ އަހަރު ތަޞްދީޤުކުރެވުނު ޤާނޫނު އަސާސީއަކީ އެންމެ ފުރަތަމަ ފަހަރަށް އެފަދައިން ޤާނޫނުގެ ދުސްތޫރިއްޔަތު ކަށަވަރުކުރުމުގެ ވާހަކަ ބަޔާންކުރާ ދުސްތޫރެވެ. މިހާރު ރައްޔިތުން މަޖިލީހުން ހަދާ ހުރިހާ ޤާނޫނުތަކާއި އެޤާނޫނުތަކުން ބާރު ލިބިގެން ހަދާ ހުރިހާ ޤަވާޢިދުތަކެއް ވާންވާނީ ޤާނޫނު އަސާސީން ދުސްތޫރިއްޔަތު ލިބޭ ޤާނޫނުތަކެއް އަދި ޤަވާޢިދުތަކެއް ކަމުގައެވެ. އެކަން ޔަޤީންކުރާނީ ކޯޓުންނެވެ.
ހިނިތުންވުން ޞަދަގާތަކަށް ވަނީ ކީއްވެ؟
- އުސާމް މުޙައްމަދު ސަޢީދު
- 09 އޯގަސްޓު 2011
ހިނިތުންވުމަކީ އެކެއްގެ މޫނުން އަނެކެއްގެ މޫނަށް "ވާރުތަވާ" ކަމެކެވެ. ތިބާ މީހެއްގެ ކުރިމަތީ ހިނިތުންވުން ތަކުރާރުކުރަނީ ނަމަ އޭނާ ވެސް ހިނިތުން ނުވެއެއް ނުހުންނާނެއެވެ. އޭރުން ފެންނާނީ އޭނާގެ ހަށިގަނޑުގެ އެންމެހާ ހިސާބަކުން ތިބާއަށް މަރުހަބާކިޔަމުންދާ ރީތި މަންޒަރެވެ.
އަނެކާގެ ޝަޚްސިއްޔަތު ދެނެގަތުން
- ނޫރުއްސަލާމް އަބޫބަކުރު
- 03 އޯގަސްޓު 2011
މީހުންނާ އޮންނަ ގުޅުންތައް ހަރުދަނާ ކުރުމާއި، މީހުންނާއި ގުޅިގެން އުޅުމާއި، އެކުއުޅުމާއި، އެކުވެއުޅުމުގެ ފަސޭހައަށްޓަކައި މީހުންގެ ތަފާތުތައް ގަބޫލުކުރުމާއެކު، އެ ތަފާތާއި މުޢާމަލާތުކުރަން އެނގުމީ އެއްމެ ބޭނުންތެރި ކަންތަކެވެ. ކޮންމެ މީހަކާ ވެސް ގުޅޭ ގޮތަށް އެމީހަކާ މުޢާމަލާތުކުރުމަށްޓަކައި އެންމެ ފުރަތަމައަށް ދެނެގަންނަންޖެހެނީ އެމީހެއްގެ ޝަޚުސިއްޔަތެވެ. މި ގޮތުން އިންސާނުންގެ ވައްތަރުތައް ދެނެގަތުމަށްޓަކައި ނަފުސާނީ ޢިލްމުވެރިން ތަފާތު ނަޒަރިއްޔާތަކާއި ގޮތްތައް ހާމަކުރައްވާފައިވެއެވެ. މި މަޒުމޫނުގައި ގެނެސްދޭނީ އޭގެ ތެރެއިން އެއް ނަޒަރިއްޔާއެވެ.
