ބުދަ, 22 ފެބްރުއަރީ 2012

އާކުރެވުނީ:10:52:00 PM GMT

: ދީނާއިދުނިޔެ

ދީނާއިދުނިޔެ

މާލިކީ މަޒުހަބު

maaliki 1

މިލިއުމުގައި: - މަޒުހަބުގެ މުއައްސިސްގެ ތައާރަފް

         - ޢިލްމު އުނގެނިވަޑައިގަންނަވަން ފެއްޓެވުން

         - އެކަލޭގެފާނުގެ ޝައިޚުން

ޔޫސުފް އަލްޤަރަޟާވީ (3)

Qaradawi03އިސްލާމީ ދުނިޔޭގައި އެތައް ހާސް ދީނީ ޢިލްމުވެރިންކާއި، އެތައް މުފައްކިރުންނެއް އުޅެއެވެ. ނަމަވެސް އެއްވެސް ސަރުކާރެއްގެ ރަސްމީ ބޮޑު މަޤާމެއް ނުފުރުއްވާ ޤަރަޟާވީ ފަދަ ޢިލްމުވެރިއެއްގެ މަޝްހޫރުކަން ބޮޑުވެ، ގިނަ ޢަދަދެއްގެ މުސްލިމުންގެ ތެރޭގައި ޤަރަޟާވީ މަޤުބޫލުވެފައިވަނީ ކީއްވެތޯ އެއީ އުފެދޭނެ ސުވާލެކެވެ. އިސްލާމީ އުއްމަތުގެ ޙާލަތާއި ޢިލްމުވެރިންގެ ކަންތައްތައް ދިރާސާކުރައްވާ ބޭފުޅުން އެކަމުގެ ސަބަބެއް ކަމަށް އަންނަނިވި ކަންކަން ފާހަގަ ކުރެއެވެ.

ޙަނަފީ މަޒުހަބު: މަޒުހަބު ފެތުރިގެންދިއުން

hanafy 6ޙަނަފީ މަޒުހަބު އުފެދިގެން އައީ ކޫފާގައެވެ. އެއަށްފަހު އެ މަޒުހަބު ބަޣުދާދުގައި ވަރަށް ބޮޑަށް ދިރާސާކުރެވިގެން ދިޔައެވެ. އަދި އެޔަށްފަހު އިސްލާމީ ވަރަށް ގިނަ ރަށްރަށަށް ފެތުރިގެންދިޔައެވެ.

ޔޫސުފް އަލްޤަރަޟާވީ (2)

Qaradawi02އެހެންވެ ޝެއިޚް ބިން ބާޒު ޝެއިޚް ޤަރަޟާވީ އެފޮތުގައި ގެންނަވާފައިވާ ބައެއް ރައުޔުފުޅުތަކުން ރުޖޫޢަވެވަޑައިގެންދެއްވުން އެދި ސިޓީފުޅެއް ފޮނުއްވިއެވެ. ޝެއިޚް ޤަރަޟާވީ އޭގެ ޖަވާބުގައި ފޮނުއްވި ސިޓީގައި ލިޔުއްވާފައިވެއެވެ. އެމީހެއްގެ އިޖުތިހާދަށް ބުރަވާ ގޮތަށް މެނުވީ ﷲ ގެ ދީނަށް އުޅުމާއި އެމީހަކު ލޯބިވާ މީހަކަށްޓަކައި ތިމާއަށް ޙައްޤުކަމުގައި ފެނުން ގޮތް ދޫކޮށްލުމަކީ އިންސާނާއަށް ލިބިފައިވާ ޙައްޤެއް ކަމުގައި ވީ ނަމަ، އެމީހަކަށްޓަކައި އަހަރެންގެ އިޖުތިހާދު ދޫކޮށްލާނެ އެންމެ ފުރަތަމަ ބޭފުޅަކީ ތިޔަ ލޮބުވެތި ޝެއިޚެވެ.

