ހޮނިހިރު20181110

އާކުރެވުނީ: 08:43:52

ޙަފްޞާ ބިންތު ޢުމަރު

 4- ޙަފްޞާ ބިންތު ޢުމަރު

ޢާއިޝަތުގެފާނަށް ފަހަށް ދެން ރަސޫލާ ކައިވެނި ބައްލަވައިގަތީ ޢުމަރުގެފާނުގެ ދަރިކަނބަލުން ޙަފްޞާ އާއެވެ. މިއީ ރަސޫލާގެ ހަތަރުވަނަ އަނބި ކަމަނާއެވެ.

ރަސޫލާ ޙަފްޞާއާއި ކައިވެނި ބައްލަވައިގަތީ ހިޖުރައިން 3 ވަނަ އަހަރުގެ ޝަޢްބާން މަހުގައެވެ. އަދި ޙަފްޞާ އަވަހާރަވީ ހިޖުރައިން 45 ވަނަ އަހަރު، ޢުމުރުފުޅުން    60 އަހަރުފުޅުގައެވެ.

ޙަފްޞާއާއި ކީރިތި ރަސޫލާ ރަސޫލާ ކައިވެނި ބައްލަވައިގަތީ، ޙަފްޞާގެ ކުރީ ފިރިކަލުން ޚުނައިސް ބިން ޙުޛާފާ އަވަހާރަވެ ހުވަފަތް ވެ ވަޑައިގަތުމުންނެވެ.

މި ކައިވެންޏަކީ، އޭގައި ދަރިފުޅު ވަރި ކުރެވުމުން ނުވަތަ ހުވަފަތް ވުމުން ބައްޕަ އެ ދަރިފުޅު އެހެން މީހަކާއި ދެވަން މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއްކަން ދޭހަކޮށްދޭ ކައިވެންޏެކެވެ. އަދި ހުވަފަތް ވުމުން ނުވަތަ ވަރި ވުމުން ޙަޔާތް އެ ހިސާބުން ނިމުނީ ނޫން ކަންވެސް މި ކައިވެނިން ދޭހަވެއެވެ. ވީމާ މި ކައިވެނި ހިނގައި ދިޔަ ގޮތުގެ ވާހަކައަށް ކުރު ގޮތަކަށް ބަލާލާނަމެވެ. ތިރީގައި މިވާ ޙަދީޘް ވާރިދުވެފައިވަނީ ސުނަން އައްނަސާއީގެ ކައިވެނި ބާބުގައި އަދި މުސްނަދު އަޙްމަދުގައެވެ.

ޢުމަރުގެފާނުގެ ދަރިކަނބަލުން ޙަފްޞާ، ޢުމަރު ބިން ޚުނައިސް ބިން ޙުޛާފާއާއި ކައިވެނި ބައްލަވައިގެން ހުންނަވަނިކޮށް ހުވަފަތް ވިއެވެ. ދެން ޢުމަރުގެފާނު ޢުޘްމާންގެފާނާއި ބައްދަލު ކުރައްވައި ޙަފްޞާގެ ކައިވެނި ހުށައެޅުއްވިއެވެ. ފަހުން ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވެ ދުވަސް ކޮޅެއްފަހުން ދިމާވުމުން، ޢުޘްމާނުގެފާނު ދެއްވި ޖަވާބަކީ މި ވަގުތަށް ކައިވެނި ކުރައްވަން ބޭނުންފުޅު ނޫން ކަމަށެވެ. ދެން ޢުމަރުގެފާނު ވަޑައިގަތީ އަބޫބަކުރުގެފާނު އަރިއަހަށެވެ. ނަމަވެސް އަބޫބަކުރު ޖަވާބެއް ނުދެއްވިއެވެ. އެންމެ ގާތް ދެ ރަޙްމަތްތެރިންގެ ފުށުން މި ފަދަ ކަމެއް ދިމާވެވަޑައިގަތުމުން އެކަމުގެ ޝަކުވާ ކުރައްވަން، ޢުމަރުގެފާނު ރަސޫލާ އަރިއަހަށް ވަޑައިގަތެވެ. އަދި މި ވާހަކަ ދެންނެވުމުން ''ޙަފްޞާ ޢުޘްމާނަށް ވުރެ ހެޔޮކަންބޮޑު މީހަކާއި ކައިވެނި ކުރައްވާނެ ކަމަށާއި، ޢުޘްމާން ޙަފްޞާއަށް ވުރެ ހެޔޮކަންބޮޑު މީހަކާއި ކައިވެނި ކުރައްވާނެ '' ކަމަށް ޙަދީޘް ކުރެއްވިއެވެ.

އަދި ކީރިތި ރަސޫލާ ޙަފްޞާއާއި ކައިވެނި ބައްލަވައިގަތެވެ. ޢުޘްމާންގެފާނު އުއްމު ކުލްޘޫމާއި ކައިވެނި ކުރެއްވިއެވެ. ދެން ފަހުން އަބޫބަކުރުގެފާނު ޢުމަރުގެފާނާއި ބައްދަލުވެވަޑައިގަތުމުން، ކުރީ ދުވަހު ޖަވާބެއް ނުދެއްވުމުން ޢުމަރުގެފާނު އެކަމާއި މެދު ހިތްޕުޅާ ހަމަ ނުޖެހިވަޑައިގެން ހުންނެވީމާ، ޙަޤީޤަތް ސާފުކޮށް ދެއްވިއެވެ. އަދި ޖަވާބު ނުދެއްވީ ކީރިތި ރަސޫލާ ޙަފްޞާގެ ވާހަކަ އަބޫ ބަކުރުގެފާނު އަރިއަހުގައި ވިދާޅުވެފައި އޮތީމާ އެ ސިއްރު ހާމަ ނުކުރަން ކަމަށާ، ރަސޫލާ ކައިވެނިބައްލަވައި ނުގަތް ނަމަ، އަބޫބަކުރުގެފާނު ޙަފްޞާއާއި ކައިވެނި ކުރެއްވީސް ކަމަށް، ޢުމަރުގެފާނު އަރިއަހުގައި ދެންނެވިއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.