ކަޢުބާ ހުރި ފަރާތް ހޯދިދާނެ 2 ދުވަސް
- އަޙުމަދު މުސްލިމު
- 10 މޭ 2011

ސައިންސްވެރިން ދެކޭ ގޮތުގައި ފާހަގަ ކުރެވޭ ބަދަލު ތަކެއް އަންނާނީ ވަރަށް ދިގު ޒަމާންތަކެއްގެ ތެރޭގައި ކަމުން، ޒަމާންތަކެއްވަންދެން ނުވަތަ ބަދަލުތަކެއް އައިސްފިކަން ފާހަގަ ކުރެވެންދެން، ކޮންމެ އަހަރަކުވެސް 28 މޭ ގައި މެންދުރު ފަހު 2 ގަޑި 18 ވާ އިރު އާއި، 16 ޖުލައި ގައި މެންދުރު ފަހު 2 ގަޑި 26 ވާ އިރު، އިރު ހުރި ފަރާތަށް ކުރިމަތި ލުމުން ކަޢުބާ ހުރި ފަރާތަށް ކުރިމަތިލެވޭނެއެވެ. ވީމާ މި 2 ދުވަހު މެންދުރުފަހު މިވަގުތުތަކުގައި އިރު ހުރި ފަރާތަކީ ތިމާ ނަމާދު ކުރަން ކުރިމަތިލާ ފަރާތްތޯ، ނުވަތަ ތިމާ ނަމާދު ކުރާ މިސްކިތް ބިނާ ކުރެވިފައި ހުންނަނީ މިވަގުތު ތަކުގައި އިރު ހުރި ފަރާތަށް ކުރިމަތިވާ ގޮތަށްތޯ، ޔަޤީންކޮށްލެވިދާނެއެވެ.
ހިއްސާ ބާޒާރެއްގެ ބޭނުމަކީ ކޮބާ؟
- މުޙައްމަދު ޢަލީ
- 07 ސެޕްޓެމްބަރު 2007
މިދުވަސްވަރަކީ އަޅުގަނޑުމެންގެ ތެރޭގައިވެސް ހިއްސާއާއި، ހިއްސާ ގަނެވިއްކުމުގެ ބާޒާރާއި ބެހޭގޮތުން ވާހަކަ ދެކެވެމުންދާ ދުވަސްވަރެކެވެ. އަޅުގަނޑުގެ މަޤްޞަދަކީ ހިއްސާ ބާޒާރަކީ ކޮބައިކަމާއި، އަމިއްލަ ފަރުދުންގެ ދިރިއުޅުމުގައްޔާއި ވިޔަފާރިއެއް ހިންގުމުގައި ހިއްސާ ބާޒާރެއްގެ ދައުރަކީ ކޮބައިކަން ކުރު ގޮތަކަށް ބަޔާންކުރުމެވެ. މައުޟޫއާއިގެން ކުރިޔަށްދިޔުމުގެ ކުރީން ހިއްސާއަކީ ކޮބައިކަމާއި، ހިއްސާގެ ބާވަތްތަކާއި، ހިއްސާއާއި އެއްގޮތް ބައެއް އެހެނިހެން ތަކެއްޗާއި، އަދި ހިއްސާ ވިއްކާ ކުންފުނިތަކަށް ބަލައިލާނަމެވެ.
މިސްރާބު
- ޢަބްދުﷲ ޢަލީ
- 01 މާރިޗު 2007
ޤާނޫނަކީ ދުނިޔޭގައި ކަންތައްތައް ވަކި ތަރުތީބަކުން ޤަވާޢިދަކުން ހިގަމުންދާ ގޮތުގެ ނިޒަމަށް ކިޔާނަމެކެވެ. މިގޮތުން ރޭދުވާ ތަކުރާރުވުމާއި އުފަންވެ މަރުވެދާ ދިއުމަކީ މި މާނާގައި ޤާނޫނޭ ކިޔޭ ކަންތަކެވެ. މިކަންތައްތަކަކީ ތަކުރާރު ވަމުންދާ ދިއުމުގައި ބަދަލުވުމެއް ދެގޮތްވުމެއް ނެތި ހިގަމުންދާ ކަންތަކެވެ. އެއީ ދުނިޔޭގެ ތަބީޢަތެވެ. އިލާހީޤާނޫނެވެ. ﷲގެ އަމުރުފުޅެވެ. ދުނިޔެ ދެކެމުންދާ ހަޤީޤަތެވެ. މިދުނިޔެއަކީވެސް ނިމި ފަނާވަނިވި ތަނެކެވެ. މިކަންކަން (ރޭދުވާ) މި ނޫން ގޮތަކަށް ބަދަލުވުމަކީ ދުނިޔެވެސް ނިމިދިއުމެވެ. މިއީ އުފަންވުމާއި ނިމުމުގެ ޤާނޫނުގެ ދަށުން ހިގާދަނިވި ނިމުމެކެވެ. މިއީވެސް ޤާނޫނެއްކަން ޔަޤީނެވެ.
