ހޯމަ20200601

އާކުރެވުނީ: 08:43:52

ތާރީޚް

އެންމެ ރީތި ވާހަކަ (ދެވަނަ ބައި)

qis10އެމީހާ އެބާލިދީ ނަގަން ފެށިއެވެ. އަދި އާދަޔާ ޚިލާފަށް ބަރުހެން ހީވެގެން ވަޅަށް ބޯދިއްކޮށްލިއެވެ. އޭނާއަށް ފެނުނު މަންޒަރުގެ ސަބަބުން އޭނާ ސިހިގެންދިޔައެވެ. ބާލިދީގެ ވާފަށުގައި އެލިގެން އެއޮތީ މީހެކެވެ. އޭނާ ވާފަށް އަތުން ދޫވެގެން ނުދާނެހެން ބާރަށް ހިފާހައްޓާލުމަށްފަހު އޭނާގެ ދަތުރުގެ ބައިވެރިންނަށް ގޮވާލިއެވެ. "ޔާރުންނޭވެ! އަހަންނަށް އަތް ގާތްކޮށްލާދޭށެވެ! މިވަޅުން އަހަންނަށް ބޮޑުވެގެންވާ ޚަޒާނާއެއް ފެނިއްޖެއެވެ.  އޭހުރި އުފަލެއްގެ ބޮޑުކަމާއެވެ! މިހުރީ ކުޑަ ފިރިހެން ކުއްޖެކެވެ."

ތަފްޞީލު...އެންމެ ރީތި ވާހަކަ (ފުރަތަމަ ބައި)

qis5މާދުރުން، އުދެރަހުން އިރު ދައްކާލައިފިއެވެ. ހެނދުނުގެ އަލިން ދުނިޔެ އަނދިރިކަމުން ހޭލައްވަމުންނެވެ. ޔަޢުޤޫބްގެފާނުގެ މާތް ދަރިކަލުން ޔޫސުފްގެފާނަށް ހޭފުޅުލެއްވުނެވެ. އޭރު އެކަލޭގެފާނުގެ ހިތްޕުޅުވަނީ ހަމަޖެހިފައެވެ. އުފާވެރިކަމުގެ އިޙްސާސްތައް ހިތުތެރޭގައި އުތުރި އަރަމުން އާދެއެވެ. ރޭގައި ފެނުނު ޝައުޤުވެރި ހުވަފެންފުޅެއްގެ ސަބަބުންނެވެ. ޖޯޝުން ފުރިގެންވާ ހާލުކޮޅު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހަށް ވަޑައިގަތެވެ. އަދި އެހުވަފެންފުޅު ވިދާޅުވެދެއްވިއެވެ.

ތަފްޞީލު...އެންމެ ރީތި ވާހަކަ (މުޤައްދިމާ)

qis6އައްސަވާށެވެ! އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ޙިއްޞާކޮށްލަން މިއުޅެނީ އެންމެ ރީތި ވާހަކައެވެ. މިވާހަކަ އަޅުގަނޑަށް ކިޔައިދެއްވީ އަޅުގަނޑަށް އަބަދުވެސް ރީތި ވާހަކަކިޔައިދެއްވާ ފަރާތެކެވެ. އެފަރާތުންމިވާހަކަ ކިޔައިދެއްވަން ފެއްޓެވުމުގެ ކުރިން މިފަދައިންއެންގެވިއެވެ. "އެންމެ ރީތި ވާހަކަތައް، ތިމަންނާ ކަލާއަށް ކިޔައިދެމެވެ. އޭގެކުރިން ކަލާ މިވާހަކަތައް ނުދަންނަ މީހުންގެ ތެރެއިން ވީނަމަވެހެވެ." ތެދެކެވެ. އެފަރާތުން ކިޔައިދެއްވާ ވާހަކަތައް އަބަދުވެސް ރީއްޗެވެ. ނަމަވެސް މިއަދު ވަކިން ޚާއްސަކޮށް މިފަދައިން ހާމަކުރެއްވުމަށްފަހު އެފައްޓަވަނީ އެންމެ ރީތި ވާހަކަކިޔައިދެއްވަންކަން ޔަޤީނެވެ.

