ބުދަ, 22 ފެބްރުއަރީ 2012

އާކުރެވުނީ:10:52:00 PM GMT

: ޢިލްމު

ޢިލްމު

ކިޔުންތެރިއަކަށް ވުމަށްޓަކައި...!

kiyunterikahކިޔާ ގަޑީގައި ވަރަށް މުހިންމު ކަމެއް ދިމާވެގެން މެނުވީ ކިޔުން މެދުކަނޑާލައިގެން ނުވާނެއެވެ. އަދި ކިޔަމުންދާއިރުގައި ހިތުގައި އުފެދޭ ސުވާލުތައް ނޯޓުކުރެވެންވާނެއެވެ. ކިޔާ ނިމުމުން ނޯޓުކުރެވުނު ސުވާލުތަކުގެ ޖަވާބު ފެނޭތޯ ހަމަ އެލިޔުން އަލުން ބަލާލަންވާނެއެވެ. އެނޫނީ އެހެން ފޮތަކުން ނަމަވެސް ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ހޯދަން މަސައްކަތްކުރަންވާނެއެވެ. ސުވާލަކީ އުފެއްދުންތެރިކަމުގެ ތަޅުދަނޑިއެވެ. އުފެއްދުންތެރިކަން ކުރިއަރުވަން އެދޭ މީހާ އަބަދުވެސް "ކޮން އެއްޗެއް؟، ކީއްވެ؟، ކިހިނެއް؟، ކޮންއިރަކު؟، ކޮބައި؟، އެހެންނަމަ؟، ހޭ؟" މި ފަދަ ސުވާލުތަކުގެ ޖަވާބު ލިބުން އެދިގެން މަސައްކަތްކުރަންވާނެއެވެ.

ޤާނޫނު އަސާސީ

Constitutional Lawދިވެހިރާއްޖޭގެ ކޯޓުތަކުގެ އިޚުތިޞާޞުގެ އެންމެ މުހިއްމު ބަޔަކީ ޤާނޫނުތަކުގެ ދުސްތޫރިއްޔަތު ކަނޑައެޅުމެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީތަކުގެ ތެރެއިން 2008ވަނަ އަހަރު ތަޞްދީޤުކުރެވުނު ޤާނޫނު އަސާސީއަކީ އެންމެ ފުރަތަމަ ފަހަރަށް އެފަދައިން ޤާނޫނުގެ ދުސްތޫރިއްޔަތު ކަށަވަރުކުރުމުގެ ވާހަކަ ބަޔާންކުރާ ދުސްތޫރެވެ. މިހާރު ރައްޔިތުން މަޖިލީހުން ހަދާ ހުރިހާ ޤާނޫނުތަކާއި އެޤާނޫނުތަކުން ބާރު ލިބިގެން ހަދާ ހުރިހާ ޤަވާޢިދުތަކެއް ވާންވާނީ ޤާނޫނު އަސާސީން ދުސްތޫރިއްޔަތު ލިބޭ ޤާނޫނުތަކެއް އަދި ޤަވާޢިދުތަކެއް ކަމުގައެވެ. އެކަން ޔަޤީންކުރާނީ ކޯޓުންނެވެ.

އެތެރެ ހާވިޔާވުން!

eterehaaviyaaމާތްﷲ ދުނިޔެ އުފައްދަވައި އެދުނިޔެއަކީ ޚިޔާރުކުރުމާއި، އިމްތިޙާނުކުރެއްވުމުގެ މައިދާން ކަމުގައި ކަނޑައެޅުއްވިއެވެ. އަދި އެދުނިޔޭގައި އިމްތިޙާނަކަށް ބޭނުންވާނެ ހުރިހާ ސިފަތަކެއް ފުރިހަމައަށް ލެއްވިއެވެ. މިސަބަބަށްޓަކައި އަޅުގަނޑުމެންނަށް އަބަދުމެ، ދަތިކާއި ބުރަތަކުގެ ތެރޭގައި އުޅެންޖެހެއެވެ.

ހިނިތުންވުން ޞަދަގާތަކަށް ވަނީ ކީއްވެ؟

hinithunvunހިނިތުންވުމަކީ އެކެއްގެ މޫނުން އަނެކެއްގެ މޫނަށް "ވާރުތަވާ" ކަމެކެވެ. ތިބާ މީހެއްގެ ކުރިމަތީ ހިނިތުންވުން ތަކުރާރުކުރަނީ ނަމަ އޭނާ ވެސް ހިނިތުން ނުވެއެއް ނުހުންނާނެއެވެ. އޭރުން ފެންނާނީ އޭނާގެ ހަށިގަނޑުގެ އެންމެހާ ހިސާބަކުން ތިބާއަށް މަރުހަބާކިޔަމުންދާ ރީތި މަންޒަރެވެ.

