ހޮނިހިރު20180922

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތައުބާވާމީހުން ތައުބާ ވުމުގެ މޮޅު އިތުރުކަން: ޤުރުއާނުން

ތައުބާ ވުމުގެ މޮޅު އިތުރުކަން: ޤުރުއާނުން

thaubaa-quranއެކެއް: ތައުބާ ޤަބޫލު ކުރެއްވުމާއި ފާފަ ފުއްސެވުމަކީ ރަޙްމާންވަންތަ ﷲ ގެ ސިފަފުޅެއް:

1-  إِلاَّ الَّذِينَ تَابُوا وَأَصْلَحُوا وَبَيَّنُوا فَأُوْلَئِكَ أَتُوبُ عَلَيْهِمْ وَأَنَا التَّوَّابُ الرَّحِيمُ

މާނައަކީ: ''އެބައި މީހުންގެ ތެރެއިން ތައުބާވެ، އިޞްލާޙު ކޮށް، ބަޔާންކުޅަ މީހުން މެނުވީ، އެހެން މީހުންނަށެވެ. އެފަދަ މީހުންނަށް ތިމަން ރަސްކަލާނގެ ތައުބާ ލައްވާ ހުށީމެވެ. ފަހެ ތިމަން ރަސްކަލާނގެ އަކީ ތައުބާ ލައްވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.'' (އަލްބަޤަރާ:160)

މި އާޔަތުގެ ކުރީ އާޔަތުގައި ވަނީ، މާތް ﷲ ބާވައިލެއްވި ހެކިތަކާއި ތެދުމަގު އެހެން މީހުންނަށް ސިއްރުކޮށް ބަޔާން ނުކުރާ މީހުންނަށް ލަޢްނަތް ލައްވާ ވާހަކައެވެ.

ދެން މި އާޔަތުގައި ވަނީ އެ މީހުންގެ ތެރެއިން ތައުބާވެ، އިޞްލާޙުކޮށް ބަޔާން ކުރާ މީހުންގެ ތައުބާ ޤަބޫލު ކުރައްވާ ވާހަކައެވެ.

 

2- وَآخَرُونَ اعْتَرَفُوا بِذُنُوبِهِمْ خَلَطُوا عَمَلاً صَالِحاً وَآخَرَ سَيِّئاً عَسَى اللَّهُ أَنْ يَتُوبَ عَلَيْهِمْ إِنَّ اللَّهَ غَفُورٌ رَحِيمٌ

މާނައަކީ: ''އެބައިމީހުންގެ ކުށްތަކަށް އިޢްތިރާފްވީ އެހެން ބަޔަކު، އަޢްރާބީންގެ ތެރެއިންނާ މަދީނާގެ އަހުލުވެރީންގެ ތެރެއިންވެއެވެ. އެބައިމީހުން ޞާލިޙް ޢަމަލަކާއި ނުބައި އެހެން ޢަމަލަކާއި އެއްކޮށްފައި ވެއެވެ. މާތް ﷲ އެބައިމީހުންގެ މައްޗަށް ތައުބާލައްވާ، އެބައިމީހުންގެ ތައުބާ ޤަބޫލުކުރެއްވުން ގާތްވެގެންވެއެވެ. ހަމަކަށަވަރުން މާތް ﷲ އީ ފާފަފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ." (އައްތައުބާ: 102)

މި އާޔަތުގައި މި ވަނީ މާތް ﷲ އަކީ ފާފަ ފުއްސަވާ އަދި ރަޙްމަތްވަންތަ ރަސްކަލާނގެކަން ބަޔާން ކުރައްވާފައެވެ. ﷲ ގެ ރަޙްމަތްފުޅާއި ފާފަ ފުއްސެވުމާއި ނުލާ އެއްވެސް މަޚްލޫޤަކަށް ނުއުޅެވޭނެއެވެ. ﷲގެ ރަޙްމަތްފުޅާއި ނުލާ ހިނދުކޮޅަކަށް ވެސް ދުނިޔޭގައި މަޚްލޫޤަކަށް މަޑު ނުކުރެވޭނެއެވެ. އަދި އިންސީންނާއި ޖިންނީން ކުރާ ނުބައި ކަންތަކުގެ ފާފަ ނުފުއްސަވައި ޢަޛާބު ދެއްވާނަމަ، މި ބިންމަތީ އެކަކު ވެސް ނުހުންނާނެއެވެ.

