ހުކުރު20201023

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޤުރުއާން ކީރިތި ޤުރުއާނުގެ ޢިލްމީ ޙަޤީޤަތްތައް: ދުނިޔޭގައިވާ އެންމެ ތިރިބިން

ކީރިތި ޤުރުއާނުގެ ޢިލްމީ ޙަޤީޤަތްތައް: ދުނިޔޭގައިވާ އެންމެ ތިރިބިން

{ غُلِبَتِ ٱلرُّومُ } * { فِيۤ أَدْنَى ٱلأَرْضِ وَهُم مِّن بَعْدِ غَلَبِهِمْ سَيَغْلِبُونَ } * { فِي بِضْعِ سِنِينَ لِلَّهِ ٱلأَمْرُ مِن قَبْلُ وَمِن بَعْدُ وَيَوْمَئِذٍ يَفْرَحُ ٱلْمُؤْمِنُونَ } * { بِنَصْرِ ٱللَّهِ يَنصُرُ مَن يَشَآءُ وَهُوَ ٱلْعَزِيزُ ٱلرَّحِيمُ }

މާނަ: ރޫމް މީހުން އެންމެ ކައިރިބިމުގައި ބަލިވެއްޖެއެވެ. އެބައިމީހުން(ރޫމް މީހުން ފާރިސްކަރައިގެ މީހުން) ދުވަސް ކޮޅެއްގެތެރޭގައި ދެރަ ކުރާނެތެވެ.ކުރީންވެސް އަދި ފަހުންވެސް( ރޫމް މީހުން ދެރަވުމުގެ ކުރިންނާއި ފަހުންވެސް) އެކަމުގެ އަމުރު ވަނީ މާތް ﷲ ގެ ހަޟުރަތަށެވެ. މާތް ﷲ ގެ ނަސްރު ރޫމް މީހުންނަށް ލިބޭ ދުވަހުން މުއުމިނު ތަކުން އުފާ ކުރާނެތެވެ. އެކަލާނގެ އިރާދަކުރެއްވި މީހަކަށް ނަސްރު ދެއްވަވަތެވެ. އަކަލާނގެއީ ޢަޒީޒު ވަންތަ ރަޙީމް ވަންތަ ކަލާނގެއެވެ.

ޢަރަބި ބަހުން އަދްނާގެ މާނަ:

ޢަރަބި ބަހުން އަދްނާ މިލަފުޒު ''ކައިރި'' އަދި ''ތިރި'' ގެ މާނަ ދޭހަކޮށްދިނުމަށް ބޭނުންކުރެއެވެ.

ތަފްސީރު ޢިލްމްވެރިން މި އާޔަތް މާނަކުރާގޮތް:

ތަފްސީރު ޢިލްމްވެރިންކަމުގައިވާ އަލްއިމާމުލް ރާޒީ އާއި ޤުރުތުބީއާއި، ޠަބަރީ އާއި، އިބްނު ކަޡީރު ބުރަވެވަޑައިގަންނަވާގޮތުގައި، މި އާޔަތުގައި އަދްނާގެ މާނަ ގެނެވިފައިވަނީ ކައިރިއަށެވެ. ކައިރި ބިމުގެ މުރާދަކީ ރޫމްކަރައިގެ ބިމުގެ ތެރެއިން ފާރިސް ކަރައަށް އެންމެ ކައިރިބިމެވެ.

އިބްނު ޢައްބާސް ރިވާ ކުރައްވާ ގޮތުގައި މިހަނގުރާމަ ހިނގީ މިހާރުގެ ޖޯރޑަން އާއި ފަލަސްތީނާއި ދެމެދުގައިވާ ބިމެއްގައެވެ.

ޢިލްމީ ޙަޤީޤަތްތައް:

ސެޓެލައިޓް ފޮޓޯތަކުން ދައްކާގޮތުގައި ދުނިޔޭގައިވާ އެންމެ ތިރިބިމަކީ ފަލަސްތީންކައިރީގައި އޮންނަ ޑެޑްސީ ކައިރީގައިވާ ހިސާބުގަނޑެކެވެ. މި ސަރަޙައްދު ވަނީ ކަނޑުގެ ސަތުޙަށް ވުރެ 392 މީޓަރ އަޑީގައެވެ. މިކަން ޢިލްމުވެރިންގެ ބަހުންނާއި ސެޓަލައިޓް ފޮޓޯތަކުންވަނީ ކަށަވަރު ކޮށްދީފައެވެ.