ފްރެޑެރިކް ވިންސްލޯ ޓޭލަރ: އިދާރީ ޢިލްމުގެ ބާނީ
- ޢަލީ އަޙްމަދު
- 12 އޮކްޓޯބަރު 2006
1856
ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި އެމެރިކާގެ އިންޖިނިއަރ ފްރެޑެރިކް ވިންސްލޯ ޓޭލަރ އަކީ އިދާރީ ޢިލްމުގެ ބާނީ ކަމުގައި ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އޭނާގެ މަންހަޖުތަކަކީ ފިހާރަތަކާއި އޮފީސްތައް އަދި މިނޫނަސް އިންޑަސްޓްރިއަލް ދާއިރާގައި ކާމިޔާބު ކަމާއި އެކު ބޭނުން ކުރެވެމުން އަންނަ މަންހަޖުތަކެކެވެ. 1911 ވަނަ އަހަރުގެ ތެރޭގައި ނެރެވިފައިވާ އޭނާގެ ފޮތް " އިދާރީ ޢިލްމުގެ މަބްދައުތައް" މިފޮތަކީ އިދާރީ ޢިލްމުތައް އެއިން ފެށިގެންއައި އަޞްލުކަމަށް މިދާއިރާގެ ޢިލްމުވެރިން ދެކިލައްވައެވެ.
ގެލީލިއޯ : ޢިލްމީ ދުނިޔޭގައި ފަޑުވުމެއްނެތް ނަމެއް
- ޢަލީ އަޙްމަދު
- 09 ފެބްރުއަރީ 2005
ފެށުން
ގެލީލިއޯއަކީ އޭނާގެ ޙަޔާތުގައި ފާހަގަ ކޮށްލެވޭފަދަ އެތައް ގިނަގުނަ ޢިލްމީ ޚިދުމަތްތަކެއް އިންސާނިއްޔަތަށް ފޯރުކޮށްދީފައިވާ ފަރާތެކެވެ. ގެލީލިއޯގެ އެންމެ ފާހަގަ ކުރެވޭ ޚިދުމަތަކީ އެއް އުސްމިނަކުން ވެއްޓިގެން އަންނަ ދޭއްޗެއް ބިމުގައި ޖެހޭނީ އެއްވަގުތެއްގައި ކަން ދުނިޔެއަށް ސާބިތުކޮށްދިން ކޮށްދިނުމެވެ. ގެލީލިއޯ މިކަން ދުނިޔެއަށް ސާބިތުކޮށްދެއްވުމުގެ ކުރިން މީހުން ޤަބޫލު ކުރަމުން އައީ އެރިސްޓޯޓްލްގެ ނަޒަރިއްޔާއެވެ. އެރިސްޓޯޓްލްގެ ނަޒަރިއްޔާ ބުނާގޮތުގައި އެއް އުސްމިނަކުން ވެއްޓިގެން އަންނަ ދޭތީގެ ތެރެއިން ފުރަތަމަ ބިމުގައި ޖެހޭނީ އޭގެތެރެއިން ބަރުދަން އިތުރު އެއްޗެކެވެ. އެހެން ކަމުން އެދޭތި ބިއްމައްޗަށް ވެއްޓޭ ވަގުތު ތަފާތު ވާނެއެވެ.
ޓޯޓަޓިސް ގިނިހިލަ ދުނިޔޭގައި ނުޖެހޭނެކަމަށް ބުނެފި
- ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު
- 29 ސެޕްޓެމްބަރު 2004
ޓޯޓަޓިސްގެ ނަން ދެވިފައިވާ ވަރަށް ބޮޑު ގިނިހިލައެއް ، ބިމާ ވަރަށް ކައިރިން ނަމަވެސް ބިމުގައި ނުޖެހި ، ވަރަށް ބާރަށް ހުރަސްކޮށްފައި ބުދަދުވަހުގެ ވަގުތެއްގައި ( މިއަދު) ދާނެކަމަށް ، އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ބުނެފިއެވެ.ދިގުމިނުގައި 2.9 މޭލު އަދި ފުޅާމިނުގައި 1.5 މޭލު ( 4.6 ، 2.6 ކިލޯމީޓަރު) ހުރިކަމަށް ސައިންސްވެރިން ބުނާ މި ގިނިހިލަ ވާނީ ، ޢިލްމުވެރިން މިފަދަ ކަންތައް ބަލައި ހޯދަން ފެއްޓިފަހުން ބިމާއި މިހާކައިރިވާ މިހާ ބޮޑު ، ފުރަތަމަ ގިނިހިލަ ކަމުގައެވެ.
