ހޮނިހިރު20201017

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ކީރިތި ރަސޫލާގެ ހިޖުރައިގެ ކުރިން މަދީނާ

ކީރިތި ރަސޫލާގެ ހިޖުރައިގެ ކުރިން މަދީނާ

islam-kuiri-arab-1މަދީނާގައި ފުރަތަމަ ވަޒަންވެރިވީ ބަޔަކީ ޢަމާލިޤުންނެވެ. އެއީ ނޫޙުގެފާނުގެ ދަރި ސާމްގެ ދަރި އިރަމްގެ ދަރި ލާވަޒްގެ ދަރި ޢިމްލީޤްގެ ދަރިންނެވެ. އެމީހުން މޫސާގެފާނުގެ ޒަމާނުގައި ތިބީ ޝާމުކަރައިގައެވެ. އެއަށްފަހު އެޤަބީލާ ބައިބައިވެ ޢަމާލިޤުގެ ދަރިކޮޅު މަދީނާ އަށް އައިސް އެތާގައި ވަޒަންވެރިވީ އެވެ.

ޝާމްކަރައިގައި ތިބި ޔަހޫދީން ރޫމް ހަނގުރާމައިގެ ސަބަބުން ޝާމްކަރަ ދޫކޮށް މަދީނާ އަށް އައެވެ. އެގޮތުން ބަނީ ނަޟީރު އާއި ބަނީ ޤުރައިޡާ މަދީނާއަށް އައިސް މަދީނާގައި ވަޒަން ވެރިވިއެވެ. އެއަށްފަހު ޔަމަނުން އައުސް ވަންހައާއި ޚަޒުރަޖުވަންހައިގެ މީހުން މަދީނާ އަށް އައެވެ.

ޔަހޫދީންނާއި އައުސް ވަންހައާއި ޚަޒުރަޖުވަންހަ އަމާން ކަމާއެކު ދުވަސް ކޮޅަކު މަދީނާގައި ދިރި އުޅުނެވެ. އަދި އެއްބަޔަކު އަނެއްބަޔަކު ދިފާޢު ކުރާނެ ކަމަށް އެއްބަސްވިއެވެ. ދެން ޔަހޫދީންނަށް އައުސް ވަންހައާއި ޚަޒުރަޖުވަންހައިގެ ބާރު އެމީހުންނަށް ވުރެ މާގަދަވާހެން ހީވާން ފެށުމުން އެޤަބީލާ ތަކާއި ދެކޮޅުވެ އެމީހުންނާއި އެކު ކޮށްފައިވާ އެއްބަސް ވުން އުވާލިއެވެ. ދެން މަދީނާގައި އޭރު ތިބި ޔަހޫދީންނޫން އެންމެން ޔަހޫދީންނާއި ދެކޮޅަށް ނިކުމެ ޔަހޫދީންގެ ބާރު ދަށް ކޮށްލިއެވެ.

އެއަށް ފަހު އައުސްވަންހައާއި ޚަޒުރަޖުވަންހަ ވަރަށް އަމާންކަމާއި އެކުވެރިކަމާއި އެކު ދުވަސްކޮޅެއްވަންދެން އުޅުނެވެ. ނަމަވެސް މާގިނަ ދުވަސްތަކެއްނުވަނީސް މިދެޤަބީލާ ދެކޮޅުވެރިވެ ވަރުގަދަ ހަނގުރާމައެއްފެށުނެވެ. އަދި މިހަނގުރާމަ ވަރަށް ގިނަދުވަސް ތަކެއްވަންދެން ކުރެވުނެވެ. މިހަނގުރާމަ ތަކުގައި ގިނަފަހަރު ކާމިޔާބު ހޯދަނީ ޚަޒުރަޖުވަންހައެވެ. މީގެ ސަބަބުން އައުސްވަންހަ މަދީނާގައި ތިބި ޔަހޫދީންނާއި އެއްބައިވިއެވެ. އަދި'' ބުޢާސް'' އޭ ކިޔުނު ވަރުގަދަ ހަނގުރާމައިގައި ވަރަށް ގިނަބަޔަކު ޤަތުލުވުމަށް ފަހު އައުސްވަންހަޔަށް ކާމިޔާބުލިބުނެވެ.

އެއަށް ފަހު މިދެޤަބީލާ ސުލްޙަ ވެ ދެޤަބީލާ ބައިވެރިވާ ވަކި ސަރުކާރެއް ޤާއިމުކުރުމަށް އެއްބަސްވެވުނެވެ. އަދި މަދީނާ ގެ ވެރިކަމަށް ޚަޒުރަޖުވަންހައިގެ ބޮޑެއްކަމުގައިވާ ޢަބްދުއްﷲ ބިން އުބައްޔު ބިން ސަލޫލް އިސްކުރެވުނެވެ.

ކީރިތި ރަސޫލާ ރަސޫލު ކަމައިގެން ފޮނުއްވުމަށްފަހު މަދީނާގެ ބައެއްމީހުން އިސްލާމްވެ ރަސޫލާއަށް ނަޞްރުދީ ހިމާޔަތް ދިނުމަށް ބައިޢަތު ހިފިއެވެ. އަދި އިސްލާމްދީނުގެ މަތިވެރިކަމާއި މާތްކަން އެނގުމުން އައުސްވަންހައާއި ޚަޒުރަޖުވަންހައިގެ ވަރަށް ގިނަ ބަޔަކު އިސްލާމްދީން ޚިޔާރު ކުރިއެވެ.

ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު މަދީނާގައި އިސްލާމުންގެ ބާރުގަދަވެ އިސްލާމްދީން އަށް މީހުން ވަނުން އިތުރުވިއެވެ. އަދި އޭރު މަދީނާގެ ވެރިކަމުގައި ހުރި ޢަބްދުއްﷲ ބިން އުބައްޔު ބިން ސަލޫލް އިސްލާމްދީން އިޚުތިޔާރު ކުރިއެވެ. ނަމަވެސް އައުސް ވަންހައިގެ ވެރިޔާ އަބޫ ޢާމިރު ބުނު ސައިފީ ބުނުއްނުޢުމާން އޭނާ ހުރި ކާފިރުކަންމަތީގައި ހުރީއެވެ. އެއަށް މަދީނާއިން ނިކުމެ މައްކާއަށް ، ދެން ޠާއިފަށް އެއަށް ފަހު ޝާމްކަރަޔަށް ގޮސް އެތާގައި ތިބި ރޫމީންނާއި އެއްބައިވިއެވެ. ކީރިތި ރަސޫލާގެ ވެރިކަމުގެ ދަށުގައި މަދީނާގައި އިސްލާމީ ފުރަތަމަ ދައުލަތް ބިނާ ކުރެވުނެވެ. އަދި އިސްލާމީ ދައުލަތުގެ ބާރު މަޑުމަޑުން ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރެންފެށިއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.