3- أَلَمْ يَعْلَمُوا أَنَّ اللَّهَ هُوَ يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَأْخُذُ الصَّدَقَاتِ وَأَنَّ اللَّهَ هُوَ التَّوَّابُ الرَّحِيمُ

މާނައަކީ: ''ހަމަ ކަށަވަރުން މާތް ﷲ އެކަލާނގެ އަޅުންގެ ކިބައިން ތައުބާ ޤަބޫލުކުރައްވާ ކަމާ، ޞަދަޤާތް ހިއްޕަވާ ކަމާ، އަދި ހަމަކަށަވަރުން މާތް ﷲ އީ ތައުބާ ޤަބޫލުކުރައްވާ ރަޙްމަތްވަންތަ ރަސްކަލާނގެކަން، އެބައި މީހުން ނުދަންނަނީހެއްޔެވެ؟'' (އައްތައުބާ 104)

4- غَافِرِ الذَّنْبِ وَقَابِلِ التَّوْبِ شَدِيدِ الْعِقَابِ ذِي الطَّوْلِ

މާނައަކީ: ''އެކަލާނގެއީ ފާފަތައް ފުއްސަވާ، ތައުބާ ޤަބޫލު ކުރައްވާ، ޢުޤޫބާތް ދެއްވުމުގާ ނުހަނު ހަރުކަށިވެ ވޮޑިގަންނަވާ، ނިޢްމަތްތަކުގެ ވެރިރަސްކަލާނގެއެވެ.'' (ޣާފިރު:3)

5-  نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ * وَأَنَّ عَذَابِي هُوَ الْعَذَابُ الأَلِيمُ

މާނައަކީ: ''ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ފާފަފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެ ކަމަށް، ކަލޭގެފާނު ތިމަންރަސްކަލާނގެ އަޅުތަކުންނަށް އަންގަވާށެވެ. * އަދި ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ޢަޛާބު އެއީ ވޭން ހުރި ޢަޛާބެވެ.'' (އަލްޙިޖްރު: 49،50)

 

ދޭއް: ތައުބާވެ އިސްތިޣްފާރު ކުރުމަށް، ﷲ އަޅުތަކުންނަށް އަމުރު ކުރައްވާ:

1-  يَا أَيُّهَا الَّذِينَ آمَنُوا تُوبُوا إِلَى اللَّهِ تَوْبَةً نَصُوحاً عَسَى رَبُّكُمْ أَنْ يُكَفِّرَ عَنْكُمْ سَيِّئَاتِكُمْ وَيُدْخِلَكُمْ جَنَّاتٍ تَجْرِي مِنْ تَحْتِهَا الأَنْهَارُ

މާނައަކީ: ''އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން މާތް ﷲ ގެ ކިބަފުޅަށް ތެދުވެރިކަމާ އެކު ތައުބާ ވާށެވެ. އެއީ ތިޔަބައިމީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ތިޔަބައިމީހުންގެ ކުށްތައް ޢަފޫކުރައްވާނޭ ކަމަށާއި، އެތަންތާނގެ ދަށުން ފެން އާރުތައް ހިނގަހިނގާ ހުރި ސުވަރުގެތަކަކަށް ތިޔަބައިމީހުން ވެއްދުމަށްޓަކައެވެ.'' (އައްތަޙްރީމް:8)

 

2- وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

މާނައަކީ: ''އަދި އޭ މުއުމިނުންނޭއެވެ. ތިޔަބައިމީހުން އެންމެން އެކުގައި، މާތް ﷲ ގެ ކިބައަށް ތައުބާވާށެވެ. ތިޔަބައިމީހުންނަށް ނަސީބު ލިބި ދިންނަވާތޯއެވެ.'' (އައްނޫރް:31)

 

