މަދުރަސީ
އެތެރެ ހާވިޔާވުން!
- ތަރުޖަމާ:ޝިފްޒާން އަޙްމަދު
- 10 އޯގަސްޓު 2011
މާތްﷲ ދުނިޔެ އުފައްދަވައި އެދުނިޔެއަކީ ޚިޔާރުކުރުމާއި، އިމްތިޙާނުކުރެއްވުމުގެ މައިދާން ކަމުގައި ކަނޑައެޅުއްވިއެވެ. އަދި އެދުނިޔޭގައި އިމްތިޙާނަކަށް ބޭނުންވާނެ ހުރިހާ ސިފަތަކެއް ފުރިހަމައަށް ލެއްވިއެވެ. މިސަބަބަށްޓަކައި އަޅުގަނޑުމެންނަށް އަބަދުމެ، ދަތިކާއި ބުރަތަކުގެ ތެރޭގައި އުޅެންޖެހެއެވެ.
ކިޔަވާ ކުދީންގެ މުޤައްރަރުގައި މަދުވަނީ ކޮންއެއްޗެއް؟
- މުޙައްމަދު ޢުމަރު
- 23 އޯގަސްޓު 2007
ޖުލައި 2007 ވަނަ ދުވަހުގެ ހަވީރު ނޫހުގައި އޮތް ސުރުޚީތަކުގެ ތެރެއިން އަޅުގަނޑުގެ ލޮލުގައި އެންމެ އަޅައިގަތް ސުރުޚީއަކީ، 'ކިޔަވާ ކުދިންގެ މުޤައްރަރު ތައްޔާރުކުރާ ފަރާތްތައް އިންސާނީ ހައްޤުތަކަށް ހޭލުންތެރިކުރުވުމުގެ ބައްދަލުވުމެއް ފަށައިފި' މި ސުރުޚީއެވެ. ސަބަބުތަކެއް ނެތި އެއް ނޫނެވެ. ފުރަތަމަ ކަމަކީ، އެ ބައްދަލުވުމުގެ މަޤްޞަދެވެ. ބައްދަލުވުމުގެ ބޭނުމެއް ކަމަށް ވަނީ، މުޤައްރަރު ހަދާ ފަރާތްތަކަށް އިންސާނީ ޙައްޤުތަކާއި ޑިމޮކްރަސީ އާއި ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީ ކިޔަވާކުދީންނަށް ތަޢުލީމީ ނިޠާމުގެ ތެރެއިން އެކަމާބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭނެ ގޮތްތަކެއް އެކަށައެޅުމަށްޓަކައި މުޤައްރަރު ތައްޔާރު ކުރާ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމެވެ.
ރަނގަޅު ނަތީޖާ ނެރެވުމުގެ އަސްލު: ޝައުޤު އުފެއްދުމާއި ދެމެހެއްޓުން
- މުޙައްމަދުޢަލީ
- 14 އޯގަސްޓު 2007
ކޮންމެ މީހެއްގެ މޫނުމަތީން ހިނިތުންވުމާއި ހިތް ހަމަޖެހުމުގެ ކުލަވަރު މި ފެންނަނީ ކީއްވެ ބާވައެވެ؟ ސްކޫލް ބަންދު ނޫން ދުވަހެއްގައި، ކިޔެވުމުގެ ބަދަލުގައި، ކުދީން ނުކުމެ ސްކޫލްތެރޭގައި އޮތް މަސައްކަތެއްގައި ބައިވެރިވުމުން ލިބެނީ ކޮން ފައިދާއެއް ބާވައެވެ؟ މަސައްކަތް އޮންނަ ދުވަހެއްގައި، ވިޔަފާރިއެއްގައި މަސައްކަތްކުރާ ބަޔަކު، ސްކޫލެއްގައިއޮތް މަސައްކަތެއްގައި ބައިވެރި ކުރުވުމުން، ވިޔަފާރިކުންފުންޏަށް ވަނީ ކޮން ފައިދާއެއްބާވައެވެ؟
އިސްވެދިޔަ ހުރިހައި ސުވާލުތަކެއްގެ ޖަވާބަކީ "މޯޓިވޭޝަން" އެވެ.
އިނގިރޭސި ބަސް ދަސްކުރުމަށް ޢަމަލީގޮތުން އަމިއްލަޔަށް ކުރެވިދާނެ ބައެއް ކަންތައް
- މުޙައްމަދު ޢުމަރު
- 28 ޖޫން 2007
އިނގިރޭސި ބަހަކީ، މިވަގުތު ދުނިޔޭގައި އޮތް، ބައިނަލްއަޤްވާމީ ގޮތުން އެންމެ ނުފޫޒުގަދަ ބަހެވެ. ސައިންސާއި ޓެކްނޮލޮޖީ، މަތީ ތަޢުލީމު، ވިޔަފާރި އާއި އިޤްތިޞާދު، ދަތުރު ފަތުރާއި މުވާސަލާތު، ޚަބަރު ފަތުރާ ވަޞީލަތްތަކާއި އިންޓަނެޓް، މުނިފޫހި ފިލުވުމުގެ ދާއިރާ، މިޔުޒިކާއި ލަވަ، އަދި ބައިނަލްއަޤްވާމީ ގުޅުންތަކާއި ސިޔާސީ މަސްރަޙުވެސް މިޒަމާނަށް އައިއިރު ބައްޓަން ވެފައި މިވަނީ އިނގިރޭސި ބަހުގެ ތަރަހައިގެ މައްޗަށެވެ. މިސަބަބަށްޓަކައި، އިނގިރޭސި ބަސް ވެފައި މިވަނީ، 'ބައިނަލްއަޤްޥާމީ ބަހެއް' International language)) ކަމުގައެވެ.