ފިރްޢައުނު ގެ ލަޢްނަތް
- ޢަލީ ސަމީރު
- 23 ފެބްރުއަރީ 2004
'' އޭނާ އެ ވަނީ މަރުވެފައެވެ. އެކަމަކު އޭނާ ޙިމާޔަތް ކޮށްދޭ ރޫޙެއް އެބައުޅެއެވެ.އެރޫޙްވަނީ އޭނާޔާ މާދުރަކުނޫނެވެ.އެއީ އޭނާގެ އަތާއި ފައި ފަދައިން އޭނާގެ ހަށިގަނޑު ގެ ބައެކެވެ. އޭނާ އެއިންތިޒާރު ކުރަނީ އޭނާޔަށް ދިރުންދެއްވާ، އަލުން ދިރިއުޅެވޭނެ ދުވަހަކަށެވެ.އިންސާނުންގެ ލޯތަކަށް އޭނާ އެވަނީ މަރުވެފައެވެ.އެކަމަކުވެސް ހަޤީޤަތުގައި އޭނާ މަރެއްނުވެއެވެ ''
މިބަސް ކޮޅަކީ ބާރލިންގ ގެ މިޔުޒިޔަމް ގައި އޮތް ''ޕެޕައިރަސް''ގައި ލިޔެފައިވާ ލިޔުން ކޮޅެކެވެ. ވަރަށް ހައިރާން ކުރުވާ އެހެންނޫންތޯއެވެ.
ގޮތްނޭނގޭ އުދުހޭ އެއްޗެތި.. ޙަޤީޤަތެއްތަ؟
- ޢަލީ ސަމީރު
- 17 ޑިސެމްބަރު 2003
ޔޫ.އެފް.އޯ ނުވަތަ އަންއައިޑެންޓިފައިޑް ފްލައިންގް އޮބްޖެކްޓް އަކީ ބައެއްފަހަރު މިބިމުން ނުވަތަ އަލިފާންގުޅައެއްގެ ސިފައިގައި ޖައްވުގައި އުދިހިފާދަނިކޮށް ފެނިފައިވާ ކަމަށް ބުނެވޭ ގޮތްނޭނގޭ އެއްޗެތިތަކެކެވެ. މީގެ ވާހަކަ އެއްބަޔަކު ޤަބޫލުކުރާއިރު އަނެއްބަޔަކު ބުނަނީ އެއީ ޚިޔާލީވާހަކަތަކާއި ފިލްމީމަންޒަރުތަކުގެ ސަބަބުން މީހުންނަށް ފެންނަހެން ހީވާ އެއްޗެތިކަމަށެވެ.
ބުނެވޭގޮތުގައި ޔޫއެފްއޯ ބިމުގައި ދިރުންފެށުމާއި އެކުވަނީ އުފެދިފައެވެ. އެކަމަކު އިންސާނުންނަށް މި އެއްޗެތި ފެންނަންފެށީ 1939ން 1945 އަށް ހިނގި ދެވަނަބޮޑުހަނގުރާމައިގެ ތެރޭގައެވެ.
އުރަމަތީގެ ކެންސަރު އިތުރަށް ގޯސްކުރާ ޕްރޮޓީންއެއް ފެނިއްޖެ.
- ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު
- 06 ޑިސެމްބަރު 2003
އުރަމަތީގެ ކެންސަރުގެ ދުޅަތައް އިތުރަށް ގޯސްކުރުވާ ޕްރޮޓިން އެއް ހޯދިއްޖެކަމަށް ޑޮކްޓަރުންގެ ޓީމަކުން ހާމަކޮށްފިއެވެ. ނަމަވެސް، އަލަށް ތައްޔާރުކުރެވޭ ، ބޭހެއްގެ ސަބަބުން، ކެންސަރުޖެހޭ މީހުން މިޕްރޮޓީނުން ފަހަރެއްގައި ޙިމާޔަތްކުރެވިދާނެކަމަށް، އެމީހުން ދެކެއެވެ.
ކުރުކޮށް ކިޔާނަމެއްގެ ގޮތުގައި އީ.ޖީ.އެފް.އާރު ގެ ނަންދެވިފައިވާ މިޕްރޮޓިންގެ ސަބަބުން، ކެންސަރުގެ އެހެން ވައްތަރުތައްވެސް އިތުރަށް ނުބައިކުރުވައެވެ.