ތަފްޞީލު...ސުންނަތުގެ ނަޞްރުވެރިޔާ 2

sunnathuge-nasruveriyaa-2ދެންވެރިކަމަށް ވަޑައިގަތީ މުޢުތަޞިމެވެ. އޭނާއަކީ ހަށިގަނޑުން ވަރުގަދަ މީހެކެވެ. ސިންގާއަކާ ބަނޑުމުސާރައަށް ހިއްޕަވައިން ކުރިހޯއްދެވުމީ އުދަގޫކަމެއް ނޫނެވެ. އެކަމަކު ޢިލްމުގައި ބަލިކަށި މީހެކެވެ. އެއްވެސް މީހަކާ ޖަދަލުކޮށް ކުރި ހޯދުމީއޭނާއަށް ކުރެއްވޭނެކަމެއް ނޫނެވެ. އެކަމަކު އޭނާގެ އަޚު މައުމޫނަށް ނުލާހިކު ލޯބިކުރެއްވިއެވެ. އަދި މައުމޫނަކީ އެންމެ މަތީ މިސާލުކަމުގައި ދެކުނެވެ. މައުމޫނު ހިންގެވި މަގުގައި ހިންގަވަން ފެއްޓެވިއެވެ. އެހެނަސް އެކަމުގައި ހަރުކަށިވިއެވެ. އަދި އިންތައް ފަހަނައަޅައި ހިނގައްޖެއެވެ.

ތަފްޞީލު...ސުންނަތުގެ ނަޞްރުވެރިޔާ 1

sunnathuge-nasruveriyaa-1މިވާހަކައަކީ ވަރަށް އަސަރުކުރުވަނިވި ވާހަކައެކެވެ. ވާހަކައަކީ ޢިބުރަތްތެރި ވާހަކައެކެވެ. އިސްލާމީ އުންމަތުގެ އެންމެ ފުރަތަމަ ޝަހީދުންގެ ވާހަކަތަކަށް ފަހުގައި މިހައި އަސަރުހުރި ޢިބުރަތްތެރި ވާހަކައެއް އަޅުގަނޑު ނުދަންނަމެވެ.

އަވަސް ގޮތަކަށް މުޤައްދިމާއެއް އަޅާލުމެއްނެތި، މިވާހަކައާއިގެން ކުރިއަށް ދިއުމީ އަޅުގަނޑަށް އެކަށީގެންވާކަމެއް ނޫނެވެ.

ތަފްޞީލު...އިމާމް ޙަސަނުލް ބައްނާ

hasanul banna1ޚަބަރު ފަތުރާ ވަސީލަތްތަކުގައި މުސްލިމުންނާ ބެހޭ ގޮތުން، ނުވަތަ ސިޔާސީ އިސްލާމީ ހަރަކާތްތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާ އިރު ވަރަށް ގިނައިން އަޑު އިވޭ ބަހެއް އޮވެއެވެ. އެއީ "އިޚްވާނުލް މުސްލިމޫން" އެވެ. ހުޅަނގުގެ ޚަބަރުފަތުރާ ވަސީލަތްތަކުގައި ކިޔާ ގޮތުން ނަމަ "މުސްލިމް ބްރަދަރހޫޑް" އެވެ. މިއީ ކޮން ބައެއް ހެއްޔެވެ؟ ފެއްޓުނީ ކިހިނެއް، އަދި ކާކު އަތް މައްޗަށް ހެއްޔެވެ؟ ފުރަތަމަ މި ބަލާލަނީ އިޚްވާނުލް މުސްލިމޫން ގެ ހަރަކާތުގެ ބާނީ ކަމުގައިވާ ޙަސަނުލް ބައްނާ އަށެވެ.

