ބުރާސްފަތި20170518

އާކުރެވުނީ: 06:25:19

އެތެރެ ހާވިޔާވުން!

eterehaaviyaaމާތްﷲ ދުނިޔެ އުފައްދަވައި އެދުނިޔެއަކީ ޚިޔާރުކުރުމާއި، އިމްތިޙާނުކުރެއްވުމުގެ މައިދާން ކަމުގައި ކަނޑައެޅުއްވިއެވެ. އަދި އެދުނިޔޭގައި އިމްތިޙާނަކަށް ބޭނުންވާނެ ހުރިހާ ސިފަތަކެއް ފުރިހަމައަށް ލެއްވިއެވެ. މިސަބަބަށްޓަކައި އަޅުގަނޑުމެންނަށް އަބަދުމެ، ދަތިކާއި ބުރަތަކުގެ ތެރޭގައި އުޅެންޖެހެއެވެ.

ފެށުމުގެ ގޮތުން އަޅުގަނޑުމެންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ދަތިތައް މައިގަނޑު ދެބަޔަކަށް ބަހައިލެވިދާނެއެވެ.

ފުރަތަމަ ބާވަތަކީ ބޭރުން ކުރިމަތިވާ ގޮންޖެހުންތަކެވެ. އެއީ އަންނަނިވި ކަންތައްތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކެކެވެ.

1- އިސްލާމްދީނުގެ ހިދާޔަތު ލިބިފައިނުވާ، ޒަމާނުގެ ކުރިއެރުންތަކާ ދުރު، ތަރައްޤީނުވާ ދަތި ވެއްޓެކެވެ. މިއީ ނޭދެވޭ އަސަރުތަކެއް ކުރުވާނެ ވެއްޓެކެވެ. އެހެނީ އެފަދަ ވެއްޓެއްގައި އުޅޭ މީހަކަށް ފެންނާނީއަބަދުވެސް އަނދިރި ސޫރައެކެވެ. ހަނދާނަށް އަންނާނީ ނާކާމިޔާބުވީ ފަހަރުތަކެވެ.

2- މަސައްކަތުގެ ފުރުޞަތުތައް ފުރިހަމައަށް ލިބެން ނެތުމެވެ. އެހެނީ މިކަމުގެ ސަބަބުން ތިމާ މީހާއަށް ލިބިފައިވާ ހުރިހާ ހުނަރަކާއި ތަޖުރިބާއަކާއި ޢިލްމަކީ ބޭނުން ނުހިފޭ ފައިސާ ފޮތްޗެއް ފަދައިން ސިފަވެއެވެ.

3- ޢާއިލާގެ ތެރޭގައި އުފެދޭ މައްސަލަތަކެވެ. މިއީ ބައްޕައިންގެ ހަރުކަށިކަމާއި ދެމަފިރިންގެ ދޭތެރޭގައި ހިނގާ އަރާރުންވުންތަކާއި ޒުވާބުތަކެވެ.

4- ތެދުވެރިޔާ ތެދުވެރިކަންމަތީ ހުރުމަކީ އޭނާއަށް ލިބޭ އަދަބެއް ކަމުގައިހަދައި، ފާސިދުންނަށް ހެލިފެލިވެ އުޅުން ލުއިކޮށްދޭ، ނުރައްކާތެރި ޢާންމު އިދާރީ ފަސާދައެވެ. ނުވަތަ ކަރަޕްޝަނެވެ.

5- މީހާއާ ކުރިމަތިވާ ކޮންމެ ނިކަމެތިކަމެއްގައި އޭނާގެ ހިތްވަރު އެލުވައިލައި ނިކަމެތިކޮށްލާ މީހުން ގިނަވުމެވެ.

6- ޠަބީޢީ ގޮތެއްގައި ދިރިއުޅުމުގެ ކަންކަން ގެންދިއުމަށް ހުރަސްއަޅައި، މީހާގެ ޙަރަކާތްތެރިކަން ކަނޑުވާލާ ނުރައްކާތެރި ބައްޔެކެވެ.

