ހޯމަ20180910

އާކުރެވުނީ: 08:43:52

ތައުބާވާން އަދި ލަހެއް ނުވޭ

thaubaaއަހަރެމެންގެ ވަށައިގެން އަހަރެމެންގެ އެންމެބޮޑު ޢަދުއްވު ، ޝައިތާނާ އަބަދުވެސް ވެއެވެ. އެއީ އިންސީންނާއި ޖިންނީންގެ ތެރެއިންނެވެ. ޝައިތާނާ ބަލަނީ ނުބައިކަންތަކާއި ފާޙިޝް ޢަމަލުތައް އިންސާނާ ލައްވާކުރުމަށެވެ. ޝައިތާނާ ގޯސް ކަންތައްތައް ރަނގަޅުކަމަށް ދައްކައެވެ. އަދި ރަނގަޅުކަންތައްތައް ގޯސްކަމަށް ދައްކައެވެ. އަދި ޝަހުވަތަށް ލެނބުމަށް އަމުރުކުރެއެވެ. އަދި އާދަމްގެދަރިންނަކީ ފާފަތައް ކުރުން ގިނަ ބަޔަކަށް ހެދޭތޯ މަސައްކަތް ކުރެއެވެ.

އިންސާނުންނަށް ފާފައެއްކުރެވުމަށްފަހު އޭނާ އަށް ދެން ހުރިހާ ދޮރުތަކެއް ބަންދުވީ ކަމުގައި ހީކޮށް ފާފަކުރުން ގިނަ ކުރެއެވެ.

މިއީ ހައްތަހާވެސް ޝައިތާނާގެ ވަސްވާހެވެ. އެކަމަކު މާތް ﷲ އަކީ ރަޙުމާންވަންތަ ރަޙީމުވަންތަ ރަސްކަނލާގެއެވެ. ހުރިހާ ކަމެއް އެންމެމޮޅަށް ދެނެވޮޑިގެންވާ ޙިކްމަތްވަންތަ ރަސްކަލާނގެއެވެ. އަޅުތަކުންނަށް އޯގާވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ވަނީ ތައުބާގެ ދޮރު އަޅުތަކުންގެ ކުރިމަތީ ގައި ހުޅުވާލާފައެވެ. ހެޔޮގުތުގައި ތައުބާ ވެއްޖެމީހާގެ ފާފަ މާތް ﷲ އިރާދަ ކުރައްވައިފިނަމަ އެމީހަކަށް ފުއްސަވާ ދެއްވައެވެ.

ކީރިތި ރަސޫލާ ވަނީ މިފަދަ މީހެއްގެ ވާހަކަ ޙަދީޘް ކުރައްވާފައެވެ:
كان فيمن كان قبلكم رجل قتل تسعة وتسعين نفسا , فسأل عن أعلم أهل الأرض , فدُلَّ على راهب , فأتاه فقال : إنه قتل تسعة وتسعين نفسا , فهل له من توبة , فقال : لا , فقتله فكمل به مائة , ثم سأل عن أعلم أهل الأرض , فدُلَّ على رجل عالم , فقال : إنه قتل مائة نفس , فهل له من توبة, فقال : نعم , ومن يحول بينه وبين التوبة , انطلق إلى أرض كذا وكذا , فإن بها أناسا يعبدون الله , فاعبد الله معهم , ولا ترجع إلى أرضك , فإنها أرض سوء , فانطلق حتى إذا نصَفَ الطريق أتاه الموت , فاختصمت فيه ملائكة الرحمة وملائكة العذاب , فقالت ملائكة الرحمة : جاء تائبا مقبلا بقلبه إلى الله , وقالت ملائكة العذاب : إنه لم يعمل خيرا قط , فأتاهم ملَكٌ في صورة آدمي , فجعلوه بينهم , فقال : قيسوا ما بين الأرضين , فإلى أيتهما كان أدنى فهو له , فقاسوه فوجدوه أدنى إلى الأرض التي أراد , فقبضته ملائكة الرحمة

