Back ކަވާސާ ބޭނުންކުރުމުގެ އެއްބަސްވުން

ކަވާސާ.ކޮމް ބޭނުން ކުރުމުގެ އެއްބަސްވުން

ކަވާސާ.ކޮމް ތިޔަ ބޭނުންކުރެވެނީ އަންނަނިވި ޝަރުތުތަކަށް އެއްބަސްވެގެންނެވެ. މިޝަރުތުތައް ޤަބޫލުނުކުރާނަމަ، ސައިޓްގެ ބޭނުން ތިޔަކުރެވެނީ އަޅުގަނޑުމެންގެ ހުއްދައާއި ނުލައެވެ. މިއެއްބަސްވުމާއި ޚިލާފަށް ސައިޓްގެ ބޭނުންކޮށްގެން ލިބޭއެއްވެސް ގެއްލުމަކަށް ކަވާސާ.ކޮމް އިން ޒިއްމާއެއް ނުވާނެއެވެ.

ޝަރުތުތައް

1- އަޅުގަނޑު( ސައިޓް ބޭނުންކުރާ ފަރާތް ) ކަވާސާ.ކޮމް މި ބޭނުންކުރަނީ ޤާނޫނީގޮތުން ހުއްދަކަންތައްތަކުގައެވެ.

2-އަޅުގަނޑު މިސައިޓް މެދުވެރިކޮށް އެހެންފަރާތަކަށް ގެއްލުމެއްލިބިދާނެ، ކަމެއް ކުރުމުން މަނާވަމެވެ.

3- އަޅުގަނޑު މިސައިޓްގައިވާ އެއްވެސް މާއްދާއެއް، އަމިއްލަބޭނުމެއްގައި މެނުވީ ބޭނުމެއް ނުކުރާނަމެވެ.

4- ވިޔަފާރީގެ ގޮތުގައި، މިސައިޓްގައިވާ އެއްވެސް މާއްދާއެއް، ސައިޓްގެ ހުއްދައާއި ނުލައި އަޅުގަނޑު ބޭނުމެއް ނުކުރާނަމެވެ.

5- މިސައިޓްގައިވާ މާއްދާއެއް، އަމިއްލަބޭނުމެއް ކުރުމަށް ނުވަތަ އެހެން ފަރާތަކަށް ފޯރުކޮށްދޭއިރު، އެމާއްދާއެއްގެ އަޞްލަށް އެއްވެސްކަހަލަ އުނިއިތުރެއް ނުގެންނާނަމެވެ. އަދި އެއީ ކަވާސާއިން ނަގާފައިވާ އެއްޗެއްކަން ވަންހަނާ ނުކުރާނަމެވެ.