އޭރަލް ކަނޑު: މިހާރު މުޞީބާތުގެ ކަނޑެއް

aral-javvee-foto
އޭރަލް ކަނޑަކީ އެއްދުވަސް ވަރެއްގައި މަސްވެރިންނާއި ބޮޑެތި އާގުބޯޓް ފަހަރު ދަތުރުކުރި ވަރަށް ފުން، ދަތުރުފަތުރުގެ ކާރޫބާރޫ ބޮޑު ކަނޑެކެވެ. ނަމަވެސް މިއަދު އޭރަލް ކަނޑުވަނީ  އެތަނުގެ ކުރީގެ ސައިޒަށްވުރެ، ނުވަދިހަ ޕަސެންޓު ކުޑަވެފައެވެ. މިހެން ވާން ދިމާވީ ކަނޑު، އެއްގަމަށް ބަދަލުވުމުންނެވެ. ކަނޑުގެ ބޮޑުބައެއް ހިކުމުގެ ސަބަބުން، މުޅި ކަނޑު މިއަދު ބަދަލުވެފައިވަނީ ސަހަރާއަކަށެވެ. ކަނޑުގައި އަޅާފައި ހުރި އާގުބޯޓްފަހަރު މިއަދު އެހުރީ ވީރާނާވުމަށް އެއްގަމުގައެވެ. މަސްވެރިންނާއި އާގުބޯޓްފަހަރު އަވަދިނެތި ހަރަކާތްތެރިވި ކަނޑުގައި އެހުރީ ވިނަ ގަސްތައްފަޅާފައެވެ. މަސްމަހާމެހީގެ ބަދަލުގައި ކަނޑުގައި ދުވަނީ ޖަމަލުފަދަ ސަހަރާގައި އުޅޭ އެއްގަމު ޖަނަވާރެވެ.

އަނެކާގެ ޝަޚްސިއްޔަތު ދެނެގަތުން

anekaage-shahsiyyatމީހުންނާ އޮންނަ ގުޅުންތައް ހަރުދަނާ ކުރުމާއި، މީހުންނާއި ގުޅިގެން އުޅުމާއި، އެކުއުޅުމާއި، އެކުވެއުޅުމުގެ ފަސޭހައަށްޓަކައި މީހުންގެ ތަފާތުތައް ގަބޫލުކުރުމާއެކު، އެ ތަފާތާއި މުޢާމަލާތުކުރަން އެނގުމީ އެއްމެ ބޭނުންތެރި ކަންތަކެވެ. ކޮންމެ މީހަކާ ވެސް ގުޅޭ ގޮތަށް އެމީހަކާ މުޢާމަލާތުކުރުމަށްޓަކައި އެންމެ ފުރަތަމައަށް ދެނެގަންނަންޖެހެނީ އެމީހެއްގެ ޝަޚުސިއްޔަތެވެ. މި ގޮތުން އިންސާނުންގެ ވައްތަރުތައް ދެނެގަތުމަށްޓަކައި ނަފުސާނީ ޢިލްމުވެރިން ތަފާތު ނަޒަރިއްޔާތަކާއި ގޮތްތައް ހާމަކުރައްވާފައިވެއެވެ. މި މަޒުމޫނުގައި ގެނެސްދޭނީ އޭގެ ތެރެއިން އެއް ނަޒަރިއްޔާއެވެ.