މިގޮންޖެހުންތަކަކީ ހުރިހާ ވަގުތެއްގައިވެސް އަދި ހުރިހާ ތަނެއްގައިމެ ހުންނަ ކަންކަމެވެ. މިއީ އާދަމުގެ ދަރީން އިމްތިޙާންކުރާނެ އާލާތްތަކެކެވެ. ސާބިތުވެފައިވާ ޙަޤީޤަތަކީ މީހާގެ ޒާތުގެ ބޭރުން އުފެދިގެން އަންނަ ކޮންމެ ގޮންޖެހުމަކީ ނުވަތަ ބޭރުގައި ހުންނަ ގޮންޖެހުންތަކަކީ ހަވާސާގައި ހުންނާނެ ކަންތައްތަކެއްކަމެވެ. އަދި އެކަންކަމަކީ ރަނގަޅު ކަންތައްތަކެއް ކަމުގައި ހެދިދާނެއެވެ. އަޅުގަނޑުމެންގެ ކިބައިގައިވާ ފޮރުވިފައިވާ ބާރުތައް ނެރެވިއްޖެނަމައެވެ. އަދި އަމާންދިނުމާ ދެކޮޅު ހަދައި މަނާވެގަތުމުގެ ރޫޙެއް އަޅުގަނޑުމެންގެ ކިބައިގައި އޮތް ނަމައެވެ. ކީރިތި ޤުރުއާނުގެ ޙިކުމަތްތެރި އާޔަތްތަކަށް ވިސްނައިފި މީހަކަށް އެނގޭނެފަދައިން ކުރީގެ އުންމަތްތައް ހަލާކުކޮށްލެއްވުނީ އެބައިމީހުންނަށް ލިބިފައިވާ ވެއްޓާމެދުގައި މުޢާމަލާތްކުރުމުގައި ނުކުޅެދުންތެރިވެގެންނެއްނޫނެވެ. ވާދަވެރިންގެ ޙަމަލާތަކާއި ޢަދާވާތްތެރިންގެ މަކަރުވެރި ރޭވުންތަކުގެސަބަބުންނެއްވެސް ނޫނެވެ. އެހެންނަމަވެސް އެއީ އެބައިމީހުން ޙައްޤު މަގުން ކަސިޔާރުވީމައެވެ. އަދި އެބައިމީހުންގެ އެދުންތަކާއި ޝަހުވަތްތަކުގެ ކުރިމަތީގައި އެބައިމީހުން ބަލިވީމައެވެ.

ދެވަނަ ބާވަތުގެ ގޮންޖެހުންތަކަކީ އަންނަނިވި ކަންކަމުގެ މައްޗަށް އެކުލެވިގެންވާ ނަފްސާނީ އަދި ފިކުރީ ގޮންޖެހުންތަކެވެ. ނުވަތަ މައްސަލަތަކެވެ.

1- އަމިއްލަ ނަފްސު ނިކަމެތިކުރުމާއި، އަދި ތިމާއަށް ލިބިފައިވާ ހުނަރުތަކަކީ، އަގެއް ހުރި ކަމެއް ޙާޞިލުކުރުމުގައި ބޭނުމެއް ނުހިފޭ ކަންތައްތަކެއް ކަމުގައި ޤަބޫލުކުރުމެވެ. މިހެންމިކަން މެދުވެރިވަނީ ގޭގައި ދެވޭ ތަރުބިއްޔަތު ރަނގަޅު ނުވުމުންނާއި، މަދުރަސާގައި ދެވޭ ތަޢުލީމުގައި ހުރި އުނިކަމެއްގެ ސަބަބުންނެވެ.

2- ކާމިޔާބު ނޫން މަސައްކަތްތަކެއް ކުރެވުނީތީ، މާޔޫސްވެ ނާއުންމީދުވުމެވެ. އެތައް ފަހަރެއްގެ މަތިން ސާނަވީ އިމްތިޙާނުގައި ބައިވެރިވުމަށް އުޅެ އެކަމުގައި ނާކާމިޔާބުވާ މީހެއްފަދައިންނެވެ.