ޙަނަފީ މަޒުހަބު: އެކަލޭގެފާނުގެ ދަރިވަރުން


އަބޫ ޙަނީފާގެ އަރިހުން ވަރަށް ގިނަ ދަރިވަރުންތަކެއް ދަރިވަރުވިއެވެ. މައި މަޒުހަބަށް ނިސްބަތް ނުވާ ބޭކަލުންގެ ޢަދަދުވެސް 40 އަށް އަރައެވެ. އޭގެތެރެއިން މަޝްހޫރު ބައެއް ދަރިވަރުންގެ ކުރު ތަޢާރަފެއް މިތާގައި ގެނެސްދޭނަމެވެ.

ޔޫސުފް އަލްޤަަރަޟާވީ (1)

Qaradawi3އެއީ، މިފަހުގެ ތާރީޚެއްގައި މުސްލިމު އުއްމަތް އެފަދަ ދެވަނައެއް ދެކެފައިނުވާފަދަ ބޮޑު ޢިލްމުވެރިއެކެވެ. އުޞޫލީ މުޖުތަހިދެކެވެ. އުއްމަތަށް ދިރުންގެނުވި މުޖައްދިދެކެވެ. ތަފްސީރާއި ޙަދީޘް ގެ ޢިލްމުވެރިއެކެވެ. އިކޮނޮމިސްޓެކެވެ. ތަރުބަވީ ބައްޕައެކެވެ. ޙައްޤު ބަސް ވިދާޅުވުމުގައި ފަސްނުޖެހޭ ދީނުގެ ދިފާޢުގައި ޖިހާދުކުރައްވާ މުޖާހިދެކެވެ. އަޑުއަހާމީހުންގެ ސިކުނޑިތަކަށް ވިސްނޭ މޭރުމުން ވާހަކަދައްކަވާ، ބުއްދީގެ ހަމަތަކުގެ މަތީ ބަސްމަގު ތަރުތީބު ކުރައްވާ މޮޅު ޚަޠީބެކެވެ. ޙުއްޖަތާއި ޙިކުމަތާއެކު އިސްލާމްދީނަށް ގޮވާލައްވާ ދާޢީއެކެވެ.

ޙަނަފީ މަޒުހަބު: ކުރިމަތިކުރެވުނު ފާޑުކިޔުންތަކާއި އޭގެ ރައްދު

ޢިލްމީ ގޮތުން އަބޫ ޙަނީފާ ހޯއްދަވާފައިވާ މަޝްހޫރުކަމާއި، ޢިލްމީ މަތީ ދަރަޖައިގެ ސަބަބަން ، އެ ކަލޭގެފާނަށްވުރެ ފަހުގެ ކޫފާގެ ބައެއް ފިޤުހުވެރިން އެކަލޭގެފާނަށް ހަސަދަ ލިއެވެ. މި ގޮތުން އެކަލޭގެފާނުގެ ރައުޔުތައް ބިނާވެފައި ހުރީ އަމިއްލަ ޚިޔާލާއި، ހަވާނަފުސުގެ މައްޗަށް ކަމުގައި ބުނެ ވާހަކަތައް ފެތުރިއެވެ.

ތޫނުފިލިކަމުން އެކަންޏަކު ނުފުދެއެވެ.

tooonufilikamunekanyaku nufudeeveކަލެއަކީ ތޫނުފިލި ޔާފުތާއެއް ނޫނީމުއެވެ.
ކިޔެވުން ނިމުންއިރު އޭ ރިޕޯޓެއްގެ ހައްގުވެރިޔެއް ނޫނީމުއެވެ.
ދުވަހަކުވެސް ކިޔެވުމުގައި ހުނަރުވެރި ކުދިންގެ ލިސްޓުގައި ކަލޭގެ ނަން ހިމެނިފައެއް ނުވޭ ނޫންހެއްޔެވެ؟

އެކުވެރިޔާއެވެ. އެއީކީ މައްސަލައެއް ނޫނެވެ. އަހަރެންނަކީ ވެސް ކަލޭ ފަދަ މީހަކީމެވެ.