3- وَاسْتَغْفِرْ اللَّهَ إِنَّ اللَّهَ كَانَ غَفُوراً رَحِيماً

މާނައަކީ: ''އަދި ފާފަފުއްސެވުމަށް މާތް ﷲގެ ޙަޟްރަތުން އެދިވަޑައިގަންނަވާށެވެ. ހަމަ ކަށަވަރުން މާތް ﷲ އީ ފާފަފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.'' (އައްނިސާ: 106)

 

4- وَاسْتَغْفِرُوا اللَّهَ إِنَّ اللَّهَ غَفُورٌ رَحِيمٌ

މާނައަކީ: ''އަދި ތިޔަބައިމީހުންގެ ފާފަތައް ފުއްސެވުމަށް، މާތްﷲގެ ޙަޟްރަތުން ތިޔަބައިމީހުން އެދޭށެވެ. ހަމަކަށަވަރުން މާތްﷲ އީ ފާފަފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.'' (އަލްބަޤަރާ:199)

 

5-  فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوَّاباً

މާނައަކީ: ''ފަހެ ކަލޭގެފާނު ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނގެ ކިބައަށް، ޙަމްދު ޘަނާއިން ކަލޭގެފާނު ތަސްބީޙަ ވިދާޅުވާށެވެ. އަދި ފާފަފުއްސެވުން އެދިވަޑައިގަނެ، އެކަލާނގެ ކިބައަށް ދުޢާ ދަންނަވާށެވެ. ހަމަކަށަވަރުން ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވާ ކަލަކު ކަމުގައި އެކަލާނގެ ވޮޑިގެންވެއެވެ.'' (އައްނަޞްރު:3)

މާތް ﷲ، ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ''އައްނަޞްރު'' ސޫރަތް ބާވައިލެއްވީމާ، ވަރަށް ގިނައިން މާތް ﷲ އަށް ތަސްބީޙާއި ޙަމްދު ވިދާޅުވެ، ފާފަ ފުއްސަވައި ތައުބާ ކުރެއްވުމަށް އެދިވަޑައިގަނެ ދުޢާ ކުރެއްވި ކަމަށް، ޢާއިޝާ ރަޟިޔަﷲ ޢަންހާ ރިވާކުރައްވާފައި ވެއެވެ.

ކީރިތި ރާސޫލާ ފާފަ ފުއްސަވައި ތައުބާ ކުރެއްވުމަށް އެދިވަޑައިގަނެ، ﷲ އަށް ދުޢާ ދަންނަވަނީ، އެކަލޭގެފާނަށް ފާފައެއް ކުރެއްވިގެނެއް ނޫނެވެ. މާތް ﷲ ވަނީ ނަބީބޭކަލުން ފާފަތަކުން މަޢްޞޫމް ކުރައްވާފައެވެ. ރަސޫލާ މިގޮތަށް ދުޢާ ދަންނަވަނީ ބޮޑަށް ﷲއަށް އަޅުވެތިވެވަޑައިގަނެ، ކިޔަމަންތެރިވެވަޑައިގަނެ، ﷲގެ ރުއްސެވުން ބޮޑަށް ހޯއްދެވުމުގެ ގޮތުންނެވެ.

 

6- قُلْ يَا عِبَادِي الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعاً إِنَّهُ هُوَ الْغَفُورُ الرَّحِيمُ

މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތާމެދު އުއްމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ."  (އައްޒުމަރް 53)

 

7- މުއުމިނުންގެ ބައެއް ސިފަ ބަޔާން ކުރައްވަމުން ސޫރަތުލް އާލްޢިމްރާންގެ 135، 136 އާޔަތުގައި ވަޙީ ކުރައްވަނީ: وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلاَّ اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ * أُوْلَئِكَ جَزَاؤُهُمْ مَغْفِرَةٌ مِنْ رَبِّهِمْ وَجَنَّاتٌ تَجْرِي مِنْ تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا

މާނައަކީ: "އަދި އެބައި މީހުންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކޮށްފި ހިނދު ނުވަތަ އެބައި މީހުންގެ ނަފްސުތަކަށް އަނިޔާވެރިވެއްޖެ ހިނދު (އެބަހީ ފާފަވެރިވާ ކިތަންމެ ކުޑަކަމެއްވެސް ކޮށްފި ހިނދު) މާތް ﷲ ހަނދުމަކޮށް އެބައި މީހުންގެ ފާފަތަކަށް އިސްތިޣްފާރުކޮށް، އެ ފާފަތައް ފުއްސެވުން އެދި އުޅޭ މީހުންނެވެ. މާތް ﷲ ފިޔަވާ ފާފަތައް ފުއްސަވާނީ ފަހެ ކާކުހޭ؟ އަދި އެބައި މީހުން ނީ އެބައި މީހުން ކުޅަ ކުށް، އެނގި ތިބޭ ހާލު، ދެމި ނުތިބޭ މީހުންނެވެ. * އެބައި މީހުންގެ ޖަޒާއަކީ އެބައި މީހުން ހައްދަވައި ބޮޑު ކުރެއްވި ކަލާނގެ ޙަޟުރަތުން އެބައި މީހުންގެ ފާފަ ފުއްސެވުމެވެ. އަދި އެތަންތާނގެ ދަށުން ކޯރުތައް ހިނގަ ހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި ދާއިމަށް އެބައި މީހުން ދެމި ތިބޭ ގޮތުގައެވެ."

 

8- ސޫރަތުލް ފުރްޤާން ގެ 68-71 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ: وَالَّذِينَ لا يَدْعُونَ مَعَ اللَّهِ إِلَهاً آخَرَ وَلا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلاَّ بِالْحَقِّ وَلا يَزْنُونَ وَمَنْ يَفْعَلْ ذَلِكَ يَلْقَ أَثَاماً * يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَاناً * إِلاَّ مَنْ تَابَ وَآمَنَ وَعَمِلَ عَمَلاً صَالِحاً فَأُوْلَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُوراً رَحِيماً * وَمَنْ تَابَ وَعَمِلَ صَالِحاً فَإِنَّهُ يَتُوبُ إِلَى اللَّهِ مَتَاباً

މާނައަކީ: ''އަދި އެބައި މީހުންނަކީ މާތް ﷲ އާ އެކު އެހެން އިލާހަކަށް އަޅުކަންކޮށް ގޮވާ ނަހަދާ މީހުންނެވެ. އަދި މާތް ﷲ ހުރުމަތްތެރި ކުރައްވާފައިވާ ފުރާނައެއް ޙައްޤު ގޮތެއްގައި ނޫނީ ޤަތުލު ނުކުރާ މީހުންނެވެ. އަދި ޒިނޭ ނުކުރާ މީހުންނެވެ. އެއިން ކަމެއް ކޮށްފި މީހާ އެކަމުގެ ޢުޤޫބާތާއި ބައްދަލު ކުރާނެއެވެ. * އެ މީހަކަށް ޤިޔާމަތް ދުވަހު، ޢަޛާބު ދެގުނައަށް އިތުރު ވެގެން ދާނެއެވެ. އަދި އިހާނަތިކަން ލިބި ނިކަމެތި ކުރެވިގެންވާ ހާލު އެ ޢަޛާބު ތެރޭގައި އެ މީހަކު ދެމިހުންނާނެއެވެ. * ތައުބާވެ، އީމާންވެ، ހެޔޮ ޢަމަލަކުން ޢަމަލު ކުރި މީހަކު މެނުވީއެވެ. ފަހެ އަބައި މީހުންނާ މެދު މާތް ﷲ، އެބައިމީހުންގެ ކުށްފާފަތައް ހެޔޮކަންތަކަށް ބަދަލު ކުރައްވާނެތެވެ. މާތް ﷲ އީ ފާފަ ފުއްސަވާ ރަޙްމަތްވަންތަ ކަލާނގެ ކަމުގައި ވެއެވެ. * އަދި ތައުބާވެ ހެޔޮ ޢަމަލު ކޮށްފި މީހާ، ފަހެ ހަމަ ކަށަވަރުން އެ މީހާ އީ ތައުބާވުމަކުން މާތް ﷲ ކިބައަށް ތައުބާވެ ރުޖޫޢަ ވާ މީހެކެވެ."