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.
- ޢަލީ އިސްމާޢީލް
- 19 ޖޫން 2007
ރާއްޖެގެ ސްކޫލް މަދަރުސާތަކުގައި ''ތޮޅުން'' (ނުވަތަ އިގިރޭސިބަހުން ކިޔާގޮތަށް ނަމަ ބުލީންގ-Bullying) އެއީ ހިނގާ ކަމެކެވެ. މިކަން ގޮސްފައި އޮތް ހިސާބު ނޫސްތައް ބަލާލުމުން ވަރަށް ރީއްޗަށް އެ އޮތީ ފެންނާށެވެ. ކަމަކީ ކިތަންމެ ސީރިޔަސް މައްސަލައަކަށް ވީނަމަވެސް ރާއްޖޭގައި މި މައްސަލަ މިނެ ވަޒަންކޮށް ހައްލު ހޯދުމަށް ރަސްމީ ސިފައެއްގައި ދިރާސާއެއް ކޮށްފައި އޮތްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ވީމާ، މި މައްސަލައިގެ ޚުޠޫރަތްތެރިކަން ސްކޫލް މަދަރުސާތަކުގައި ކިތަންމެ ބޮޑުވެފައި އޮތްކަމަށް ވިޔަސް، އެންމެ ޢާއްމު ތޮޅުމުގެ ވައްތަރުތަކާއި ޢުމުރުފުރާތައް ފަދަ މަޢުލޫމާތު ކަނޑައަޅައި ދަންނަވާކަށް ނޭގެއެވެ.
ކިޔެވުމުގައި ރަގަޅީ ވާދަކުރުންތަ؟ ނޫނީ އެއްބާރުލުންތަ؟
- މުޙައްމަދު ޢުމަރު
- 10 ޖޫން 2007
އިންސާނާގެ ޠަބީޢަތުގައި ވާގޮތުން، ކަންކަމުގައި އެކަކު އަނެކަކާ ވާދަކޮށް ކުރިހޯދުމަށް މަސައްކަތް ކުރުމަކީ، ޢާއްމުކަމެކެވެ. އެއީ، ދިރިއުޅުމުގެ ތަފާތު މައިދާންތަކުގައި، އެކިމީހުން އެކިބީދައިން އެކިމިންވަރަށް ކޮން އުޅޭ ކަމެކެވެ. ނަމަވެސް، ވާދަކުރުމަކީ، ނުވަތަ 'ކޮމްޕެޓިޝަން' އަކީ، ކޮންމެ ފަހަރަކު، އަދި ކޮންމެ ޙާލަތަކު ކާމިޔާބު ކަމަކަށް ނުވެއެވެ. އަދި، ގިނަ ފަހަރު، މިގޮތުން ވާދަކުރެވޭކުރުން ބަދަލުވެގެން ދަނީ، ބިނާކުރަނިވި ކަމަކަށް ވުރެ ފަނާކުރަނިވި ކަމަކަށެވެ.
ފުރިހަމަ ތަޢުލީމީ ނިޡާމެއް ބިނާވެފައި އޮންނަންޖެހޭނެ އަސާސްތައް
- މުޙައްމަދު ޢުމަރު
- 25 މޭ 2007
މިހާރަކަށް އައިސް، އެންމެ އާޢްމުކޮށް ނޫސް މަޖައްލާތަކުގެ ފަލަ ސުރުޚީގައި އޮންނަ އެއް މައުޟޫޢުއަކީ، ތަޢުލީމީ ދާއިރާގެ މައްސަލަތަކުގެ ވާހަކައެވެ. މައްސަލަތަކުގެ ގިނަވާހަކައެވެ. މައްސަލަތަކުގެ ސީރިއަސްކަން ބޮޑުވާހަކައެވެ. އަދި، ބައެއްފަހަރު، ނަމަވެސް މަދުފަހަރަކު، ކަމުގެ އަސްލާއިމެދުވެސް (ލިޔުންތެރިޔާއަށް ފެންނަ ގޮތެއްގެ މައްޗަށް ބިނާކޮށް) އަލި އަޅުވާލެވިފައިވާތަން ފެނެއެވެ. ނަމަވެސް، އަޅުގަނޑު ހިތުން، ކަމުގެ އަސްލު ހޯދުމަށް އަދިވެސް، މިޒަމާނުގެ 'ރިސާރޗް މެތަޑް' ބޭނުންކޮށްގެން މާބޮޑު، އެދެވޭ މަސައްކަތެއް ކުރެވިފައެއް ނުވެއެވެ.