ބިމުގެ ހަތް ފަށަލަ

bimuge hai fashalaމީގެ އެތައް ސަތޭކަ އަހަރުއްސުރެ ބިމާއި ބެހޭގޮތުން ދުނިޔޭގެ ކަންކޮޅުތަކުގައި އިވެމުންދިޔަ ވާހަކަތަކަކީ އެއްވެސް ކަހަލަ ޢިލްމީ އޮށްޓަރެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫން ކަމަށް ސައިންސްވެރިން ހާމަކުރިއެވެ. މިގޮތަށް ބިމާބެހޭ ޢިލްމުވެރިން އިއްތިފާގުވީ ބިން އުފެދިފައިވާ ގޮތާއި އަދި ބިމުގައި އެކުލެވިގެންވާ ބައިތައް ހޯދައި ދިރާސާކުރަމުންނެވެ.

ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން (3)

deenai siyaasatu03

އަލްޢައްލާމާ މުޙައްމަދު އަލްޚަޟަރު ޙުސައިން، ސިޔާސަތާ ދީން ވަކިކުރުމަށް ބައެއް ލިޔުންތެރިން ގޮވާލާ ގޮވާލުން ސިފަކުރައްވާފައިވަނީ މަގު ފުރެދުމެއްކަމުގައެވެ. މިސިފަކުރެއްވުމަކީ ޝަރުޢީ ގޮތުން ސައްޙަ ސިފަކުރެއްވުމެކެވެ. އެހެނީ މިކަމަކީ އުންމަތުގެ ކަންކަމުގައި އިތުރުކުރެވިފައިވާ އައުކަމެކެވެ. ބިދުޢަކެވެ.

ޙަނަފީ މަޒުހަބު: މަޞްދަރުތައް

hanafeemazhab-masadarutahއިމާމް ޝާފިޢީ ވިދާޅުވެފައި ވެއެވެ. "ފިޤުހުގައި އެންމެހާ ޢިލްމުވެރިންނަކީ ވެސް އަބޫ ޙަނީފާގެ ބެލެނިވެރިކަމާއި އެމަންހަޖު ގެނެސްދިން ހަމަނަހަމައިގެ އެހީ އާއި މަދަދުގެ ދަށުގައި ވާ ބައެކެވެ." އަދި އެކަލޭގެފާނާއި މުނާޤަޝާ ކުރެއްވުމަށްފަހު އިމާމް މާލިކް ވިދާޅުވެފައި ވެއެވެ. "ކަށަވަރުން ވެސް އެއީ ވާ މޮޅުފިޤުހު ޢިލްމުވެރިއެކެވެ." 


އެންމެ ރީތި ވާހަކަ (ހަވަނަ ބައި)

joseph

އާޚިރުގައި އެމީހުން ޔޫސުފްގެފާނުގެ އަރިހުގައި ސަލާން ޖެހިއެވެ. އެމީހުން އެކަލޭގެފާނުގެ ކިބައިން އެމީހުންނަށް ޞަދަޤާތް ކުރުމަށް އެދުނެވެ. މާތް ﷲ ޞަދަޤާތްދޭމީހުންނަށް ހެޔޮ ދަރުމަ ދެއްވާނެކަން ހަނދާންކޮށްދީގެން އެކަލޭގެފާނުގެ ހިތްޕުޅު މަޑުވޭތޯ މަސައްކަތްކުރިއެވެ. އެމީހުންނަށް ދިމާވެފައިވާ މިނާޒުކު ދަނޑިވަޅުގައި ޔޫސުފްގެފާނު އެމީހުންނަށް އެމީހުންގެ ރަށު ބަހުރުވައިން، ހަރުދަނާކަމާއެކު ވިދާޅުވިއެވެ.