މި ވާހަކަ މާތް ﷲ ވަނީ އެތަކެއްސަތޭކައަހަރު ކުރިން އަންގަވާފައެވެ. ކުރިން ބަޔާންކުރެވުނު އާޔަތް ބާއްވާލެއްވުނީ ފާރިސް ކަރައިގެ މީހުންނާއި ރޫމް ކަރައިގެ މީހުން ޑެޑްސީ ކައިރީގައިވާ ސަރަޙައްދެއްގައި ކުރި ހަނގުރާމައިގައި ފާރިސްކަރައިގެ މީހުން ނަސްރު ހޯދުމުންނެވެ. މި ހަނގުރާމަ ހިނގީ މީލާދީން 619 ވަނަ އަހަރުއެވެ.

ފާރިސް ކަރައިގެ މީހުންނަކީ މަޖޫސީ ބައެކެވެ. ރޫމް މީހުންނަކީ އަހުލު ކިތާބީންގެ ބައެކެވެ. އެހެންކަމުން މަޖޫސީން އަހުލު ކިތާބީންގެ ބަޔަކު ދެރަކޮށްލުމުން މައްކާ ގެ ކާފިރުން އުފާ ކުރިއެވެ. އެހެން ކަމުން މާތް ﷲ ރޫމްގެ މީހުން، ފާރިސްކަރައިގެ މީހުން، ދުވަސް ކޮޅެއްގެ ތެރޭގައި ބަލި ކުރާނެ ކަމަށް ވަޙީ ކުރައްވާ މި އާޔަތް ބާއްވާ ލެއްވިއެވެ.

ޢަރަބި ބަހުން ބިޟްޢަ ސަނަވާތު ނުވަތަ ދުވަސް ކޮޅެއްގެ މުރާދަކީ ބަހުގެ ޢިލްމްވެރިން ބުނާގޮތުން ނަމަ 5 އާއި 7 އާއި ދެމެދެވެ. މާތް ﷲ ގެ މި ވަޢުދުފުޅު ޤުރުއާނުގައި ބަޔާންކުރައްވާފައިވާ ފަދައިން، އޭގެ 7 އަހަރު ފަހުން ޙަޤީޤަތަކަށް ވިއެވެ. އާދެ! މީލާދީން 626 ވަނަ އަހަރު ރޫމުން ފާރިސް ކަރައިގެ މީހުންގެ މައްޗަށް ނަސްރު ހޯދިއެވެ.

ކީރިތި ޤުރުއާނުގައި، ރޫމީންނާއި ފާރިސުން ފުރަތަމަ ބައްދަލުވި ސަރަޙައްދު ސިފަކުރެއްވުމަށް ބޭނުން ކުރައްވާފައިވަނީ (އަދްނަލް އަރްޟް) މިލަފުޒެވެ. ކުރިން ބުނެވުނު ފަދައިން، އަދްނާ ގެ މާނަ ޢަރަބި ބަހުން ދެގޮތަށް ބޭނުން ކުރެއެވެއެވެ. ފުރަތަމަ ގޮތަކީ ކައިރިއެވެ. އަނެއްގޮތަކީ ތިރި އެވެ.

މި ހަނގުރާމަ ހިނގި ބިމަކީ ރޫމްކަރައިގެ ބިންތަކުގެ ތެރެއިން ފާރިސް ކަރައާއި އެންމެ ކައިރި ބިމެވެ. އެހެން ކަމުން، މިއާޔަތުން ދޭހަކޮށްދެނީ ކައިރިކަމަށް ބައެއް ޢިލްމުވެރިން ކުރައްވާފައިވާ ތަފްސީރުގައި ވިދާޅުވުމުގައި ގޯހެއް ނެތެވެ.

ސެޓެލައިޓް ފޮޓޯތަކުން ކަށަވަރު ކޮށްދޭ ގޮތުގައި އެބިމަކީ ހިކިފަސްތަނުގެ ތެރެއިން އެންމެ ތިރި ބިމެވެ. އެ ތަން ވަނީ ކަނޑުގެ ސަތުޙަށް ވުރެ 392 މީޓަރ އަޑީގައެވެ. މި ބިމުގެ ވާހަކަ މާތް ﷲ ކީރިތި ޤުރުއާނުގައި އެވަނީ މީގެ އެތައް ސަތޭކައަހަރެއްގެ ކުރިން ބަޔާން ކުރައްވާފައެވެ. އެހެން ކަމުން، އަދްނާގެ މާނައަކީ، މިއާޔަތުގައި ތިރި ބިން ކަމަށް، ވިދާޅުވާ، މުފައްސިރުންގެ ބަހުގައިވެސް، ގޯހެއް ނެތެވެ. ޝައްކެއް ނެތްގޮތުގައި، ކީރިތި ޤުރުއާނަކީ، އަބަދަށް ދެމިހުންނަނިވި، މުޢްޖިޒާތެކެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.