ބުރާސްފަތި20180920

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ތާރީޚް ޢައްބާސީ ދައުލަތުގެ ތިންވަނަ ޒަމާނު ގައި ޚަލީފާކަން ކުރައްވާފައިވާ ބޭފުޅުން

ޢައްބާސީ ދައުލަތުގެ ތިންވަނަ ޒަމާނު ގައި ޚަލީފާކަން ކުރައްވާފައިވާ ބޭފުޅުން

abbasee-khalifa-3ނޯޓް: އައްބާސީ ދައުލަތުގެ 3 ވަނަ ޒަމާން ފެށިފައިވަނީ 2ވަނަ ޒަމާނުގެ އެންމެ ފަހު ޚަލީފާ އައްނާޞިރު ލިދީނިﷲ ވެރިކަމުގައި ހުންނަވަނިކޮށެވެ. އެއީ ހިޖުރައިން 590ވަނަ އަހަރު އެވެ. އެހެން 2ވަނަ ޒަމާނާއި އަދި 3ވަނަ ޒަމާނުގައި ވެސް ޚަލީފާ ކަން ކުރެއްވި ބޭފުޅަކަށް އައްނާޞިރު ވެވަޑައި ގަންނަވެއެވެ.  އައްނާޞިރުގެ ހަޔާތް ދެވަނަ ޒަމާނުގައިވާ ޚަލީފާއިން ބައިގައި ލިޔެވިފައި ވާނެއެވެ.)

ވެރިކަންކުރެއްވި މުއްދަތު ޚަލީފާގެ ނަން #
ހިޖުރައިން 575ން 622އަށް އައްނާޞިރު 1
ހިޖުރައިން 622ން 623އަށް އައްޡާހިރު 2
ހިޖުރައިން 623ން 640އަށް އަލްމުސްތަންޞިރު 3
ހިޖުރައިން 640ން 656އަށް އަލްމުސްތަޢުޞިމް 4

1- އައްޡާހިރު

ފުރިހަމަ ނަންފުޅަކީ މުޙައްމަދު ބިން އަޙުމަދު(އައްނާޞިރު ލިދީނިﷲ) ބިން ޙަސަން(އަލްމުސްތަޟީއު ބިއަމްރިﷲ) އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އައްޡާހިރު ބިއަމްރިﷲ ގެ ގޮތުގައެވެ. އުފަންވެ ވަޑައިގެންފައި ވަނީ ހިޖުރައިން 571ވަނަ އަހަރު އެވެ. މިއީ އައްބާސީ ދައުލަތުގެ 35ވަނަ ޚަލީފާ އެވެ.

ވެރިކަމަށް އިސްކުރެވުނީ ހިޖުރައިން 622ވަނަ އަހަރު ބައްޕާފުޅު އައްނާޞިރު ލިދީނިﷲ އަވަހާރަވުމާއި ގުޅިގެންނެވެ. ވެރިކަމުގެ ދުވަސްވަރު ޓެކްސް ކުޑަކުރައްވައި، އޭގެ ކުރީ ޒަމާންތަކުގައި މީސްތަކުންގެ އަތުން ދައުލަތަށް މުދަލެއް ނުވަތަ ފައިސާއެއް ވެސް ނަގާފައިވާނަމަ އެފަރާތްތަކަށް އެތަކެތި ރައްދު ކުރެއްވި އެވެ. ޖަލުގައި ބަންދުކޮށްފައި ތިބި ކުށްވެރިން ދޫކޮށްލެއްވި އެވެ. އަދުލުވެރި އިހްސާންތެރި މީސްތަކުންނަށް އޯގާތެރި ބޭފުޅެއް ކަމުގައި ބުނެވެއެވެ. އަވަހާރަވެ ވަޑައިގެންފައިވަނީ ހިޖުރައިން 623ވަނަ އަހަރުގެ ރަޖަބު މަހުގެ 13ވަނަ ދުވަހު އެވެ. އަވަހާރަވި އިރު އުމުރު ފުޅަކީ 52އަހަރު އެވެ. ޚަލީފާކަން ކޮށްފައިވަނީ 9މަހާއި ދުވަސްކޮޅެއްގެ މުއްދަތަށެވެ.

2- އަލްމުސްތަންޞިރު

ފުރިހަމަ ނަންފުޅަކީ މަންޞޫރު ބިން މުހައްމަދު(އައްޡާހިރު ބިއަމްރިﷲ) ބިން އަޙުމަދު (އައްނާޞިރު ލިދީނިﷲ) ބިން ޙަސަން(އަލްމުސްތަޟީއު ބިއަމްރިﷲ) އެވެ. މަޝްހޫރުވެ ވަޑައިގެންފައިވަނީ އަލްމުސްތަންޞިރު ބިﷲގެ ގޮތުގައެވެ. އުފަންވެ ވަޑައިގެންފައިވަނީ ހިޖުރައިން 588ވަނަ އަހަރު އެވެ. މަންމާފުޅަކީ ތުރުކީގެ ޖާރިޔާ އެކެވެ. މިއީ އައްބާސީ ދައުލަތުގެ 36ވަނަ ޚަލީފާ އެވެ.