 

9- ސޫރަތުއް ޝޫރާގެ 25 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ: وَهُوَ الَّذِي يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَعْفُو عَنْ السَّيِّئَاتِ وَيَعْلَمُ مَا تَفْعَلُونَ

މާނައަކީ: "އެކަލާނގެ އެއީ، އެކަލާނގެ އަޅުންގެ ކިބައިން ތައުބާ ޤަބޫލުކުރައްވަވާ، ނުބައި ކަންތަކަށް ޢަފޫކުރައްވަވާ، ކަލާނގެއެވެ. އަދި އެ ކަލާނގެ ތިޔަބައިމީހުން ކުރާ ކަންތައް ދެނެވޮޑިގެންވެއެވެ."

 

10- ސޫރަތުއް ތައުބާގެ 104 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ: أَلَمْ يَعْلَمُوا أَنَّ اللَّهَ هُوَ يَقْبَلُ التَّوْبَةَ عَنْ عِبَادِهِ وَيَأْخُذُ الصَّدَقَاتِ وَأَنَّ اللَّهَ هُوَ التَّوَّابُ الرَّحِيمُ

މާނައަކީ: "ހަމަ ކަށަވަރުން މާތް ﷲ އެކަލާނގެ އަޅުންގެ ކިބައިން، ތައުބާ ޤަބޫލު ކުރައްވާ ކަމާއި، ޞަދަޤާތް ހިއްޕަވާ ކަމާއި، އަދި ހަމަ ކަށަވަރުން މާތް ﷲ އީ ތައުބާ ޤަބޫލު ކުރައްވާ ރަޙްމަތްވަންތަ ރަސްކަލާނގެ ކަން، އެބައި މީހުން ނުދަންނަނީ ހެއްޔެވެ؟"

 

11- މުއުމިނުންގެ ބައެއް ސިފަ ބަޔާން ކުރައްވަމުން ސޫރަތުއް ތައުބާގެ 112 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ: التَّائِبُونَ الْعَابِدُونَ الْحَامِدُونَ السَّائِحُونَ الرَّاكِعُونَ السَّاجِدُونَ الآمِرُونَ بِالْمَعْرُوفِ وَالنَّاهُونَ عَنْ الْمُنكَرِ وَالْحَافِظُونَ لِحُدُودِ اللَّهِ وَبَشِّرْ الْمُؤْمِنِينَ

މާނައަކީ: ''އެއީ، ނަސީބުވެރިންނަކީ، ތައުބާ ވާ މީހުންނެވެ. މާތް ﷲ އަށް އަޅުކަން ކުރާ މީހުންނެވެ. އެކަލާނގެއަށް ޙަމްދު ކުރާ މީހުންނެވެ. ރޯދަ ހިފާ އުޅޭ މީހުންނެވެ. ނަމާދުގައު ރުކޫޢު ކޮށް ސަޖިދަ ކޮށް އުޅޭ މީހުންނެވެ. (އެބަހީ ނަމާދު ކުރާ މީހުންނެވެ) ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކޮށް އުޅޭ މީހުންނެވެ އަދި މާތް ﷲ ކަނޑައަޅުއްވާފައިވާ ސަރަހައްދުތައް ރައްކާތެރި ކޮށް އުޅޭ މީހުންނެވެ. އަދި މުއުމިނުންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ.''

 

12- رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ

މާނައަކީ: ''ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮއެވެ! އަޅަމެންގެ ފާފަތަކާއި އަދި އަޅަމެންގެ ދީނުގެ ކަންތަކުގައި އިންފަހަނައަޅާ ދެވޭ ދިއުން، އަޅަމެންނަށްޓަކާ ފުއްސަވާފާނދޭވެ! އަދި ހަނގުރާމައިގެ މައިދާނުގައި އަޅަމެންގެ ފައިތިލަތައް ސާބިތު ކުރައްވާފާނދޭވެ! އަދި ކާފިރުވީ މީސްތަކުންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާފާނދޭވެ!'' (އާލްޢިމްރާން: 147)

 

13- ހޫދުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއި މުޚާޠަބް ކުރައްވައި ވިދާޅުވި ވިދާޅުވުން، ﷲ ވަޙީ ކުރައްވާފައިވެއެވެ: وَيَا قَوْمِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُرْسِلْ السَّمَاءَ عَلَيْكُمْ مِدْرَاراً وَيَزِدْكُمْ قُوَّةً إِلَى قُوَّتِكُمْ وَلا تَتَوَلَّوْا مُجْرِمِينَ

މާނައަކީ: ''އަދި އޭ ޤައުމުގެ މީހުންނޭވެ! ތިޔަބައި މީހުންގެ ޞާޙިބުވަންތަ ކަލާނގެ ޙަޟްރަތުން، ތިޔަބައި މީހުންގެ ފާފަ ފުއްސެވުމަށް އެދޭށެވެ. އެއަށް ފަހު އެކަލާނގެ ކިބައަށް ތިޔަބައި މީހުން ތައުބާވާށެވެ. އޭރުން ވެހިގަންނަ ގޮތުގައި ތިޔަބައި މީހުންގެ މައްޗަށް، އުޑުން ވާރޭ ފޮނުއްވަވާނެތެވެ. އަދި ތިޔަބައި މީހުންގެ ބާރުތެރެއަށް އެކަލާނގެ ބާރު އިތުރު ކުރައްވާނެތެވެ. ކުށްވެރިންގެ ގޮތުގައި ތިބެ، ތިޔަބައި މީހުން ފުރަގަސް ދީ އެނބުރި ނުދާށެވެ.'' (ހޫދް:52)

14- ޝުޢައިބުގެފާނު އެ ކަލޭގެފާނުގެ ޤައުމުގެ މީހުންނާއި މުޚާޠަބް ކުރައްވައި ވިދާޅުވި ވިދާޅުވުން، ﷲ ވަޙީ ކުރައްވާފައިވެއެވެ:

وَاسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ إِنَّ رَبِّي رَحِيمٌ وَدُودٌ

މާނައަކީ: ''އަދި ތިޔަބައި މީހުންގެ ޞާޙިބުވަންތަ ކަލާނގެ ޙަޟްރަތުން، ތިޔަބައި މީހުންގެ ފާފަ ފުއްސެވުމަށް އެދޭށެވެ. އެއަށް ފަހު އެކަލާނގެ ކިބައަށް ތިޔަބައި މީހުން ތައުބާވާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއަކީ ރަޙީމްވަންތަ އޯގާތެރިވަންތަ ރަސްކަލާނގެއެވެ.'' (ހޫދް: 90)

 

15- كَتَبَ رَبُّكُمْ عَلَى نَفْسِهِ الرَّحْمَةَ أَنَّهُ مَنْ عَمِلَ مِنْكُمْ سُوءاً بِجَهَالَةٍ ثُمَّ تَابَ مِنْ بَعْدِهِ وَأَصْلَحَ فَأَنَّهُ غَفُورٌ رَحِيمٌ

މާނައަކީ: ''ތިޔަބައިމީހުން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ، ރަޙްމަތް އެކަލާނގެ ރަސްކަންފުޅު މައްޗަށް ލާޒިމު ކުރައްވާ ލިއުއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ނޭނގުމާއެކު ނުބައިކަމެއް ކޮށްފި މީހާ، އަދި އެއަށްފަހު ތައުބާވެ އިޞްލާޙްވެއްޖެ މީހާއަށް، ހަމަކަށަވަރުން އެކަލާނގެއީ ފާފަފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.'' (އަލްއަންޢާމް: 54)

ނޯޓް:  މި އާޔަތުގައިވާ ''ނޭނގުމާއެކު'' ގެ މާނައަކީ ހަމައެކަނި ނޭނގި އޮޅިގެން ކުރެވޭ ފާފަތަކުގެ ވާހަކައެއް ނޫނެވެ. އަދި އެއީ ޙަރާމް ކަމެއްކަން ނޭނގުމެއްވެސް ނޫނެވެ. ''ޖަހާލަތު'' ގެ މާނައެއް ކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވަނީ ދީނުގައި ނަހީކޮށްފައިވާ ކޮންމެ ކަމެއް ކުރުމަކީވެސް ޖާހިލު ކަމެއް ކަމަށެވެ.