މާނައަކީ: ތިޔަބައިމީހުންގެ ކުރިން އުޅުނު މީހުންގެތެރޭގައި، ނުވަދިހަ ނުވަ ނަފުސު ޤަތުލުކުރި މީހަކު އުޅުނެވެ. އެއަށްފަހު ދުނިޔޭގައި ހުރި އެންމެ މޮޅުޢިލްމުވެރިޔާއަކީ ކޮބައިތޯ ސުވާލުކުރިއެވެ. އެހިނދު އޭނާ އަށް ރާހިބަކު ދެއްކުނެވެ. ދެން އޭނާ ރާހިބު ގެ ގާތަށް އައިސް ނުވަދިހަނުވަ މީހުން ޤަތުލުކުރިކަމަށް ބުންޏެވެ. އަދި އޭނައަށް ތައުބާވެވޭނެހޭ އެހިއެވެ. އެހިނދު ރާހިބު ބުންޏެވެ. ނޫނެކެވެ. އެހިނދު އޭނާ ރާހިބު ޤަތުލުކޮށް ސަތޭކަ ހަމަ ކުރިއެވެ. އެއަށް ފަހު ދުނިޔޭގައި ހުރި އެންމެ މޮޅު ޢިލްމުވެރިޔާ އަކީ ކޮބައިތޯ ސުވާލުކުރިއެވެ. އެހިނދު އޭނާއަށް ޢިލްމުވެރިމީހަކު ދެއްކުނެވެ. އޭނާ ސަތޭކަ މީހުން ގަތުލުކޮށްފިކަމަށާއި . ފަހެ އޭނާއަށް ތައުބާ ވެވޭނެ ހެއްޔޭ ޢިލްމުވެރިއާއި ސުވާލު ކުރިއެވެ. ޢިލްމުވެރިޔާ ބުންޏެވެ. އާނއެކެވެ.

މީހަކާއި ތައުބާއާއި މެދު ހުރަސްއަޅާނީ ކާކުހެއްޔެވެ؟

ކަލޭ މިވެނި ރަށަކަށް ދާށެވެ. އެތާގައިﷲ އަށް އަޅުކަން ކުރާބަޔަކު ވާނެއެވެ. އެމީހުންނާއި އެކު މާތް ﷲ އަށް އަޅުކަން ކުރާށެވެ. އަދި ކަލޭގެ އަމިއްލަ ގައުމަށް އެނބުރި ނާންނާށެވެ.

ފަހެ އެބިމަކީ ނުބައި ކަންތަކުން ފުރިފައިވާ ބިމެކެވެ. ދެން އޭނާ ޢިލްމުވެރިޔާ އެބުނި ބިމަށް ދިޔުމަށްޓަކައި ނުކުމެ، ރާސްތާގެ މެދާ ހަމައަށް ދެވުނުތަނާ ، އޭނާގެ ގާތަށް މަރު އަތުވެއްޖެއެވެ.

އެހިނދު ރަޙުމަތުގެ މަލާއިކަތާއި ޢަޒާބުގެ މަލާއިކަތު އޭނާގެ ގާތަށް ވަޑައިގެން އޭނާއާއިމެދު ހަދާނެގޮތަކާއިމެދު ޚިލާފުވެވަޑައިގެންފިއެވެ. އޭނާ އައި ތައުބާވުމަށް އެދި މާތް ﷲ އަށް ހިތް ނިޔަތް ޚާލިޞްކޮށްގެންކަމަށް ރަޙުމަތުގެ މަލާއިކަތް ވިދާޅުވިއެވެ. ދެން ޢަޒާބުގެ މަލާއިކަތް ވިދާޅުވިއެވެ. އޭނާ އެއްގޮތަކަށްވެސް ހެޔޮކަމެއް ނުކުރެއެވެ. ދެން އިންސާނެއްގެ ސިފައިގައި އެތަނަށް މަލާއިކަތެއް ފޮނުއްވުނެވެ.

އަދި ވަކިގޮތެއްނިންމައދޭން އެދުމުން އޭނާ ބުންޏެވެ. ''ދެބިމުގެ ދޭތެރޭގައި ހުރި ދުރުމިން ބަލާށެވެ. އޭގެތެރެއިން އޭނާ އާއި އެންމެ ކައިރި ބިމަކަށް އޭނާ ލައްވާލާހުއްޓެވެ. ދެން އެތަނުގެ މިން ބެލުމުން އޭނާ އާއި ކައިރިވެފައި ވަނީ އޭނާގެ މަންޒިލް ކަމުގައިވި ބިމާއެވެ. އެހިނދު ރަޙުމަތުގެ މަލާއިކަތާ އޭނާގެ މަރު ހިއްޕެވިއެވެ.