ވެރިކަމަށް އިސްކުރެވުނީ ހިޖުރައިން 623ވަނަ އަހަރު ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެންނެވެ. ވެރިކަމަށް އިސްވުމަށް ފަހު ރައްޔިތުންނާއި ކުރާ މުއާމަލާތްތަކުގައި އަދުލުވެރިކަމަށް ލޯބިކުރެއްވި އެވެ. ދީންވެރިންނާއި އިލްމުވެރިންނަށް ޚާއްޞަ ގާތްކަމެއް ބެހެއްޓި އެވެ. މިސްކިތްތަކާއި މަދަރުސާތައް އަދި ހޮސްޕިޓަލްތައް ބިނާކުރިއެވެ. ފިތުނަ ފަސާދައާއި އަނިޔާއިން މީސްތަކުން ސަލާމަތްކުރެއްވުމަށް މަސައްކަތްކުރެއްވި އެވެ. ހިތްވަރުގަދަ ފަސްނުޖެހޭ މިސާލެއް ކަމުގައި ބުނެވެއެވެ.

ދިޖްލާކޯރުގެ އައްސޭރީގައި މުސްތަންޞިރިއްޔާ ގެ ނަންދީފައިވާ މަދަރުސާތައް ބިނާކުރެއްވި އެވެ. އަދި އެމަދަރުސާގައި 4 މަޛުހަބަށް ފިގުހު ކިޔަވައިދޭ ފިގުހު އިލްމުވެރިން ލެއްވި އެވެ. މަދަރުސާގައި މުދައްރިސުންނަށް ބޭނުންވާނެ ހެން ހީވާ ހުރިހާ ވަސީލަތެއް ގާއިމްކޮށްދެއްވި އެވެ. މަޣޫލުން އިރާގާއި ހަގުރާމަ އަށް އައި ހިނދު ހަގުރާކުރައްވައި ބަލިކުރެއްވި އެވެ. އަވަހާރަވީ އުމުރުފުޅުން 52އަހަރުގައި ހިޖުރައިން 640ވަނަ އަހަރުގެ ޖުމާދިލް އާޚިރު މަހުގެ 10ވަނަ ދުވަހު ބަޣްދާދު ގައެވެ.

3- އަލްމުސްތަޢުޞިމް

ފުރިހަމަ ނަންފުޅަކީ ޢަބުދުﷲ ބިން މަންޞޫރު ބިން މުހައްމަދު(އައްޡާހިރު ބިއަމްރިﷲ) ބިން އަޙުމަދު (އައްނާޞިރު ލިދީނިﷲ) ބިން ޙަސަން(އަލްމުސްތަޟީއު ބިއަމްރިﷲ) އެވެ. މަޝްހޫރުވެ ވަޑައިގެންފައި ވަނީ އަލްމުސްތަޢުޞިމް ބިﷲ ގެ ގޮތުގައެވެ. އުފަންވެ ވަޑައިގެންފައި ވަނީ ހިޖުރައިން 609ވަނަ އަހަރު ބަޣްދާދު ގައެވެ. މިއީ އައްބާސީ ދައުލަތުގެ 37ވަނަ އަދި އެންމެ ފަހު ޚަލީފާ އެވެ.

ވެރިކަމަށް އިސްކުރެވުނީ ހިޖުރައިން 640ވަނަ އަހަރު ބައްޕާފުޅު އަވަހާރަވުމާއި ގުޅިގެންނެވެ. ދައުލަތް ވެއްޓެން ދިޔަ ދުވަސްވަރު ކަމަށްވުމާއި އެކު ދައުލަތުގެ މިލްކުގައި އޭރު ހުރީ ބަޣްދާދު ގައި ހުރި ވެރިކަން ހިންގާ ގެ އެކަންޏެވެ.ޢައްބާސީ ދައުލަތް އެއްކޮށް ވެއްޓިގެން ދިޔައީ ހިޖުރައިން 656ވަނަ އަހަރު ތަތާރުން އަލްމުސްތަޢުޞިމް ބިﷲ ގަތުލުކުރެއްވުމުންނެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 47 އަހަރެވެ. ޚަލީފާ ކަން 15 އަހަރާއި 8މަސް ދުވަހުގެ މުއްދަތަށް ކޮށްފައި ވެއެވެ.


ގުޅުންހުރި:

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.