 

16- فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيّاً * إِلاَّ مَنْ تَابَ وَآمَنَ وَعَمِلَ صَالِحاً فَأُوْلَئِكَ يَدْخُلُونَ الْجَنَّةَ وَلا يُظْلَمُونَ شَيْئاً

މާނައަކީ: ''ނަމަވެސް އެ އުރެންނަށް ފަހު ނުބައި ވެގެންވީ ބަޔަކު ދުނިޔޭގައި އުޅުނެވެ. އެ ނުބައި މީހުން ނަމާދު އަޅާލައި، ޝަހުވާނީ އެދުންތަކަށް ތަބާވިއެވެ. ފަހެ އެފަދަ މީހުން ލަސްތަކެއް ނުވެ، ހަލާކުވެ ހިނގައިދާ ހުށިމެއެވެ. * އޭގެ ތެރެއިން ތައުބާވެ އީމާންވެ ހެޔޮ ޢަމަލު ކުޅައުން މަތީ ދެމިތިބެއްޖެ މީހުން މެނުވީއެވެ. ފަހެ މިގޮތުގައި ދެމިތިބެއްޖެ މީހުން، ސުވަރުގޭގެ ބަގީޗާތަކަށް ވަންނާނެއެވެ. އަދި މި މީހުންނަށް އެއްވެސް ގެއްލުމެއް ދެރައެއް، ނުލިބޭނެއެވެ." (މަރްޔަމް:59، 60)

 

17- فَمَنْ تَابَ مِنْ بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ اللَّهَ يَتُوبُ عَلَيْهِ إِنَّ اللَّهَ غَفُورٌ رَحِيمٌ

މާނައަކީ: ''ފަހެ އަނިޔާވެރިވުމަށް ފަހު ތައުބާވެ އިޞްލާޙް ވެއްޖެ މީހާ، ހަމަކަށަވަރުން މާތް ﷲ އެ މީހާގެ މައްޗަށް ތައުބާ ލައްވާނެތެވެ. ހަމަކަށަވަރުން މާތް ﷲ އީ ފާފަ ފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ. '' (އަލްމާއިދާ :39)

 

18- فَاسْتَقِيمُوا إِلَيْهِ وَاسْتَغْفِرُوهُ

މާނައަކީ: ''ފަހެ ތިޔަބައި މީހުން އެ ކަލާނގެ ޙަޟްރަތަށް، ތެދުމަގުގައި ތިބޭށެވެ. އަދި އިސްތިޣްފާރު ކުރާށެވެ. '' (ފުއްޞިލަތު: 6)

 

19-  وَإِنِّي لَغَفَّارٌ لِمَنْ تَابَ وَآمَنَ وَعَمِلَ صَالِحاً ثُمَّ اهْتَدَى

މާނައަކީ: ''އަދި ހަމަ އެފަދައިން ތިމަންރަސްކަލާނގެ އަކީ، ތައުބާވެގެން ތިބެ، އީމާންވެ، ރަނގަޅު ޢަމަލުތައްކޮށް، އެއަށްފަހު ތެދުމަގުގައި ތިބެއްޖެ މީހުންނަށް ގިނަގިނައިން ފާފަ ފުއްސަވާ ކަލާނގެއެވެ. '' (ޠާހާ:82)

 

20- އަލްމާއިދަތު ސޫރަތުގެ 38 ވަނަ އާޔަތުގައި ވައްކަން ކުރާ މީހުންގެ ޙުކުމް ބަޔާން ކުރެއްވުމަށް ފަހު، 39 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައި ވަނީ:

فَمَنْ تَابَ مِنْ بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ اللَّهَ يَتُوبُ عَلَيْهِ إِنَّ اللَّهَ غَفُورٌ رَحِيمٌ

މާނައަކީ: ''ފަހެ އަނިޔާވެރި ވުމަށްފަހު ތައުބާވެ އިޞްލާޙްވެއްޖެ މީހާ، ހަމަކަށަވަރުން މާތް ﷲ އެ މީހާގެ މައްޗަށް ތައުބާ ލައްވާނެތެވެ. ހަމަކަށަވަރުން މާތް ﷲ އީ ފާފަ ފުއްސަވާ، ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.''

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.