ކަޢުބާ ހުރި ފަރާތް ހޯދިދާނެ 2 ދުވަސް

qibla-hoadhun1

  ސައިންސްވެރިން ދެކޭ ގޮތުގައި ފާހަގަ ކުރެވޭ ބަދަލު ތަކެއް އަންނާނީ ވަރަށް ދިގު ޒަމާންތަކެއްގެ ތެރޭގައި ކަމުން، ޒަމާންތަކެއްވަންދެން ނުވަތަ ބަދަލުތަކެއް އައިސްފިކަން ފާހަގަ ކުރެވެންދެން، ކޮންމެ އަހަރަކުވެސް 28 މޭ  ގައި މެންދުރު ފަހު    2 ގަޑި 18 ވާ އިރު  އާއި، 16 ޖުލައި  ގައި  މެންދުރު ފަހު    2 ގަޑި 26 ވާ އިރު، އިރު ހުރި ފަރާތަށް ކުރިމަތި ލުމުން ކަޢުބާ ހުރި ފަރާތަށް ކުރިމަތިލެވޭނެއެވެ. ވީމާ މި 2 ދުވަހު މެންދުރުފަހު މިވަގުތުތަކުގައި އިރު ހުރި ފަރާތަކީ ތިމާ ނަމާދު ކުރަން ކުރިމަތިލާ ފަރާތްތޯ، ނުވަތަ ތިމާ ނަމާދު ކުރާ މިސްކިތް ބިނާ ކުރެވިފައި ހުންނަނީ މިވަގުތު ތަކުގައި އިރު ހުރި ފަރާތަށް ކުރިމަތިވާ ގޮތަށްތޯ، ޔަޤީންކޮށްލެވިދާނެއެވެ.

ޕްލެނެޓްތަކާއި އިރާ ހުރި ދުރުމިން ހަނދާނުގައި ބެހެއްޓިދާނެ ގޮތެއް

planet-dhurumin-hadhaankurunއިރުގެ ނިޡާމުގައި ހިމެނޭ ޕްލެނެޓް ތަކާއި އިރާ ހުންނަ ދުރުމިން އަހަރު ތެރޭގައި ބަދަލުވަމުންދާތީވެ، އާންމުކޮށް އެ ދުރުމިނުގެ ގޮތުގައި މާނަ ކުރެވެނީ އަހަރު ތެރޭގައި ހުންނަ އެވްރެޖް ދުރުމިނެވެ. މިޕްލެނެޓް ތަކާއި އޭގެ ތަރުތީބު މިއަދު ސްކޫލުތަކުން ނިމޭ ދަރިވަރުންގެ ހިތުގައި ވަރަށް ގިނަފަހަރަށް ހުރި ނަމަވެސް އިރާއި އެއިން ކޮންމެ ޕްލެނެޓަކާ ހުންނަ ދުރުމިން ހަނދާނުގައި ބެހެއްޓުމަކީ ގިނަމީހުންނަށް ފަސޭހަކަމަކަށް ނުވެދާނެއެވެ. ނަމަވެސް މީގެ 238 ވަރަކަށް އަހަރު ކުރިން 1772 ވަނަ އަހަރު ޖަރުމަނު ގެ ޖޯހަން އެލާޓްބޯޑް ލިޔުއްވި ޤާނޫނަކީ މިދުރުމިންތައް (ގާތްކުރާ މިނަކަށް) ހޯދާލެވޭ، ހަނދާނު ގައި ބަހައްޓަން ފަސޭހަ ޤާނޫނެއްކަމަށްފެނެއެވެ.

'އާ އުދަރެސް' ގެ ދަތުރު ދެބައިވެއްޖެ

19NASA-New-Horizons ޖެނުއަރީ 2006 ވަނަ އަހަރު ޕުލުޓޯ އާއި ކައިރިއަށް ދިއުމުގެ ދަތުރު ފެށި، ނިވް ހޮރައިޒޯން (ނުވަތަ އާ އުދަރެސް) ގެ ނަމުން ނަން ދެވުނު އުޅަނދު މިހާރު ދަތުރު ދެބައިކޮށްފިކަމަށް، ނާސާއިން ހާމަކޮށްފިއެވެ. ސިކުންތަކު 16 ކިލޯ މީޓަރަށް ވުރެ ބާރު ސްޕީޑެއްގައި ބިމުން ދަތުރު ފެށި މިއުޅަނދު 2015 ވަނަ އަހަރު ޕްލުޓޯއާއި ކާރި ވަމުންދާ ވަގުތު ހިނދު ކޮޅެއްވެސް ނަގާލާން ބޭނުން ނުވާކަމަށާއި މިވަގުތު ހުރިހާ އިންސްޓްރޫމެންޓްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލަމުންދާ ކަމަށް ޕްރޮޖެކްޓްގެ ސައިންޓިސްޓް ހަލްވީވަރ ވިދާޅުވިއެވެ. މި އުޅަނދު ހޭދަ ކުރިވަގުތާއި ބާކީ ހުރި ވަގުތު ބަލާލުމަށް ތިރީގައިވާ ލިންކަށް ފިތާލައްވާށެވެ.

ޞަފްޙާ 1 ގެ 6

.

 

 

.