ތަފްޞީލު...އަބޫބަކުރުގެފާނު

abubakrފުރިހަމަ ނަންފުޅަކީ ޢަބުދުﷲ ބިން ޢުޘްމާން ބިން ޢާމިރު ބިން ޢަމްރޫ ބިން ކަޢްބު ބިން ތައިމް ބިން މުއްރާ ބިން ކަޢްބު ބިން ލުއައްޔު(އަލްޤުރަޝީ އައްތަމީމީ) އެވެ. އާންމުކޮށް ކިޔާ ނަމަކީ އަބޫބަކުރު އެވެ. ލަގަބަކީ އައްޞިއްދީޤު އެވެ. ބައްޕާފުޅަށް އާންމުކޮށް ކިޔަނީ އަބީ ޤަޙާފާ އެވެ. މަންމާ ފުޅަކީ (އުއްމުލް ޚައިރު) ސަލްމާ ބިންތި ޞަޚްރު ބިން ކަޢްބު ބިން ސަޢުދު(އައްތަމީމިއްޔާ) އެވެ. އެއީ ބައްޕާފުޅު އަބީ ޤަހާފާގެ ބޮޑުބޭބެގެ ދަރިކަނބަލުންނެވެ. އުފަންވެ ވަޑައިގަތީ ކީރިތި ރަސޫލާ އުފަންވެވަޑައިގަތްތާ ދެ އަހަރާ މަސްތަކެއް ފަހުންނެވެ.

ތަފްޞީލު...ޢުމަރު ބިން އަލްޚައްޠާބު

umarމިއީ މުސްލިމުންގެ ދެވަނަ ޚަލީފާއެވެ. ޢުމަރުގެފާނުގެ ދަރިކަނބަލުން ޙަފްޞާ އާއި ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގެންފައި ވެއެވެ. ޢުމަރުގފާނާއި ބެހޭގޮތުން ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ '' އެކިއެކި އުއްމަތްތަކުގައި ދޫހެލޭ ވާހަކަ ދެއްކުންތެރިން ވެއެވެ. ތިމަން ކަލޭގެފާނު ގެ އުއްމަތުގައި އެފަދަ މީހަކުވާނަމަ އެއީ ޢުމަރު އެވެ''.

ތަފްޞީލު...ޢަލީ ބިން އަބީ ޠާލިބު

aliޢަލީގެފާނު އުޅެބޮޑުފުޅުވީ ކީރިތި ރަސޫލާގެ އަރިހުގައެވެ. މިގޮތުން ރަސޫލު ކަމާއިގެން ފޮނުއްވުމުގެ ކުރިން ކީރިތި ރަސޫލާ ނަމާދަށް ހުންނަވަނިކޮށް ޢަލީގެ ފާނުއަށް ފެނިވަޑައިގެންނެވި އެވެ. ޢަލީގެ ފާނު އެކަމާއި ކީރިތި ރަސޫލާ އާއި ސުވާލު ކުރެއްވި އެވެ. އެހިނދު ރަސޫލާ އިސްލާމްދީނާއި ބެހޭ މައުލޫމާތު ދެއްވައި އިސްލާމްވުމަށް ގޮވާލެއްވިއެވެ. އަދި ޢަލީގފާނު އިސްލާމްވެ ވަޑައިގަތުމަށް ފަހު އެކަން ބައްޕާފުޅު އަބީ ޠާލިބު އަށް ސިއްރު ކުރެއްވި އެވެ.

ތަފްޞީލު...ޢުޘްމާން ބިން ޢައްފާން

usmanޢުޘްމާންގެފާނަކީ ކުރީކޮޅު އިސްލާމްދީން ގަބޫލު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އިސްލާމްވެވަޑައިގަތް އިރު ޢުމުރުފުޅަކީ 34 އަހަރެވެ. އިސްލާމްވެ ވަޑައިގަތީ އަބޫބަކުރުގެފާނުގެ އަތްޕުޅުމައްޗަށެވެ. އެއަށްފަހު އަނބިކަނބަލުން ރުޤިއްޔާ އާއި އެކު ޙަބަޝްކަރައަށް ހިޖުރަ ކުރެއްވި އެވެ. އެއަށްފަހު މަދީނާ އަށް ހިޖުރަކުރެއްވި އެވެ. ސުވަރުގެ ވަދެވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު ރަސޫލާ ދެއްވާފައިވާ ދިހަ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ.