3- ބޮޑެތި ކަންތައްތަކެއް ކުރުމަށްޓަކައި ނަގަންޖެހޭ "ރިސްކު" ނަގަން ނުކެރުމެވެ. ހުރިހިސާބުގައި ނުވަތަ ފަހަތުގައި ހުރުމަށް އެދެވެނީއެވެ. މިކަމުގެ ސަބަބުން އިންސާނާ ދިރިއުޅުމުގެ ހަވާސާގައި ހުންނަންޖެހިދެއެވެ. އަދި މުޅިންވެސް މީހުން ކާކެއުމުން ބާކީއެތިކޮޅު ހޮވާ މީހަކަށް ބަދަލުވެއެވެ.

4- ޝަޚުޞީ ދިރިއުޅުން ރާވައި ޕްލޭންކުރުމަށް ބިރުގަތުމެވެ. މީސްތަކުންކުރެ95% މީހުންގެ ޙާލަތަކީ މިއީއެވެ. އާގޮތެއްގައި ބޮޑެތި މަސައްކަތްތަކެއްކުރަން ޖެހޭތީ ޖެހިލުންވަނީއެވެ. މިބިރުގަތުމުގެ ސަބަބަކީ ބައެއްކަހަލައެދުންތަކާއި، ބައެއް ޢާދަތައް ދޫކޮށްލައި އެކަންކަމުން މަޙުރޫމުވާންޖެހޭޖެހުމެވެ.

5- ކުރެވޭ ކޮންމެ ކުށަކަށް ނުވަތަފަރުވާކުޑަކުރެވޭ ކޮންމެ ފަހަރަކު އަމިއްލަ ނަފްސު ކުށްވެރިކުރަންވީ ވަރަށްވުރެ ބޮޑަށް ކުށްވެރިކުރުމެވެ.

ކީއްކުރާނީ؟

ހ. އުންމަތްތަކުގު ތާރީޚުން ޖަމާޢަތަތްތަކާއި ފަރުދުންގެ ތާރީޚު ބަލައި ދިރާސާކުރާ މީހަކަށް ވަރަށްމުހިއްމު ޙަޤީޤަތެއް ފެންނާނެއެވެ. އެއީ އަޅުގަނޑުމެން އިންސާނުންނާ ކުރިމަތިވެފައިވާ މައްސަލައަކީ ވަސީލަތްތަކާއި ބާރު މަދުވުމާއި ނެތުމުގެ މައްސަލައެއްނޫނެވެ. އެހެނަސް އެމައްސަލައަކީ ދެކަމެއްގެ މައްޗަށް އެކުލެވިގެންވާ މައްސަލައެކެވެ. ހިންމަތްތެރިކަން ބަލިވުމާއި ރަނގަޅުގޮތުގައި ލިބިފައިވާ ނިޢުމަތްތައް ބޭނުންނުކުރެވުމެވެ. މާތް ﷲ ގެ ވަޖިހުފުޅު އަދައިގެން ކުރާ މަސައްކަތަކުން ވަރުގަދަ ހިތްމަތެއް ބިނާކުރެވިދާނެއެވެ. އަޅުގަނޑުމެން ދަންނަ ވަރަށް ގިނަބަޔަކުވަނީ އެބައިމީހުންގެ ކިބައިގައިހުރި ނުރަނގަޅު އާދަތައް ދޫކޮށް އިޞްލާޙުވެފައެވެ. އަދި އެބައިމީހުންގެ ވަގުތުތައް ހޭދަކުރާނެ ގޮތުގެ ރަނގަޅު މަޝްރޫޢުތައް އެމީހުން އެކުލަވައިލިއެވެ. އާދައިގެ މީހުންނަށްވުރެ ދެރަބައެއްކަމުގައިވުމަށްފަހު، ވަރަށް ހަރުދަނާ ބަޔަކަށް އެމީހުން ބަދަލުވެއްޖެއެވެ. އެކީ ހަލާކުގެ ތުންފަތްމަތީގައި ވަނިކޮށް އައު ހިންގުންތެރިކަމެއް ލިބުމުގެ ނަޞީބު މެދުވެރިވުމުގެ ސަބަބުން، ކާމިޔާބު ފައިދާ ލިބޭ މުއައްސަސާތަކެއްކަމުގައިވި އެތައް މުއައްސަސާއެއް އަޅުގަނޑުމެންނަށް އެނގެއެވެ. އެހެންކަމުން ރަނގަޅު ކުރުމުގެ މަގު ވަނީހުޅުވާލެވިފައެވެ. އެހެންނަމަވެސް ބަދަލެއްނެތި އެއްވެސް ކަމެއްނުވާނެއެވެ.