މިވާހަކައިގައި މިވާ މީހަކީ ފާފަކުރުން މަތީގައި ހުރި މީހެއްގެ ވާހަކައެވެ. މީނާ ވަނީ ސަތޭކަ މީހުން އެއްވެސް ޙައްޤަކާއި ނުލާ މަރާލާފައެވެ. ފަހެ ޙައްޤަކާއި ނުލާ މީހަކު ޤަތުލު ކުރުމަކީ މާތް ﷲ އަށް ޝަރީކުރުން ފިޔަވައި ، ފާފަ ތަކުގެ ތެރެއިން އެންމެ ބޮޑު ފާފާ އެވެ. މިހުރިހާ ފާފަތަކެއްކުރެވުމާއި އެކުވެސް އޭނާ މާތް ﷲ ގެ ރަޙުމަތާއި ދޭތެރެއަކު އުންމީދު ކަނޑައެއްނުލައެވެ. އަދި ކިއެއްތަ އޭނާގެ ފާފަތައް ފުއްސަވާނީ ކިހިނެއްތޯ ބެލުމަށް މަސައްކަތް ކުރިއެވެ. އެގޮތުން ދުނިޔޭގައި އެވަގުތު ހުރި އެންމެމޮޅު ޢިލްމުވެރިޔާ ހޯދުމަށް މަސައްކަތް ކުރިއެވެ. އެހިނދު އޭނާއަށް އަށް އަޅުކަންކުރުން ގިނަ ޢިލްމު މަދު ރާހިބަކު ދެއްކުނެވެ. އެހިނދު އެރާހިބު އެފާފަތަކަށް ތައުބާ އެއްނެތް ކަމަށް ބުނެ މާތް ﷲ ގެ ރަޙުމަތާއި މެދު އުއްމީދު ކަނޑުވާލިއެވެ. އެމީހާއަށް ތައުބާގެ ދޮރުބަންދުވީ ކަމަށް ބުނެވުމުން އައި ރުޅީގައި އެރާހިބު ޤަތުލުކޮށް އޭނާގެ ޤަތުލުގެ ލިސްޓަށް ސަތޭކަވަނަ މީހާ ހަމަ ކުރިއެވެ.

ރާހިބު ޤަތުލު ކުރުމަށް ފަހުވެސް އޭނާގެ އުންމީދު ތަކަށް ބަދަލެއްނާދެއެވެ. އަނެއްކާވެސް ދުނިޔޭގައި އެވަގުތު ހުރި އެންމެ މޮޅު ޢިލްމުވެރިޔާ ހޯދުމަށް ނިކުތެވެ. އެހިނދު އޭނާއަށް ވަރަށް މޮޅު ޢިލްމުވެރިޔަކު ދެއްކުނެވެ. އޭނާ ގެ ވާހަކައިން ޢިލްމުވެރިޔާ އަށް ކިޔައިދިނެވެ. އަދި އެހުރިހާ މީހުން އެއްވެސް ޙައްޤަކާއި ނުލާ ޤަތުލު ކުރުމަށް ފަހުވެސް އޭނާ އާށް ތައުބާ ގެ ދޮރު ހުޅުވިފާވޭތޯ ސުވާލުކުރިއެވެ. އެހިނދު

އެޢިލްމުވެރިޔާ ބުންޏެވެ. ''ތިކުރި ކަންތަކުގެ ސަބަބުން ތައުބާ ވުން މަނާ ކުރަނީ ކާކުހެއްޔެވެ. މި ޢިލްމުވެރިޔަކީ ވަރަށް ޙިކްމަތްތެރި ބޭކަލެކެވެ. ހަމަ އެކަނި ތައުބާ ވުން އޭނާގެ މައްޗަށް ވެއޭ ބުނުމަކުން ފުއްދާލީ އެއްނޫނެވެ. އެކަމަކު ތައުބާ ވުމަށްޓަކައި ޢަމަލް ކުރަންވީ ގޮތްވެސް އުނގަންނައި ދެއްވިއެވެ. މަގުފުރެދިފައިވާ ނުބައިމީހުން އުޅޭބިން ނޫން އެހެންބިމަކަށް ދިޔުމަށް ބުންޏެވެ. އަދި ނުބައިކަންތަކަށް ހައްލާ އެކުވެރިންތައް ދޫކޮށްލާ މާތް ﷲ އަށް އަޅުކަންކޮށް އުޅޭ ސާލިޙް ބައެއްގެ ގާތަށް ހިޖުރަ ކުރުމަށް ބުނެވުނެވެ. ދެން އެމީހާ އެންމެ ވަގުތު ކޮޅެއްވެސް ނަގާނުލައި ޢިލްމުވެރިޔާ އެބުނި ބިމަށް ހިޖުރަކުރުމަށް ދަތުރުފެށިއެވެ. ދެންއެދެބިމުގެ ދުރު މިނުގެ މެދާ ހަމައިން މަރު އޭނާއާއި ބައްދަލުކޮށްފިއެވެ. އަދި ރަޙުމަތުގެ މަލާއިކަތާއި ޢަޒާބުގެ މަލާއިކަތު އޭނާގެ މަރު ހިއްޕެވުން ބޭނުންވިއެވެ. އެހިނދު މާތް ﷲ އިންސާނެއްގެ ސިފައިގައި މަލާއިކަތުކު ފޮނުއްވާ އޭނާ ނިކުތްބިމާއި ހިޖުރަކުރާ ބިމުގެ ދުރުމިން ބެލުމަށް އަމުރު ކުރެއްވުނެވެ. އޭނާގެ ނަސީބުރަނގަޅު ކަމުން ސާލިޙް މީހުން އުޅޭބިން ވަނީ އޭނާ އާއި ކައިރީގައެވެ. ދެން ރަޙުމަތުގެ މަލާއިކަތާ އޭނާގެ މަރު ހިއްޕެވިއެވެ. އަދި މާތް ﷲ ، އޭނާގެ އެ ބޮޑެތި ފާފަ ފުއްސަވައި ޢަފޫ ކުރެއްވިއެވެ.