ތަފްޞީލު...އުމަވީ ދައުލަތުގެ ދުވަސްވަރު ހިގާދިޔަ ބައެއް ހަގުރާމަތައް

umavee-haguraama-thaއުތުރު އެފްރިކާގެ ބައިތައް ފަތަހަ ކުރެއްވުން: އެފްރިކާގެ އުތުރުގައި މެދުތެރޭ ކަނޑުގެ އައްސޭރިގައިވާ ރަށްތަކުގެ ތެރެއިން މިހަގުރާމައިގައި ފަތަހަ ކުރެއްވި ރަށްތަކަކީ ޓްރިޕޮލީ ނުވަތަ ''ޠަރާބުލުސް''އާއި، ''ފަޒާން''އާއި، މޮރޮކޯގެ ބައެއް ރަށްތަކެވެ. މިބުނި ރަށްތައް ފަތަހަ ކުރެއްވުމުގެ ހާދިސާ ހިގީ ހިޖުރައިން 50ވަނަ އަހަރާއި 69ވަނަ އަހަރާއި ދެމެދުގެ ދުވަސްވަރެއް ގައެވެ.

އެދުވަސްވަރު މެދުތެރޭ ކަނޑުގެ އައްސޭރީގައިވާ ގިނަ ހިސާބުތަކަށް ރޫމީންގެ ނުފޫޒު ވަނީ ފޯރާފައެވެ. އެތެރޭގެ ރަށްތަކަށް ބާރު ފޯރުަވަމުން ދިޔައީ ''ބަރުބަރު''އިންނޭ ކިޔުނު ބައެކެވެ.

ތަފްޞީލު...ޝެއިޚް އަޙުމަދު ދީދާތު ދެމިއޮތުމުގެ ޢާލަމަށް

deedat1އިސްލާމީ ދާޢިޔާ، ޝައިޚް އަޙުމަދު ދީދާތު، 8-8-2005 ވީ ހޯމަދުވަހު (އިއްޔެ) ދެކުނު އެފްރިކާގެ ޑާރބަން ގައި އަވަހާރަވެއްޖެއެވެ.

އަވަހާރަވީ އިރު ޢުމުރުފުޅުން 87 އަހަރުގެ ދީދާތު، އެކަލޭގެފާނުންގެ ޢުމުރުފުޅުގެ ބޮޑުބައި ހޭދަކުރައްވާފައިވަނީ އިސްލާމް ދީނަށް ގޮވައިލެއްވުމުގައްޔާއި، ދީން ދިފާޢުކުރެއްވުމުގައެވެ. އިސްލާމްދީނާ ބެހޭގޮތުން ހޭލުންތެރިކުރުވުމުގެ ގޮތުން ދީދާތު ވަނީ ޑާރބަން ގައި އިސްލާމްދީނަށް ގޮވާލުމުގެ ބައިނަލްއަޤުވާމީ މަރުކަޒު IPCI އުފައްދަވާފައެވެ.

 

ތަފްޞީލު...އުމަވީ ދައުލަތުގެ ދުވަސްވަރު ފާހަގަކުރެވޭ ބައެއް ރަށްތައް

umavee-rahthaމުސްލިމުންގެ އެންމެ މުޤައްދަސް އެއްރަށްކަމުގައިވާ މައްކާ އޮންނަނީ ސަޢޫދީ އަރަބިއްޔާގައެވެ. ޙިޖާޒުގެ ވެރިރަށްކަމުގައިވާ މައްކަތުލް މުކައްރަމާ ނުވަތަ މައްކާގެ ނަން ކީރިތި ގުރުއާނުގައި ''ބައްކާ'' އަދި ''އުއްމުލް ޤުރާ'' މިދެގޮތަށް ބަޔާންކުރައްވާފައި ވެއެވެ. ރަތްކަނޑާއި 80ކިލޯމީޓަރ ދުރުމިނުގައި އޮންނަ މައްކާގައި ގާތްގަނޑަކަށް 400 ހާސް މީހުން ދިރިއުޅެއެވެ. ހައްޖުމު މޫސުމުގައި ގާތްގަނޑަކަށް ދޮޅުމިލިޔަން މުސްލިމުން މައްކާގެ ބިމަށް އެއްވާ ކަމުގައި ބުނެވެއެވެ. މިއީ އަރަބިންގެ ޘަޤާފީ އަދި ވިޔަފާރީގެ މުހިއްމު މަރުކަޒެކެވެ.

ތަފްޞީލު...ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.