އަންގާރަ20200602

އާކުރެވުނީ: 08:43:52

ސިޔަރަތު

ޚަދީޖަތުގެފާނު

1- ޚަދީޖަތުގެފާނު

ކީރިތި ރަސޫލާ އެންމެ ފުރަތަމަ ކައިވެނި ބައްލަވައިގަތީ، ޚަދީޖަތުގެފާނާއެވެ. އެއީ ރަސޫލާގެ ޢުމުރުފުޅުން ފަންސަވީސް އަހަރުފުޅު އަދި، ޚަދީޖަތުގެ ފާނުގެ ޢުމުރުފުޅުން 40 އަހަރުފުޅުގައެވެ. ޙަދީޖަތުގެފާނު އަވަހާރަވަންދެން ރަސޫލާ އެހެން ކައިވެންޏެއް ނުކުރައްވައެވެ.

ރަސޫލާގެ ދަރިކަލުންނާ ދަރިކަނބަލުންގެ ތެރެއިން އިބްރާހީމް ފިޔަވާ، ހުރިހާ ދަރިކަލުންނާ

ތަފްޞީލު...ޙަފްޞާ ބިންތު ޢުމަރު

 4- ޙަފްޞާ ބިންތު ޢުމަރު

ޢާއިޝަތުގެފާނަށް ފަހަށް ދެން ރަސޫލާ ކައިވެނި ބައްލަވައިގަތީ ޢުމަރުގެފާނުގެ ދަރިކަނބަލުން ޙަފްޞާ އާއެވެ. މިއީ ރަސޫލާގެ ހަތަރުވަނަ އަނބި ކަމަނާއެވެ.

ރަސޫލާ ޙަފްޞާއާއި ކައިވެނި ބައްލަވައިގަތީ ހިޖުރައިން 3 ވަނަ އަހަރުގެ ޝަޢްބާން މަހުގައެވެ. އަދި ޙަފްޞާ އަވަހާރަވީ ހިޖުރައިން 45 ވަނަ އަހަރު، ޢުމުރުފުޅުން    60 އަހަރުފުޅުގައެވެ.

ތަފްޞީލު...ޖުވައިރިޔާ ބިންތު އަލްޙާރިޘް

8- ޖުވައިރިޔާ ބިންތު އަލްޙާރިޘް

ޒައިނަބް ބިންތު ޖަޙްޝް އަށް ފަހު، ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގަތީ ޖުވައިރިޔާ ބިންތު އަލްޙާރިޘްއާއެވެ. ޖުވައިރިޔާ އަކީ ބަނީ އަލްމުޞްޠަލިޤްގެ ވެރިއާގެ ދަރިކަނބަލެކެވެ. މި ކަމަނާވީ ބަނީ އަލްމުޞްޠަލިޤް އާއި ކުރެވުނު ހަނގުރާމައިގައި ހައްޔަރުވި މީހުންގެ ތެރޭގައެވެ. އަދި މިނިވަން ކުރެއްވުމަށްފަހު ހިޖުރައިން 6 ވަނަ އަހަރު ކީރިތި ރަސޫލާ ޖުވައިރިއްޔާ އާއި ކައިވެނި ބައްލަވައިގަތެވެ.

ތަފްޞީލު...ޞަފިއްޔާ ބިންތު ޙުޔައްޔު

10- ޞަފިއްޔާ ބިންތު ޙުޔައްޔު

އުއްމު ޙަބީބާ އަށް ފަހު، ކީރިތި ރަސޫލާ ކައިވެނި ބައްލަވައިގަތީ ޞަފިއްޔާ ބިންތު ޙުޔައްޔު ބިން އަޚްޠަބް އާއެވެ. މި ކަމަނާއަކީ ބަނީ އައްނަޟީރް ޤަބީލާގެ ވެރިއާ ޙުޔައްޔު ބިން އަޚްޠަބްގެ ދަރިކަނބަލެކެވެ. ޙުޔައްޔު ބިން އަޚްޠަބ އަކީ އަޙްޒާބް ހަނގުރާމައިގައި މުސްލިމުންނާ ދެކޮޅަށް ލަޝްކަރު ޖަމާކޮށް، އިސްލާމުން ނައްތާލަން އެންމެ އިސްވެ އުޅުނު މީހާއެވެ. ޚައިބަރު

ތަފްޞީލު...ޢާއިޝަތު ބިންތު އަބީބަކުރު

ރަސޫލާ ތިންވަނައަށް ކައިވެނި ބައްލަވައިގަތީ، ޢާއިޝަތުގެފާނާއެވެ. އެ ކަމަނާގެ ބައްޕާފުޅަކީ އަބޫބަކުރުގެފާނެވެ. މަންމާފުޅަކީ އުއްމު ރޫމާންއެވެ. ޢާއިޝަތުގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން 8 އަހަރު ކުރީގައި މައްކާގައެވެ. އެއްބަނޑު އެއްބަފާ ބޭބެއަކީ ޢަބްދުއް ރަޙްމާންއެވެ.* އަސްމާއު އާއި ޢަބްދުއްﷲ ބިން އަބީ ބަކުރު އަކީ އެއްބަފާފުޅު ދައްތައާއި ބޭބެއެވެ.

ތަފްޞީލު...ބަދުރު ހަނގުރާމަ

badrބަދުރު ހަނގުރާމަ ހިނގީ ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހުގައެވެ. މި ހަނގުރާމަ ކުރަން މެދުވެރިވި މައިގަނޑު ސަބަބަކީ ، ކުރީ ފަހަރެއްގައި މުސްލިމުން ދިމާކުރި ޝާމަށް ދިޔަ ޤުރަޝީ ޤާފިލާއެއް، މުސްލިމުން އަތު ނުޖެހި ފިލައިގެން ދިޔައެވެ. ދެން އެނބުރި އަންނަ ވަގުތަކަށް ބަލަބަލާ ތިބުމަށް ރަސޫލާ، ޠަލްޙާ ބިން ޢުބައިދުއްﷲ އާއި ސަޢީދު ބިން ޒައިދު ފޮނުއްވިއެވެ.

ތަފްޞީލު...ކީރިތި ރަސޫލާ ދެކެ ލޯބިވުމުގައި، ޞަޙާބީންގެ ނަމޫނާ

hubb-sahaabaތިރީގައި މި ލިޔެލަނީ، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެކެ އެކަލޭގެފާނުގެ ޞަޙާބީ ބޭކަލުން ވީ ލޯބީގެ ބައެއް ނަމޫނާތަކެވެ. ފަހަރެއްގާ އެ ބޭކަލުންގެ ހިތް ފުރިގެން ދިޔަ މި ލޯބިން އަހަރެމެންނަށް ވެސް ދަރުހެއް ލިބި އެ މަގުން ހިނގަން އެނގޭތޯއެވެ.

ތަފްޞީލު...ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.