މިވާހަކައިން އަހަރެމެން ޢިބްރަތް ލިބިގަންނަމާ ހިނގާށެވެ. ފަހެ މާތް ﷲ ގެ ރަޙްމަތް ވަރަށް ފުޅަލެވެ. އެކަލާނގެ އިރާދަ ކުރައްވައިފިނަމަ ކިތަންމެ ބޮޑު ކުށެއް ކުރެވިފައިވާ މީހެއްގެ ފާފަވެސް ހެޔޮ ހިތުން ތައުބާ ވެއްޖެނަމަ ފުހެވިދާނެއެވެ. އެކަމަކު އެއީ ތައުބާ ވާން ޖެހޭ ގޮތަށް ތައުބާވާ މީހުންނަށް އެކަންޏެވެ. ކިތަންމެ ބޮޑުފާފައެއް ކުރެވުނަސް މާތް ﷲ އޭނާ ގެ ކުށް ޢަފޫ ނުކުރައްވާނެ ކަމަށް ހީނުކުރާށެވެ.

މާތް ﷲ ޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގައި ވަޙި ކުރައްވަނީ:

أَسْرَفُوا عَلَى أَنْفُسِهِمْ لَا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيم

މާނައަކީ: :ބުނާށެވެ. އޭ ތިމާމެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ފާފަކޮށް އިސްރާފުކޮށްފައިވާ އަހަރެންގެ އަޅުތަކުންނެވެ. ﷲ ގެ ރަޙުމަތާއިމެދު އުންމީދު ކަނޑައި ނުލާހުށިކަމެވެ. ހަމަކަށަވަރުން ﷲ އަޅުތަކުންގެ ހުރިހާ ފާފަތައް އެކަށް ފުއްސަވައިލައްވަތެވެ. ހަމަކަށަވަރުން އެކަލާނގެ އެއީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ މާތް ރަސްކަލާނގެއެވެ."

كان فيمن كان قبلكم رجل قتل تسعة وتسعين نفسا , فسأل عن أعلم أهل الأرض , فدُلَّ على راهب , فأتاه فقال : إنه قتل تسعة وتسعين نفسا , فهل له من توبة , فقال : لا , فقتله فكمل به مائة , ثم سأل عن أعلم أهل الأرض , فدُلَّ على رجل عالم , فقال : إنه قتل مائة نفس , فهل له من توبة, فقال : نعم , ومن يحول بينه وبين التوبة , انطلق إلى أرض كذا وكذا , فإن بها أناسا يعبدون الله , فاعبد الله معهم , ولا ترجع إلى أرضك , فإنها أرض سوء , فانطلق حتى إذا نصَفَ الطريق أتاه الموت , فاختصمت فيه ملائكة الرحمة وملائكة العذاب , فقالت ملائكة الرحمة : جاء تائبا مقبلا بقلبه إلى الله , وقالت ملائكة العذاب : إنه لم يعمل خيرا قط , فأتاهم ملَكٌ في صورة آدمي , فجعلوه بينهم , فقال : قيسوا ما بين الأرضين , فإلى أيتهما كان أدنى فهو له , فقاسوه فوجدوه أدنى إلى الأرض التي أراد , فقبضته ملائكة الرحمة

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.