އިލާހީ މުޢުޖިޒާތް: މަދިރި

108195254މަދިރީގެ ހަށިގަނޑުގައިވާ އަޖާއިބުތައް ހާމަ ކުރައްވަމުން ޑރ. މުޙައްމަދު ރާތިބުއް ނާބުލުސީ ވިދާޅުވިއެވެ. މައިކްރޮސްކޯޕަކުން ހަތަރުހާސް ގުނަ، ސާޅީސް ހާސް ގުނަ އަދި ހަތަރު ލައްކަ ގުނައަށް މަދިރީގެ ހަށިގަނޑު ބޮޑުކުރުމަށް ފަހު އެނގުނެވެ. އެ ކުޑަކުޑަ މަދިރީގެ ބޮލުގައި ސަތޭކަ ލޯ ހުރެއެވެ. އެސޮރުގެ އަނގައިގައި ސާޅީސް އަށް ދަތް ހުރެއެވެ. މަދިރީގެ މޭގައި ތިން ހިތް ވެއެވެ. މުޅި ހަށިގަޑަށް އެއް ހިތް، އަދި ކޮންމެ ފިޔައަކަށް ހިތެކެވެ. އެ ހިތްތަކުގެ ތެރެއިން ކޮންމެ ހިތެއްގައި ދެ އެޓްރިއަމް (Atrium ) އަދި ދެ ވެންޓްރީކަލް (Ventricle ) ހިމެނެއެވެ. ކޮންމެ ހިތެއްގައި ލޭ ދަމައި ނެރުމަށްޓަކައި އެއް ޕަމްޕު ވެއެވެ.

އެހެން ބައެއް ސޫފާސޫތްޕެކޭ އެއްފަދައިން މަދިރި ވެސް އެއްޗެއްސަށް ބަލައި ހަދައެވެ. އަދި އެއްޗެހިން ވަސްވެސް ބަލައެވެ. ހަމަ އެއާއި އެކު މަދިރި ނޫން އެހެން އެއްވެސް އުދުހި އުޅޭ ސޫތްޕަކަށް ލިބިގެން ނުވާ ވަރަށް އާދަޔާ ޚިލާފު ގާބިލުކަމެއް މަދިރިއަށް ލިބިގެންވެއެވެ.

ޙަނަފީ މަޒުހަބު: އެކަލޭގެފާނުގެ ޝައިޚުން އަދި އުނގަންނަވައިދެއްވުމުގެ މަންހަޖު

hanafiyyat02

އެހެނިހެން ޢިލްމުވެރިންނާއި އިމާމް އަބޫ ޙަނީފާއާއި ހުރި ތަފާތު

ކަންކަން އަވަހަށް ދެނެގަތުމުގެ ބާރު ލިބިވަޑައިގެން ހުންނެވި، މީހުންގެ ވިސްނުމަށް ގަބޫލުކުރެވޭ ގޮތަށް ވާހަކަ ދައްކަވާ، ޙުއްޖަތް ވަރުގަދަ، ވިސްނުން ތޫނު ބޭފުޅަކު ކަމުގައި އަބޫ ޙަނީފާ ވެވަޑައިގެންނެވިއެވެ. މިއީ ޢިލްމުވެރިން އެކަލޭގެފާނަށް ޚާއްޞަ އަހައްމިއްޔަތު ކަމެއް ދެއްވާ މައިގަނޑު އެއް ސަބަބު ކަމުގައި ވިއެވެ.

ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން (2)

deenai-siyaasat02ސިޔާސަތުގެ ތެރެއިން ދީން ނެރެލުމުގެ މާނައަކީ، ސިޔާސަތުގެ ތެރޭގައި ހުރި ހެޔޮކަންކަމަށް ބާރު އަޅާ އެންމެހައި ސިފަތަކާއި ނުބައިކަންކަމުން ދުރުކޮށްދޭ ސިފަތައް ސިޔާސަތުން ބޭރުކޮށްލުމެވެ. ސިޔާސަތާ ދީން ވަކިކުރުމަކީ ތަޤުވާއާއި ކިޔަމަންކަމަށް ފޯރުކޮށްދޭ ސަބަބުތަކުން ސިޔާސަތު އެއްކިބާކުރުމާއި، ނުބައިކަންކަމާއި ފާފަތަކަށް މަގު ފަހިކޮށްދޭ ކަންކަމުގެ ތެރެއަށް ސިޔާސަތު ދޫކޮށްލުމެވެ.