ށ. އަހަރެމެންނަށް މާޔޫސްކަމާއި ނާއުންމީދު އިޙުސާސްކުރެވޭ ހިނދުގައިމާތް ﷲ އާމެދުގައި އޮންނަ ގުޅުން އާކުރަމާ ބަހީއެވެ. އެގުޅުން ރަނގަޅުކުރުމުގެ ގޮތުން އެކަލާނގެއާ ކުއްތަން ކުރުވަނިވި ޢަމަލުތަކާއި ހެޔޮކަންކަން ކުރުން ގިނަކުރާނީއެވެ. އަދި އެކަލާނގެއާމެދު ހެޔޮކޮށްވިސްނައި، އެކަލާނގެއަށް އެންމެހައި ކަމެއް ދޫކޮށްލާނީއެވެ. އެހެނީ ރޫޙާނީ ބަނގުރޫޓުވުމަކީ އެކަމުގެ ސަބަބުން މުސްލިމާ އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވައްޓާލާކަމެއްކަން ސާބިތުވެފައިވެއެވެ. އަދި އެކަމުގެ ސަބަބުންއޭނާއަށް ނުކުޅެދުންތެރިކަމުގެ އިޙުސާސްކުރުވައެވެ.

ނ. އަޅުގަނޑުމެންކުރެ ކޮންމެ މީހަކުވެސް ޔަޤީންކުރަންވީ ކޮންމެ މީހަކަށްވެސް ކުރިއަށްގޮސް ކުރާކަންކަން އިތުރަށް ރަނގަޅުކުރުމުގެ ފުރުޞަތު އެބައޮތްކަމެވެ. އެންމެ ދަތި އުދަގޫ ޙާލަތްތަކުގައި ވީނަމަވަސްމެއެވެ. ކަންކަން ރަނގަޅުކުރުމުގެ ކުޅަދާނަކަން އަޅުގަނޑުމެން ކިބައިގައި އެބަ އޮތެވެ. އެހެންނަމަވެސް އެއީ ކަމެއް ނުވަތަ އެއްޗެއް އޮތުން، ކަމެއް ނުވަތަ އެއްޗެއް ނެތުމަށްވުރެ ރަނގަޅުކަމާއި ކޮންމެވެސް ދޮރެއް ހުޅުވުމަކާ ނުލައި އެއްވެސް ދޮރެއް ބަންދުނުވާނެކަން ޔަޤީންކޮށް ޤަބޫލުކުރުމުގެ ޝަރުޠުފުރިހަމަކުރީމައެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ކިބައިގައިވާ ތަރުބަވީ އަދި ސަޤާފީ އުނިކަމުގެ ސަބަބުން ބަންދުވީ ދޮރާމެދުގައި މަޝްޣޫލުވެވި، ހުޅުވުނު ދޮރު ނުވެސްފެނި ހިނގައިދެއެވެ.