ސިޔާސަތު ދީނާ ގުޅުވައިލުމުން، ރައްޔިތުންގެ ކިބައިގައިވާ އީމާންކަމުގެ ބާރު ނުވަތަ ރޫޙާނީ ބާރު މުޖުތަމަޢަށް ޚިދުމަތްކުރުމުގައި ބޭނުންކުރުމުގެ ފުރުޞަތު ލިބެއެވެ. އެއީ އެތެރޭގެ ސިޔާސަތު، ނުބައިމަގުތަކުން ދުރުކޮށް ހެޔޮމަގަށް އަޅުވައި، ކަސިޔާރުވުމުގެ ބަދަލުގައި ހަމަމަގުގައި ސާބިތުކުރުވައި، ޙަރާމްކަންކަމުން މިންޖުވެފައިވާ ތާހިރުކަމަކަށް މަގުދައްކައެވެ.

އެންމެ ރީތި ވާހަކަ (ފަސްވަނަ ބައި)

qis13އެމީހުން އަނބުރާ އައުމަށް ބާރުއެޅުއްވުމުގެ ގޮތުން އެކަލޭގެފާނު ކަމެއް ރޭއްވެވިއެވެ. އެކަލޭގެފާނު އެކަލޭގެފާނު ގެންގުޅުއްވާ ޚާދިމަކަށް ވިދާޅުވިއެވެ. "އެމީހުން އަގަކަށް ގެނައި މުދާ އެމީހުންގެ ތަކެތީގެ ތެރެޔަށް ލާށެވެ. އެއީ އެމީހުންގެ އަހުލުންގެ ގާތަށް އެނބުރިދާހިނދު، އެކަން އެމީހުންނަށް އެނގުމަށްޓަކައެވެ. އެއީ އެމީހުން ތިމަންކަލޭގެފާނުގެ އަރިހަށް އެނބުރި އާދޭތޯއެވެ." އެކަލޭގެފާނު މިހެން ހެއްދެވުމުގެ ބޭނުމަކީ ގޮވާން ގަތުމަށް ބޭނުންވާ މުދާ ނެތިގެން އެމީހުންނަށް ނައިސް ތިބުމުގެ ޢުޒުރު ނުދެއްވުމެވެ. ކަން ވާނީ އެކަލޭގެފާނު ބޭނުންވެވަޑައިގަންނަވާ ގޮތަށް ބާއެވެ؟

ޙަނަފީ މަޒުހަބު: ފެށުން

އިސްލާމީ ތަޝްރީޢު[1] އުފެދި، ތަރައްޤީ ވެގެން އައި އަމުމަށް ނަޒަރު ހިންގާލައިފިނަމަ،އެތަކެއް ހަރުފަތްތަކެއް ކަނޑައްތުކޮށްފައިވާކަން އެނގި ހާމަވެގެންދާނެއެވެ. މި ދެންނެވި އެކި މަރުޙަލާތަކުގައި، ފިޤުހު ޢިލްމުގައި ފުންނާބު އުސް އެތަކެއް ބޭކަލުންނެއް ވަނީ އުފެދިފައެވެ. އިމާމުންނާއި ބޮޑެތި ފިޤުހު ޢިލްވެރިންތަކެއް ވަނީ އުފެދިގެން ގޮސްފައެވެ.

ފައިލަސޫފުގެ ބިއްލޫރި ގުޅި

failasoofge billooriމުދައްރިސް ގެންނެވި އަނެއް ކޮތަޅުވެސް ނަންގަވައިފިއެވެ. އޭގައި ހުރީ ހިމުން ވެއްޔެވެ. އެ ވެސް އެއްކަލަ ކަންވާރުގެ ތެރެއަށް އަޅުއްވައިފިއެވެ. ބޯޅަތަކާއި ހިލަތަކުގެ ތެރެއިން ގޮސް ވެލިތައްވެސް އޭގެ ޖާގަ ހޯދައި ކަންވާރު ފުރާލައިފިއެވެ. " މިހާރު ކީކޭ ބުނާނީ؟" ހުރިހާކުދިންވެސް ހިނިގަނޑަކާއި އެކު ގުޅި ފުރިއްޖެ ކަމަށް ބުނެފިއެވެ.
އާވި އަރައަރައި ހުރި ކޮފީތަށިން އަނެއްކާވެސް އެތިފޮދެއް ބެއްލެވުމަށްފަހު ބާކީ ހުރިބައި ކުއްލިއަކަށް ގުޅީ ތެރެއަށް އޮއްސާލައްވައިފިއެވެ. ހުރިހައިކުދިންގެ ހިނިގަނޑު ފަޅައިގެން ދިއައެވެ.

ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން (1)

deenai-siaasat01ސިޔާސީއަކު ދީނުގައި ހިފަހައްޓައިފިނަމަ، އޭނާ އެހިފަހައްޓަނީ އިތުބާރުހުރި ބައިވެރިއެއްގައެވެ. އަޚުލާޤީ ބަލިމަޑުކަމުން ދީން އޭނާ ރައްކާތެރިކޮށްދެއެވެ. ނިފާޤުކަމުގެ ކުނިބުނިން ހިމާޔަތްކޮށްދެއެވެ. އޭނާ ބަހެއް ބުނަނީމަ، ދޮގެއް ނަހަދާނެއެވެ. އަދި ވަޢުދެއްވެއްޖެނަމަ، އެވަޢުދަކާ ޚިލާފުނުވާނެއެވެ. އަމާނާތެއް ހަވާލުކުރެވިއްޖެނަމަ، ޚިޔާނާތްތެރިނުވާނެއެވެ. އަދި ޢަހުދުކަށަވަރެއް ހިފައިފިނަމަ، ޣަދަރުވެރިނުވާނެއެވެ. އަދި މީހަކާ ދެބަސްވިޔަސް ހަޑިހުތުރު ބަހުރުވަ ބޭނުންނުކުރާނެއެވެ. އޭނާގެ އުޅުމާއި ސުލޫކު ހުންނާނީ މަކާރިމުލް އަޚުލާޤާއި މަތިވެރި މިސާލުދެއްކުމުގެ އިމުގައި ހިފެހެއްޓިފައެވެ.

އެންމެ ރީތި ވާހަކަ (ހަތަރުވަނަ ބައި)

emme reetii  4 baiރާއަރުވާ މީހާ އަވަސްއަވަހަށް ރަސްގެފާނުގެ އަރިހަށްގޮސް ކުރުނީސްކޮށްފައި ޔޫސުފްގެފާނުންގެ ވާހަކަ ކިޔައިދިނެވެ. އަދި ނިންމާލަމުން ދެންނެވިއެވެ. "އޭނާވަނީ މާތް މަނިކުފާނުގެ އަރިހުގައި އޭނާގެ ވާހަކަ ދަންނަވާލަދިނުމަށް އަޅުގަނޑުގެ ކިބައިން އެދިފައެވެ. ނަމަވެސް އަޅުގަނޑު ހަނދާން ނެތުނީއެވެ." ރަސްގެފާނު ޔޫސުފްގެފާނުގެ އަރިހަށް މިހުވަފެންފުޅާ ބެހޭގޮތުން ސުވާލުކުރުމަށް ރާއަރުވާ މީހާ ފޮނުއްވިއެވެ.

ލައިލަތުލްޤަދްރި ވިލޭރޭ ކަނޑައެޅުމާއި އެރޭގެ މާތްކަން

lailatul-qadriސ: ލައިލަތުލް ޤަދްރި ވިލޭރޭ ކަނޑައެޅުއްވުމުގައި ޢިލްމުވެރިންގެ ބަސްފުޅަކީ ކޮބައިތޯ؟ އެ ރެއަކީ ހަމަ ހުރިހައި ރޭ ތަކުގެ ތެރެއިންވެސް އެންމެ މާތް ރޭތޯ؟ އަދި އިސްރާއާއި މިޢުރާޖުގެ ރެއަކީ ލައިލަތުލް ޤަދްރި ވިލޭރެއަށްވުރެ މާތް ރެއެއްކަމަށް ބުނާ މީހުންގެ އެބުނުމާ މެދު ތިޔަބޭފުޅުން ދެކެވަޑައިގަންނަވަނީ ކިހިނަކުންތޯ؟

ޞަފްޙާ 1 ގެ 13

.

 

 

.