ރ. އެކަކީވެސް ބަލިކަށި މީހެއް ނޫނެވެ. އެހެންނަމަވެސް އެމީހެއްގެ ބާރުގެ ނުކުތާތައް ނޭނގޭ މީހަކު ހުރެދާނެއެވެ. މިއީ ފޮރުވުމެއް ނެތް ޙަޤީޤަތެކެވެ. އަޅުގަނޑުމެން ތެރެއިން ކޮންމެ މީހެއްގެ މައްޗަށް ލާޒިމުވެގެންވަނީ އެމީހެއްގެ ކިބައިގައި ހުރި ވަރުގަދަ ނުކުތާތައް ދެނެގަނެ، އެނުކުތާތައް އިތުރަށް ބާރުގަދަކޮށް ކުރިއެރުވުމެވެ. އެކަންކަމަށް އަހަންމިއްޔަތުކަން ދިނުމާއި، އެކަންކަމުން ފައިދާލިބިގަތުމަށް މަސައްކަތްކުރުމެވެ. އެހައިރުން އޭނާގެ ޙާލަތަށް ހައިރާންކުރުވަނިވި ކުރިއެރުމެއް އަންނަތަން ފެންނާނެއެވެ.

ބ. އިންސާނާއަކީ އޭނާގެ ފިކުރުތަކުގެ ނަތީޖާއެކެވެ. އޭނާގެ ތަޞައްވުރުތައް ތަނަވަސްވީ މިންވަރަކަށް، އޭނާގެ ފިކުރުތައް ފުރިހަމަވެ، ކަވިވެގެންއައުދެއެވެ. އަދި އެކަމުގެ ސަބަބުން ތަނަވަސްގޮތެއްގައި ކަންކަން ރަނގަޅުކުރުމަށް މަގު ފަހިވެއެވެ. އަދި ތިމާއަކީ ބަލިކަށި، ނުކުޅެދުންތެރި މީހެއްކަމުގައި، އަދި އޭނާގެ ކުރިމަތީގައިވަނީ ދަތިކަމާއި އުދަގުލާއި ތޮއްޖެހުންކަމުގައި ޤަބޫލުކޮށްފިނަމަ، ދިރިއުޅުމުގައި ކާމިޔާބު ހޯދުމަށްނުކުޅެދެއެވެ. މިކަމުގެ ސަބަބުން އޭނާއަށް ކުރެވޭނެ ކަމެއް ނެތްކަމަށާއި،ހަތަރު އުދަރެސް ފެނުޖެހިފައިވާކަމުގައި އިޙުސާސްކުރެވެއެވެ.

ޅ. ކޮންމެ މީހެއްގެ މައްޗަށްވެސް ލާޒިމުވެގެންވަނީ އަހިވަކަކާޖެހި އަހިވަކެއްފާވާނެކަމާމެދު، ސަމާލުވުމެވެ. އަޅުގަނޑުމެންގެ މައްޗަށް އޮތީމާޔޫސްކަމާއި ނާއުންމީދުވެފައިވާ މީހުންނާއި އަލިކަމެއްނެތް ތަޞައްވުރުތަކުގެ އަހުލުވެރިންނާ ދުރުވުމެވެ. އަދި ކާމިޔާބު މީހުންގެ ދުނިޔެއަށް ވަންނަންޖެހެއެވެ. އެއީ އެމީހުން ކިބައިން ނަފާލިބިގަތުމަށެވެ. އެމީހުންގެ ކާމިޔާބީގެ ސިއްރުތައް ރަނގަޅަށް ދަނެގަތުމަށެވެ. އިހުގައި އަދި ފަހުގައިވެސް، ހުރިހާކަމެއްގައި ފަހުގެ ބާރުލިބިވޮޑިގެންވަނީ ކަށަކުޅަދުންވަންތަ މާތްﷲއަށެވެ.

ނޯޓު: މިލިޔުމުގެ އަޞްލު ސުރުޚީއަކީ الإنكسارمن الداخلމާނައަކީ އެތެރެއިންހަލާކުވުން މިހެނެވެ.  ދިވެހި ބަހަށް ތަރުޖަމާކުރުމުގައި ރީތިކުރުމަށް ސުރުޚީ މަތީގައިވާ ގޮތަށް ބަދަލުކުރީއެވެ. ލިޔުމުގެ އަޞްލު ލިޔުއްވީ ޑރ.ޢަބްދުލްކަރީމް ބައްކާރެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.